ޒުވާނުންގެ އެވޯޑު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ނޮވެމްބަރ 2017 - 23:48
ލޯނު ނުނަގައި ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށާއި ތަރައްގީ އާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ލޯނު ނަގަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ އެވޯޑު ދޭން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ އުއްމީދީ ބަޖެޓު ފާސްކުރަން އިދިކޮޅު މެމްބަރުން ވޯޓު ނުދެއްވިޔަސް، އެ ބޭފުޅުން ބަޖެޓު ދިރާސާ ކުރެއްވިއިރު، އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ކަމަކީ ސަރުކާރުން އެކި ކަންކަމަށް ގިނަ ލޯނުތަކެއް ނެގުން ކަމަށެވެ. ލޯނު ނަގާތީ ދައުލަތުގެ ދަރަނި 2018 ނިމޭއިރު 50 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް އަމާޒުކުރާ ފާޑުކިއުންތަކަށް މިރޭ ވަނީ ރައްދު ދެއްވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލޯނެއް ނަގައިގެން ޒުވާނުންގެ ހާލަތު ރަނގަޅު ކުރަން އިދިކޮޅު ބޭފުޅުން ބޭނުން ނުވާނަމަ، ރައްޔިތުންގެ ކުރިމަތީގައި އޮތީ މާޔޫސްކަމެވެ.
ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ. ފޮޓޯ: ރައީސް އޮފީސް
" އެބޭފުޅުން (އިދިކޮޅު ފަރާތްތައް) ލޯނެއް ނަގާކަށް ބޭނުމެއް ނުވޭ، ޒުވާން އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައި ދޭކަށް. ލޯނު ނުނަގާ މިކަން ކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމަ މީގައި އޮތީ އެއް އޮޕްޝަން، އެ ބޭފުޅުންގެ އޮޕްޝަން، ލޯނު ނުނަގާ ތިބޭނީ. ލޯނު ނުނަގާ ތިބީ މިއޮއްހާ ދުވަހު ތިބި ގޮތަށް ތިބެވިދާނެ،" އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން ގައުމު ދަރަނިވެރިވާނެ ކަމަށް އިދިކޮޅު ފަރާތްތައް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ޒުވާނުންނަށް އިތުރު ތަނަވަސްކަން ލިބޭނެ ބަޖެޓެއް ކަމަށެވެ. ޒުވާނުންގެ ހަކަތައިން ދައުލަތުގެ އިންޖީނު ހިނގާ ކަމަށް ގަބޫލު ކުރާނަމަ، ބަޖެޓާ ދޭތެރޭގައި "ކްރިޓިކަލް" ވިސްނުމަކުން ވިސްނާފައި އިދިކޮޅު ބޭފުޅުން ވާހަކަ ދައްކަވަން ޖާގަ ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލޯނު ނެގުމަކީ ގޭތެރޭގެ އެންމެ އާދައިގެ ކަންކަމާ ވެސް ގުޅިފައި އޮތް ކަމެކެވެ. އަދި އެއްވެސް މީހަކު "ވިހަނީކީ އެއްގޮތަކަށް ވެސް ލާރިތަކަކާއެކު ނޫން" ކަމަށާއި ލޯނު ނަގައިގެން މަސައްކަތް ކުރާ މީހާއަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޒުވާނުންގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ލޯނު ނެގިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަން ކުރެއްވީ ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އަށް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ކަމަށެވެ. އެ އަމާޒަށް ވާސިލްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ލޯނު ނަގަނީ ޒުވާނުންނަށް ވަޒީފާ ހޯދައިދީ، ޒުވާނުންނަށް ބޭނުންވެފައި ހުރި ބޯހިޔާވަހިކަން ފަދަ އެންމެ ބޮޑެތި ދަތިތައް ހައްލުކޮށް ދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ "ލާރިއަކުން ލާރި އުފައްދަން ނޭނގޭ" ނަމަ، ލޯނު ނެގުމަކީ ކުރަން ނުވާވަރުގެ ކަމެއް ކަމަށް ބުނެ ވާހަކަ ދައްކާނެ ކަމަށެވެ.
