ވިލިނގިލީ އެކްސިޑެންޓުގައި ނިޔާވި ވިކާޝް: އޭނާ އެކްސިޑެންޓްވެފައި އޮއްވާ ފެނުނީ ފުލުހުންނަށް
08 ނޮވެމްބަރ 2025 - 14:01
ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ވިކާޝް އަހުމަދު އިތުރު ފަރުވާއަށް މިދިޔަ އަންގާރަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ނަމަވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފަ އެވެ. އޭނާ މިއަދު މެންދުރު ނަމާދަށްފަހު ވަނީ ވަޅުލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، އޭނާއަށް މި ފަހުން ވަނީ ފިޓް ޖެހުމުގެ މައްސަލަ ދިމާވާން ފަށައިފަ އެވެ. އަދި އެކްސިޑެންޓް ހިނގީ ވެސް ފިޓްޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ވެއްޓުނުތާ އެތައް އިރެއްފަހުން ފުލުހުންނަށް ވެސް ފެނުނީ ގޯޅިއެއް ވީމަ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮއްކޮ
09 November 2025
އެކުއްޖާފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން
ބޮޑާބެ
08 November 2025
މިއުޅޭމީހުން އަބަދުވެސް ބަލާނީ ކަމެއްވެޖެއްޔާ ސަރުކާރު ބޮލުގަ އެކަމެއްއެޅުވޭތޯ އެމީހުންނުބަލާ އެކަމެއްވީގޮތެެއް ލިއުމެއްނުކިޔާނެ ދެންމުއައްސަސާތައް ބޮލުގަ އޭގެ ބަދުނާމުއެޅުވޭތޯ ބަލާނީ
އ މއމ
08 November 2025
ޕެޓްރޯލު ކުރާ ފުލުހުން ވަރަށް ރަނގަޅު ވަރަށް ގިނަ ފަހަރު އަދިވެސް ފުލުހުންނަށް ބަވާ މީހުންނަށް ފިލާވަޅެއް ނުލިބޭތޯ؟
ވާނުވާގަތޯ
08 November 2025
އެމީހުންނަށް ފެނުނުއިރު މާލަސްވެއްޖެ….ފުލުހުން ހަމަ ފެއިލް….އަބަދުވެސް
ރާއްޖެ
08 November 2025
ރާއްޖޭގައި ޑްރައިވިން ލައިސަންސް ދިނުމުގައި ސިއްޙީ މިފަދަ ކަންކަން ހުރޭތޯ ބަލާތަ؟
ސޫޖީ
08 November 2025
ޓުރާންސްޕޯޓް މިނިސްޓަރު ސަރުތު ހަމަނުވިޔަސް މިނިސްޓުރީ ސަރުތު ހަމަވޭތޯބަލަން ވެއްޖެއެއްނު.
ބާނިޔާ
08 November 2025
ތިޔަ ބަލައިގެން ވާނީ ވަކިކޮންންކަމެއް. ލައިސަންސްއޮތަސް ނެތަސް ދުއްވާނެ.. އެކްސިޑެންޓްވެ މަރުވި ގިނަމީހުން އަތު ލައިސަންސް އޮވޭ
ހދޖަ
08 November 2025
ކީކޭ ކިޔަން ތި އުޅެނީ؟ އެމީހުންނަށް ލައިސަންސް ނުދޭށޭތަ؟؟
ޢަލީ ބަލީ
08 November 2025
ކޮމެންޓް ކުރުމުގެ ކުރިން މި ލިޔުން ކިޔާލިންތަ؟ " އެގިފާވާގޮތުގައި އޭނާ އަށް މިފަހުން ވަނީ ފިޓް ޖެހުމުގެ މަސްއަލަ ދިމާވާން ފަށާފައެވެ. "
އަލީމްބެގެ ކޮއްކޮ
09 November 2025
ސިއްހީ މައްސަލަތަކަށް ބަލައިގެން ލައިސެން ދޭންވެއްޖެޔާ ލިބޭނެ އެކަކުވެސް ނުހުންނާނެ