ރިޕޯޓް / އާބާދީ އެއްފަސްކުރުން

ފްލެޓް: "ގެދޮރެއް ނޫން، ޖަލު ގޮޅިތަކެއް"

ދެވަނަ ފިޔަވަހީގައި ހުޅުމާލެ ތަރައްގީކުރާނެ ގޮތް ދައްކައިދޭ މޮޑެލްއެއް: އެ ރަށުގައި އިތުރު އަށްޑިހަ ހާސް މީހުންނަށް ދިރިއުޅެވޭ ވަރަށް ފްލެޓް އެޅުމުގެ މަޝްރޫއުއެއް ސަރުކާރުން ވަނީ އިފްތިތާހުކޮށްފައި. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. ދެ އަހަރު ފަހުން 2015ގައި އެ މަނިކުފާނު އިއުލާންކުރެއްވީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް، އެންމެ ހުޅުމާލެއެއްގައި ވަޒަންވެރިކުރުމުގެ ސިޔާސަތެކެވެ. ރައީސް ޔާމީންގެ ވައުދުތައް ހިމެނޭ ޕީޕީއެމްގެ "ޔަގީން" މެނިފެސްޓޯގައި ލިޔެފައި އޮތް ގޮތަށް ކަންތައް ކުރައްވަންޏާ އިތުރު 20 "ހުޅުމާލެ" ބިނާކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ޒައާމަތުގެ ފަހު އަހަރު ފެއްޓެވީ މާލޭގެ ހުޅުމާލޭގައި އިތުރު 80،000 މީހުން ދިރިއުޅޭނެ ފްލެޓް އިމާރާތްތަކެއް އެޅުމުގެ ބިޔަ މަޝްރޫއުއަކުންނެވެ. އެއާ އެކު ރައީސް ދައުވަތު ދެއްވީ ރާއްޖޭގެ އެންމެން މާލެ/ ހުޅުމާލެ އަށް އައުމަށެވެ.

އަށްޑިހަ ހާސް މީހުން އެއީ ކުޑަ އަދަދެއް ނޫނެވެ. ބޯހިޔާވަހިކަމަށް ޖެހި ބިކަވެފައިވާ އާއިލާތައް ހާހުން ގުނޭ ރާއްޖޭގައި ފްލެޓެކޭ ބުނެފިއްޔާ، ދުލު ކުރިން ނުވީއްލެނީސް، އެ ލަފްޒު އެތައް ބައެއްގެ ހުވަފެންތަކާއި އުއްމީދުތަކާ ގުޅި ލާމެހިގެންދެ އެވެ. އެކަން އެންމެ ރަނގަޅަށް ދަންނަނީ ސިޔާސީ މީހުންނެވެ. އެކަމަކު ހުޅުމާލޭގައި 80،000 މީހުންނަށް ފްލެޓް އަޅާ ވާހަކަ ބުނީމާ އެއް ބަޔަކު "އަތް ޖެހިޔަސް" އަނެއް ބަޔަކު "އަޅަނީ ކަރުނަ" އެވެ. ކުރަނީ މި ސުވާލުތަކެވެ؛

ރާއްޖޭގެ އެހެން ސަރަހައްދުތައް ކޮބާ ހެއްޔެވެ؟ ޗާލު، އަރާމު ރަށްތަކެއްގައި ދިވެހިވަންތަ ދިރިއުޅުމެއް އުޅުމުގެ ހައްގު ނިގުޅައިގަތުމުގައި އޮތީ ކޮން އިންސާފެއް ހެއްޔެވެ؟

ލާމު އަތޮޅު ލިންކު ރޯޑު: ރަށްރަށުގައި މިފަދަ މަޝްރޫއުތައް ހިންގިޔަސް ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެންމެން މާލެ ސަރަހައްދަށް ބަދަލުކުރުން-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

