ވިލިނގިލީގައި އެކްސިޑެންޓް ވީ ދެ ސައިކަލް ދުރަށް ވިއްސައިގެން ގޮސްފައި: މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އަންނަނީ ފަރުވާދެމުން.
11 ނޮވެމްބަރ 2017 - 13:06
ގއ. ވިލިނގިލީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
އެ ރަށު ބޮޑު މަގުގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ފިރިހެނުންނަށް އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރާއި 32 އަހަރުގެ ފިރިހެނަކަށެވެ.
ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ނަޒްލީން ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ޒަހަމްވި 19 އަހަރުގެ ޒުވާނާގެ ސީޓީ ސްކޭނެއް ހެދުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަޒްލީން ވިދާޅުވި އެވެ.
"އެއްވެސް ތަނެއް ބިންދައިގެން ދިޔަ ކަމަކަށް ނެތް. އެކަމަކު 19 އަހަރުގެ ޒުވާނާގެ ލޯ ކައިރި ކޮންމެ ވެސް ވަރަކަށް ޒަހަމްވެފައި ހުރީމަ ސީޓީއެއް ހެދުމަށް ރެފާ މި ކުރަނީ. ދެން ހުރި ޕޭޝަންޓުގެ ވަރަށް ބޮޑެތި ޒަހަމްތަކެއް އެބަހުރި. ފައިން ވެސް ވަރަށް ބޮޑަށް އެބަހުރި ހަލާކުވެފައި. އަދި އަތުގެ ހުޅަށް ވެސް އަނިޔާ ލިބިފައި ވަނީ،" ނަޒްލީން ވިދާޅުވި އެވެ.
ވިލިނގިލީ ކައުންސިލްގެ މެމްބަރު ލުގުމާން ނައީމް ވިދާޅުވި ގޮތުގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިފަހުން އެކްސިޑެންޓުތައް ހިނގުން ވަނީ އިތުރުވެފަ އެވެ. ބޮޑެތި މަގުތަކުގައި ސްޕީޑް ބްރޭކަރު ނެތުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުގުމާން ވިދާޅުވީ ވިލިނގިލީގެ މަގުތަކުގެ ރައްކާތެރިކަމާ ބެހޭގޮތުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީމް
12 November 2017
އުޅުންތެރިކަން އޮތީ ކޮންތާކުތަ. މާލޭމަގުމަތީ ދުއްވާއިރު ލައިނުން ނިކުމެ އަނެއްފަރާތް ބްލޮކްވާއިރު ދެފަރާތު ދެވެހިކަލް ދޭތެރެއިން ސައިކަލް ފިތިގަނެގެން ކުރިއަރަންއުޅޭއިރު މުޅިމަގު އޭނަގެ ސަބަބުން ހުއްޓިފައޮންނަ ކަމެއް ނޭނގެ. ސިއްސައިގެންދާވަރަށް އަޑުބެހެއްޓުމާ، ކިރިޔާ މަޑުކޮށްލަން ޖެހުނަށް ބަރުގޮނު ނާޅާ ނުތިބެވޭއިރު ކުޑަކުއްޖެއް ދުވަސްވީމީހަކަށް ތަންދިނުމެއްނެތް.
އައްޓަމަސް
11 November 2017
ސްޕީޑްބްރޭކަރ ހުއްޓަސް ގޯސް ނެތަސް ގޯސް! އަބަދުވެސް މަގު ގޯސްވަނީ! ދުއްވާމީހުން ހަމައިގަ ތިބޭނެކަމެއްނެތް!
އާދަން
11 November 2017
ޒަމާނީ ފެންވަރަށް މަގުހެދިފައި އޮތަސް މަގުތަށް ބޭނުންކުރާމީހުންގެ ކިބައިގައި ޒަމާނީ އުޅުންތެރިކަން ނެތުމުން ތިބާވަތުގެ މައްސަލަތަށް ގިނަފަހަރު އުފެދެނީ.
ވޯލް
11 November 2017
މިއޮށް ކުޑަ ކުޑަ ރަށްރަށުގައިވެސް ދުއްވަނީ ދުނިޔޭގެ އެންމެ ބޮޑެތި ސިޓީ ތަކުގައި މީހުން އެއްތަނުން އަނެތް ތަނަށް ދާން ދުއްވާހާ ބާރު އިސްޕީޑުގަ ދެންވާނީ ތިޔަ ހެން.
