ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ގެދޮރުވެރިކަމުގެ މަޝްރޫއުގައި 15،000 ފްލެޓް އަޅަން ސަރުކާރުން ވަނީ އަމާޒުހިފާފައި.
22 ނޮވެމްބަރ 2017 - 13:02
ހުޅުމާލޭގައި 80،000 މީހުންނަށް ފްލެޓް އިމާރާތް ކުރުމަށް އިއުލާން ކޮށްފައިވާ ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 25 ބުރީގެ 16 ޓަވަރު ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިފްތިތާހް ކޮށްދެއްވި މަޝްރޫއުގައި ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އަޅަން ވަނީ ނިންމައިފަ އެވެ. ދިވެހި ސަރުކާރުން މި މަޝްރޫއުގެ ތަފްސީލުތައް އާއްމު ނުކޮށް އުޅެނިކޮށް، މުޅި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސްޓޭޓުން ކަމަށް ދޭހަވާ ގޮތަށް އެ ގައުމުގެ މީޑިއާތަކުން އިއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ.
ޗައިނާގެ ނޫސްތަކުން ބުނި ގޮތުގައި ޗައިނާ ސްޓޭޓަށް އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 434 މިލިއަން ޑޮލަރު (6.7 ބިލިޔަން ރުފިޔާ) އަށެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޗައިނާ ސްޓޭޓްއާ ހަވާލުކުރީ މި މަޝްރޫއުގައި ފުރަތަމަ އިއުލާންކުރި 7،000 ފްލެޓް އަޅަން ކަމަށެވެ. އެއީ، 25 ބުރީގެ 16 ޓަވަރެވެ. މި ފްލެޓްތައް އެޅުމުގެ ބައެއް މަސައްކަތްތައް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މި ފްލެޓްތައް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އިން ލޯނު ވެސް ދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެކަމަކު އެއީ ކިހާވަރެއް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ގެދޮރު އަޅަން ސަރުކާރުން މިހާތަނަށް ނަގާ އެންމެ ބޮޑު ލޯނު އައިސީބީސީން ދިނީ ހަތަރު ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި 15 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
ސޯޝަލް ހައުސިން އަށް އަމާޒުކޮށްފައިވާ 7،000 ފްލެޓް އަޅަނީ ދެ ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ގޮތަށް 550 އަކަފޫޓުގެ އެޕާޓްމަންޓެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ ތަނުގައި 15،000 ފްލެޓް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި ހައުސިން ޔުނިޓްތައް 2019 ގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޔާމީން ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯކާބެ
28 June 2019
ގާކޮށީފުލެޓް ގެނަމުގައި ހިންގާގެސްޓްހައުސް މަހަކަށް މިސާލަކަށް 200ގުނަ 18000ރ =/3600000ރ ޑޮލަރުންނަމަ=/233463 ޔޫއެސް މިކަމާ ވިސްނާ މީހަކު ތިޔަ ކައުން ސިލަކުނެއް އެއީ މާލޭގެ މީހަކައްވެ ހުރެ ގާނޫނީ ހަމަހަމަކަން ހޯދަން މަސައްކަތް ނުކުރަނީ ރަށްރަށުގައި ހިލޭ ގޯތި ދޫކުރޭ ވީމާ މާލޢގެ ރައްޔަތުން ނައް ވެސް ކައުން ސިލުން ގޯތި ދޫކުރެވެންޖެހާނެ ތިޔަ ވިދާޅުވާ ކައުން ސިލަރުތަކުގެބާރުން ގާނޫނު ވަރައްސާފު ވަކިމީހަކަށް ވަކިނަސްލަކައް ނުބަލާ ހަމަހަމަކަން ކޮބާތޯ
ފާތުން
22 November 2017
ހުޅުމާލެ ޗައިނާގެ ބާރުގެ ދަށަށް. ފ.އަތޮޅު ސައުދީއަށް....ދެން އޮތީ ރަޝިޔާ....ނޫނޭވާ ސާބަސް. ދިވެހިންގެ އައާޕޯޓު ދިވެހިންނަށް ހޯދައިދޭން އެމް.ޑީ.ޕީ ސަރުކާރު ވައްޓާލި ކުދިންކޮޅު މުޅި ގައުމު ވިއްކާލާ ނިމޭއިރުވެސް ހަމަ އެއްކަލަ ފުލުހުންނާ ސިފައިންނާ، މިނިވަން މުއަސަސާތަށް ހަމަ ހިމޭނުން. މިއަދު ދިވެހިންގެ ގިނަބަޔަކު ބަންގާޅަ މީހުންނާ ދިމާލަށް އެއްޗިހިކިޔާއިރު، މާދަމާ ދިވެހިން އުޅެން އޮތީ ބަންގްލަދޭޝްގަ ކަމެއް ނޫންކަންވެސް ނޭންގެ!