އަބަދުވެސް ސަރުކާރުގެ ޖަވާބަކީ، އަތޮޅުތަކުގައި ހިންގާ އުމްރާނީ މަޝްރޫއުތަކެވެ. އެއާޕޯޓުތަކާއި ބަނދަރުތަކާއި މަގުތަކާއި ފެނާއި ނަރުދަމާގެ ނިޒާމުތަކެވެ. އެކަމަކު ފާޑުކިޔާ މީހުންގެ އަނގަ ބަންދެއް ނުވެ އެވެ؛ ރާއްޖޭގެ އެންމެން މާލެ ސަރަހައްދަށް ޖަމާކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ އިރު، ރަށްރަށް ތަރައްގީކުރާ ވާހަކަ ދެއްކީމާ، ކިޔާ އެއްޗެއް ދެކޮޅު ޖެހޭ ހެއްޔެވެ؟ އެންމެން އެއް ތަނަކަށް ގެނެސް ފްލެޓްތަކަކަށް ލީމާ، ދެން ކަންތައް ދާނީ ކޮން މިސްރާބަކަށް ހެއްޔެވެ؟

"ސަރުކާރުން މި ހަދަނީ އަހަރެމެން ލާނެ ކުދިކުދި ޖަލުތަކެއް. އަހަރެމެންގެ ފަސްގަނޑުން އަހަރެމެން ބާލައި އަހަރެމެންގެ ބިން ވިއްކާލާނީ މަހުޖަނުންނަށް،" އަތޮޅުތަކުގެ މީހުން މާލެ ދޫކޮށް އަމިއްލަ ރަށަށް ބަދަލުވާން ވަކާލާތުކުރާ ފޭސްބުކް ޕޭޖެއްގައި ލިޔެފައިވެ އެވެ.

"އެ މީހުން އެ ބުނަނީ ފަގީރުންނާއި މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ހައްގު މިންވަރަކީ ފްލެޓޭ، ބިމެއް ނޫނޭ. ]އަހަރެމެންނަށް ހައްގުވަނީ[ ދަރަންޏަށް ލިބޭ ކޮންކްރީޓް ގަނޑެކޭ. މި ކަމާ އަހަރެމެން އުފާކުރަންވީ ކީއްވެ؟ އަމިއްލަ ރަށުގައި ގެ އަޅައިގެން ކާބޯތަކެތި އަމިއްލަ އަށް ހައްދައިގެން ސާފު ޖައްވެއްގައި ނޫޅެންވީ ކީއްވެ؟ ހޭލަން ވެއްޖެ. އަހަރެމެން މި ތިބީ ފަނާކުރަނިވި ފުން ނިންޖެއްގައި. 'ފްލެޓް' ޖަލު ގޮޅިތަކެއްގެ ވާހަކަ ދެއްކީމާ އަހަރެމެން އަތް ޖަހާކަށް ނުޖެހޭ. އެންމެން ހޭލާ!"

މާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: އެންމެ ގިނަ ބަޔަކު ތަހައްމަލްކުރާ މައްސަލައަކީ ގެދޮރުގެ ދަތިކަން.

ރާއްޖެ އަށް އެންމެ އެކަށީގެންވާ ތަރައްގީގެ ވިސްނުމަކީ އެއްފަސްކުރުން ކަމަށް އެ ކަމުގެ މާހިރުން ބުނާތާ އެތައް ޒަމާނެއް ވަނީ ވެފަ އެވެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރާށޭ ބުނަނީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކެއް ވެސް، ޚިދުމަތްތަކާއި އާމްދަނީ އާއި ފުރުސަތުތައް ލިބޭ ފެންވަރަށް، ތަރައްގީކުރުމުގެ މާނައިގަ އެވެ. ހުރިހާ ރަށެއް ނޫނެވެ. "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ވެސް ނޫނެވެ. ފަހެއް ނުވަތަ ހައެއްކަ ސަރަހައްދެވެ.

އެކަމަކު މިހާތަނަށް އައި އިރު ވެސް އެކަން ނުވެ އޮތުމަކީ އެތައް ހައްގަކުން ދިވެހިން މަހުރޫމްވުމުގެ މައިގަނޑު ސަބަބެވެ. މާލެ އާއި އަތޮޅުތަކުގެ ބޮޑު ފަރަގު ކުޑަ ނުވެ އޮތް ސަބަބެވެ. ދިވެހިންނަށް "ފުރުސަތުތަކާއި އިޚްތިޔާރުތައް ލިބުން ބިނާވެގެންވަނީ އެ މީހަކު އުފަންވާ ރަށެއްގެ މައްޗަށް" ކަމަށް 2014ގެ ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓުގައި އދ. އިން ފާހަގަކޮށްފައި އޮތީ ހަގީގަތަށެވެ.

