ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ސްޓާލިން އަނެއްކާ ވެސް ފަހު ވަގުތު ސިޓީ މޮޅުކޮށްދީފި

ލަނޑު ޖެހުމަށް ފަހު ސްޓާލިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

30 ނޮވެމްބަރ 2017 - 08:52

2 comments

މެންޗެސްޓާ (ނޮވެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ރަހީމް ސްޓާލިން ޖެހި ގޯލުން 2-1 އިން ސައުތުހެމްޓަން އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަަނައިގައި އަލުން އަށް ޕޮއިންޓުގެ ލީޑު ނަގައިފި އެވެ.

ރޭގެ މެޗަށް ސިޓީ ނުކުތްއިރު އެ ޓީމުގެ ލީޑު އޮތީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ރޭ އެ ޓީމު މޮޅުވެ އެއް ވަނައިގައި އޮތީ 14 މެޗުން 40 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ ވަނީ ރޭ ސްވަންސީ ސިޓީ އަތުން 1-0 އިން ހޯދި މޮޅާ އެކު 14 މެޗުން 29 ޕޮއިންޓް ހަމަކޮށްފަ އެވެ.

ދެ ވަަނަ ހާފް ފެށިތަނުން ކެވިން ޑިބްރޭނާގެ ލަނޑުން ސިޓީން ލީޑުނަގާފައިވަނިކޮށް ސައުތެމްޓަނަށް އެއްވަރުކޮށްދިނީ އޮރިއޯލް ރޮމޭއު އެވެ. މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޑިބްރޭނާ ދިން ބޯޅަ އަކުން ސިޓީ މޮޅުވި ލަނޑު ޖެހީ ސްޓާލިން އެވެ. މިއީ ސްޓާލިން ފަހު ވަގުތު ލަނޑު ޖަހައިގެން ޖެހިޖެހިގެން ސިޓީ މޮޅުކޮށްދިން ތިން ވަނަ މެޗެވެ.

ގާޑިއޯލާ ބުނީ ސްޓާލިންގެ ފަރާތުން މި ސީޒަނުގައި ފެންނަ ތަފާތަކީ އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ރަނގަޅުވުން ކަމަށެވެ.

"ސްޓާލިން ކުރިން ގަބޫލެއް ނުކުރޭ އޭނަ އަށް ވާނެ ކަމަށް. އެކަމަކު މަޑުމަޑުން އޭނާގެ އިތުބާރު އެބަ ރަނގަޅުވޭ. އެ ތަފާތު މި ފެންނަނީ،" ގާޑިއޯލާ ބުންޏެވެ.

ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ސްވަންސީ އަތުން ޗެލްސީ މޮޅުކޮށްދިން ގޯލު ޖެހީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ. މި މެޗުގައި ރެފްރީގެ ނިންމުންތަކަށް ޝަކުވާ ކުރުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.

ހަޑްސްފީލްޑް ޓައުން އަތުން 5-0 އިން މޮޅުވެ އާސެނަލް ވަނީ ހަތަރު ވަނަ މަގާމު ދަމަހައްޓައިފަ އެވެ. މެސުޓް އޮޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އޭނާގެ އިތުރުން އާސެނަލްގެ ލަނޑުތައް ޖެހީ އަލެކްސަންޑަ ލަކަޒޭ އާއި އަލެކްސިސް ސަންޗޭޒް، ކޮންމެ ކުޅުންތެރިއަކު ލަނޑަކާއި އޮލިވިއޭ ޖިރޫ ދެ ގޯލެވެ.

ރަށުން ބޭރުގައި ސްޓޯކް ސިޓީ އަތުން 3-0 އިން މޮޅުވެ ލިވަޕޫލް އޮތީ ފަސް ވަނައިގަ އެވެ. ލިވަޕޫލަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ސަޑިއޯ މާނޭ އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އަނެއް ދެ ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި މުހައްމަދު ސަލާހު އެވެ. މި ދެ ލަނޑާ އެކު ސަލާހު ލީގުގެ ލަނޑު ލިސްޓު ކުރީގައި އުޅެނީ 12 ގޯލު ޖަހައިގެންނެެވެ.

އަމިއްލަ ދަނޑުގައި އެވަޓަން ކުޅުނު މެޗުން ވަނީ 4-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ވޭން ރޫނީ ހެޓްރިކެއް ހެދިއިރު، އެވަޓަންގެ އަނެއް ގޯލު ޖެހީ އެޝްލީ ވިލިއަމްސް އެވެ. އެވަޓަންއާ ހަވާލުވަން ނިންމާފައިވާ ސޭމް އެލަޑީސް ރޭގެ މެޗު ބަލަން އެވަޓަންގެ ދަނޑު ގުޑިސަން ޕާކަށް ގޮސް ހުއްޓެވެ.

ބޯންމައުތު 2-1 އިން ބަލިކޮށް ބާންލީ ވަނީ ލީގުގެ ހަ ވަަނަ އަށް ޖެހިލައިފަ އެވެ. ރޭގެ މެޗުތަކުގެ ނަތީޖާތަކަށް ފަހު ޓޮޓެންހަމް ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްގެ އެދުރު

30 November 2017

ވަކި ބަޔަކު މޮޅުވާންޖެހޭތީ އިރުރު ވަގުތުގެ ގޮތުގައި 6މިނެޓް ދައްކަން އެބަޖެހޭ، ނޫނީ ލަނޑެއް ޖަހަންދެން ކުޅުވަންވެސްޖެހޭ

The name is already taken The name is available. Register?

ރަދީފް

30 November 2017

މަރުހަބާ ސިޓީ، ޗެލްސީ ، އާސެނަލް އަދި ލިވަޕޫލް.އާސެނަލްގެ ކޮންސިސްޓެންސީ ތިގޮތުގަ ލީގްގެ ބާކީހުރި މެޗްތަކުގަ ހިފަހައްޓައިފިނަމަ ރަނގަޅު ކާމިޔާބީއެއް މިސީޒަނުގަ ލިބުން ދުރެއްނޫން.ނޮވެމްބަރ އެއީ އަބަދުވެސް ވެންގާގެ ކޯޗުކަމުގެ ދަށުގަ އާސެނަލްގެ ރިޒަލްޓްސް އެންމެ ދައްކޮށް ފެންނަ މަސް.ނަމަވެސް މިނޮވެމްބަރ މިދިޔައީ ވަރަށް ކާމިޔާބްކޮށް. އާސެނަލްއަށް ކުރިއަށް އޮތީ ވަރަށް ވަރުގަދަ މެޗެއް.އަމިއްލަ ދަނޑުގަ މެންޔޫއާއި ދެކޮޅަށް ކުޅޭ މެޗުގަ ރަނގަޅު ފައިޓެއްދީ ކާމިޔާބްވުން އެއީ ހުރިހާ އާސެނަލް ފޭނުން އެދޭނެގޮތްކަން ކަށަވަރުވެ ޔަގީންވޭ.މެންޔޫ އެއީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ޓީމެއް.މިސީޒަނުގަ އެޓީމުންދަނީ ޔޫރަޕްގަވެސް ރަނގަޅު ކުޅުމެއް ދައްކަމުން.ބަލާހިތްވާނެ ފަދަ ރީތި ކުޅުމެއް ޑިސެމްބަރ 2 ވަނަ ދުވަހު ފެނިގެންދާނެ ކަމަށް އުއްމީދުކުރަން.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454