ފާތުން
23 November 2017
ޢަހަރެން ތިޔަ ދެއްކި ވާހަކައިގެ ޗަސްބާ އެއްބަސް. އެކަމަކު ތިޔަށް ވުރެން ފެންވަރު ރަނގަޅުކޮން ތިޔަ ޝުއޫރު ފާޅުކުރުމެގެ ފެންވަރު ހުންނާނެ ކަމަށް ގަބޫލުކުރަން. ބަންގލަދޭޝް އަކީ ތިމާއަށް ވުރެން ދަށް ތަަނަކަށް ވީ ކިހިނެއްބާ .
ދެލޯފުޅު
22 November 2017
ވަރަށް ނާތަހުޒީބު ވިސްނުނުން ހުރި ބަޔަކުގެ އައްމަތީގައި ގިނަޒަމާންތަކެއް ވަންދެން ރާއްޖޭގެ ވެރިކަމުގެ ބާރު އޮތުމުގެސަބަބުން ގުދުރަތީގޮތުން މިގައުމަށް ލިބިފައިވާ ރީތި ޖަޒީރާވަންތަކަމާ، އަރަމެންގެ ރަށްތަކުގެ ވަށާއިގެންވާ ބޯކިރުކުލައިގެ ދޮންވެލިބީޗްތަކާއި އަމިއްލަ ގޯތީގައި ގެދޮރުބިނާކޮށްގެން ގަސްތަކުގެ ހިޔާވެހިކަކަމުގެ ދަށުގައި މިނިވަންކަމާއި އުފާވެރިކަމާއި އެކުވެރިކަމުގެ މާހައުލެއްގައި އެކަކުއަނެކަކާއި އަޅާލާ އެހީތެރިވެގެން އުޅުމުގެ ދިރިއުޅުން މުޅިންހަރާބުކޮށް ގަޑުބަޑުވެއްޖެއެވެ. ތަރައްގީގެ ނަމުގައި މިކުރަވެނީ ކީއްތޯ ނިކަން ބަހުސްކޮށް ގައުމާއި ރައްޔިތުންދެކެ ލޯބިވާ ދަރިންތަކެއް އަންނަން އޮތް ޖީލުތަކުގެ ހައްގުގައި މިގައުމުގެ ތަސައްވަރެއް ކަނޑަ އަޅަން އެބަޖެހެއެވެ. ހެޔޮނުވާނެ ރައްޔިތުން ކުލީ ކޮޓަރި ތަކުގައި އުޅެން މަޖުބޫރު ނުކުރައްވާށެވެ. ރައްޔިތުންނަށް ގޯތިގެދަރު ބިނާކޮށްގެން އުފާވެރިކަމާއިއެކު މުސްކުޅި މައިންބަފައިންނާއި ދަރިންކޮޅާއި އެކު ދިރިއުޅުމުގެ ފުރުސަތު ތަނަވަށް ކޮށްދެއްވާށެވެ.
ދެރަ
22 November 2017
ދިވެހިރާއްޖޭގެ ރައްޔަތުންނަށް ނޭންގި ބޭރުބަޔަކާ ކަންކަން ހަވާލުކޮށް އެގައުމުގެ ނޫސްތަކުން ދިވެހިންނަށް މިއެނގެނީ މިކަން. މިއީ ކިހާދެރަކަމެއް! ކަންކަން ފޮރުވަން އުޅޭކަން މިކަމުން މިއެނގެނީ! ދިވެހި ރައްޔަތުންގެ ބޮަލަށް ހުރިހާ ލޯނެއް ތިޖަހަނީ!
އެދުރުބެ
22 November 2017
ނޫސްތައް ކިޔާ ނޫލޭތީ ނޭގެނީއެވެ. ކިތައްފަހަރުތޯ 7000 ޔުނިޓް އަޅަން ޗައިނާ ކުންފުންޏަކަށް ހަވާލް ކުރިކަން ނޫސްތަކުން ގެނެސް ދިނީ. އަދި އެ ލޯނަށް ސޮވެރިން ގެރެންޓީ ދިންކަން ފިނޭނސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖްލިސް އަށް އެންގީ..