ދިވެހިންނަށް އަޑުއިވެނީ، ސަރަހައްދީ ތަރައްގީ ހާސިލް ނުކުރެވުނީ ބާރު ފޯރުވެން ނެތް "ގުދުރަތީ" ސަބަބުތަކަކާ ހެދިއޭ ބުނާ އަޑެވެ. ހަގީގަތަކީ އެއީ ހެއްޔެވެ؟ ނުވަތަ ސަރުކާރުތަކުން އެ ގޮތަށް ވިސްނައިދޭން ބޭނުންވީ ހެއްޔެވެ؟

ރާއްޖޭގެ ހިތްގައިމު ރަށެއް: މި ތަންތަނުން އުފާ ލިބިގަތުމުގެ ފުރުސަތު ދިވެހިންނަށް ދުވަހެއް ދުވަހަކަށް ދަނީ ކުޑަވަމުން. --ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

ރާއްޖޭގެ ރަށްތައް ވަކިވަކިން ކަނޑުގެ ސަރަހައްދަކަށް ފެތުރިފައި ހުރުމާއި މީސްކޮޅު މަދު އާބާދީތައް ކުދިކުދި ރަށްރަށުގައި ދިރިއުޅުމަކީ ސަރަހައްދީ ތަރައްގީ އަށް އޮތް ހުރަހެއް ކަމަކަށް ފަންނީ މީހުން ނުދެކެ އެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބިން ބޮޑެތި ރަށްތައް ހުއްޓާ، ތަރައްގީ ވެފައި އޮންނަން ޖެހޭނީ އަދި ތަރައްގީކުރަން ޖެހޭނީ ނުވަތަ މީހުން ދިރިއުޅެން ޖެހޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަކަށް ވެސް އެ މީހުން ގަބޫލެއް ނުކުރެ އެވެ. އަތޮޅުތަކުގެ ތަރައްގީގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ސަލްމާ ފިކުރީ ސުވާލުކުރައްވަނީ އެންމެން މާލެ އަށް ޖަމާކޮށް ނިމުނީމާ ރަށްރަށަށް ވާނީ ކިހިނެއްތޯ އެވެ.

"ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް މަދުވެފައިވުން އެއީ ތަރައްގީ އަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށް ދެކިދެކި ތިއްބާ އެ ވަސީލަތްތަކުގެ އެހީގައި މަދު ދިވެހިންތަކެއް މުއްސަނދިވެ މަހުޖަނުންނަށް ވެފައިވާ ކަމީ ހަގީގަތެކެވެ،" މުނާ މުހައްމަދުގެ "ފަޅު އަލި ރަންމުތް" ފޮތުގެ އިސްބަހުގައި ސަލްމާ ލިޔުއްވާފައިވެ އެވެ.

"ވެރިރަށް މާލެ އާއި އަތޮޅުތަކާ ދެމެދު އާމްދަނީ އާއި ޚިދުމަތްތަކާއި ފުރުސަތުތައް ނުހަނު ބޮޑުތަން ތަފާތުވެފައިވެ އެވެ. މާލެ ތޮއްޖެހި، މާލޭގެ ތިމާވެށި ތަޣައްޔަރުވެ، އަމާންކަން ގެއްލި އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތަރައްގީގެ ސިޔާސަތުތައް އަދިވެސް ދަނީ އެއް މިސްރާބަކަށެވެ. ރާއްޖޭގެ ވަކި ސަރަހައްދަކަށް ހުރިހާ ދިވެހިން ޖަމާކޮށް އެހެން ސަރަހައްދުތައް ފަޅުވުމަށް މަޖުބޫރުވަނީ އެވެ. މި ގޮތަށް ފަޅުވާ ރަށްރަށަށް ދެން ވާނެ ގޮތަކާ މެދު ވެސް މިއަދު ސުވާލު އެބަ ކުރެވެ އެވެ. އޭގެ ފައިދާ ލިބޭނީ އަދި އޭގެ މިލްކުވެރިންނަށް ވާނީ ކޮން ބައެއްތޯ ވެސް މިއަދު ސުވާލުކުރެވެ އެވެ."