ރައީސް ޔާމީން، މިރޭ ޒުވާނަކަށް އެވޯޑު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"(ބޯހިޔާވަހިކަން) ކޮންމެ މަންމައަކާއި ބައްޕައަކަށް، އޭނަގެ ހުރިހާ ދަރިންނަކަށް ކޮށެއް ނުދެވޭނެ. އެކަމަކު އެ ހުރިހާ ދަރިންގެ ބޮޑު ބައްޕައަކަށް ވަނީ ދައުލަތާ ހަވާލުވެފައި ހުރި މީހާ. އެހެންވެގެން އަޅުގަނޑުގެ ބޮލުގައި އެޅޭ ޒިންމާއެއް ކަމަށް ދެކެނީ ހުރިހާ ޒުވާނުންނަށް ގޮތްތައް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ލޯނު ނެގުމަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިހާރު އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކުރިން ތަރައްގީ ކުރީ ވެސް ލޯނު ނަގައިގެން ކަމަށެވެ. ލޯނު ނަގާތީ ފާޑުކިޔާއިރު، ސަރުކާރާ ދެކޮޅަށް ތިއްބެވި ބޭފުޅުންގެ "ދިރުމެއް ނެތް" ކަމަށާއި އެ ބޭފުޅުން ތިއްބެވީ މާޔޫސްވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޅަނގު
28 November 2017
ފޭރާން ދެރަކޮށް އަގު ބޮޑުކޮން ގައިގަ އުނގުޅޭ ގޮތަށް މަދަން ދަވާލާ
ހަސަތޭކަ
28 November 2017
ދަރުބާރުފެކުޝަންގެ މީހުންނަށް މިފެންނަށް ތަރައްގީ އަހެރެމެންނަށް ނުފެންނަނީ އަހަރެންގެ ލޯއަނދިރީ ބާ؟ 1. އެއްވެސް އަތޮޅަކުން އެއަތޮޅެއްގެ މީހުންނަށް އަތޮޅުގައި ތިބެގެން އެކަށީގެންވާ ޢާމްދަނީ ލިބޭބާ? 2. ބޭނުންވާ ތައުލީމާ ސިއްހަތު ލިބޭނެ ވެއްޓަކާ ވަސީލަތް އަތޮޅުގައި ގާއިމުވެފައިވޭބާ؟ 3. ބޯން ބޭނުން ކުރާ ފެނާ ޒަރޫރަތް ފަސޭހަ ކުރާނެ އެނަޖީ ދެމެހެއްޓެނެވި ގޮތަކަށް އެރަށް ތަކުން އާމްދަނީ ހޯދޭބާ. 4. މާލެނައިސް އެއްވެސް އަތޮޅަކުން ރާއްޖޭންބޭރަށް ދެވޭބާ؟
ބިނަ
27 November 2017
ބައެއް މީހުންނަށް މިފެންނަށް ތަރައްގީ އަހެރެމެންނަށް އަތޮޅުތަކުން ނުފެންނަނީ ވެދާނެ އަހަރެމެން އަނދިރީ ކަމަށް. އެއްވެސް އަތޮޅަކުން އެއަތޮޅު މީހުންނަށް ރަށުގާ ތިބެގެން އެކަށީގެންވާ ޢާމްދަނީ ލިބޭބާ. އެމީހުނަށް އެމީހުންގެ ދަރިންނަށް އުފާވެރި މުސްތަގބަލެއް ހޯދާ ދިނުމަށް ބޭނުންވާ ތައުލީމާ ސިއްހަތު ލިބޭނެ ވެއްޓަކާ ވަސީލަތް ލިބޭބާ. އެމީހުން ދިރި އުޅޭ ގެތަކާ ބޯން ބޭނުން ކުރާ ފެނާ ޒަރޫރަތް ފަސޭހަ ކުރާނެ އެނަޖީ ދެމެހެއްޓެނެވި ގޮތަކަށް ހިންގަން އެދެވޭ މިނަށް އެރަށް ތަކުން އާމްދަނީ ހޯދޭބާ. މިހެން މިކަންތަކަށް ވާސިލުވާނެ ޕްލޭނަކަށް އިންވެސްޓު ކުރާތަން ފެނޭބާ.އެހެން ވާނަމަ ތަރައްގީ ޔަގީން އެހެން ނުވާނަމަ އަދިވެސް މިތިބީ ތިބިތަނުގާ ކުޑަ ދުވަސް ކޮޅަކަށް މިހާރު ލޯނުތަކުން ނަގާ ލާރި އެބުރުނީމާ އައިފޯނު ގަނެގެން ކާރި ގައުމުތަކަށް ގޮސް މަޖާ ކޮށްފާ އާސަނދަ އިން ބޭސް ކޮށް މުސްކުޅި ލާރި ލިބިދާނެ. އެހެންނަމަވެސް ތިމާގެ ދަރިންނަށް އުފާވެރި މުސތަގްބަލެއް ހޯދާ ދެވޭނެ ހެން ވަރަށް ހީނުވޭ
ސޮކްތެރެޕީ
27 November 2017
ރައިސް ޔާމިނަކީ މިހާތަނަ ރާއްޖޭގަ ދެކިފަނުވާވަރަ ތަރައްގީ ކުރަމުންދާ ވެރިއެއް އަތޮޅުތަކަ ބަލާލިޔަސް މިކަންއެބަފެނޭ ދިވެހިން ހެޔޮވިސްނެން ވެއްޖެ. ރައިސް ނަޝީދު ފަހަތުން ނުދުވެ ތަރައްގީފަހަތުން ދުވަންވެއްޖެ ދިވެހިން.
