ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑާއެކު އެމްއޯޔޫގައި މިއަދު ސޮއިކުރެއްވުމަށް ފަހު، ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އެ ފަންޑުގެ ޑިރެކްޓަ ޖެނެރަލް ސައިފް އެއްބަސްވުން ބަދަލުކުރައްވަނީ.
25 ޑިސެމްބަރ 2017 - 20:10
ނ. އަތޮޅުގައި އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ނުވަތަ އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އަބޫދާބީ ފަންޑާއެކު ސޮއިކުރެއްވީ، ސިޓީ ހޮޓަލަކާއެކު މާފަރުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އެޅުމަށާއި ނ. އަތޮޅަކީ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަދި ޑިޖިޓަލް ސްކޫލް ޕްރޮގްރާމަށް އެ ފަންޑުން އެހީވުމުގެ އެއްބަސްވުމެއްގަ އެވެ.
މި އެއްބަސްވުމުގައި އަބޫދާބީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސައިފް އަލީ ސައީދެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މިނިސްޓަރު ޒަމީރު "މިހާރު" އަށް ވިދާޅުވީ މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ އަޅައިދޭނެ ކޮންޓްރެކްޓަރަކު ވެސް އަބޫދާބީ ފަންޑުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތް އެ ފަންޑުން ހަވާޅުކޮށްފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޯފްޝޯ އިންޖިނިއަރިންއާ އެވެ. އެ މަސައްކަތް އެ ކުންފުނިން ކުރަނީ އެހެން ކުންފުންޏަކާ ގުޅިގެން ކަމަށް ވެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް ސައިފް، އެމްއޯޔޫގައި މިއަދު ސޮއިކުރައްވަނީ.
އެއާޕޯޓާއި ސިޓީ ހޮޓާ އަޅައިދޭނެ ބަޔަކު އަބޫދާބީ ފަންޑުން ކަނޑައެޅީ އެކަން ކޮށްދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި ހިންގާ މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ޒަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
"މި އެއާޕޯޓުގެ މަސައްކަތް ނިންމަންޖެހޭ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް. އޭގެ ފަހުން އެތަން ދިވެހި ސަރުކާރާ ހަވާލުކުރުމާއެކު އަޅުގަނޑުމެން ކަނޑައަޅާނަން އެއާޕޯޓް ހިންގާނެ ބަޔަކު،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މާފަރު އެއާޕޯޓް އޮޕަރޭޓް ކުރާނީ، އެތަނާއެކު އަޅާ ސިޓީ ހޮޓާ ހިންގާ ބައެކެވެ. ސިޓީ ހޮޓަލުގެ ބޭނުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓް ހިންގުން ފީޒަބަލް ކުރުމެވެ. ނަމަވެސް ސިޓީ ހޮޓާ ހިންގާނެ ބަޔަކު އަދިއެއް ނުނިންމަ އެވެ.
ޒަމީރު ވިދާޅުވީ އެންމެ މަތީ ފެންވަރު ނުވަތަ އަލްޓްރާ ލަގްޒަރީ ޓޫރިޒަމްގެ ޒޯނެއްގެ ގޮތުގައި ނ. އަތޮޅު ތަރައްގީ ކުރުމަކީ ރައީސް ޔާމީން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެހެންވެ ޒަމީރު ވަނީ މިކަމާ ގުޅޭ ގޮތުން ޔޫއޭއީގައި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ ބައެެއް ފަރާތްތަކާ ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
"އަބޫދާބީ ފަންޑާއެކު ޓޫރިޒަމް ޑިވެލޮޕްމެންޓް ކުރުމުގެ އެމްއޯޔޫއެއްގައި މިއަދު މި ސޮއިކުރީ ވެސް އެ ބޭނުމުގައި. އަބޫދާބީ ފަންޑުން ކޮށްދޭނެ ކަމަކީ އިންވެސްޓަރުން ނ. އަތޮޅަށް ގެންގޮސްދީ، ފުރުސަތުތައް ކިޔައިދިނުން،" ޒަމީރު ވިދާޅުވި އެވެ.
މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑުން ސޮއިކުރުމަށް ފަހު، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އެ ފަންޑުގެ އެހެން ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.
"ޔޫއޭއީގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކަށް އަޅުގަނޑު މިއަދު މި ކިޔައިދިނީ ނ. އަތޮޅުގައި އަލްޓްރާ ލަގްޒަރީ ޓޫރިޒަމަށް ހުރި ފުރުސަތުތަކާއި ލިބޭނެ ފައިދާތައް. އެބޭފުޅުންގެ ޝައުގުވެރިކަން ވެސް އެބަހުރި. އަންނަ ޖެނުއަރީ މަހު އެ ބޭފުޅުން ނ. އަތޮޅަށް ވަޑައިގެން ބައްލަވާފައި ގޮތެއް ނިންމަވާނެ."
ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަން އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން މި ސޮއިކުރީ، ރައީސް ޔާމީން އެންމެ ފަހުން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ޔާމީން މިދިޔަ އޮކްޓޯބަރު މަހު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި، ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާއާއެކު ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް ޔާމީން އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ނ. ހެނބަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ސިޓީ ހޮޓަލަކާ އެކު ތަރައްގީކުރާ މާފަރު އެއާޕޯޓަކީ ސަރުކާރާއި ޔޫއޭއީގެ ގުޅުން ރަމްޒުކޮށްދޭނެ ހަދިޔާއެއް ކަމަށެވެ.
މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ އެޅުމަށްޓަކައި މިހާރު ވަނީ ބިން ވެސް ސާފުކޮށް ނިމިފަ އެވެ.
ނ. މާފަރު އެއާޕޯޓް ފުރަތަމަ ހަވާލުކުރީ، ހާމިދު އިސްމާއީލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުން އުވާލައި އެ މަސައްކަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިއްސާވާ ސަން ސިޔާމްސް ރިސޯޓްސްއާ އެވެ.
އެ ކުންފުންޏާ ހަވާލުކުރީ އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލަކާއި އެއާޕޯޓު ސަރަހައްދުގެ ފަޅުތެރެ އިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާ ގޮތަށެވެ. އަދި އެ ކުންފުނިން ހުށަހެޅީ 1،800 މީޓަރުގެ ރަންވޭއަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމަނައިގެން ތަަރައްގީ ކުރުމަށެވެ.
ސަރުކާރުން ބުނެފައި ވަނީ މާފަރު އެއާޕޯޓް މަޝްރޫއު ސަން ސިޔާމްސް އަތުން ނެގީ، ދުބާއީ ފަންޑުގެ ހިލޭ އެހީ ލިބުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
26 December 2017
މިއީ ކަމުނުދާކަމަކީ، ރައީސް އަބޫދާބީއަށް ވަޑައިގެން ވިޔަފާރިވެރިންނާއި ބައްދަލުކޮށް ނ.އަތޮޅުން ބައެ ވިއްކަވާލައްވާފައި މިވިދާޅުވީ 60 މިލިއަން ޑޮލަރު ހަދިޔާއަކަށް ދެއްވައިފިއޭ، ދެން މިވިދާޅުވީ މިހާރު ސިންގަޕޫރުގެ އޮފްޝޯ ކުންފުންޏަކާއި މަސައްކަތްވެސް ވަނީ ހަވާލުކުރެވިފައޭ، މިއަދު ސަރުކާރާއެކުގައި ސޮއިކުރީ އެކަމަކު އޭގެ ކުރިން މިއޮތީ ސިންގަޕޫރުގެ ބަޔަކާއި އެތަން ހަދަން ހަވާލުކޮށްފައި، ތިޔަކުންފުނީގެ ވެރިންނަކީ ކޮންބައެއްތޯ؟ ނ.އަތޮޅުން ކޮންތަނެއްތޯ ވިއްކަވާލައިގެން ތިޔައުޅުއްވަނީ؟ ރައީސް އިސްކޮށް ހުންނަވައިގެން ރައީސް އޮފީހުގައި އެވިދާލުވާ މަޝްވަރާކުރައްވާ އީވައިސީ އިން ހިންގާ މިފަދަ ހުރިހައި ކަމެއް ނިންމަނީ ރައީސުލް ޖުމްހޫރިއްޔާ ރިޔާސަތުގައި އިންނަަވައިގެން، ތިޔަ ހުރިހަިއ ފައިސާއެއް އަދި ދިވެހިން ހޯދާނެ، މިފަހަރު ރަނގަޅަށް ހޯދާނެ
ފެނޭދޯ
26 December 2017
އެމްޑީޕީން ހަމަ ހޭރި ހޭރި ތެޅި ތެޅި ތިބެން ޖެހޭނީ އިންޑިއާ ކުރިއަށް ނެރެގެން އިންޑިއާ މެދުވެރިކޮށް މަމެންނަށް ފިއްތުން ފިއްތައިގެން ކެނެރީގެ ނަޝީދަށް 2018 ގެ ރިޔާސީ ކެންޑިޑޭޓް ކަން ހޯދައިދޭން ތަމެން ތިބޭ ނަމަ އެކަން ހަނދާން ނައްތާލާ ތަމެން ދަގަ ކާށި ހޮވަން ރަށު ތެރެއަށް. މަމެން ޕިންކީން އެހީ ހޯދާނީ ޔޫއޭއީ އާއި ސައުދީ އަދި ޗައިނާ އިން ނެވެ.
