ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އަލަށް ހަދާ "މާގިރި ހޮޓެލް"ގެ ހުޅުވަން ތައްޔާރުވަނީ: މިތަނުގައި 53 ކޮޓަރި ހުރޭ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
05 ޑިސެމްބަރ 2017 - 14:30
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތީގައި ހަދާ "މާގިރި ހޮޓެލް" މި މަހު ފަހުކޮޅު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
އެ ހޮޓެލް ތަރައްގީ ކުރާ ރިޖެންޓް މޯލްޑިވްސްގެ އެއް ހިއްސާދާރު މައްލާ އަހުމަދު ނާސިރު (ނާބެ) ވިދާޅުވީ 53 ކޮޓަރި ހިމެނޭ މަތީ ފެންވަރުގެ ހޮޓެލްގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މާލޭގައި މަތީ ފެންވަރުގެ ހިދުމަތްތަކެއް ލިބޭ ހޮޓަލެއް ތަރައްގީކުރަން. މި ތަނުގައި މާލޭގައި މި ވަގުތު ހިންގާ އެހެން ހޮޓާތަކާ އެއް ފެންވަރުގެ ހިދުމަތްތައް ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
މާގިރި ހޮޓެލް: މިތަން މިމަހު ފަހުކޮޅު ހުޅުވަން އަންނަނީ މަސައްކަތް ކުރަމުން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މާލޭގައި އެންމެ ފުރަތަމަ ގެސްޓް ހައުސް ހިންގި ތަނުގައި ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ހޮޓަލުގައި ރެސްޓޯރަންޓާއި ޖިމާއި އެ ނޫން ވެސް ވަސީލަތްތައް ހުންނާނެ ކަމަށް ރިޖެންޓް މޯލްޑިވްސް އިން ބުންޏެވެ.
"މިތަނުގެ ކޮޓަރިތަކުގެ އަގުތައް ވެސް ހުންނާނީ މާލޭގެ އެހެން ހޮޓެލްތަކާ ދާދި އެއް އަގެއްގައި،" ނާސިރު ވިދާޅުވި އެވެ.
މާލޭގައި މިހާރު ވެސް މަތީ ފެންވަރުގެ ހަ ހޮޓަލެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައުކަތު
06 December 2017
ރާއްޖޭގައި ކޮންސްޓްރަކްޝަން ކޮސްޓް ވަރަށް ބޮޑަށް މަތިވެއްޖެ. އުއްމީދު ކުރަން ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން އިމާރާތް ކުރުމަށް ބޭނުންވާ މުދާތައް އަގުހެޔޮކޮށް ގެނެވޭނެ ކަމަށް. އޭރަށް މެދު ފަންތީގެ ވިޔަފާރިވެރިންނަށްވެސް މިފަދަ އިންވެސްޓްމެންޓްތައް ކުރެވޭނެ. ދެން ގެންނަންވީ ދެތިން ބޭންކް. ކޮމްޕެޓިޝަން ވަރުގަދަކޮށް އިންޓްރެސްޓް ރޭޓް ދަށްކުރެވޭތޯ ބަލަން. އަތްފޯރާ އަގެއްގައި އެޕާޓްމެންޓެއްވެސް، މުދަލެއްވެސް ގަންނަން ލިބޭނީ އޭރަށް
އަހުމަދު ނިޔާޒު
05 December 2017
ޢާނެއްކާވެސް ބާޒާރައްް އެނިކުންނަނީ ރިސޯޓެއް..... ވަރައް ގައި ހިރުވާތީ އުޅޭނެ ބައެއް ބެބޭފުޅުން