ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް: އެ ހޮސްޕިޓަލް ހުޅުވުން މިހާރު ވަނީ އަންނަ އަހަރުގެ ފަހު ކުއާޓަރަށް ލަސްވެފައި.
11 ޑިސެމްބަރ 2017 - 15:09
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ބޮޑު ޚަރަދެއްް ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.
މަޝްހޫރު ވިޔަފާރިވެރިންތަކެއް ހިމެނޭ ކުންފުނިން ތަރައްގީ ކުރި ހޮސްޕިޓަލް ކުރިން ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ ފަހު ކުއާޓަރުގަ އެވެ. ނަމަވެސް ޓްރީ ޓޮޕްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެންމެ މަތީފެންވަރުގެ ޚިދުމަތް ދޭން ތަރައްގީ ކުރި ހޮސްޕިޓަލް ހުޅުވުން ލަސްވީ އިމާރާތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށެވެ.
"އެ މައްސަލަތައް ހައްލުނުކޮށް ހޮސްޕިޓަލް ހިންގަން ފަށައިފި ނަމަ ފަހުން އެ މައްސަލަތައް ހައްލުކުރަން ވަރަށް އުނދަގޫވާނެ. އެހެންވެ އަޅުގަނޑުމެން ބޭނުންވީ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ފަހު ނޫނީ ހިދުމަތް ދޭން ނުފަށަން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ތުރުކީގެ ޓާމާކްސް ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީ ކުރި ހޮސްޕިޓަލުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭން. [އިމާރާތުގައި] މައްސަލަތައް ހުރެގެން، އެ ފެންވަރުގެ ޚިދުމަތް ދޭން ދަތިތަކެއް ކުރިމަތިވާނެތީ ހުޅުވުން ފަސްކުރީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދައި ތަމްރީން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހުޅުމާލޭގައި ތަރައްގީކުރި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބަހައްޓާފައި މެޝިނެއް: މިތަނުގައި އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކޮށްފައި.
ޓްރީ ޓޮޕް އިންވެސްޓްމެންޓުން އިމާރާތްކުރި މި ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ. އެގޮތުން ކޮންމެ ބަލި ދެ މީހަކަށް 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ވެސް އެތަނުގައި ހުރެ އެވެ.
ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދެއް ކޮށްގެން އިމާރާތްކުރި ހޮސްޕިޓަލުން ޚިދުމަތް ދިނުމަށްޓަކައި ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑައިލިސިސް މެޝިނާއި ހިތުގެ ބަލިތަކަށް ޚާއްސަ ކެތު ލެބެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމާއި އީއެންޓީ، އެކްސިޑެންޓް އަދި އިމަޖެންސީ، އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ސީޓީ ސްކޭނާއި އެމްއާރުއައި، އެކްސްރޭ، ފްލުއޮރޮސްކޮޕީ، މެމޯ ގްރަފީ، އެމްޑީ ޑެންސިޓޯމީޓަރާއި އަލްޓްރާ ސައުންޑްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީ އަކާއި ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ ސެންޓްރަލް ފާމަސީއެއް ވެސް އެތަނުގައި ހުންނާނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފެންވަރުގެ އެމްއާރުއައި މެޝިނަކާއި ސީޓީ ސްކޭން މެޝިނާއި އެކްސްރޭ މެޝިންތައް ބަހައްޓާފައިވެ އެވެ. އަދި މުވައްޒަފުންނަށާއި ބަލި މީހުން ބޭތިއްބުމަށް ހާއްސަ ޕްރައިވެޓް ވޯޑުތަކެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އޭގެ އިތުރުން ކެންސަރަށް ފަރުވާ ދިނުމަށް ކީމޯ ތެރަޕީގެ ހިދުމަތާއި ކިޑްނީ ޑައިލިސިސް ހެދޭ މެޝިންތަކާއި އޯޕަން ހާޓް ސާޖަރީ ހެދޭނެ ތިއޭޓަރު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް ބޯއީ
13 December 2017
ހަނދާންވޭތަ އަލްޖަޒީރާ އިން ދެއްކި ސްޓީލިންގ ޕެރަޑައިޒް. އޭގަ ފެންނާނެ ރާއްޖެ އާއި ގުޅުން ހުރި މަނީ ލޯންޑަރިންގ ގެ ވަރަށް އިސް މަހުޖަނެެއް. ރާއްޖެ އަށް ވަރަށް ގިނަ ޑޮލަރު ވަދެފައިވާ ވާހަކަ އަކީ ދެކެވޭ ވާހަކަ އެއް. ރާއްޖެއިން ގެއްލިގެން ހޯދާ ނުފެނިފައިވާ އެތައް ޑޮލަރެއް ގެ ވާހަކަ އަކީ ވެސް ދެކެވޭ ވާހަކަ އެއް. ބިޑުގެ ބޭރުން ސިންގަޕޫރު ކުންފުންޏަކަށް ބިލިޔަނުގެ ޕްރޮޖެކްޓް މިއޮތީ ދީފަ. މި ސިންގަޕޫރު ކުންފުނީގެ ހިއްސާދާރުން ގެ ތެރޭ ތިބި ބައެއް ނުވަތަ މި ކުންފުނީގެ ހިއްސާ ގަނެފައިވާ އެހެން ކުންފުނިތަކެއް ހިންގާ ބައެއް ގެ ފުރިހަމަ މައުލޫމާތު އަހަރެމެން ހޯދާ ބެލިއަސް ނޭގޭނެ. އަލްޖަޒީރާ ފެންވަރު ބަޔަކަށް ހޯދޭނީ. ބިލިޔަން ޑޮލަރު ދޮވެވޭ ވަރުގެ ދޮންނަ މެޝިން މިއަދު ރާއްޖޭގައި އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެ ގޮތުގެ މައުލޫމާތު ހުރި އަދި އޮމާންކަމާއި އެކު އެކަން ބޮލުގަ ރިހުމެއް ނެތި ކުރެވޭވަރުގެ ފަންނީ ތަޖުރިބާ ހުރި ބޭރުގެ ކުންފުނި މިއަދު ރާއްޖޭގައި ނެތެކޭ ނުބުނެވޭނެ.
އަލީ.
12 December 2017
ފުރަތަމަ އަތޮޅުތަކުގެ ހޮސްޕިޓާތައް ރަނގަޅު ކޮއްބަލަ މިހާރުވެސް ތިޔަބުނާ ނިމްސްހޮސްޕިޓަލުގަ ކުޑަކުދިންގެ ޑޮކްޓަރެއް ވިއްސާނެ ޑޮކްޓަރެއްނެތް ކުޅުދުއްފުށިން ދިއްދޫއައް ރައްރަށުމީހުން ދާންޖެހުމީ ބޮޑުވޭނެއް
ރާއްޖެ
12 December 2017
ގިނަ މީހުން އުޅޭ ތަނެއް ފުރަތަމަ ރަގަޅު ކުރަން ޖެހޭނީ. އަތޮޅުތެރެ ރަގަޅުކުރަން ޖެހެނީ ޗަންޕާތަ؟
މުންނަ
12 December 2017
ހުޅުމާލެ.ކޮބާ ރާއްޖެތެރޭ މީހާ...ތިތަނަށް ދާން ކިހާ ޚަރަދެއް ރާއްޖެތެރޭ މީހާ އަތުން ހިނގާނެ..މާރަނގަޅު ތިޔައްވުރެ ރާއްޖެއިން ބޭރަށް ދިޔަސް...ފެލަނީ..ރާއްޖެތެރޭ މީހުން..
އިނގޭ ތިކަން
11 December 2017
އިންތިހާބުގެ 3،4 މަސް ކުރިން ހުޅުވަބަލަ ތިތަން، ލާހިކެއް ނޫން ހެހެހެ މިއިތީވާގައުމެއް، އަދި ރައްޔަތުން ތިބޭނެޭ އަތްޖަހަން އެދެން މޮޅުކަމަކީ.
