އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކްއާ ފްލެޓްތައް: ފްލެޓްތައް ވިއްކުން މަޑުޖައްސާލީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަން. --ފޮޓޯ: ނިޝާން އަލީ /މިހާރު
21 ޑިސެމްބަރ 2017 - 11:44
މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކަން އާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށާއި ފްލެޓްތައް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ގާކޮއްޓާއި އަރަބިއްޔާގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކާލަން އިއުލާންކުރީ، އެ ފްލެޓްތައް ލިބުނު މީހުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުންނެވެ. އެ ފްލެޓްތަކަށް ފޯމު ދޫކުރަން އޮތް ދުވަހުގެ ދެ ދުވަސްކުރިން، ގިނަ ބަޔަކު ކިޔޫ ޖެހުނެވެ. މިފަދަ ބޮޑު ކިޔޫއެއްގައި ރައްޔިތުން ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ ފްލެޓް ވިއްކުން މެދުކަނޑައިލީ އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ބުންޔާމީން މިއަދު ވިދާޅުވީ ފްލެޓްތައް ވިއްކަން އާ އިންތިޒާމްތަކެއް ކަނޑައަޅައި ހައުސިން މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. އެ އިންތިޒާމްތަކަށް މިނިސްޓްރީން ޖަވާބެއް ލިބުމުން ފްލެޓްތައް ވިއްކަން އަލުން ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ފްލެޓްތައް ވިއްކަން އިއުލާންކުރަން،" ބުންޔާމީން ވިދާޅުވި އެވެ.
ހުޅުމާލޭގެ ފިޔަވަތީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބުންޔާމީން ބައިވެރިވެވަޑައިގަންނަވަނީ: ފްލެޓްތައް ވިއްކަން ވަރަށް އަވަހަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވި. ---ފޮޓޯ:ރައީސް އޮފީސް
ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާ އިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. އެޗްޑީސީން ކުރިން ނިންމާފައިވާ ގޮތުން ނަމަ، ފްލެޓް ވިއްކާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. ފްލެޓެއްގެ އަގަކީ ދެ މިލިއަން ރުފިޔާ އެވެ. އެޗްޑީސީން ބުނިގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ހުށަހަޅާ ފަރާތްތަކަށެވެ.
އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާ އިރު ފްލެޓްތައް ދިނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކި މީހުންނަށެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފުތަކާ ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނި
22 December 2017
ތީދެން ޕާޓީކުދިންނަށްދޭ އެއޗެއްނުން ކުރިންވެސް ފޯމުފުރާ ޕޮއިންޓްދީ ހަދާފަ ފްލެޓްދިނީ ޕާޓީ ލިސްޓަށް
ނެޝަނަލިސްޓް
21 December 2017
ތިޔަ ފްލެޓްތައް ގަންނަ ބަޔަކަށް އެ އަރައިގަނެވެނީ ބައެއްގެ ހައްގައް!
އައްޑޫ ސިޓީ
21 December 2017
ފްލެޓްތައް ޑިޒައިން ކުރަން ހަވާލު ކުރުމުގައި ކޮރަޕްޝަން. ޢިމާރާތް ކުރަން ހަވާލު ކުރުމުގައި ކޮރަޕްޝަން. ކުލަ ލުމުގައި ކޮރަޕްޝަން. ވިއްކުމުގައިވެސް ކޮރަޕްޝަން އޮންނާނެތާ
އަތްޖަހާ
21 December 2017
މިފަހަރު ޕާޓީ ކުދިންނަށް ލިބޭ ގޮތަށް ގަވައިދު ހަދާފަ ބަހައްޓާތި. އޭރުން އާންމުންނަށްވެސް ކިއުގަ ޖެހުމުގެ ތަކްލީފުން ސަލާމަތްވާނެ.
އަބްދުއްލާ
21 December 2017
ފައިސާދެއްކޭ ވަރު ބަޔަކަށް ދިނީމަ ނިމުނީ .ޓާޓާ އިން ދިން 21މިލިއަން ޑޮލަރު ކޮބާ؟ ކޮންޓެކްޓަރަށްދިނީ 6 މިލިއަން އަނެއް ބައި ކޮބާ ؟ އެއަށް ހެދި ގޮތެއް ނަސީދު ބުނެލްދެނިކޮށް ފްލެޓް އަގުހެޔޮ ކުރެވިދާނެ. މިތަންތަން ނިމުނީ ސަރުކާރު ބަޖެޓުން ބޮޑުބައެއް ހޭދަ ކޮށްގެން.
ކަޓޭ
21 December 2017
"ނަޝީދު" ނުލާ އަބްދުއްލާ އަކަށް ހަމަ އެންމެ ކޮމެންޓްއެއްވެސް ނުކުރެވޭދޯ؟ ތިޔަބުނާފައިސާއެއް ބަޔަކަށްދީފަ ހުރިއްޔާ ހަމަ ބަލަންވީނު؟ އަދި އަޅަންޖެހޭ ފިޔަވަޅެއްވެސް އަޅަންވީނު؟ ހުރިހާ މުއައްސަސާއެއް އެތިބީ އެންގެވި ކަމެއް ބަލަން ތައްޔާރައް!
