ޚަބަރު / އީދު ނަމާދު

ދިވެހިންގެ އިސްލާމީ އަގީދާ ފުނޑާލަން އެބަ މަސައްކަތް ކުރޭ، ރައްކާތެރި ކުރަން އަޒުމް ކަނޑައަޅާ: ހުތުބާ

މިއަދުގެ އީދު ނަމާދު އިސްލާމީ މަރުކަޒުގައި ކުރަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދިވެހިންގެ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމަށް އެތެރޭންނާއި ބޭރުން ގިނަ ކަންތައްތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި ރާއްޖޭގެ އިސްލާމީ އަގީދާ އަންނަން އޮތް ޖީލުތަކަށް ފޯރު ކޮށްދޭން އަޒުމް ކަނޑައަޅަން މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި އީދު ނަމާދުގެ ހުތުބާގައި ބުނި ގޮތުގައި ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކާއި އެއްބައެއްވަންތަކުގެ އަސާސަކީ އިސްލާމީ އަގީދާ އެވެ. އެކަމަކު، އެ އަގީދާ ފުނޑުފުނޑުކޮށްލަން އެތެރޭންނާއި ބޭރުން، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމުގެ އިންޒާރު ދިނެވެ.

"މި ފަދަ ފަރާތްތަކުގެ ކެހިވެރި ރޭވުންތަކުން މާތް ﷲ އަޅަމެންނާއި އަޅަމެންގެ ދީން ރައްކާތެރި ކުރައްވާށި!" ހުތުބާގައިވެ އެވެ.

މިއަދުގެ ހުތުބާގައި ތިން ބަޔަކަށް ހާއްސަކޮށް މުހިއްމު މެސެޖުތަކެއް ދިނެވެ. އެއީ ޒުވާނުން އަދި އަންހެނުންނާއި އެ މީހުންގެ ފިރިންނެވެ.

"ދީނާއި ގައުމަށް ތެދުވެރި ބަޔަކަށް ވާށެވެ."

ނަމާދުތައް ބަރާބަރަށް އަދާ ކުރުން ފަދަ އީމާންތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ރޯދަ މަހެކޭ އެއްގޮތަށް ކުރިއަށް ގެންދަން ބާރު އެޅުމާ އެކު، ފާހިޝް އަމަލުތަކާއި އަހުލާގީ ހަނޑި ހުތުރު ކަންކަމުން ދުރުވާން ޒުވާނުންނަށް ގޮވާލި އެވެ. ހާއްސަކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުސްތަގު ނަގާލައި މައިންބަފައިންގެ އުއްމީދުތައް ފުނޑުފުނޑުކޮށް ނުލަން ނަސޭހަތްތެރިވި އެވެ.

"ދީނާއި ގައުމަށް ތެދުވެރި ބަޔަކަށް ވާށެވެ،" ހުތުބާގައި ބުންޏެވެ.

"އިސްލާމީ އުއްމަތުގެ އެންމެ މުހިއްމު ބަޔަކީ" އަންހެނުންކަން ފާހަގަކޮށް، އިލްމު އުނގެނެން ހުތުބާގައި އަންހެނުންނަށް ބާރު އެޅި އެވެ. އަދި ދަރިންނަށް ވެސް ކިޔަވައި ދޭން އަންހެނުންނަށް ގޮވާލި އެވެ.

މިއަދުގެ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ރައީސް ޔާމީން އީދު ސަލާމް ކުރައްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހުތުބާގައި ފިރިހެނުންނަށް ގޮވާލީ އެ މީހުންނާ "ހަވާލު ކުރެވިފައިވާ އަމާނާތް" ކަމަށްވާ އަނބިންނަށް ވަފާތެރިވެ، އަނިޔާވެރި ނުވުމަށެވެ. ޖިސްމާނީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އަނބިންނަށް އަނިޔާ ނުކުރަން އެންގުމާ އެކު، އަނބިދަރިންގެ ހަރަދު ބެލެހެއްޓުމާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިއްމު މަސްއޫލިއްޔަތު އަދާ ކުރަން ވެސް ފިރިހެނުންނަށް ނަސޭހަތްތެރިވި އެވެ.

"އެއީ މާތް ﷲ ތިޔަބައި މީހުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އީމާންކަން ރަމްޒު ކޮށްދޭ މި ފަދަ މަތިވެރި ދުވަހެއްގައި މި ކަންކަމައިގެން ގާއިމްވެ ތިބުމަށް އަޒުމް ކަނޑައަޅާށެވެ،" ހުތުބާގައި ބުންޏެވެ.