މިހާތަނަށް ހުރިހާ ސަރުކާރުތަކުން ވެސް، ބޮޑަށް ހަމައެކަނި ކަރުދާހުގައި ނަމަވެސް، އަތޮޅުތަކާ މެދު ގެންގުޅެފައި ވަނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމާއި ސަރަހައްދީ ތަރައްގީގެ ސިޔާސަތެވެ. އެންމެން މާލެ އަށް ގެންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީން ފާޅުގައި ވިދާޅުވުމަކީ އެ ސިޔާސަތަށް ބަދަލު އައި ފުރަތަމަ ފަހަރެވެ. އެއާ އެކު އެ ވިސްނުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯ މީހުން ސުވާލު އުފައްދަ އެވެ.

ފަހަރުގައި، އަތޮޅުތަކުގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި އެންމެން މާލެ ޖަމާކުރުމުގެ ވިސްނުން ދެކޮޅުޖެއްސޭނެ ގޮތް ވެސް ސަރުކާރަށް އެނގެ އެވެ.

"މިހާރު ރަށްރަށުގައި އެ ގާއިމްކުރާ އިންފްރާސްޓްރާޗާ ބިނާކޮށްގެން ސަރުކާރަށް ލިބޭނެ ގެއްލުމެއް ނެތް. ސަބަބަކީ، ކުރު މުސްތަގުބަލަށް ބަލާ އިރު، ވޯޓު ހޯދަން މީހުން ރުއްސަން އެބަ ޖެހޭ. ތަސައްވުރެއް އޮތީ ހަމައެކަނި މާލެ ސަރަހައްދަށް ނޫންކަން މީހުންނަށް ދައްކަން އެބަ ޖެހޭ،" ސަލްމާ ވިދާޅުވި އެވެ.

"އަދި ދުރު މުސްތަގުބަލަށް ބަލާ އިރު، އެ އިންފްރާސްޓްރަކްޗާގެ ބޭނުން ހިފޭނެ، އެ ރަށްރަށް އެސްއީޒެޑުގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތްގޮތަށް ވިއްކާލަން. މިއީ ވެދާނެ ގޮތެއް."

ފަންނީ ލަފާތައް ބުނަނީ އަތޮޅުތައް ތަރައްގީކޮށްގެން ނޫނީ ރާއްޖޭގެ މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ. އެންމެން މާލެ ސަރަހައްދަށް ޖަމާވެ، ފްލެޓްތަކަކުން ބޯހިޔާވަހިކަން ހޯދާ ހިސާބުން އެ މައްސަލަތައް ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެއާޚިލާފަށް ފުރުސަތު ބޮޑީ ކަންކަން އިތުރަށް ބޮއްސުންލައިގެން ދިޔުމެވެ. އޭގެ ހެއްކަކަށް، ބައެއް މީހުންނަށް މާލޭގެ ތަޖުރިބާ ފުދެ އެވެ. މުނާ ސިފަކުރި ގޮތަށް، "ފްލެޓަކީ އެ ހަދާ ވަގުތު ވަރަށް އޮފުދާރުކޮށް ހުއްޓަސް 10 ވަރަކަށް އަހަރު ތެރޭ ސްލަމް އަކަށް ބަދަލުވާނެ ތަންތަން" ކަމަށް ވުން ގާތެވެ.

133 ކޮމެންޓް, 144 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 74%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަންނިކިޔާ

28 November 2017

ބަލަ މަވެސް މިހިރީ މިޤައުމުގަ ނުފެނޭތަ ރަށްރަށުގަ 100 ފްލެޓުން އޭޅުމަށް މިސަރުކާރުން އިޢުލާން ކުރާތަން

The name is already taken The name is available. Register?