ހަސަނު
28 November 2017
ތަރައްގީގެ މައުނަ އަކީ ކަޕްޝަނާ ފަސާދަ ކަމުގާ ވަނީނަމަ ތިޔާ ބުނީ ހަމަ ހައްގު ތެދެއް... ބޮޑު ތަކުރުފާނު ޒަމާނުއްސުރެ ދިވެހިން މި އަންނަނީ ހެޔޮ ވިސްނަމުން...
ޖަލުދޫނި
27 November 2017
ޖަލުން ދޫކޮއްލި ކުދިންނަށް އަނެއްކާ އޮތީ ނޫސްތަކުގަ ކޮމެންޓްގެ ޒަރިއްޔާއިން ދިފައުކޮއްދިނުމަށް ޝަރުތުކޮއްފަބާ؟
ފަޅުވެރިން
27 November 2017
އިދިކޯޅޭމެން ލޯނުގެ ވާހަކަ ނުދައްކާށޭ! ތިނެއް، ހަތަރެއް އިންސައްތަ އިންޓަރެސްޓުގައި، ވިހި، ފަންސަވީސް، ސައްބީސް، ތިރީސް އަހަރުން އަނބުރާ ދައްކާގޮތަށް ފައިސާ ލިބުނީމާ އެއީ ލޯނެއް ނޫނޭ، އެއީ ގާތްގަނޑަކަށް ހިލޭ އެހީއޭ ބަލަ! މިގޮތަށް ފައިސާ ލިބެންޏާ ހަމަ ގިނަގިނައިން ނަގަންވިއްޔޭ! ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ރިޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދެއް ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި އޮންނާނެއޭ! މެކްރޯއިކޮނޮމިކްސް ގެ އަލިފުބާވެސް ނުދަންނަ ބަޔަކު އިޤްތިޞާދޭ ކިޔައިގެން ވާހަކަ ނުދައްކާށޭ! ޑޮލަރުގެ ކަޅު ބާޒާރު ނައްތާލާށޭ ކިޔާފައި ޑޮލަރުގެ އަގުބޮޑު ކުރި މީހުނޭ ތިޔައީ! ބަލަ ކިތަންމެ ވަރަކަށް ބޮޑު ކުރިއަސް، 100 އަށް ހެދިއަސް، ބޭނުން ވަރަކަށް ޑޮލަރު ނުލިބެންޏާ ކަޅު ބާޒާރު ދެމިއޮންނާނެއޭ! 12.85 އަށް އޮތް އިރު ބްލެކުން 13 އަށް 14 އަށް ލިބުނު ޑޮލަރު، 15.42 އަށް ހެދީމާ 17 އަށް 18 ނުއުފުލޭބާ؟ އެހެންވީމައޭ މިބުނަނީ އިޤްތިޞާދޭ ކިޔައިގެން އިދިކޮޅޭމެން ވާހަކަ ނުދައްކާށޭ! ތިޔަތިބީ އިޤްތިޞާދީ ޖާހިލުންނޭ!
ހަސަނު
27 November 2017
ލޯނު ނެގުމަކީ އާކަމެއްނޫން، ކަރަޕްޝަނާ ފަސާދައަކީ އާކަމެއްނޫން، ބޭންކޮކް ކުދިންނަށް ލާރި ދިނުމަކީ އާކަމެއްނޫން، ކަޅުކޮތަޅުގާ ގެއަށް ފައިސާ ގޯނި ވެއްދީމާ އަނބިމީހާ އަނގައިވެސް ނުބުނެ އެ ގެންގޮސް އެނދު ތަންދޮށަށް ލުމަކީވެސް އާކަމަެއްނުން.....
ނުވަނީ
27 November 2017
އާ ކަމަކަށް ނުވަނީ އެ ހުރިހާ ކަމެއްގެ ފެށުން އައީ ރީނދޫ ސަރުކާރުންވީމަ..
ހުސޭނުބެ
27 November 2017
ރީނދޫ ހުމަށް ބޭސްކާ ކުދިންގެ ހާލު ކިހިނެތް!!! ކުރިއަށް ފަސް އަހަރު ދުވަހުވެސް ހަމަ ތިބެންޖެހޭނީ ހަމަ ރީނދޫ ހުމަށް ބޭސްކާލަ ކާލަ އިނގޭ!! ވަރަށް ވެދުން!!!
ލައްކަވާހަކަ
27 November 2017
"....ލޯނު ނުނަގާ މިކަން ކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ." ރައީސް. ރައްޔިތުން ފެލައިގެންނާއި ލޯން ނަގައިގެން ނޫން ގޮތަކަށް ފައިސާ ހޯދާކަށް ނޭގޭ! މީ ކޮންކަހަލަ އިކޮނޮމިސްޓެއްތަ؟
shiaz
27 November 2017
މިރައީސްއަށް ފުރިހަމައަށް އިތުބާރު ކުރަން. ރީނދޫ ކުލައިގަ ހުއްޓަސް އަޅުގަނޑުު ތަރައްގީ އަށް ތާއީދު ކުރަން