ކެންދޫ ބަނދަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން، ހައުސިން މިނިސްޓަރު ޑރ. މުއިއްޒާ ސަލާމްކުރައްވަނީ. --ފޮޓޯ: ސޯޝަލްމީޑިއާ
25 ޑިސެމްބަރ 2017 - 16:08
މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް، ރާއްޖޭގެ ކުރީގެ ރައީސުންނަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ބ. ކެންދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ބްރިޖުގެ ގިނަ މަސައްކަތްތައް ނިންމާފައިވާއިރު، ބްރިޖް ހުޅުވަން ޝެޑިއުލްކޮށްފައި ވަނީ ޖުލައި، 26، 2018 ގަ އެވެ.
އުތުރުގެ ތިން އަތޮޅަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކެންދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާއިރު، ތަރައްގީ އަށް ހިންގާ މަޝްރޫއުތައް ނުފެންނަ ކަމަށެވެ. ކެންދޫގައި ބަނދަރު ހެދުން ފަދަ މަސައްކަތަކީ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ކަމަށާއި ރަށްރަށަށް ވަޑައިގެން ބައްލަވައިފި ނަމަ ބަނދަރާއި ފުޓްސެލް ދަނޑު ފަދަ ތަންތަން ނުފެންނަ ކަމަށް އެއްވެސް ލީޑަރަކަށް ވިދާޅުނުވެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މި ހުރިހާ ސިޔާސީ ލީޑަރުންނަށް [ތަރައްގީގެ މަޝްރޫއުތައް] ފެނިވަޑައިގަތުމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު ބްރިޖް ހުޅުވާއިރު ތިޔަ ހުރިހާ ސިޔާސީ ލީޑަރުން، ކުރީގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވާނަން ބްރިޖަށް ވަޑައިގެން އަޅުގަނޑާ އެކީގައި ބްރިޖް ހުޅުވަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އެ ދުވަހު އަޅުގަނޑު، އަޑުއަހަން ބޭނުންވާނެ އެ ބޭބޭފުޅުންގެ އަރިހުން އެ ބޭފުޅުންނަށް އެ ބްރިޖް ފެނިވަޑައިގެންނެވިތޯ؟."
ރައީސް ޔާމީން، ކެންދު އަށް ވަޑައިގެން ތުއްތު ކުއްޖަކާ މިއަދު ވާހަކަފުޅު ދައްކަވާލައްވަނީ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރަށްރަށުގައި ނިންމަމުންދާ މަޝްރޫއުތަކުގެ ތަފްސީލު ސިޔާސީ ލީޑަރުންނަށް ރައްޔިތުން ދޭން އެބަޖެހެ އެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ބަޖެޓަށް ވޯޓު ނުދެއްވަނީ ރައްޔިތުން ބޭނުންވާ ކަންކަމާ މެދު ވިސްނަވާފައިތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް ވޯޓު ނުދެއްވަނީ، ބަޖެޓު ކަމުނުދާތީ ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން ބޭނުން ނުވާތީ ކަމަށާއި އެހެން ނޫން ނަމަ، ބަޖެޓުގައި ހުރި ކަންކަން އިސްލާހުކޮށްގެން ނަމަވެސް ވޯޓު ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮލާންގީ
12 July 2018
ކުރީގެ ރައީސުންނަށް ކޮންގޮތަކުން ދައުވަތުދޭނެ ވާހަކަ ތިޔަ ވިދާޅުވަނީ؟ މަތީފަޑީގައި ތިބި އެންމެން ތިބީ ކުޑަގޮޅީގައި؟ ދެން އެމީހުން ބިޑިއަޅުވައިގެން ގެނެސް ތިޔަ ރަސްމިއްޔާތުގައި ބައިތިއްބަނީ ޔާމީނުގެ ބޮޑާ ކަމާއި ފޮނިކަމާއި ނުލަފާކަން ދައްކަންތަ؟
ބަލަމަ
26 December 2017
ކުރީގެ ރައީސުންނަށް ރާއްޖޭގަފާހަގަކޔރާ މުހިއްމު ދުވަސް ތަކުގަ ދައުވަތު ނުދީފަ ދެން ކީއްކުރަން ރައްޔިތުންގެ ބޮލުގަ ބޮޑުދަރަންޏެއްގޮތަށް ހަދާ ބުރިޖު ހުޅުވަް ދައުވަތު ދެނީކީ. ދައުވަތުދީ ތި ބުރިޖުން އަދި މިސަރުކާރުގެ ކޮރަޕްޓް ކަންތައްތަކުން ފައިދާވާ ބަޔަކަށް.... ބުރިޖު މައްޗަށް ބުރިޖު އެޅިޔަސް ވައްސަލާމް....
ތެޅޭތެޅޭ.
26 December 2017
ދައްކާނެވާހަކަ ހުސްވެގެން ކޮސް ގޮވަނީ.