ފުވައްމުލަކު މީހާ

24 November 2017

80000މީހުން ފްލެޓްގަ ވަޒަންވެރި ކުރުވީމާ ނުވަތަ އެފުރުސަތު ދިނީމާ ،މާލޭގެ ބިމުގެ " ކަޅު ރަން " އަގުކުޑަވެ ކުލި ކުޑަވެގެންދާނެ. އަދި ބޭނުންބަޔަކަށް މާލެ ހިޖުރަ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ، ނަތީޖާ އަކީ ކުދި އާބާދީ އެއްފަސްވެ އިދާރީގޮތުން ހިންގަން ފަސޭހަވެ ޢާއްމު ދިރިއުޅުމުގެ ޟަރޫރީ ބޭނުން އެއްފަސްގަނޑަކުން ހަމަޖެހިގެން ދިއުން. ރާްްއްޖެތެރޭގެ ނިކަމެތި ފަގީރުންގެ ފައިސާ އަށް ލުއެއް ލިބިގެން ދިއުން. ސިނާޢީ މަސައްކަތް އިތުރަށް ފުޅާވެގެން ދިއުން. މިއާއެކު ހުޅުމާލެ އިން ފުޅާކޮށް ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އަދި އިންވެސްޓަރުން ބައިވެރިވާ މިންވަރާއެކު " ހިތްފަސޭހަ މާހައުލަކަށް "ހުޅުމާލެ ބަދަލުވެގެންދާތަން އެބަފެނޭ. ފްލެޓް ތަކަކީ " ޖަލު ގޮޅިތަކެއް ކަމަށް " ބަޔަކަށް ހީވިޔަސް ފްލެޓްގެ ކޮޓަރި ތަކަކީ އިންޓަރނޭޝަނަލް މިންގަނޑުގައި ބިނާކުރެވޭ ކޮޓަރިތަކެއް. ހަސަދަވެރިކަމުގެ މޭވާ އަކީ އަބަދު ފައްކާވާ މޭވާއެއް. ހަސަދަވެރިންނަށް ދުވަހަކު ރަގަޅުކަމެއް ނުފެންނާނެ.

The name is already taken The name is available. Register?

މީ ދިވެހިން

24 November 2017

ދެން ކުލިނުދައްކާނަން މާލޭ ރައޔިތުން ހަޖަމް ކުރޭ . ދެން މާލޭސަރަހައްދުގައި ކުއްޔައް އުލޭނީ ބަންގާޅީން ލިޕްޓުލީ އިމާރާތްތަކުގައި

The name is already taken The name is available. Register?

ރޮކް1

23 November 2017

2014 ގައި ފްލެޓް ހޯދަން ހުޅުވާލީމަ 15،000 މީހުން ފޯމުލި. އެއިން ކޮންމެ އާއިލާއެއްގައި 5 މީހުން ތިބިނަމަވެސް 75،000 މީހުން އެތިބީ މާލޭގަ ފްލެޓް ބޭނުންވަފަ.

The name is already taken The name is available. Register?

ޝިފާގު

23 November 2017

ފަންނީމީހުން ބުނާހޮތަށް 35 އަހަރު ގައުމު ހިންގިއްޖެއެވެ. ދެން ގައުމު ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. ސަލާން

The name is already taken The name is available. Register?

ޑަޑަޑަޑަޑާާާ

23 November 2017

އާ ދެން ނިހާނާ އަދުރޭ ބުނާގޮތަށް ކަންތައް ކުރޭ! ހަބޭސްވާނެ.

The name is already taken The name is available. Register?

މެންޓަލިސްޓް

23 November 2017

ކޮންޖެސްޓެޑް ކޮންކުރީޓްބޮކޮސް ތަކުގައި އުޅުމަކީ ސިއްހީގޮތުންނާއި އެހެންނިހެން ގޮތްގޮތުން ރަގަޅުކަމެށްނޫން ،،،،، ބޮޑެތިބިލްޑިންގެ ހަދާއިރު ނޫނީ އާރބަން ލިވިންގް ޑިޒައިންކުރާއިރު އެތަނެއް ކޮނޖެސްޓްނުވެ އަރާމުގައި މީހުންނަށް އުޅެވޭ ގޮތަށް އޮންނަންވާނީ ،،،، މިހާރު މާލެއަކީ ފެއިލްވެފައިއޮތްސިޓީއެއް ،،،، މަގުތަކާއި ގޯޅިތަކުގައި މިހާރު ހިނގާބިނގާވާން އުނދަގޫވެއްޖެ ،،، ސައިކަލެއް ކާރެއް މަގުމަތީގައި ފަސޭހައިން ދުއްވޭކަށްނެތް ،،،، ހުރިހާމީޙުން އެތިބެނީ ޓޭންޝަންގައި ،،،، އަދިވެސް ހަދާވަރުން ހަދަނީ ،،، ސައިކަލް އެތެރެކުރާވަރުން އެތެރެ ކުރަނީ ،،، ވީމާ ސިޓީއެއް ޕްލޭންކުރިއަސް ޕޮޕިއުލޭޝަން އެކިސެންޓަރތަކަށް ޖަމާކުރަން ނިންމިޔަސް ،،، އެތަނެއް ޑިޒައިންކުރަންވާނީ ތަންފުރިބާރުވެ ،،،، ކޮންކުރީޓް ޖަންގައްޔަކަށްވެ ،،،، މަގުތަށް ފުރި ސައިކަލް ޝޯރޫމްތަކަށް ނުވާކަހަަލަ ގޮތަކަށް ،،،، ވަރަށްވެދުން

The name is already taken The name is available. Register?

