ކުޅުދުއްފުށީގެ އެއާޕޯޓް އަޅާ ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރު އެ ރަށުގައި.
12 ނޮވެމްބަރ 2017 - 18:23
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީން އަލަށް ގެނައި މަހާޖައްރާފުގެ ފުރަތަމަ މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީގެ އެއާޕޯޓަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މިއަދު ހަވީރު އެ ރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޔާމީނެވެ.
ކުޅުދުއްފުށީގެ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ކުޅިން ބައެއް ހިއްކުމުން ފައްޓަވައި ދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އަދި އެ ރަސްމިއްޔާތުގައި، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކުޅުދުއްފުށީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ރަށުގެ ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.
އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރު ހިއްކަން ވަނީ ނިންމައިފަ އެވެ.
ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: އެމްޓީސީސީ
ކުޅުދުއްފުށީގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި މަހާޖައްރާފުން ކުޅުދުއްފުށި ހިއްކުމަށް ފަހު ދެން މިސްރާބް ޖަހާނީ ށ. ފުނަދޫ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކުމަށެވެ.
"މިއީ މުޅި ރާއްޖެ އުފާ ކުރުވާނެ އުޅަނދެއް. މަހާޖައްރާފާ އެކު އެމްޓީސީސީގެ ދުވެލި ހަލުވި ވާނެ." ޒިޔަތު ވިދާޅުވި އެވެ.
މަހާޖައްރާފާ އިން ރާއްޖެ އިން ބޭރުގެ ސަރަހައްދުގެ ތަންތަން ހިއްކުމުގެ ފުރުސަތު ވެސް މިހާރު ލިބެމުން އަންނަ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
އެމްޓީސީން ބުނެފައިވާ ގޮތުގައި މި ޑްރެޖަރަަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މަހާޖައްރާފަކީ އެމްޓީސީސީން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތައްޔާރުކުރި ޑްރެޖަރަކެވެ. އެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިއަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީީ ސުން ޕަސެންޓް އިންޓަރެސްޓުގައި ކޮންވާޓަބްލް ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމައި، މިހާރު ވަނީ ހިއްސާދާރުންނަށް އިތުރު ހިއްސާ ގަތުމަށް ވެސް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިޕް
13 November 2017
ޚުދުމުޚުތާރު ވެރިންނާ އެކީ އުޅެވޭނީ ތިގޮތަށް.
އައިމިނާ
13 November 2017
ދެކުނު މީހުން ތިޔަހެން ނުހެއްލޭނެ. އުތުރުމީހުން ވަރަށްއަވަހަށް ހެއްލޭނެ. ޅޮސްއުނދޯއްޔަށް އެރުވޭނެ.
ވޯލް
13 November 2017
2018 އަށް ނައިބު ރައީސަކީ ނަޝީދު ކަމަށް ވަރަށް ފެނޭ.
ާަައޭކޭފޯޓީ 7 އަކުން އަދުއްވުންގިއްގަޅުވަލިސިޓީ
12 November 2017
މަރުހަބާ ޔާމީން ތިޔަކުރައްވާ ބުރަމސަތްކަތައް.
ހާމިދ
12 November 2017
ތަރައްގީއާ ގުޅިފައިވާ ކަމެއްނަމަ ވަކި ފިކުރެއް ނެތް. އެމްޑީޕީ ކަމުގައި ވީނަމަވެސް ރަސްމިއްޔާތުގައި އެދަނީ ބައިވެރިވަމުން. ރައީސް ޔާމީން ކަމުގައި ވީނަމަވެސް ރަށަށް ރަނގަޅު ކަމެއް ކޮށްދޭއިރު، ކުޅުދުއްފުށިން މިދެއްކި އެންމެގެ ބައިވެރިވުން މުހިންމު ކަމުގެ މަންޒަރުން ފިލާވަޅު ލިބި ހުރިހާ ހިސާބެއްގައިވެސް މިގޮތަށް ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން މަސައްކަތް ކުރާނެކަމަށް ހީކުރަން. ސިޔާސީ ހިޔާލު ތަފާތުވުމަކީ މައްސަލައެއްނޫން. އެކަމަކު، ވެރިކަމުގެ ދަހިވަތިކަމުގައި ކުރެވޭ ކަންކަމުން ލިބޭ ގެއްލުން މާ ބޮޑު.