ހުތުބާ ނިންމާލީ މާތް ސިފަތައް ކޮންމެ މީހެއްގެ ކިބައިގައި ވެސް ހަރުލައްވަން ދިން ނަސޭހަތަކުންނެވެ. އޭގެ ތެރޭގައި އެންމެހައި ނުބައި ކަންކަމުން ދުރުވުމާއި ހެޔޮ ބަސް ބުނުމާއި މައިންބަފައިންނަށް ކަމޭހިތުމާއި ހެޔޮ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުން ފަދަ އާއްމު ކަންކަމުން ފެށިގެން ގޮސް އެކަކު އަނެކަކު ފަލީހަތް ނުކުރުން އަދި ވެރިންނަށް ކިޔަމަން ގަތުން ފަދަ ކަންކަން ހިމެނެ އެވެ.

މި އަހަރުގެ ފިތުރު ނަމާދުގެ ރަސްމީ ޖަމާއަތް އޮތީ އިސްލާމީ މަރުކަޒުގަ އެވެ. މި ތަނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

06 July 2016

ކޮންއިރަތުތޯ ދިވެހިންގެ އެއްބައިވަންތަކަމެށް އޮތީ ؟ ތާރީޙްރަގަޅަށް ކިޔާލުމުން އިނގިލައްވާނެ އަބަދުވެސް އޮންނާނީ ހަސަދަވެރިކަމާއި ފިތުނަފަސާދަ އާޢި ސިހުރު ހާހޫރަ އާޢި ވައްކަމާއި ޓެކުމާއި ފޭރުމާ ، ވެރިކަންވެސް އޮންނާނީ ވެއްޓުމާއި ބަގާވާތްކުރުން ، ދެންއޮތީ ދިވެހިންގެ ދީނީ އަގީދާ ، ގައުމުގެ އާބާދީގައި 3 ލައްކަމީހުން އުޅޭއިރު ގަވާއިދުން ނަމާދުކުރާ އުޅޭނީ އެންމެ %15 ވަރަކަށް ޕަރސެންޓް ، އަދި ޒަކާތްދައްކާ ފަގީރުންނާއި ޔަތީމުންނަށް އެހީވާ އުޅޭނީ މަދުބައެއް ، ގިނަމީހުން އިސްލާމްދީން ގަބޫލްކުރާނީ މައިންބަފައިން އެގޮތަށް ބޮޑެތިކޮއްފައި ހުރީމައި ، އެއްވެސް ހާލެއްގައި ކަލާންގެ ވަޑޮގެންވާކަން އަމިއްލަޔަށް ހޯދައިގެން އުޅޭބައެއްނޫން ، ދެން ޙިތުބާގައި އެންމެބާރުލާފައި ދައްކަންވީ ރާއްޖޭގެ އަދުލުއިންސާފްގެ ނިޒާމް ފުންޑުފުންޑުވެފައި އޮތްވާަހަކަ ، އަދުލުއިންސާފެއް ނެތްތާކު ކޮންއިސްލާމްދީނެއްގެ ވާހަކައެއްތޯ ތިޔަދައްކަވަނީ ، ރަގަޅަށް ކީރިތިގުރުއާން ބައްލަވާލައްވާ އޭރުން ސާފްވާނެ އަދުލު އިންސާފްގެ ވާހަކަތަށް ކިހާވަރަކަށްތޯ އައިސްފައި ހުރީ ، ރާއްޖޭގައި ތިބިދީނީއިލްމްވެރީން ނުކުމެ ކުރަންވީކަމަކީ ކޯޓްތަކުގެ ގާޒީންއިސްލާހްކޮށް ގައުމު ހަމަމަގަށް އަޅުވަންވީ ، އެއީއެމީހުންގެ ކޮންޑުގައި އެޅިފައިއޮތް އެންމެބޮޑުއެއް ޒިންމާ ، ދެބްތިޔަދައްކަވަނީ އަގީދާޔާ ކުޅޭވާހަކަ ، ބައްލަވާ މިހާރު ސުންނަތުގެ އަހުލުވެރީންނޭ ކިޔައިގެން އުޅޭ ވަރަށްގިނަބަޔަކު ތާއިދުކުރަނީ ޢައިސިސް ކިޔާ ޓެރަރިސްޓް ޖަމާއަތަކަށް ، އެމީހުން ބުނަނީ އެއީހަމަ ދީނީ ޖިހާދެއްކަމަށް ، ދެނޯ ؟؟؟ 2 އިލްމްވެރިޔަކު އެކައްޗެއްނުކިޔާ އެކަކު ބުނާނެ ބިސްމި އަކީ ފާތިހާ ސޫރަތުގެ އާޔަތެއްނޫނޭ ، އަނެކަކު ބުނާނެ ފާތިހާސޫރަތް ހަމަވާނީ ބިސްމިލީމަޔޭ ، އެއްބަޔަކު ބުނާނެ މިއުޒިކް ހަރާމޭ ، ރާޒުވާ ހަރާމޭ ، އަނެއްބަޔަކު ބުނާނެ ހަރާމެއްނޫނޭ ، އެއްބަޔަކު ބުނާނެ ވަކިބަޔަކު ރާވިއްކިޔަސް އޫރުމަސް ވިއްކިޔަސް އޯކޭއޭ ތިމަންނާ މެނަށް ޓީވީއަށް އަރާ ވާހަކަދައްކަން ހުއްދަދޭނޫންހޭ ، އެހެންވީމަ ގައުމުގެ ދިނީ އިލްމްވެރިންގެ ހާލަކީ މީ ؟ ދެނޯ ؟؟

