މާމިގިލީ ޕޯޓުގެ ފާރު ވައްޓާލާފަ-- އެމައްސަލަ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ--
21 ޑިސެމްބަރ 2017 - 15:10
އދ. މާމިގިލީގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި އެމްޕީއެލުން ތަރައްގީ ކުރާ ސަރަހައްދުގެ ވަށާ ފާރުން ބޮޑު ބައެއް ވައްޓާލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕުން ހަދާފައިވާ މާމިގިލީ ބަނދަރުގެ ބައެއް ބައިނަލްއަގްވާމީ ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލު ކޮށްފައިވާ އިރު އެ ރަށު ކައުންސިލުން ވަނީ މީގެ ކުރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ބަނދަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަމުން އަންނަ ހޯމް އީޒީ ސޮލިއުޝަންގެ ވެރިޔާ މުހައްމަދު ނަސީރު މިއަދު ބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެ ބަނދަރުގެ ވަށާފާރުގެ 90 މީޓަރު ދިގުމިނުގެ ތަންގަނޑެއް ވައްޓާލާފައިވާ ކަމަށެވެ. އެއީ ތިން ފޫޓް އުސް ފާރެކެވެ.
"ރޭގައި މަސައްކަތް ނިންމާފަ އަޅުގަނޑުމެން ދިޔައީ 8:00 ހާއިރު. ބޮޑަށް ބެލެވެނީ ދަންވަރު ކުރިކަމެއް ކަމަށް،" މުހައްމަދު ބުންޏެވެ.
މާމިގިލީ ޕޯޓުގެ ފާރު ވައްޓާލާފަ-- އެމައްސަލަ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ--
މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު ވިދާޅުވީ އެ މައުލޫމާތު މިއަދު ހެނދުނު އެ ކައުންސިލަށް ލިބުމާއެކު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޖުމުލަ 1،300 މީޓަރު ދިގުމިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓުފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ. އެމްޕީއެލުން ބުނީ މާމިގިލީ ބަނދަރުން އެ ކުންފުނިން ބޭނުން ކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިތިރި
22 December 2017
ހަގީގަތަކީ މާމިގިލީގައި އެއާރޕޯޓްވެސް އެޅީ ގާސިމް އަމިއްލައަށް.. އަނެއްކާ ބޭރުން އަންނަ ބޮޑެތި ބޯޓުފަހަރު ގާތްކުރެވޭނެހެން ފެންވަރުގެ 1300 ފޫޓުގެ ބަނދަރެއްވެސް ހެދީ ގާސިމް އަމިއްލައަށް.. ރާއްޖޭގެ އެހެން ވިޔަފާރިވެރިންނަށްވުރެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އަދާކުރުމުގަ ގާސިމް އުޅެނީ 100 ގުނަ ކުރީގަ.. ދެން ގާސިމް ޖަލަށްލާފަ އޭނަ ހެދި ބަނދަރަށް ވެރިވާން ވަށާފާރު ކީއްކުރަން ކަރަންޓު ފެންސު ޖެހިޔަސް ހަގީގަތް ވާނީ ހަގީގަތަށް
ތަދައްހުލް
21 December 2017
ސިޔާސީ ފިތުނަވެރިކަން .. ތިޒާތުގެ ކަމެއް 7 ފެބްރުއަރީގަ ކުރި އޭގެ ފިންގަރ ޕްރިންޓެއް
ރަދީފް
21 December 2017
ފިނޑި އަމަލެއް..
ޙަސަން
21 December 2017
ފާރު ވައްޓާލީމަ ގެއްލުންވާނި ކެލާ މީހުންނަށް. ގަމާރުމިގިލި
މާމިގިލީ
21 December 2017
ޢަހަރެމެން ބޭނުމެއްނޫން ތި ޕޯޓެއް
ރައްޒާން
21 December 2017
ވަޝާފާރަށަ އެކަނި 200 މިލިޔަން ޑޮލަރު ހަރަދު ނުވޭބާ އަނެއްކާ
އުތުރު
21 December 2017
ހިނި އަންނަނީ...މާމިގިލި މީހުންދޯ
މަހަށް
21 December 2017
މާމިގިލީގައި ހަދާ ބަނދަރުގެ ވަށާފާރު ވައްޓާލި ނަމަވެސް އެތަނުގައި ވިޔަފާރި ބަނދަރު ހަދާނަމޭ ތަމެން ޖެހޭނީ މަހަށް ދާން އެކަން ހުއްޓުވަން ބޭނުން ނަމަ އިނގޭ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ ދެން.
ރަދީފް
21 December 2017
ކަލޭ މީގެ ފަހުން އެއްވެސް ތަނަކުން މަސްގަނެގެން ބޭނުންނުކުރާތި.މަހަށް މަހަށޭ ކިޔާއިރު ލަދުކޮބާ؟؟ ސްޕޯޓްސް އަދި ރެކްރިއޭޝަނަލް ފިޝިންގ ، ކޮމާޝަލް ފިޝިންގ އެއީ ދުނިޔޭގަ ނުލާހިކު ކުރިއަރާފައިވާ ސިނާއަތެއްކަން ކަލޭއަށް ނޭނގުން އެއީ ހުރި ގަމާރުކަން ދޭހަވާކަމެއް.
އަސްތާ
21 December 2017
ހުރި ގަމާރު ކަމެއްގެ ބޮޑު ކަމާއެވެ! މަސްވެރިކަމަކީ ހަޑި މަސައްކަތެއްތަ؟ ނުވަތަ ދެރަ މަސައްކަތެއްތަ؟ ނޫނީ މަސްވެރިން ނަކީ މާދެރަ ބަޔަކީތަ؟ ބަލަގަ މި ދިވެހި ރާއްޖެ އަކީ މީ މަސްވެރިންގެ ތަނެއް! ދިވެހިންނަކީ ކަނޑު މަސްކައިގެން އުޅޭ ފަޚުރު ވެރި ބަޔެއް. ނިކަމެތި ކޮށްލާނަމޭ ހިތާ "މަހަށް ދާށޭ" ގޮވުމަކީ ތިމާގެ ހުރި ނާތަހުޒީބު ކަން.
ކަލޭ
22 December 2017
ކަލޭ ފުރަތަމަ މަހަށްދޭ 2018ގެ ފަހުން ކަލޭވެސް ޖެހޭނީ މަހަށްދާން