1234

23 November 2017

ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ރޭޓާއި، ބިދޭސީ މަސައްކަތު މީހުން ރާއްޖެ އަންނަމުން ދާ ރޭޓަށް ބަލާއިރު 80،000 މީހުންނަށް ޓާގެޓްކޮށްގެން މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގުމަކީ ދުރުވިސްނުން. ކުރިއަށް އޮތް 20 އަހަރުންވެސް ހުޅުމާލެ ނުފުރޭނެ މިހާ ގިނަ ފްލެޓް އެޅީމަ. ހިސާބުތަކަށް ބަލާނަމަ 15000 މީހުން އެންމެ ފަހުންވެސް އެއޮތީ ފްލެޓް ހޯދަން ފޯމުލާފަ. އޭގެ މާނައަކީ ކޮންމެ އާއިލާއަކީ 5 މީހުން ނަމަ 75،000 މީހުން މިހާރުވެސް އެތިބީ އެމީހުންގެ ގެދޮރު ދޫކޮށްފައި ރަށްރަށުން މާލެއައިސް ބޮޑުއަގުގައި މާލޭގެ ޖަލުގަކުގައި ފިތިފަ. ރަށްރަށުގައި އުޅެން ބޭނުންވާ މީހުން އުޅުމަކުން މައްސަލައެއް ނެތް. އެތަންތަނުގައިވެސް އެދަނީ ތަރައްގީގެ ކުލަވަރު ފެންނަމުންކަން އެނބަ އެނގޭ. އަހަރެންގެ ހިސާބުތަކުން ދައްކާގޮތުން 80،000 މީހުން ހުޅުމާލޭގެ "ޖަލުތަކަށް" ތިބީ ފެންބޮވައިގެންފަކަން ވަރަށް ސާފުކޮށް އެބަ އެނގޭ!

The name is already taken The name is available. Register?

ދޫނިދޭތި

23 November 2017

މާލެ ސަރަހައްދުގައި އަޅަންވީ އަހަރަކު 50 ހާސް ފްލެޓްސް. ދަ ރާއްޖެތެރޭ މީހުން ބުނާނެ ނުފުރޭނެއޭ އެކަމަކު ފްލެޓްސް ތައް ނިމޭއިރު އެކަތިވެސް ބާކީ ނުހުންނާނެ އެންމެން ކުއްޔަށް ހިފާނެއެވެ. އެއީ ޔަގީން ކަމެކެވެ. ސަރުކާރުން އެއްގޮތަކަށް ވެސް ދުލެއް މިކަމުގައި ދީގެން ނުވާނެއެވެ.

The name is already taken The name is available. Register?

77777777

23 November 2017

ޔާމީނޫ އަހަރެމެންނަކީ މުސްލިމުން. އަޅަން އަންގާފައި އޮތީ ދެކޮޓަރިއޯ. ދެން ދެމަފރިިންނަާށް ކޮޓަރިއެއް. އަންހެން ދަރިންނާ ފިރިހެްން ދަރިން ވަކިނުކޮށް 1 ކޮޓަރި. ދެން އަމާބަފާ ލާނީ ކޮންތާކަށް. ނާސިން ހޯމައްތަ؟ ސަރުކާރުންތަ ބަލަނީ. އަޅީ މީ ކޮންފަދަ އާފާތެއް.

The name is already taken The name is available. Register?

ނިންމާތި

23 November 2017

އަންހެން ދަރި ވެސް ޖެހެނީ ވަކިން ފްލެޓެެެއްގައި ކުއްޔަށް އުޅެން ފިރިހެން ދަރިވެސް އުޅޭނީ ވަކިން ފްލެޓެއް ކުއްޔަށް ހިފައިގެން. އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތޭ ތަމެން މާލެ ސަރަހައްދަށް ބަދަލުވާންވީ. އަވަހަށް ޖެހި ބަލަ ދަފްތަރުގައި ހެޔޮނުވާނެ. އެއިރުން މަމެން ވޯޓް ލާ ފޮއްޓަށް ދޯ ތަމެން ވެސް ރަޖިސްޓްރީ ކޮށްލާނީ. އެއިރުން އެނިމުނީ އެއް ނޫން ދޯ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

