ބަސެލްގެ އޮބާލިން (ކ) ފޮނުވާލާ ބޯޅަ ބްލޮކްކުރަން ޔުނައިޓެޑްގެ ރޯހޯ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
23 ނޮވެމްބަރ 2017 - 09:58
ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-0 އިން ބަސެލް އަތުން ބަލިވިއިރު، ޔުވެންޓަސްއާ ލަނޑެއް ނުޖެހި އެއްވަރުވެ ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.
ރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން ޔުނައިޓެޑަށް މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ބަލިވުމުން އެ ޓީމަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. ގްރޫޕް އޭގެ އެއް ވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބަސެލް އާއި ތިން ވަނައިގައި އޮތް ސީއެސްކޭއޭ މޮސްކޯ އަށް ލިބިފައިވަނީ ފަސް މެޗުން ނުވަ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބެންފީކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ޔުނައިޓެޑް ކަޓާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ސީއެސްކޭއޭ އަތުން ހަތް ގޯލުގެ ތަފާތަކުން ބަލިވެެ، ބެންފީކާ އަތުން ބަސެލް މޮޅުވެއްޖެނަމަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ރޮމެލޫ ލުކާކޫ އާއި މަރުއާން ފެލައިނީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، މާކޯސް ރޯހޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ފަހު މިނިޓްގައި ބަސެލް އަށް ކާމިޔާބު ކޮށްދިނީ މިކައެލް ލަންގް އެެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޒަލަޓާން އިބްރަހިމޮވިޗް ކުޅެން އެރިއިރު، އޭނާ ވަނީ އެންމެ ގިނަ ކްލަބްތަކަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ރެކޯޑް ހަދައިފަ އެވެ. ޔުނައިޓެޑަކީ އިބްރަހިމޮވިޗް މި މުބާރާތުގައި ކުޅޭ ހަތް ވަނަ ކްލަބެވެ. މީގެ ކުރިން އޭނާ ވަނީ އަޔަކްސް، ޔުވެންޓަސް، އިންޓަ، ބާސެލޯނާ، އޭސީ މިލާން އަދި ޕީއެސްޖީ އަށް މި މުބާރާތުގައި ކުޅެފަ އެވެ.
ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗުން ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށެވެ.
"އަހަރެމެން ފުރަތަމަ ހާފުގައި ވަރަށް މޮޅަށް ކުޅުނު. ފަހެއް ނޫނީ ހަ ވަރަކަށް ގޯލު ޖެހެން ވެސް ދިޔަ. އެކަމަކު އޭގެއިން އެއްވެސް ފުރުސަތެއް ބޭނުން ނުކުރެވި އެންމެ ފަހު މިނިޓްގައި އަނެއް ޓީމުން ލަނޑު މި ޖެހީ. މިއީ އަހަރެމެންނަށް އަމިއްލަ އަތުން ދޫކޮށްލެވުނު މެޗެއް،" މޮރީނިއޯ ބުންޏެވެ.
ލިއޮނަލް މެސީ ބެންޗުން ފެށި މެޗުން ޔުވެންޓަސްއާ ބާސެލޯނާ އެއްވަރުވިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ދެ މެޗު ބާސެލޯނާ ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވީ ރަށުންބޭރުގައި އޮލިމްޕިއާކޯސްއާ އެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕޯޓިން ވަނީ ރޭ ކުޅުނު މެޗުން 3-1 އިން އޮލިމްޕިއާކޯސް ބަލިކޮށްފަ އެވެ. ސްޕޯޓިން އަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް އޮލިމްޕިއާކޯސް އަށް ފަސް މެޗުން ވަނީ އެއް ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމް
23 November 2017
ވަރިހަމަ ބަލވިޔަސް .ތި ތަށި އުފުލާނީ މޮރީނިއޯ އާއި ޔުނައިޓެޑް. ތެން ތިބި ޓީމްތައް ހުސްއަތާ މުބާރާތް ނިންމާނީ.އަނެއްކާ ތި ތަށި އުފުލި ކޯޗުންނަކީ މޮރީނިއޯގެ އިތުރަށް ގާޑިއޯލާ އާއި ބަޔާންގެ ކޯޗް.
ލަލީގާ ވޮޗް
23 November 2017
ސާބަހޭ ރަދީފް ބްރޯ.ތިޔައީ ހަމަ ބަތަލެއް.
ލޯންސްޓަރ
23 November 2017
ޔޫރަޕްގަ އޮތް ކައްޕަޅި ޓީމެއްގެ އަތުން މޮޅެއް ނުވި.ޕޮގްބާ ގޮވައިގެން މޮރީން ދޭބަލަ މަހަށް.