ތަކުރާރޭ
26 December 2017
އެއްވެސް މީހަކު ނޫޅޭނެ ލޯނު ނަގައިގެން ބާޒާރުގެ އަގަށްވުރެ 50% ބޮޑު އަގު ދިނީމަ ޕްރޮޖެކްޓްސް ނުހިންގަ ދޭނެ މީހަކު. ތި އެއްވެސް ކަމެއްގަ މިނުކުފާނުގެވެސް އަދި ވަޒީރެއްގެވެސް މޮޅު ކަމެއް ނެއް. މޮޅު ކަމެއް އޮތިސް ދެމެހެއްޓެނިވި ކަންކަން ރޭވިފައިވާ ސިޔާސަތަކުން އިގްތިސާދުގެ ބޭސް (އާމްދަނީއެތެރެވާ މަގުތައް) ފުޅާވާނެ ކަންތައް ތަކެއް ކުރިނަމަ. މިސާލަކަށް ނަގަންބުނި ތެޔޮ. ޢެކަމެއް ނުވެ، ބޮޑު ލާރިޔެއްވެސް އަދިއެއް އެތެރެއެއް ނުކުރެވެ، ހުސް ބޭރު އެކުރަނީ އެވެސް ބޮޑުއަގުގަ.
ބުނި
26 December 2017
5 އަހަރުން އެއްފަހަރު ކޮންމެވެސް ރަށެއްގައި ބަނދަރެއް އަޅައިދޭން ގޮސްފައިބުނާނެ ތިމަންނާނޫންމީހަކަށް ވޯޓުލައިފިއްޔާ މިބަނދަރެއްވެސް ނޭޅޭޔޭ އެހެންވެ ރަށްފުށު ރައްޔިތުން އެބަނދަރު ލިބޭތޯ ނިކަން އުފަލުންތިބެ ވޯޓުލައިދޭނެ އެއީ ރާއްޖޭގެ ލޮޖިކް އެކަމަކު އެ ފަސްއަހަރުނެމޭއިރު އެކަމެއްނުވާނެ ދެން އަނެއްކާވެސް އެރަށަށް ގޮސް ބުނާނެ މިހާރު މިކަޑަޖަހަނީއޭ މިފަހަރު ބިންވެސް ހިތްކައިގެނޭ ބަނދަރު ހަދާނީ ދެން އަނެއްކާވެސް ހުރިހާ ރައްޔިތުން ސަފުހަދައިގެން އަތްޖަހައި ވޯޓުލައިދޭނެ މީހަމަ ހަގީގަތުގަވެސް ރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރުތޯ ހަމައަހާލީ ގައިމު މާލޭމީހުން ހުރިހާމަގުތަކަށް އެއްވެ ސަފުހަދައި އަތްޖަހައިގެނެއްނޫން މާލެ އުޑާހަމަޔަށް އަރައިގެން މިއުޅެނީ މަށަށް ހަމަ ނޭންގޭތީ އަހާލީ ކޮންމެވެސް ބޭފުޅަކު މިވާގޮތެއް އަޅެ ބަލާލަދީބަލަ
ޖަމީ
26 December 2017
އާއްމުކޮށް ގިންމީހުން ޖަލްސާތަކަށް ގޮސްއުޅެނީ ވަޒީފާގެ ބިރަށް އެކަމަކު ކުރީގެ ރައީސުންނަކީ މިހާރު ވަޒީފާއެއްގައި ތިއްބެވި ބޭފުޅުންނަށް ނުވާތީ ދިޔަތަނުން ފެންނާނެކަމަކަށް ނުބެލެވޭ ގިނަބޭފުޅުންވެ ވަޒީފާ މިހާރު އޮތީ ޖަލުގައި ދެއްތޯ
މަމެން
26 December 2017
ރަށްރަށުގެ މީހުން "ފަސްކުޅަނދު" މަދޭ ކިޔަނީ ކަމެއްވީމަ. މާލޭގައި ބްރިޖެއް އަޅާފައި ޕާކް ހެދީމަ ތަމެންނަށް ވަނީ ކޮން ފައިދާ އެއް. ދެން ކޮންމެ 10 އަހަރުން އަހަރަކު ރަށުގެ މަގެއް ހެދީމަ ތިބޭނެ ރައީސް ވަޑައިގަންނަވާއިރަށް ސަފު ހަދައިގެން އަޅު ސަނާ ކިޔަން
އަދީބު
26 December 2017
ބޭރުގެ ޕްރެޝަރު އަންނަން ފަށައިފި ކަލޯ. ބްރިޖޯ. އިންތިޚާބަށް ވާއިރަށް އެންމެން މިނިވަން ކުރަން ބައިނަލްއަޤވާމީ ޕްރެޝަރު އަންނަނީ.
ރެޓޭ
25 December 2017
މަށަށް ހީވަނީ ތިބުރިޖް ހުޅުވޭއިރު ޔާމީނު ވެރިކަމުގަ ނުުހުންނާނެހެން! އެހެންވީމާ ކޮންމެވެސް އެހެން ރައީސަކު ޖެހޭނީ ޔާމީނުއަށް ދައުވަތު ފޮނުވަން!
ފާތުން
25 December 2017
އިދިކޮޅު ސިޔާސީ ލީޑަރުންނަކަށް އެކަންޏެއް ނޫނޭ ތިބުނާ ތަރައްގީއެއް ނުފެނިގެން މިއުޅެނީކީ. އެތައް ރައްޔިތުންނެއްވެސް އެބަތިބި ތިތަރައްގީ އެއްގެ އިންތިޒާރުގަ، އެކަމަކު ފެންނަކީ ރައީސް އާއި މެޑަމްގެ ކައިރީގަ އެނބުރޭ މީހުންނަށްއެކަނި ތިތަރައްގީ ލިބޭތަން. އެހެން މީހުން މިޖެހެނީ ސަލާން ޖަހަން.