އައްޔބެ
11 December 2017
އަޅުގަނޑުމެން ވަރަށް އުންމީދުކޮަށްގެން މިތިބީ ތި ޙޮސްޕިޓަލްއިން އަންހެނުންގެ ދަރިމައިވުމުގެ ބަލިތަކަށް ޒަަމާނީ އެންމެ ޙިދުމަތެއްވެސް (އައި.ޔޫ.އައި) ކަހަލަ. މި ބޮޑ ދިވެހި ރާއްޖޭގެ އެއްވެސް ތާކު ދިވެހިރައްޔިތުންނަށް ލިބޭނެގެތެއްނެތް. ހާދަދެރައޭދޯ.
ހުސޭނުބެ
11 December 2017
އައިވީއެފްގެ ޚިދުމަތް ތިތަނުން ލިބޭނަމަ ވަރަށް ޑިމާންޑު ބޮޑުވާނެ!! އިންޑިޔާގެ ކްރާފްޓް ހޮސްޕިޓަލަކީ މިހާރު މިސަޙައްދުގައި ހަމައެކަނި އައިވީއެފްއަށް ޚާއްސަކުރެވިފައިވާ ހޮސްޕިޓަލެއް!! އެތަނަށް ޔޫރަޕުން އަދި ޢަރަބިގައުމުތަކުން މީހުން ދަތުރުކޮށް ފަރުވާ ހޯދާ!! ރާއްޖެއިންވެސް ވަރަށްގިނަ މީހުން އެތަނުން ފަރުވާ ހޯދާ!! މިއީ ކުދިން ލިބިގެން އުޅޭ ފަރާތްތަކަށް ކުރާ އެންމެ ރަގަނޅު ފަރުވާ!! އައިވީއެފް އަކީ!!! މިކަން ޓްރީޓޮޕް ހޮސްޕިޓަލުން ކުރެވޭ ގޮތްވުން ވަރަށް ރަގނޅު!!
ދެންތިހެން
11 December 2017
ނުކިޔާ އިންވެސްޓްމަންޓަށް ކުރި ހަރަދު ދެކޮޅު ނުޖެހޭތީ މިހާރު ދެން ނުހުޅުވާ ގޮތައް ހަމަ ޖައްސާ ހޮޓަލަކަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅެނިއްޔޭ ބުނަންވީނު ދެއްތޯ
ކަޅުހޮއްކޮ
11 December 2017
ދަރުމަވަންތަ ހޮސޕިޓަލް ހުޅުވޭއިރަށް ޕްރައިވެޓް ހުރިހާ ތަނަކުން އާސަންދަ ކަޑާލުމަކީ ސަރުކާރަށް އޭގެ އެންމެރަގަޅުގޮތްކަމަށް.
އަހަންމާ
11 December 2017
މިއަދު ރާއްޖޭގެ މަސްހޫރު ވިޔަފާރިވެރިން މާދަމާގެ ބިކާރީން ނަށް ވެގެންދާނެ ސަރުކާރުން ޕްރައިވެޓް ހޮސްޕިޓަލްތަކަށް އާސަންދަ ކަޑާލީމަ ވާނީކިހިނެއްބާ؟
ވާސަންދަ
11 December 2017
ވަކިބަޔަކު މއްސަދިކުރަންތަ އާސަންދަ އޮންނަނީ؟ ސަރުކާރު ހޮސްޕިޓަލްތައް ގިނަކޮށްފަ ފެންވަރު ރަނގަޅުކުރީމަ ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދަ ކަނޑަންޖެހޭނެ، ސަރުކާރުގެ ލާރިންތަ ޕްރައިވެޓް ފިހާރަ ހިންގަންޖެހެނީ!
ރާއްޖެ
11 December 2017
ކަލޯ މާލޭގަ އަޅާ ސަރުކާރު އެންމެ ހޮސްޕިޓަކުން ހުރިހާ ބަލިމީހުންނަށް ކޭޓަރ ކުރެވޭނެ ތަ؟ މިހާރުވެސް ތިކިޔަނީ އެޕޮއިންޓްމަންޓެއް ނުލިބެޔޭ.