23 November 2017

އިގުތިސޯދީ ގޮތުންބެލިޔަސް ހުޅުމާލެޔައް އެންމެއް ޖަމާކުރީމަ ރައްތުން އިތުރައް ފަގީރުވާނީ! މިހާރުވެސް ފިރިން ރިސޯޓުގަ މަސަކަތް ކޮއްގެން ހޯދާ ފައިސާގަ ނުޖެހި ދަނޑު ހައްދައިގެންނާ ފަންގެވިދެ ރޯނުވެމުގެ މަސަކަތުން ގޭގެ ހަރުދުތައް ހިފަހައްޓާ އަންހެނުން މަދެއްނޫން! ވީމަ ރާއްޖެގެ އުފެއްދުން ތެރިކަން އެއްކޮން ނެތިކޮއްލުމުގެ ސިޔާސަތެއްތިއީ! މިސާލަކައް ކަނަމަދު ލާއްސެއް ބާސާރުން ލިބޭއަގައް ހުސްއެކަނި އެވެސް މިލިޔަން ރުވިޔާގެ ވިއަފާރިއެއް ބޭރުން އެތެރެ ކުރާއެއް ޗެއްނޫން! އެންމެއް އެއް ރަކައް އެޅީމަ ކަރަންޓު އުފެއްދުންފަދަ ކަންތަކުން ސަރުކާރައް ކޮންވެސް ވަރެއްގެ ލުޔެއްލިބުނަސް ރައްތުން ވާނީފަގީރު! ހުމާލެއާ ބޭރުއެން ގަމުއުތަކާ އަޅާ ނުކިއޭނެ އެންގައުތަކުގަ ޓައުނުންބޭތުގަ 100 ކިލޯ މީިޓަރެއްހާ ދުރުގަ ހުންނަ ފެޓުތަކުގަ ވަރައްގިނަ މީހުން ވަޒީފާގެ ފުސަތުތައް ހުރީމަ އެކަމަކު ކަނޑު ހުރަސްކޮއް ކޮންމެދުވަހަކު 100 ކިލޯމީޓަރު ވަރުދުރައް ވަޒީފާޔައް ދިއުމަކީ ވާނެކަމެއްނޫން! މި މަސަކަތް ތަކަކީ ރަސްމިގަޑި ނެތި،

The name is already taken The name is available. Register?

ވާނެގޮތް

23 November 2017

ހުޅުމާލެ އަށް އެންމެން ޖަމާކުރުމުން އެންމެންނަށް ވެސް ރަނގަޅު ދިރިއުޅުމެއް ލިބި މާލެ ސަރަހައްދުގައި ވިޔަފާރީގެ ޑިމާންޑް އިތުރުވެ އަމިއްލަ މީސް މީހުން ކުރާ ވިޔަފާރި އިތުރަށް ތަރައްގީ ވެގެން ދާނީ. އެއީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ. ހުޅުމާލެ އަށް ރާއްޖެތެރޭގެ 10 ހާހުން ދަށުގެ އާބާދީ ތައް މަޖްބޫރުން ނަމަވެސް ބަދަލު ކުރަންވީއެވެ.

The name is already taken The name is available. Register?

އިންތިޚާބު

23 November 2017

ލޯބިކުރާ ވެރިއަކު ހުރެއްޖެނަމައެވެ. ހަމަ އެގޮތުން، މާލެފިޔަވާއި ރާއްޖޭގެ އެހެންރަށްތައް ކުރިއަރާނީ، މާލޭގެ ގެދޮރުހުރި މަހުޖަނުންގެ އަވާގައިނުޖެހިހުރި، ރާއްޖޭގެ ރައްތައް ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތްކުރާ، ރާއްޖެތެރޭއޭ މިކިޔާ މީހަކު ރާއްޖޭގެ ވެރިކަމަށް ހޮވައިގެންނެވެ. އެހެންކަމުން، ވެރިކަމަކީ މާލޭ މީހުން ކުރަންޖެހޭކަމެއްކަމަށް، މާލޭގެ މަހްޖަނުން ގެންގުޅޭ އުސޫލާ ދެކޮޅަށް އަހަރެމެން ރާއްޖެތެރޭމީހުން، އެކައްޗެއްކިޔައިގެން ނުކުންނަން އެބަޖެހެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454