އެމްޓީސީސީގެ ޕްރިމިއަމް ލިންކްގެ ފެރީއެއް. އިތުރު ދެ އޭސީ ފެރީ މިމަހުގެ ގެންނަން އެ ކުންފުނިން ވަނީ ނިންމާފައި.
14 ޑިސެމްބަރ 2017 - 12:33
އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ރ. އިނގުރައިދޫގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަ ފެށި، ތިން އޭސީ ފެރީގެ ތެރެއިން ދެ ފެރީ މި މަހު ބޭނުންކުރަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ހުޅުމާލޭގެ ފެރީގެ ހިދުމަތަށް ގެންނަ ތިން އޭސީ ފެރީއަކީ މެރިން ޑިޒައިން ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ބަންނަ ތިން ފެރީ އެވެ. މިއަހަރު އޮތް އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސީއީއޯ ވިދާޅުވެފައި ވަނީ އެ ފެރީތައް ކަނޑައެޅިފައިވާ މުއްދަތަށް ހަވާލުކޮށްފައި ނުވާތީ އެގްރިމަންޓްގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
މެރިން ޑިޒައިން އާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އެ ފެރީތައް ހަވާލުކުރަން ޖެހެ އެވެ. ފެރީތައް ބަންނަން ހަވާލުކުރީ 12 މިލިއަން ރުފިޔާ އަށެވެ. ފެރީތަކަށް އިންޖީނު ސަޕްލައިކޮށްދެނީ އެމްޓީސީސީންނެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވީ ހުޅުމާލޭގައި އަލަށް ހެދި ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާއިރު ފެރީގެ ހިދުމަތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިނގުރައިދޫގައި ބަންނަ ތިން ފެރީގެ ތެރެއިން ދެ ފެރީ މިމަހު މާލެ ގެނެސް ދަތުރުތަކުގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިނގުރައިދޫގައި ބަންނަ ތިން ފެރީގެ ތެރެއިން ފުރަތަމަ ފެރީ އަންނަ ހަފުތާގައި މާލެ އަންނާނެ. އަދި ދެވަނަ ފެރީ ދެ ހަފުތާ ފަހުން ގެނެވޭނެ. ޖުމްލަ ތިން ފެރީ ގެނައުމަށްފަހު ދަތުރުތައް އަވަސްކުރެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނގުރައިދޫގައި ބަންނަ ތިން ފެރީ މާލެ ގެނައުމަށްފަހު މިހާރު 30 މިނެޓުން އޮންނަ "ޕްރީމިއަމް ލިންކް"ގެ ދަތުރުތައް 15 މިނެޓަށް އަވަސްކުރަން ނިންމާފައިވާ ކަމަށެވެ. އަލަށް ގެންނަ ކޮންމެ ފެރީއަކީ 100 މީހުންގެ ޖާގައިގެ ފެރީ ދޯނިތަކެއް ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
"އަލަށް ގެންނަ ތިން ފެރީއާއެކު ހުޅުމާލެ ފެރީ ހިދުމަތް ވަރަށް ބޮޑަށް އަވަސްވެގެންދާނެ. އަދި މިހާރު ބާރުބޮޑު ގަޑިތަކުގައި ދިމާވާ ދަތިތަކަށް ވެސް ހައްލެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ އަލަށް ހެދި ފްލެޓްތަކަށް މީހުން ބަދަލުވުމުން ފެރީގެ ހިދުމަތަށް ބާރުބޮޑުވާނެތީ ޓާމިނަލަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ބަދަލުތަކުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ހުޅުމާލޭގައި ސަރުކާރުން އަލަށް އެޅި 661 ފްލެޓަށް މާދަމާ މީހުން ބަދަލުވާން ފަށާ ގޮތަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް ބައެއް ކަންތައްތައް ހަމަނުޖެހިގެން ފްލެޓްތަކަށް މީހުން ބަދަލުވުން ލަސްވެފައިވާ ކަމަށްވެ އެވެ.
ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ދޫކުރި މި ފްލެޓްތަކުގައި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މީހުންނަށް ދިރިއުޅެވޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ކުރިން ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްރާފަ
15 December 2017
ބުރިޖް އެއޮށް ނިމެނީނު! ދެން ކޮން އިތުރު ފެރީ ތަކެއް؟
ޕޮގުބާ
15 December 2017
މެރިންޑިޒައިން އެއީ ރ.އިގުރައިދޫ ކުންފުންޏެއްނޫން ރ.އިގުރައިދޫ ދާއިރާގެ މެންބަރ އެއީ !!!! ރ. އިންނަމާދޫ ބޭފުޅެއް ތިބުނާ ފެރީތަށް ހަދަނީ ރ.އިންނަމާދޫ ގަ
ފަލާހު
14 December 2017
ތިޔައ އެމްޕީ އެއްގެ ކުނުފުނިން އެޑްވަން ސް ލާރި ނަގައިގެން ޑިލޭ ކުރި ޕްރޮޖެކްޓް އެއް... އެއްވެސް ފިޔަވަޅޭއް ނޭޅޭނެ. މަށަކީ ފަލާހެއް ނުން ތިަޔ ކަމަށް ފިޔަވަޅޭއް އަޅާއިފި ނަމަ.....
އައިޖޭ
14 December 2017
މަޖްލިސް މެމްބަރެއްގެ ކުންފުނިން ބަނަްނަ ދޯނި ލަސްވިޔަސް އެއްވެސް ފިޔަވަޅެއް ނޭޅޭނެ... ތިަޔ ތަޅަނި ހުސް އަނގަ... ދެން އަތް ޖަހަން ތިބޭ
ބުރޯ
14 December 2017
އޭސީ ފެރީ ވީމަ 10 ރުފިޔާ.. ހޫނު ގަދަ ފެރީ ވީމަ 5 ރުފިޔާ. އޭސީ ފެރީގެ ކެޕޭސިޓީ އަކީ 100 މީހުން ނައް ވުރެ މަތި. އެހެްވީމާ އޭސީ އައް ދަތުރަކަށް 500 ރުފޔާ.އޅެމީ އަރަތެއްތަ. އަތްނުފޯރާ ފަށަށް އާންމު ރައްޔިތުންނައް ދޭ ހިދުމަތެއް ސަރުކާރު ކުންފުންޔކުން ކުރީމަ ކަޑަޔޭ. މަހަކު 600 ރުފިޔާ ހަރަދު ކޮއްފަ ވަޒީފާ އައް ދާންމިޖެހެނީ.މި ކުޑަނުކުރެވެންޔާ ދޭ ބަލަ ފަރައް އެމްޓީސީސީ ވެރިން.ތިކަން ތިއައްވުރެ އަގުހެޔޮކޮއް ކުރާނެ މީހުން އެބަ ތިއްބޭ.
ކަޅުހޮއްކޮ
14 December 2017
ޒިޔަތަށާ ނިޔާޒަށް އެމްޓީސީސީ ތިހުރީ ހިންގިފައި، ތިތަނަށްވެސް ވާނީ އެމްޓީޑީސީ އަށް ވީވަރު ދެން އަޑުއިވޭނީ މަހާޖައްރާފް ވިއްކާލަން އުޅޭ ވާހަކަ، ހިއްސާ ވިއްކަން ނުކުތީމަ ގަންނާނެމީހަކު ނުވި، ކުންފުނި ބަގްރޫޓް ވަނީ.