އައިޖޭ
11 December 2017
އޯޕަންހާރޓް ސާރޖަރީ، އެންމެ ފަހުގެ ސްކޭން މެޝިން +++ އިމާރާތް ހުރިހާ ކަމެއް 1.5ބިލިއަން ރުފިޔާ، އެކަމު އައިޖީއެމްއެޗް 25 ބުރި އިމާރާތް އެކަނި ވެސް 2.5ބިިލިއަން ރުފިޔާ... އެބަހުއްޓެއްނު އައިޖީ އެމްއެޗް އިމާރަތުގައި ކުޅިވަރ ފަށެއް ދޯ
ސަލީމް
11 December 2017
10 ބުރިއާއި 25 ބުރީގެ ތަފާތާއި އަމިއްލަ ލާރިން ތަނެއް އެޅުމާއި ކޮންޓްރެކްޓަރ ފައިނޭންސް ފަދަ ކޮންސެޕްޓް ނޭގޭ މީހުން ތި ކަހަލަ 2 އުޅިއެއް ނެތް ކޮމެންޓް ކުރާނީ
ސޫޓްކޭސް
11 December 2017
ކޮންޓްރެކްޓަރ ފައިނޭންސް ވިއަސް، ރައިއްޔާތުންނަށް ބަލައިގަންނަން ފަސޭހަވީސް ހުޅުވާލެވިފައިވާ ޓެންޑަރ އުސޫލުން އެކަން ކުރިނަމަ.. ހަމަ ހިތުހުރި އަގަކަށް ދޭކަށް ނުޖެހޭ ދޯ! ކޮންޓްރެކްޓަރ އަށް ދައްކަންޖެހޭ 2.5 ބިލިއަން ރުފިޔާ އެއީ ހަމަ ދައުލަތުގެ ފައިސާ ވިއްޔާ.. މިފަދަ ބޮޑެތި ބިޔަ ޕްރޮޖެކްޓްތަށް ޓެންޑަރ ނުކޮށް ވަކިފަރާތަކަށް ދެންޏާ ރައިއްޔަތުން މި ސުވާލު އުފައްދާ، ކޮރަޕްޝަން ތުހުމަތުކުރުމުގެ ޖާގަ އަބަދުވެސް އޮންނާނެއެވެ!
ވައިޖޭ
11 December 2017
އެއޮތީ ލިއެފަ އިމާރާތުގަ މައްސަލަ ހުރެގެންނޭ ހުޅުވުން ލަސްވަނީ. ކުޑަ ޚަރަދުގަ ހަދަން އުޅުނީމަ ފުރިހަމަކުރަން މިހާރު އިތުރު ޚަރަދު ކުރަން ޖެހިފަ އެއޮތީ. ކޮބާ ޚަރަދު ކުޑަވެފަ...
އަހްމަދު
11 December 2017
ސަލީމްގެ ނަމުގައި ކޮމެންޓް ކޮށްފައިވާ ބޭފުޅާއަށް ދަންނަވާލަން. ވަރަށް ބޮޑަށް އޮޅިގެން އުޅުއްވާހެން ހީވަނީ. އައިޖީއެމްޗްއަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހަދާ ތަނެއް ނޫން. ކޮންމެ އަހަރަކު ބަޖެޓްގަ ޖަހައިގެން ބިލިއަނުން ފައިސާ ދައްކަންޖެހެނީ ކޮންޓްރެކްޓަރ ފައިނޭންސް ވީމަތޯ؟ ކޮންޓްރެކްޓަރ ފައިނޭންސްއޭ ކިޔައިގެން ބޮޑު އޮޅުވާލުމެއްގެ ތެރެއިން ތިތަން އެކުންފުންޏަށް ހަވާލުކުރީ. އެކަމު އާހިރުގަ ތިތަން ތި ހަދަނީ ނުއަގުގަ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން.
ޙަސަން
12 December 2017
ޓެންޑަރ ކުރީމަ ކުޑައަގެއް ޖަހައިގެން ނަގާނީ ދިވެހި ކުންފުންޏެއް. 2 އަހަރުން ނިންމަން ބުނާނެ. ނިންމާނީ 8 އަހަރުން. ނިމޭއިރު އެގޮތް މިގޮތުން ކުރީގަ އެއްބަސްވި އަގުގެ 3 ގުނަ ޖައްސާލާނެ. މިއީ ހަމަ ތި އައިޖީއެމްއެޗް ގެ 11 ބުރި އިމާރާތައް ވީ ގޮތް