ހެންޑެލި
23 November 2017
ކަލޯ އެވަރެއް ނެތިގެން އުޅޭ ލަލީގާ ޓީމުތައް އެއޮތީ ޗެމްޕިއަންސް ލީގުގަ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އެޓީމުތައް ހިމެނޭ ގްރޫޕްތަކުގެ އެއްވަނާގަ، ލަދުކޮބާ؟ ދޮންކަލޯ ބަލިވިޔަސް މެންޗެސްޓަރ ޔުނައިޓެޑް އަދިވެސް އެއޮތީ އެގުރޫޕުގެ އެއްވަނާގަ
ޙަބީބު
23 November 2017
މޮރީތީ ކާކު ގާތަޅަންވެސް ކަމުނުދާނެ މިހާރަކު ކޮސްގޮލައެއް
ސޯދިގު
23 November 2017
މޮރީ ކަލޭމޮޅުވާނެ ކޮސްގޮވަން ރޭގެމެޗުން ބަލިވީތީ ﷲ ހަމްދުކުރަން ދުވާޔަކީ މެންސުއްޓާ ބަލިވުން
މެސީ
23 November 2017
މަބެންޗުން މެޗް ފެށިއަސް ހެވެއްނު. ބައްޔެއްނުވޭ. ދެވަނަ ބުރަށްވެސް ދިޔައީ. ބަލަންތިބޭތި. މޮޅުވީމަ އަތްޖަހަންވާނެ ބާރަށް
ރަދީފް
23 November 2017
މަރުހަބާ އެފް ސީ ބަސެލް.މޮރީނިއޯ ބުނީ ތިމަންނާމެން ކުޅެން ޖެހުނީ 5 ޑިފެންޑަރުން ލައިގެން ކުޅުނު ޓީމަކާއި ދެކޮޅަށްކަމަށް.މެންޔޫ 3 އެޓޭކިންގ ކުޅުންތެރިން ލައިގެން ކުޅުނުއިރު ބަސެލްގެ ޑިފެންސް ފޫއަޅުވާނުލެވުނު.ފުރަތަމަ ހާފްގަ އެންމެ ޝޮޓެއް ހެދި ބަސެލް އިން ދެވަނަ ހާފްގަ 12 ޝޮޓް ހަދާ 1 ގޯލް ސްކޯކުރުމުން އެމީހުންގެ ފެންވަރު ހާމަވޭ. އިނގިރޭސި އެއްވެސް ޓީމަކަށް އެންމެ ފަހުން ބަސެލްގެ ދަނޑުގަ ކުޅުނު 14 މެޗުގަ ކްލީން ޝީޓެއް ހޯދިފައެއް ނުވޭ.މަރުހަބާ ބާސާ ، މަރުހަބާ ޔުވޭ.މަހަމަ ހިތަށް އެރިގޮތަށް މިމެޗް ނިމިގެން ދިޔައީ.ގްރޫޕް ފަހުމެޗްގަ ޔުވޭ އަށް އޮލިމްޕިއާކޯސް ބަލިކުރެވިއްޖެނަމަ ނޮކްއައުޓް ބުރަށް ދެވޭނެ.އަދި ބަލިވިއަސް ދެވިދާނެ ބާސާ އަދި ސްޕޯޓިންގެ މެޗް ނިމޭގޮތަކުން ، އެގޮތަކީ ބާސާ އަދި ސްޕޯޓިން ބައްދަލުކުރާ މެޗުން ބާސާ މޮޅު ވެއްޖެނަމަ ޔުވޭ އަށް ފުރުސަތު ލިބޭނެ.#ވިސްކައެލްބާސާ #ފޯޒާޔުވޭ
ޕެނިކްފަރީދާ
23 November 2017
ރަދީފޫ ކޮންތާކު ކާކު ހަދާފައޮތް ސްޓެޓިސްޓިކްސް އެއްތޯ ތިބެލީ، ބަސެލް އަދި މެންޔޫ ބައްދަލުކުރިމެޗުގަ %60 ބޯލް ޕޮޒިޝަން އޮތީ ޔުނައިޓެޑްގެ ކޮންޓްރޯލް ދަށުގަ. ޖުމްލަ ބަސެލްއަށް ހެދިފަވަނީ 12 ޝޮޓް، ޔުނައިޓެޑުން 14 ޝޮޓް ހަދާފަވޭ، އަދި 1ބޯޅަ ހުރަސްދަނޑީގަ ޖެހިފަވާއިރު އަރިމަތީ ދަނޑީގަވެސް އެއްބޯޅަޖެހުނު. ތިމާ ސަޕޯޓްކުރާ ޓީމުގެ މެޗުބަލަންއިނދެފަ ގޫގުލްކޮށްގެން އެހެން ޓީމުތަކުގެ ނަތީޖާއާބެހޭގޮތުން ކޮމެންޓްކުރާތީ މިހާރުނޫހުގެ ކިޔުންތެރިން ރަދީފަށް ކިޔާއުޅެނީ ރޯނުއެދުރު
ޗިކުސް
23 November 2017
މޮޔަ ގޮލައެއް. މެންޔޫ އާ ނުކުޅޭތި ބަޑިބޭހާ ކުޅުނަސް. ރާއްޖޭ މޭންޔޫ ސަޕޯޓަރުން ގިނަވާނެ.
ލިވަޕޫލް ފޭންސް މޯލްދިވްސް
23 November 2017
ރަދީފްގެ ސްޓެޓް ރަނގަޅު.ޕެނިކްފަރީދާ އަދި ވަަރަށް އާވާނެ ފުޓްބޯޅައަށް.ރަދީފް އެއީ މެންޔޫ ، ޗެލްސީ އާސެނަލް، ޔުވެންޓަސް ، ރެެއާލް އަދި ބާސާ އަދި ލިވަޕޫލްގެ ކުޅުން ހަމަލޮލުން ފެނިފަހުރި މީހެއް.އެހެން ވީމަ ސްޓެޓޭ ކިޔައިގެން އަނގަ ހުޅުވަން ލަދުގަނެބަލަ.
ލީގް ވޮޗް
23 November 2017
ޗިކުސް ކަލޭ ތި މެންޔޫ ފޭނުން ގޮވައިގެން ދޭބަލަ މަހަށް.
ފަރިދާގެ ދޮންބައަޕަ
26 November 2017
ކަލޯ ޕެނިކް ފަރީދާ ރަދީފްގެ ސްޓެޓްސް ރަނގަޅު
ކުމާރު
23 November 2017
ވާމޯސް ބާރސާ.މަރުހަބާ މެން ޔުނައިޓެޑް ބަސެލް އެންމެ ގޯލަކުން ހިފެހެއްޓީތީ ލޮލް