ހުކުރު މިސްކިތުގެ ގޯތިތެރޭގައި އަލަށް ތަރައްގީކުރަން އުޅޭ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ/މިހާރު
27 ނޮވެމްބަރ 2017 - 14:44
މާލޭގެ ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ކެފޭއެއް ހެދުމަށް ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާން މިއަދު ބާތިލްކޮށްފި އެވެ.
އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ހަސަން ވަހީދު މިއަދު ވިދާޅުވީ އެ އިއުލާން ބާތިލްކުރީ އެކަން ކުރުމާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން އިތުރަށް ދިރާސާ ކުރުމަށް ކަމަށެވެ.
"ނުކުރާކަށެއް ނުނިންމާ. އެކަމަކު އެކި ފަރާތްތަކުން ކޮންސާން އުޅޭކަން ފާހަގަކުރެވޭތީ އަދި އިތުރަށް ބެލުމަށް މިހާރަށް އިއުލާން ބާތިލްކުރީ،" ހަސަން ވިދާޅުވި އެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު: މި މިސްކިތުގެ ގޯތިތެރޭގައި ކެފޭ ހެދުން މިހާރު ވަނީ މެދުކަނޑާލާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
މިއީ، ސަރުކާރުން ރާއްޖޭގެ ތާރީޚީ ބިނާތަކާއި ތާރީޚީ ތަންތަން ނައްތާލަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެ، ތާރީހަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނަކަށް ވާއިރު އެ ތަނުގައި ކެފޭއެއް ހަދައިފި ނަމަ އެތަން އެ ލިސްޓުން އުނިވާނެ ކަމަށް ވެސް އެ ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި ޔުނެސްކޯއިން މިހާރު ލަފާދީފައި ވަނީ ހުކުރު މިސްކިތް ވަށައިގެން ބޮޑު ހުސް ޖާގައެއް ބޭއްވުމުގެ ފުރުސަތު ކުޑަވުމުން އެ ސަރަހައްދުގައި ތަރައްގީގެ މަޝްރޫތައް ނުހިންގުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
28 November 2017
ހެހެހެ.. ކެއްނުވީ ދެއްތޯ؟ ދެން އެހެންދިމާއަކައް ނަނު އެއްލާ އަނެއްކާވެސް، ކޮށާތޯ ބަލާލަން!
ވަރަށްދެރަ
27 November 2017
ޔުނެސްކޯއިން ނުވަތަ އާއްމުން ނުބުނައްޏާ މިމިނިސްޓަރަކަށްނޭގެ އާސާރީތަންތަނަށް ހުރިމަތަރެރިކޮށް ހިތާކަށް. ހަމަހެސްކިޔާފައި ހުސްކޮށް ތަނެއް އޮތިއްޔާ ކޮންކުރީޓްގަޑެއް އެޅިޔަކަސް މިދިވެހީންނެއް މިފަހަރަކު ނުހެއްލޭނެ.
ހަސަންކޮ
27 November 2017
ކާފަމެން ބޫނޭ ދުވަސްވީ ގަދީމީ މިސްކިތްތަކަކީ ބަރަކާތްތެރި ތަންތަނޯ .ހުރިހާ މީހުންވެސް އެ މިސްކިތްތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެޔޯ . އެ މިސްކިތްތަށް ގޯނާކުރާކަށް ނުވާނެޔޯ . އެއީ ވަރަށް މާސުންފާ ކަމަކޯ . މިސްކިތްދާރާ ހުންނާނެޔޯ . އެ މިސްކިތަށް ގޯނާކުރާމީހުންގެ ބޯކޮޅު މިސްކިތްދާރާ ބަލާނެޔޯ އަބަދަށް . އެމީހުންގެ ނިމުން ސަހަލުގޮތަކަށް ނިމިގެން ނުދާނެޔޭ .
ާއިބްރާހިމް
27 November 2017
މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަން. އެކަމަކު ކާފަމެން ތިދައްކާ ވާހަކައިގަ އެއްވެސް ހަގީގަތެއްނެތް. ތަންދޮރު ނުބަލާ ވާހަކަ ދެއްކުމުން އޭގެން ހެވެއް ނުނިކުންނާނެ.
އަހަންމަދުގެ ކޮއި
27 November 2017
ކަންބޮޑުވުންހުރި ކަމަކަށް ހައުސިންގ މިނިސްޓްރީ ކުރީ މިކަން އެކަނިތަ؟ ކޮބަ ފުލެޓް ކޮބާ މާރުކޭޓް ގޮޅި.. ކޮބާ ގާޑިޔާތައް ......... ކޮބާ ހިންގާފައިވާ ބޮޑެތި ކޮރަޕްޝަން
ހުއްބުލް ވަތަން
27 November 2017
އެއްވެސް މީހަކާ ވެރިކަމުގެ ބާރުތައް ހަވާލުކުރީ ޤައުމަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރު ވުމަށް ކަމަށް ގަބޫލު ކުރާ ނަމަ ނުވަތަ ޤައުމާ ރައްޔިތުންނާ މެދުގައި ޣައްދާރުވެރި އަމަލެއް ނުހިންގެނީސް ލޮލަށް ނިދި ނާންނަ ނަމަ އެމީހަކު އެހުރީ އެމަގާމުގެ ޝަރުޠު ގެއްލިފައި. އެމީހަކު އަމިއްލައަށް މަގާމުން ވަކި ނުވާނަމަ މަގާމުންވަކި ކުރުން ރައްޔިތުންނަށް ވާޖިބު.
ދުރުމި
27 November 2017
ޤައުމު އަބަދުމެ ނިސްބަތް ވަނީ ދަރީންގެ ދަރީންނަށެވެ. މި އަދުގެ މީހުންނަކަށް ނޫނެވެ. އެއީ އަމާނާތެކެވެ. އެ އަމާނާތް ހައްޤުވެރިންނަށް އަމާނާތްތެރިކަމާ އެކު ފޯރުކޮށް ދޭން ޖެހެއެވެ. އެދުމެއް ހާސިލުކޮށް ގަތުމަށް ހަލާކުކޮށްލެވިގެން ނުވާނެއެެވެ. އަވާމެންދުރެެއްގެ ފަހަތުންދާ މީހާވެސް އަމިއްލަ ހަދާން މަރައި ނުލާނެއެވެ.
އަލީ.
27 November 2017
ޝުކުރިއްޔާ ޔާމީން ހެޔޮސަރުކާރެއް މިކަމުންވެސް އެނގެނީ ދީނައްލޯބިކުރާވަރު.
މަޖާ
27 November 2017
ތިޢީ ވަރަށް ރަގަޅު ޖޯކެއް!
ހަސަނު2
27 November 2017
ދެން ކުޅުދުއްފުށީ ރައްޔިތުންހެން ބުނޭ " ތި މިސްކިތް ތިތާ ހުރެގެން ރައްޔިތުންނަށް ވީ ކޮން ފައިދާއެއްހޭ"
ކަޅޭ
27 November 2017
މުއިއްޒު އަށް ހެޔޮވިސްނުން ދެއްވާށި އާމީން
ތެއާސާ
27 November 2017
އަމާޒު ޔަގީން