އަލީ ނާޒިމް
11 November 2017
ރަގަޅުތާ، ދެ ހަފްތާ ވެއްޖެތާ ކަމެއްނުހިނގާ، ތާރުމަގު ހުޅުވިތާ!
މެންޓަލިސްޓް
11 November 2017
ދެންވާނެ ގޮތަކީ ތާރުއަޅާފައި ބާރުބާރަށް ދުއްވޭނެގޮތްއޮތީމައި ތިޔަހުރިހާ ކަމެށްވެސް ހިނގާނެ ،،، އެކަކު ސައިކަލެއްގަތީއާޢި އަނެކާގެ އަތުގައިވެސް ސައިކަލެއްހުންނަންޖެހޭ ،،،، އެހެންނޫނީ އެނުވޭ މީހަކަށް ،،، އެކަހަލަ ވާދަވެރިކަމެއްގައި މިއުޅެވެމުންދަނީ ،،،،، އެކަކަށްވެރުން ބާރަށް އަނެކަކު ދުއްވުންވެސް އޮންނާނެ ،،، ސައިލެންސަރުން ބާރު އަޑުގޮއްވުންވެސް އޮންނާނެ ،،،، މީތަރައްގީއަކީ ،،، އެންމެފަހުން ތަރައްގީވެނިމޭއިރު ނޭވާލާނެ މާހައުލެއްނޯންނާނެ ،،، އެންމެފަހުން ކޮންމެ މީހަކު އޮކްސިޖަން ފުޅިއެއް ގައިގައި ހަރުކޮއްގެން އުޅޭހިސާބަށްވެސް ގޮސްދާނެ ،،، ވަރަށްވެދުން
މިސްޓޭކް
11 November 2017
މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރާއި 32 އަހަރުގެ ފިރިހެނަކަށެވެ.
ހަސަން
11 November 2017
ސްޕީޑް ބަންޕްސް މުހިންމު ... ފުލުހުންވެސް ތިބެނީ ނަމަކަށް ... ޤަވާއިދުތަށް ތަންފީޒެއް ނުކުރެވޭ ...
ކަޅުހަން ކަޅު
11 November 2017
ތިމާ ދުއްވާ ސައިކަލުގެ ސްޕީޑް ކޮންޓުރޯލް ކުރާނީ ތިމާ. ފުލުހުން ނެއް ނޫނޭ ބުރޯ،
ފުލުސް
12 November 2017
ދެން ފުލުސް މީހާގެ ޒިންމާ އަކީ ވެއްޓޭ މީހުން މަގުމަތިން ހޮވުން!
ރާގޮނޑިރާޖާ
11 November 2017
100 ފޫޓުން ދުވެލިމަތަ މަގުހުރަހައް ދަމާލާ ހައްލުވާނެ ހިތުހުރިހާ ބާރައް ނުދުއްވޭނެ
ގައްދޫ
11 November 2017
މި ރާއްޖެތެރޭ ބައިކުޅަދުންނަށް ހަމަ އެއްވެސް ކަމެއް ކޮށްދޭނެ ކަމެއްނެތް. މަގުތައް ރަނގަޅު ފެންވަރަކަށް މި ހަދައިދިނީ މި މީހުންނަށް ލުއި ކޮށްދީ ދިރިއުޅުން ފަސޭހަ ކޮށްދެން. އެއާ އެކު މިޖެހުނީ ކިހާބޮޑު ނުފޮރުއްޕާނެއް. ދައުލަތުން އަނެއްކާ ބޮޑު ޚަރަދެއް.
ޝުޖާޢު
11 November 2017
ފަސްކުޅަނދު ހަމަ މާލޭގައި އެވަރުގެ ޖާގައާއި ދުއްވާނެ ފުރުސަތު އޮތް ނަމަ އެނގޭނީ އެކްސިޑެންޓު ހިނގާވަރެއް. މަގުގައި ދުއްވާ މީހުން ގަވާއިދަށް ހުރުމަތްތެރިކަން ބަހައްޓައިގެން ނޫނީ މިކަންކަން ހައްލެއް ނުވާނެ.