The name is already taken The name is available. Register?

ތުއްތޮންބެ

06 July 2016

ދިވެހިންނަކީ އެއް އިރެއްގައިވެސް ދީނީ ޢަޤީދާ އެހާ ވަރުގަދަ ބައެއް ނޫނެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް މީގެ ހެކިތައް ބައިވަރެވެ. ރާއްޖެ އިސްލާމްވި ކަމަށް ބުނާ ތާޜީޚުން ފެށިގެން އެތައް ޒަމާނެއްވީ އިރުވެސް ދިވެހި އަންހެނުން މޭމަތި ނިވާނުކޮށް އުޅުނުކަން އިހުގެ ފޮޓޯ ތަކުންނާ ތާޜީޚީ ލިޔުން ތަކުން އެހެރީ ފެންނާށެވެ. އެއަށް ފަހު "ސަތަރި އޮޑި" ގެނަމުން 1980 ގެ މެދުތެރޭ މަޝްހޫރުވި ބުރުގާ އަށްފަހު މިހާރު މިހާރު މިއޮތީ ފެޝަން ބުރުގާ ގެ ޒަމާން އައިސްފައެވެ. އެއާއެކު މަދުންނަމަވެސް ބޮޑުބުރުގާ އަޅައިގެން އަންހެންވެރިން އުޅޭތީ ފެނެއެވެ. ހަމަ އެހެންމެ ބުރުގާ އަޅައިގެން ގައިގެ ހުރިހާ ބައްޓަމެއް ފާޅުކޮށްފެންނަ ތުނި ސްކިނީ ޖީންސް އާ އެތެރެ ފެންނަ ތުނިހެދުން އެޅުމާ އިސްލާމް ދީނުގައި މުންކަރާތުގެ ގޮތުގައި ކަނޑައެޅިގެން އެނގެން އޮތް އެތައްކަމެއް ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ރާއްޖޭގައި މިއޮތީ އާންމު ވެފައެވެ. މިހާރަކަށް އައިސް ފިރިހެނުން ގެ ފަޓްލޫނު ސޮހި ފައިހުރެ "ބަރަހަނާ ޙާލުގައި" ނަމާދުކުރާތީ ފެންނަނީވެސް މަދެއްކޮށްނޫނެވެ ޢީދު ދުވަސް ފަދަ ދީނީ މުނާސަބާ ތަކުގައިވެސް އެއްޖަމާޢަތެއްގައި ނަމާދުކޮށްގެން ނުކުންނަ ގިިނަ އަޚުން އެކަކު އަނެކަކަށް ހިނިތުންވެލާ ސަލާމް ކޮށްލާތަން ފެނުމަކީ ވެސް ނާދިރު ކަމެކެވެ. ފާޅުކަން ބޮޑުގޮތެއްގައި ބަޣާވާތް ކޮށް އެކަމުގެ ސުންޕާކަމުގައި ދުވަސްތައް ހޭދަކުރަމުންދާ މުޖުތަމަޢުއެއްގައި ދީނީ ޢަޤީދާ ވަރުގަދަ ކުރާވާހަކައާއި ވެރިންނަށް ކިޔަމަން ގަންނަވާހަކަ ދެއްކުމަކީ އިސްލާމްދީނަށް ފުރައްސާރަކުރުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ. ރާއްޖޭގައި އަދިވެސް ގިނަ ބަޔަކު އިސްލާމް ދީން ބޭނުންކުރަނީ ސިޔާސީ ހަތިޔާރަކަށާ ތިމާމެންގެ ޙަޤީޤަތް ވަންހަނާ ކުރާ މެދުފުޅަކެށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454