ރަށުމީހުން
21 December 2017
ހުވާކޮށްފަ ބުނަން ވަކިބަޔަކަށް ދޭންބޭނުންވެގެން އަބުރާ ގޭސްގަޑުތަށް........ހއ ފެށިގެން ގޮސް ސ.އާއި ހަމަޔަށް ތިބީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުލިބިފަ ތިބި ދިވެހިރައްޔިތުން ނޫނުްތޯ؟؟ ހަމަވަކިބަޔަށް ސަނާ ކިޔައިގެން މީވެސް ހޯދަންމިޖެހެނީ...... ދެންކިހިނެއް ކަންތަށްތަ ރަންގަޅުކުރާނީ؟ކޮންމެބަޔަކު ވެރިކަމަށް އަޔަސް ރައްޔތުން ވަނީ ރައްޔިތުންނަ އެހެންވެޖެއްޔާ ވަކިޖަމާއަތަށް ހަދަން ހުއްދަން ހުއްދް ދީ ވަކި ޤާނޫނެއް ހަދަންވީ އެއްނޫން...
މާލެދަފްތަރު
22 December 2017
މި ފެލެޓްތައް އެހެން އެއްވެސް ބަޔަކަށް ވިއްކާކަށް ނުޖެހޭ. މި ފްލެޓްތައް ލިބިފަ ބަޔަކު ތިއްބަ އެހެން ބަޔަކަށް ނުވިއްކޭނެ. މިއީ ވިއްކަން އެޅި ފްލެޓްތަކެއްނޫން. ދެ މިލިޔަނަށް މި ފްލެޓްތައް ލިބުނު ބަޔަކަށް ވިއްކަން ހުށަހެޅީ، އެއީ ކުރެވިގެން ވާނެ ކަމެއްނޫން. ކުޑަ ކުއްޔެއްގެ މިފްލެޓްތައް ދެވެންޖެހޭނެ. މިއަށް ވުރެން މާ ފަހުން އެޅި ފްލެޓްތަކެއް ހުޅުމާލޭއިން އެ ދެނީ 6000 ރުފިޔާގެ ކުއްޔަކަށް. އެއްފަހަރާ 2 މިލިޔަން ދީފަ ގަންނާކަށް ނުޖެހޭ.
ޑިމޮކްރަސީ
21 December 2017
ތިފްލެޓްތައް ތިއީ ނިކަމެތި އެތައްބަޔަކު ގިނަދުވަސްތަކެއްވަންދެން ބޯހިޔާވަހިކަމެއް ލިބޭނެކަމުގެ އިންތިޒާރުގައި ކުރި ގިނަގުނަ އުންމީދުތަކެއް އެތަން ތަން މިސަރުކާރުން މުއްސަދިންގެ މިލްކިއްޔާތަކަށް ހަދައިފިނަމަ އެކަންކުރި ބަޔަކު އޭގެ ހިތިރަހަ މިދުނިޔެއިންނާއި އާޚްރަތުން ފެންނާނެކަމީ އެއްވެސް ޝައްކަތް ނެތްކަމެއް އެތައްނިކަމެތިންތަކެއްގެ ހިތްދަތިކަމާ ބަދްދުޢާ ޖެހޭނަކަމީ ޝައްކެތްނެތްކަމެއް
މީމް އަހުމަދު
21 December 2017
ސަރުކާރުން މިއަދު ފްލެޓް އަށް ބޭނުނ ގޮތެއް ހަދާ މާދަން ރައްޔަތުން ވޯޓައް ބޭނުން ގޮތެއް ހަދާނެ...
ހާސަރު
21 December 2017
ތިޔަ ފުލެޓްތައް ތިޔަގޮތަށް ވިއްކާކަށް ނުޖެހެއެވެ. ތިޔަ ފުލެޓްތަކަކީ ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ މީހުންނަށް އެ ފުރުސަތު ހޯދާ ދިނުމަށް އެޅި ތަންތަނެވެ. ވީމާ، ބޯހިޔާވަހިކަމަށް އެދި ފޯމް ލާފައިވާ މީހުންނަށް އިސްކަން ނުދެވޭގޮތަކަށް މުއްސަދިންނަށް ތިޔަ ފުލެޓްތައް ވިއްކާލުމުގް ހިޔާލު ދޫކޮށްލައްވާށެވެ. ފޯމްލާފައިވާ މީހުންގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބުނު މީހުންނަށް ތަރުތީބުން ފުރުޞަތު ދެމުން ގެންދިޔުން އެދެވެ.
ޜަބަރޭ
21 December 2017
ތި ފްލެޓްތަކެއްނޫން. ޢަދި އިތުރަށް ތިއަޅާ ފްލެޓްތަކަށް ފޯމުލާން ހުޅުވާލަނީ ކޮން އިރަކުންތަ؟ އެވެސް ހުވަފެނެއްތޯ؟