އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އައްޔަންކުރެއްވި ޝަފާއު.-- ފޮޓޯ: ފޭސްބުކް
07 ނޮވެމްބަރ 2017 - 15:17
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވީ މ. ރިވެލިގެ، މުހައްމަދު ޝަފާއު ހަސަން ކަމަށެވެ.
ޝަފާއު އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އެމްއައިބީގައި އޭނާ ފަސް އަހަރު ހޭދަކުރައްވާފައިވާއިރު، އޭގެ ކުރިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް މެނޭޖަރުކަން އަދި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ.
އެމްއާރުޑީސީގެ އެމްޑީއަކަށް ކުރިން ހުންނެވީ މުހައްމަދު ނިމާލެވެ. އެކަމަކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ދިނުމަށް ކަމަށް ވިދާޅުވެ، މިދިޔަ ޖޫން މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންކަމުން އެ ކުންފުނީގެ އެމްޑީއަކަށް ޝަފާއު އައްޔަންކުރުމާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސަ123
08 November 2017
މަރުހަބާ ..ކަރަޕްޝަނަށް އެހީވެނުދޭނެ ކަމަށް އުއްމީދު ކުރަން
މަހަށް
07 November 2017
ތި ކަމަށް އެންމެ ރަނގަޅު ވާނީ މުއިއްޒު
Looksސ
07 November 2017
ޥަރަށް މީހުންނާއި ގުޅޭ ހިންގުންތެރި ބޭފުޅެއް. ނަމަވެސް ސިސްޓަމުގެ ބޭރުން ކަންކަން ނުކުރާ ބޭފުޅަކަށް ތިކަހަލަ މަގާމެއްގައި ނުހުރެވޭނެ.
ހުސޭނު
07 November 2017
ދެންއަތްޖަހާ
އުދުހޭ މުފީދު
07 November 2017
މަންޑޭގެ ޒަމާން ނިމުނީ.
ނަޒީމް
07 November 2017
މަންޑޭ އަށް ވަރަށް ސަލާމް!
ހަލީމް
07 November 2017
މަގޭ ފަރާތުންވެސް
މިދީބް
08 November 2017
ކޮން މަންޑޭ އެއްތަ؟