އެދުރުމަ
23 November 2017
އެދުރުބެ ކަލޭ ތީ ކޯޑިނޭޓަރު ގަނޑެއް ދޯ !
ހޖހޖ
22 November 2017
1 ކޮޓަރީގަ ރަށު އެންމެން ގޮވައިގެންއެމީހުން އަތުން ކުލިނަގއިގެންތި އުޅޭގޮތަށް
އެދުރުބެ
22 November 2017
1 ކޮޓަރީގައި އުޅެން އަންނާކަށް ނުޖެހޭ.. މަޖްބޫރެއް ނޫން. ފަޅުރަށުގައިވެސް އުޅެންވީ.. ގަދަކަމުން ނުގެންނާނެ.
ޖޖޖ
22 November 2017
ކުރިން ސިނގަޕޫރު ނުވެގެން. ސިނގަޕޫރަށް ވެދާނެހެން ހީވާއިރަށް އެވީ.ސޯމާލިޔާއަށްވާން. ކުޅަދާނަ ދިވެހި ދަރިން މިތިބީ
އިންސާނާ
22 November 2017
ނުބައިބައެއް މިދިވެހިންނަކީ. ހެޔޮ އެއްގޮތް ނެތް. މާލޭގައުލެންޖެހޭތީއާ ކުލިބޮޑުވެގެން ކިޔަންފެށީމަފްލެޓް. މިޙާރު ރަށަށްދާންވެއްޖެ ގޮވާންކުރަން. ގޮވާން ކުރަން ދަނޑު ދޭއިރަށް ބުނާނެ. މަބޭނުމީ ރިޔާނެގި ބައްތެލީގަ މާލެ ދާށޭ. އެކަލާނގެ މިންވަރުފުޅުންމިނުބައިމީހުން ހަލާކުނުކުރައްވާ ތިބިކަންވެސް ރަގަޅު.
ހހހ
22 November 2017
މޮޔަބެ. ޗައިނާ ސްޓޭޓް އަކީ ޗައިނާގެ ސްޓޭޓް ކޮމްޕެނީ އެއް. ހާދަ ގަމާރުމީހުންވެސް ކޮމެންޓް ކުރެއޭ ދޯ
ޖޖޖ
22 November 2017
މިހާދުވަސްވަންދެން ދޮންކަލޯ ކީއްވެތަ ގޮވާން ނުކުރީ. ފްލެޓްލިބޭތީ އެއާއެކު މާބޮޑަށް ގޮވާން ކުރާ ހިތްވަނީދޯ.
ސުވާދީބު ރާނީ
22 November 2017
ކޮމެންޓްތައް ކިޔާލުމުން އަހްރެމެންގެ ތެރެއިން ގިނަ ބައަކު ދުރު މުސްތަޤްބަލަކަށް ނުވިސްނާވަރު ހާމަވެއްޖެ. ފްލެޓްތައް އަޅާފަ ރަށްތަކުން މީހުން ހުސްކޮށް ރަށްތަކާ ފަޅުތައް ވިއްކާ ހުސްކުރަމުން ދިޔައީމަ އަހަރެމެން ގޮވާން ކުރާނެ ތަނެއްވެސް ނޯންނާނެ. ކޮންމެހެން ސިންގަޕޯރ ވާކަށް ނުޖެހޭ. ފްލެޓް ދިރިއުޅުމަކީ އެހާ ރަގަޅު މޮޑެލްއެއް ނަމަ ޗައިނާ ތަންތާގައި ބޮޑެތި އުސް ޢިމާރާތްތައް ބޭނުން ނުކޮށް ހުންނާކަށް ނުޖެހޭނެ. އަަހަރެމެންގެ ގުދުރަތީ ވަސީލަތްތައް ވިއްކާ ހުސްކޮށް 550 އަކަފޫޓުގެ ގޮޅިއަކަށް ލުމުގެ ކުރިން ވިސްނާލުން މުހިންމު.
އެދުރުބެ
22 November 2017
ރާނީ ހަމަ ރަސްކަމުގެ ކޮއިލުތެރޭގައި (ފަޅު ރަށެއް)ގައި ހަމަ އުނދޯލި ހެއްލާލަން އޮންނަންވީއެވެ. ބަޔަކު ހަމަ ކަމެއް ކުރިޔަސް ރާނީއާވާ ކޮންކަމެއް ހެއްޔެވެ.