މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން: ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ނުދައްކާ ކުންފުންޏަކުން އެ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފައި-- ފޮޓޯ/މިހާރު
11 ޑިސެމްބަރ 2017 - 11:19
ބްރޯޑްކާސްޓް ކުރުމުގެ ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އެޓޯލް އިންވެސްޓްމަންޓް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެޓޯލް ޓީވީ ހިންގާ އެޓޯލް އިންވެސްޓްމަންޓްގެ މައްޗަށް އެ ހުކުމް އައީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ނުދައްކާތީ، އެ ފައިސާ ހޯދަން ބްރޯޑްކާސްޓިން ކޮމިޝަނުން ދައުވާ ކުރުމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމުގައި ވަނީ މިދިޔަ ތިން އަހަރުގެ ފްރީކުއެންސީ ލައިސަންސް ފީ އެޓޯލް އިންވެސްޓްމަންޓުން ދައްކާފައި ނުވާ ކަމަށާއި އެ މުއްދަތުގައި ފްރީކުއެންސީ ލައިސަންސް ފީ ގެ ގޮތުގައި 1.5 މިލިއަން ރުފިޔާ އަރާފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންވެ، ތިން މަސް ތެރޭގައި އެ ފައިސާ ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.
މީގެ އިތުރުން އެ ފައިސާ އެއްކޮށް ދައްކައި ނިމެންދެން، އަރާ ޖޫރިމަނާ އަކީ ވެސް އެޓޯލް އިންވެސްޓްމަންޓުން ދައްކަން ޖެހޭނެ ފައިސާއެއް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެ މައްސަލަ ނިންމާފައިވަނީ އެޓޯލް އިންވެސްޓްމަންޓްގެ ޣައިރު ހާޒިރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިންކް
11 December 2017
މަކުނުދޫ އެޗް.ޑީ ކޭބަލް އިން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ އެއީ ދައްކަން ނުޖެހޭ އެއްޗަކީބާ؟