ރާޅުބޯއިގެ ފުރަތަމަ އަލްބަމް "އޮގަރު ކަނޑި އައްޑަނަ" ގެ ކަވަރު: މިއީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް.
24 ޑިސެމްބަރ 2017 - 06:36
ތަފާތު ރަހައެއްގެ ދިވެހި ލަވައެއް އަޑު އަހާލަން ބޭނު ނަމަ "ރާޅޭ" އަކީ ހަމަ އެންމެ ފައްކާ އެއް ލަވައަށް ވާނެ އެވެ. ލަވައިގެ ޅެމާއި ލަވަ ކިޔާފައިވާ ގޮތްގަނޑަށް ބަލާ އިރު، މިއީ އާންމުކޮށް އިވޭ ދިވެހި ލަވަތަކާ ތަފާތު ސްޓައިލެއްގެ ލަވައެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.
"ރާޅޭ" އަކީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި އޭނާގެ ބަރު އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖައްސުވާލި ޒުވާން ލަވަ ކިޔުންތެރިޔާ އަހުމަދު ނަޒީހް (ރާޅުބޯ) ގެ ފުރަތަމަ އޮރިޖަނަލް ލަވަ އެވެ. މި ލަވަ އާންމުންނަށް ދޫކޮށްލުމާ އެކު އެތައް ބަޔަކަށް ކަމުހިނގައްޖެ އެވެ.
"ރާޅޭ" އަޑު އަހާލަން ބޭނުން ނަމަ ލަވަފޮށިންނާއި ސައުންޑް ކްލައުޑާއި ޔޫޓިއުބުން ވެސް ލިބޭނެ އެވެ. ލޯބީގެ އަސަރު ގަދަ ވާހަކަތަކެއް ކިޔައިދޭ ލަވައިގެ ޅެން ވެސް އޭނާ ވަނީ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.
"ރާޅޭ" ލަވައިގެ ލިރިކްސް.
ލަވައިގެ ޅެމާއި ލަވައިގެ ރާގު އަޑު އަހާލުމުން ކުރީގެ ހަނދާންތަކެއްގެ ތެރެއަށް ވެސް ގެންގޮސްދެ އެވެ. އެގޮތުން "ރާޅޭ" ގައި ކުރީގެ މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ ލަވަތަކުގައި ހުންނަ ރަހަ އާއި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ ލަވަތަކުގައި ހުންނަ ކަހަލަ ޖާދުލެއް ގެނުވައިދެ އެވެ.
މިއީ ރާޅުބޯއި އަށް ވަރަށް ހާއްސަ ލަވައެއް ވެސް މެ އެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "އޮގަރު ކަނޑިއައްޑަނަ"ގެ ހަ ލަވައިގެ ތެރެއިން އެހުންތެރިންނަށް ދޫކޮށްލި ފުރަތަމަ ލަވަ ވެސް މެ އެވެ. ރާޅުބޯއި ބުނެފައިވާ ގޮތުގައި އަލްބަމްގެ ލަވައެއް ކޮންމެ ތިން މަހަކުން އާންމުންނަށް ދޫކޮށްލައި މުޅި ޓްރެކް ލިސްޓް ފުރިހަމަކުރާނެ އެވެ.
"އޮގަރު އައްޑަނަ ކަނޑި" ގައި ހިމެނޭނީ މުޅިން ވެސް އަމިއްލަ ރާގުގެ ދިވެހި ލަވަތަކެވެ. ހާއްސަ ކަމަކީ އާންމުކޮށް މި އިވޭ ދިވެހި ލަވަތަކާ ތަފާތުވުމެވެ. އެހެންވެ ދެން ހުރި ލަވަތަކަށް ވެސް އިންތިޒާރު ކުރަމާ ހިނގާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިއޮޕީނިއަން
25 December 2017
ސަޅި އަޑެއް އެކަމަކުވެސް ޕްރޯ ލަވަކިޔުންތެރިއަކު ކުރަންޖެހޭވަރަށް އަޑު ކޮންޓްރޯލްއެއް ނުވޭ އަދި.
ޙެހެ
25 December 2017
ފުރަތަމަ ނަޒަރުން ލޯބި ވެވިއްޖެ
ސަމާ
25 December 2017
އަޑު އަހާފިން. ފަހުގެ ތާރިޙެއްގައި އަޑުއެހުނު އެންމެ ރީތި ދިވެހި ލަވަ. އަޑުއަހާލަން ވަރަށް ހިތްގައިމު
ސުމާ
24 December 2017
ވާވް. އަންބިލީވަބަލީ ބިއުޓިފުލް ސޯންގް. އަސްލުކޮށް ހަމަ ވ ވ ވ ރީތި. އަސްލު ހީ ނުކުރަން މިލަވަ މިހާ ކަަމުގޮސްދާނެކަމަކަށް. ހިންދީ އަދި އިންގްލިސް ލަވަތަކުގެ ރަހަވެސް ލައިފި މިލަވަ ހެޑްސެޓް ޖަހާގެން އަޑުއަހާލީމަ. ދިސް އިޒްދަ ޗޭންޖް ވީވޯންޓް ޓު ސީ
ތަރަބެ
24 December 2017
އަޑު އަހާކަށް ބޭނުމެެއް ނޫން
ރާޅު
24 December 2017
ތިބުނާވަރު ލަވައެއް ނޫން ....