އެމްޓީސީސީގެ ފެރީއެއް. އެ ކުންފުނިން ދަނީ ރާއްޖޭގެ 6 ޒޯނެއްގައި ފެރީގެ ހިދުމަތް ދެމުން. - ފޮޓޯ: އެމްޓީސީސީ
05 ޖުލައި 2016 - 10:56
އެމްޓީސީސީން ނުވަ އަތޮޅެއްގައި ދެމުން އަންނަ ފެރީ ހިދުމަތުގެ އަގު ނަގަނީ މީގެ ކުރިން މި ސަރަހައްދުތަކުގައި އާންމު ފެރީގެ ހިދުމަތް ދެމުންދިޔަ އަގުގައި ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި އެމްޓީސީސީން ދެމުން އަންނަ ފެރީގެ ހިދުމަތުގެ އަގު ބޮޑުވެގެން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެ ކުންފުނިން ގެނައި ބަދަލުގެ ސަބަބުން އެ ހިދުމަތުން އަގު ނަގަމުން އަންނަނީ ދަތުރު ކުރާ ދިގު މިނަށް ބަލައިގެންނެވެ. އެކަމަކު ހިދުމަތުގެ އަގު ބޮޑުނުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ހއ، ހދ، ށ، ނ، ބ، ރ އަދި ޅ. އަތޮޅުގެ އިތުރުން ގއ. އާއި ގދ. އަތޮޅުގައި ފެރީގެ ހިދުމަތް ދެނީ މީގެ ކުރިން ވެސް މި ސަރަހައްދުތަކުގައި ފެރީގެ ހިދުމަތް ދެމުންދިޔަ އަގުގައި ކަމަށެވެ.
ރާއްޖޭގެ ނުވަ އަތޮޅެއްގެ މީހުން ދިރިއުޅޭ 168 ރަށަކަށް އެމްޓީސީސީން ދަނީ ފެރީގެ ހިދުމަތް ދަނީ ދެމުންނެވެ. އެ ކުންފުނިން ފެރީގެ ޚިދުމަތް ނުދެނީ ފ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން އައްޑު އަތޮޅާއި ފުވައްމުލަކަށް އެކަންޏެވެ. އައްޑު އާއި ފުވައްމުލަކަށް ފެރީގެ ހިދުމަތް ދެނީ އެމްޕީއެލުންނެވެ. އަދި ފ. އަތޮޅާއި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް އަމިއްލަ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.
އެމްޓީސީސީން ކުރިން ބުނީ އަތޮޅުތަކުގައި ދަތުރަކަށް ނަގާނީ ޖީއެސްޓީއާ އެކު 22ރ. އަދި އަތޮޅުން ބޭރު ދަތުރެއް ނަމަ ޖީއެސްޓީއާ އެކު 53ރ. ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ފެރީތަކެއް އަތޮޅުތަކަށް ތައާރަފް ކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދިނުމެވެ.
އެމްޓީސީސީއަކީ 2001 އިން ފެށިގެން އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮޅުމަޑުލު އިއްބެ
05 July 2016
އޮޅުވާލަން ތިދެން ބޮޑުވަރު ތ. އަތޮޅު ތެރޭގައި ކޮންމެދުވަހަކު ފެރީއެއް ދުައްވިއިރު އެއްމެ 10 ރުފިޔާއަށް ކުރި ދަތުރު މިއަދު ދެދުވަހުން އެއްދުވަހު ފެރީއެއް ބާއްވައިގެން 22 ރުފިޔާއަށް މިދެންބޮޑުވަރު
ޝަރީފް
05 July 2016
ދޮގު ނުހަދަބަލަ ، ރައްޔިރުންނަށް އޮޅުވާ ނުލާބަލަ އެހޮނުވާނެ ތިބީ ހުސްމޮޔައިންނެއް ނޫނޭ އަތޮޅު ކައުންސިލްތަކުން ކުރި އިއުލާންތައްއަދިވެސް އެހުރީ ނުނަގާ މިމަހު 1 ކުންފެށިގެން ދެކުނުގެ އަތޮޅުތަކަށް ޚިދްމަތްދެނީ އެމް.ޓީ.ސީ.ސީކަމަށް އިއުލާން ކޮށް އަގުތަށް ބަލާ 10 ރުފިޔާއަށްދެމުން ދިޔަ ޚިދްމަތް 30 ރުފިޔާއަށް ބޮޑުވި ވާހަކވެސް އިއުލާން ކުރީ ހަމަ މިސަރުކާރުން އަބަދުވެސ ްހެޔޮފުޅުކަން ފާހަގަ ކުރުމަށް މަކަރު ހަދަނީ ! އޮޅުވާލަނީ ޝުކުރިއްޔާ ޔާމިން!
ވައްބެ
05 July 2016
މާލެ އިން ކާށިދޫއަށް 110 މާލެ އިން ގާފަރަށް 100 ގާފަރުން ކާށިދޫއަށް 55 ކިހިނެއް ކިހިނެއް އަގު ތިކިޔަނީ އެމްޓީސީސީ
ދަތުރުފަތުރު ކޮމެޓީ
05 July 2016
އެމް.ޓީ.ސީ.ސީ އިން ދެމުންދާ ޚިދުމަތް ސަރުކާރާއި އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ކައިރިއަށްވެސް ނުދޭކަން ހިތާމަޔާއެކު ފާހަގަކުރަން. އެގްރީމެންޓް ބުނާގޮތުން މިހާރުދެމުން ދާންޖެހޭނީ ދާއިމީ ޚިދުމަތް އޭގެތެރޭގައި 18 މޭލު ދުވާ މީހުންގެ ފެރީއާއި ވަކިން ދުއްވާ މުދާފެރީ އޮންނަންޖެހޭ...މި މަޢުލޫމާތު ހޯދާލައިގެން ޚަބަރު ލިޔެލިނަމަދޯ؟ އެގްރިމެންޓްގެ ކޮޕީއެއްވެސް ފަހަރުގާ އޮވެދާނެތޯއްޗެއް...
ރައްޔިތުމީހާ
05 July 2016
މީގެކުރިން ނ އަތޮޅުގައި މަނަދުއަށް ފެރީގަ ދެކޮޅު ޓިކެޓްގެ އަގަކީ 20 ރުފިޔާ އެކަމަކު މިހާރު މަނަދުއަށް ދެކުޅު ޓިކެޓް އަކީ ފޮއްދޫ 110 ، ވެލިދޫ 100 ، ހޮޅުހޫ ،100 މަގޫދޫ ،30 މިލަދޫ 30 ޅޮހި 30 މީގަކޮބާތޯ ހެޔޮވެފަ.. ވަނީ ހަމަ ބޮޑެއްނު ދޯ