ކުރީގެ ނައިބު ރައީސް ޖަމީލާއި ކުރީގެ ތިން މިނިސްޓަރުން ކަމަށްވާ އަމީނާއި އުމަރު އަދި މަލީހް.
22 ނޮވެމްބަރ 2017 - 15:40
އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ މަޝްވަރާކުރުމަށް، މި ސަރުކާރުގެ ކުރީގެ ތިން މިނިސްޓަރަކު މިއަދު ލަންޑަނަށް ފުރާވަޑައިގެންފި އެވެ.
އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޖަމީލްއާ ބައްދަލުކުރައްވަން ވަޑައިގަތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.
އެނގިފައިވާ ގޮތުގައި، ޖަމީލްއާ އެކު މި ބޭފުޅުން މަޝްވަރާ ކުރައްވާނީ އިންތިހާބުގައި ގުޅިގެން ކުރިއަށް ދެވިދާނެ ގޮތަކާ ބެހޭ ގޮތުންނެވެ. ދެ ހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައި ވެސް ޖަމީލާއި މަލީހްގެ އިތުރުން އަމީން މަސައްކަތް ކުރެއްވީ އެއް ޓީމެއްގެ ގޮތުގަ އެވެ.
ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖަމީލް، ބޭރަށް ވަޑައިގަތީ، އެތައް ތުހުމަތެއްކޮށް، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ.
ރައީސް ޔާމީނާ ދެކޮޅަށް ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުގައި މަސައްކަތް ކުރައްވާ އަމީނާއި މަލީހް ހިމެނިވަޑައިގަންނަވާ ގޮތަށް އުމަރު، ޖަމީލާ ބައްދަލުކުރައްވަން މި ވަޑައިގަތީ، އިންތިހާބަށް ފޯމިއުލާއެއް ހޯދުމުގެ މަސައްކަތް އިިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަނިކޮށެވެ.
އިދިކޮޅު ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނޭޅެ އެވެ. އުމަރު ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ އެކަށީގެންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ. އުމަރު މިގޮތަށް ވިދާޅުވި އިރު، އިންތިހާބުގައި ވާދަކުރައްވާނެ ކަން އޭނާ ވެސް އޮތީ އިއުލާން ކުރައްވައިފަ އެވެ.
އިންތިހާބުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމާރު ނަސީރު
11 February 2018
ޢުމަރަކީ ހޯމްމިނިސްޓަރަކައް ހުރެ ތި ހުރިހާ އެންމެން ހައްޔަރު ކުރުމުގެ މޭސްތިރިޔާ... އިންތިހާބަކުން މޮޅުވާން ބޭނުންނަމަ އޭނާ މިހާރުން މިހާރައް ބެރުކުރޭ....
ކުމުންދޫ އަލީ
23 November 2017
އުމަރަކީ ވެސް ވިސްނޭ ބޭފުޅެއް ކަން ތތިޔަ އަމަލުން އެނގޭ، އެންމެންވެސް އުމަރު ގޮތްދޫ ނުކުރާނޭ ކިޔަ ކިޔަތިއްބަ އެދިޔައީ އިދިކޮޅު އިއްތިހާދާ ގުޅެން ޔޫކޭ އްށް... މަރްހަބާ އުމަރު
ސިފާޒު
23 November 2017
ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރ އަށް ބައްދަލުކުރުމަށް ކުރީގެ ބަންޑާރަނައިބް ގޮސްފި - އަނބިމީހާ ފިރިމީހާއާއި ބައްދަލުކުރުމަށް ގޮސްފި.
ދޮން ހަސަނު
23 November 2017
ދަލުބޭރުންޖެހޭ ގްރޫޕްދޯ މި...ހެހެހެ
ލަޠީފް
23 November 2017
މިޤައުމަށް އެންމެ ރަގަޅު ކަމެއް ކޮށްދިން އެކަކީ ޢުމަރު. ޢުމަރަކީ ތެދުވެރި ވިސްނުންތެރި އަދި އެހާ ހީވާގި ބޭފުޅެއް. ދީނަށް ލޯބިކުރާ ރިޝްވަތާ ފަސާދައަށް ސީދާ ދެކޮޅަށް ވަކާލަތު ކުރައްވާ ބޭފުޅެއް.. ޢުމަރު ވަނީ ޤައުމު އަމާން ކުރެވޭނެކަން ސީދާ ބަހާއި ޢަމަލުން ދައްކުވައިދީފައި. ޙައްލަކީ ހަމަ ޢުމަރު.
ކުޑަރެކިމަނިކު
23 November 2017
ބަޔަކު ދައްކާވާހަކަތަކެއްދައްކަފާނެ. މިގައުމުގެ ރައްޔިތުންނަށް ކަމުދާމީހަކު ތިޔަތަނުގައި ހުރިހެނެއްހީއެއްނުވޭ. މުޅިންވެސްބާކީވެ ފޭލިވެފައި ހުސްއަނގަތަޅާ ބަޔަކު މިހާރުމިފެންނަނީ
ބޭހޮއްކޮ
23 November 2017
ކޮބައިތަ އެމްޔޫއޯ... ބެރު ދުމްމާރި ތާޅަފިލީގައި ވިލާތުގަ އުފެއްދި އެމްޔޫއޯގެ ލީޑަރެއްނޫންތޯ ތިޔަ ބުނާއިންތިގާލީގަ ވެރިއަކަށްވާން ސަރުތުކުރީ... އުމަރު ބުނިހެން އެއީ ހަމަ ރަނގަޅަށްވެސް ޖަމަލު ފޮޑިއަކަށް މިތިލަވީ
ރަސްފަންނު
23 November 2017
އޮތީ 2 ގޮތެއް އެއީ ޔާމީނު ނޫނީ އަންނި، އެއީ އިދިކޮޅު ނުވަތަ އެއްކޮޅު މަމީ އިދިކޮޅު މީހެއް އެހެންވީމަ މަ ލާނީ އަންނިޔަށް އަންނިގެ ނަން ވޯޓް ކަރުދާހުގަ ނެތިއްޔާ މާތް ރަސްކަލާންގެޔާ ވަކީލު ކޮށްފަ އޮންނާނީ ގޭގަ އެއީ ތިތާނެތް މަޖުބޫރީ ހާލަތުގަ ނޫނީ އިދިކޮޅުވެގެން އުޅޭ އެކަކުވެސް ޔާމީނުކައިރީ ބޮޑުކެނޑެން އުޅުނުމީހުން ހައްތަހާވެސް ގައުމު އަޅިޔަށް ހަދާލިމީހުން ހުސް ތެލާ ފެނަކީ ދުވަހަކުވެސް އެއްވާނެ ދޭއްޗެއް ނޫން ނިކަމެތި ކަންމަތީ ދަރައިގެން ދެން އޮތް 5 އަހަރުވެސް އުޅެލާނީ ބަނޑަށް ކުޅެއް ޖަހައިލައިގެން
ރަސްފަންނު
23 November 2017
ދޮންޖޭމު މިދެން ކާކުތަ ތެޅޭ ވައްތަރު
Meethi
23 November 2017
ޢުމަރު މިތަނައްނުވަންނާތި..ބޮޑު ފޫހިގަޑެއް