އެޑްމުންޑޯ
12 November 2017
ކުޅުދުއްފުށި މީހުން ލައްވާ ގޯސްހެއްދުމަށް އިދިކޮޅު ފަރާތްތަކާއި " މިހާރު ނޫސް " ފަދަ ނޫސްތަކުން ކުރިމަސައްކަތް ފެނަށް ދިޔައީމާ ހިނިއާދޭ ، ހަގީގަތަކީ އެރަށަކަށް ލިބޭ ތަރައްގީ އެއްގެ އެންމެ ބޮޑު ހިއްސާދާރުންނަކީ އެރަށެއްގެ ރައްޔިތުންނަށް ވީހިނދު އެފަދަ ތަރައްގީ އަށްހުރަސް އަޅާ މީޙުންނަކީ ހެޔޮއެދޭބަޔަކަށް ނުވާކަން ،
މުންދޯ
12 November 2017
ތިތަން ހިއްކައިގެން އަންނަ ތަރައްގީ ފެންނާނީ ބޯޓް ޖައްސަން ފެށީމަ،ތި ބިންގަނޑުގެ ލޮޅުން ވަރަށް އަންނާނެ،ކައިރީ ގެތަކުގެ ސިމެންތި ޓިނު ފުރާޅެއް،ތަންކޮޅެއް ދުވަސްވީފަރެއް ނުހުންނާނެ ރެނދު ނުލާ،އެރުންގޮވަން ފަށާނެ މަގެ ތަރައްގީ އޭ
ބޮންދޯ
13 November 2017
މުންދޯ މެންނަށްނަށް ދެން ގޮވޭނީ މޮޔަ!
މިލިޓަރީ
12 November 2017
ޔާމިނައް ވޯޓް ލާމީހުން ގިނަވާނެ މިފަހަރު.
ސޮކްތެރެޕީ
12 November 2017
ޕީޕީއެމް ބުނަނީ މީއޭތަރައްގީއަކީ އެމްޑީޕީ ބުނަނީ ނަޝީދޭ ތަރައްގީއަކީ ފިތުނައުފައްދާ މީސްމީހުންގެ އަބުރު ކަތިލަ ރާއްޖޭގެ އިޖްތިމައީފޭރާމް ހަލާކުރުން.
ފައިބުޑުގެ ވިސްނުން
12 November 2017
ކޮންމެ ވިލަކާ ހަލެއްގަ ހުރި ވެލިކޮޅު ދަމައިގަނެ ފަރެއް ފަޅެއް އޮތިއްޔާ އެތަނަކަށް އަޅާލައި. ގަލާ ވެލީގެ ދިރުން ހެދިބޮޑުވުން އޭރުން އެ ދިޔައީ. ދެން މަރުވެފައި ހުރި ވެއްޔާ ގާ ލޮނަށް ގިރި ޑިފޯމްވާ ރޭޓްގައި ހިގައިދާނެ. މިއީ ހުސް ކެލްސިއަމް ވެލިން އުފެދިފައިއޮތް ބިމެއް. ދިރާސާއެއް ކުރާނެކަމެއް ނެތް. މިހާރު ދިރިތިބި ބަޔަކަށް މަޖާކޮށްލެވުނީމާ އެ ނިމުނީ.
ހެހެހެ
12 November 2017
ތިއީ އަންނި ޤަސްތު ކޮށްފައިވާ މަސައްކަތެކެވެ. ބްރިޖް އަޅަން ވެސް އަންނި އޮތީ ޤަސްތު ކޮށްފައެވެ.ދެން މިހެން ކިޔާ ޙެހެހެ