ސައްޔާހް
26 December 2017
އައިހެވަން އެސްއީޒެޑް ، އެކި ނަން ކިޔާފައި އަނބުރަނީ އެއް ގޭސް ގަނޑެއް. މުސްތަގުބަލުގައި ރާއްޖޭގެ އިންފްލޭޝަން ޑަބަލް ވާނެ. ސިއްހީ އަދި ދަތުރު ފަތުރުގެ އަގު އިންތިހާއަށް ބޮޑުވާނެ. ސަބަބަކީ ރާއްޖޭގެ އުފެއްދުންތެރި ކަން ދައްވަމުންދިއުން އަދި މިހާރު ނަގަމުންދާ ލޯން ތަކަށް ފައިސާ ދައްކަންޖެހޭ އިރު އަގު ތައް އުފުލުން. ރާއްޖޭގެ ރިސޯޓް ތަކުގެ ރޭޓްތައް ދަނީ ހެސްކިޔާފައި ދައްވަމުން. އޭގެ ސަބަބުން ލިބޭ ސާވިސް ޗާޖުވެސް ދަނީ ދަށަށް. ކުރިން 800 ޑޮލަރު ލިބުނު ރިސޯޓް ތަކުގެ ސާވިސް ޗާޖު 400-500 އަށް ވަނީ ދައްވެފައި.
ސައްޓު
26 December 2017
ތިޔަ ލަވަ ކިޔާތާ މިހާރު ކިތަންމެ ޒަމާނެއްވެއްޖެ. ބަދަލެއްނާދޭ. ލޯނުވެސްނަގާ އެހެން ސަރުކާރުތަކުން ނަގާފަހުރި ލޯނުވެސް ދައްކަމުން އެދަނީ. އިންފްލޭޝަން އެހެރީ އެއްވަރެއްގައި ހިފެހެއްޓިފައި. ތިޔަ ފޯކާސްޓްތަކަކީ ހޮޅުއަށީގައި ތިބެގެން މީހުން އަގަގޮއްވަން ތަޅަމުންދާ ފުލޯކް ފޯކާސްޓްތަކެއް.
ފާތުން
26 December 2017
ވޯލްޑް މަނިޓަރީ ފަންޑުން ދިވެހިރާއްޖެއާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި މިއަހަރު ބުނެފައިވަނީ، ރާޢްޖޭގެ އުފެންދުންތެރިކަމުގެ މިންވަރު 6 ޕަސެންޓަށް އިތުރުވާނެކަމަށް، ސައްޔާހްއަކީ ކާކު ކަމުގެ މާހިރުންދީފަ ހުންނަ ލަފައަށް އަދި ކަންކަން ހިނގާގޮތަށް ނުބަލާ ސްޓެޓިސްޓިކްސްއަކީ ތިމާގެ ސިކުނޑި ކަމުގައި ދެކޭ މީހުންނަށް ފަންނީ ކަންކަމުގައި ބޮޑުބަސްބުނަން. ސަރވިސް ޗާޖުގެ މައްޗަކަށް ނޫން ، އުފެއްދުންތެރިކަން ކަލްކިއުލޭޓް ކުރަނީ، އެއީ، އާބާދީއާއި، ލިބޭ އާމްދަނީއަށް ބަލާ ކަލްކިއުލޭޓް ކުރާއެއްޗެއް. އިންފްލޭޝަން ކަލްކިއުލޭޓް ކުރަނީ، ބާޒާރުގެ ތަކެތީގެ އަގުގެމައްޗަށް.
އިބޫއަލީ
26 December 2017
ޔާﷲ މި އަނިޔާ ވެރިކަމުން މި ގައުމު ސަލާމަތް ކުރައްވާށި... މި ގައުމު ފޮތިފޮތިވެ ބައިތައް ބޭރުގެ ވިޔަފާރި ވެރިން ކިބައިނ ސަލާމަތް ކުރައްވާށި،...
ޖެޑް
26 December 2017
ނޫނު އަތޮޅު މީހުންނަކީ ވަރަށް ނަސީބުގަދަބަޔެއް. ޔޫއޭއީ ފަދަ މުއްސަދި ޤައުމަކުން ނޫނު އަތޮޅުގައި ތަރައްޤީގެ ބޮޑު ޕުރޮޖެކްޓެއް ހިލޭ އެހީގެ ދަށުން ހިންގަން ނިންނި ނިންމުން ވެގެންމިދިޔައީ އެއަތޮޅުގެ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމެއްކަންޔަޤީން. މިފަދަ ފުރުސަތު ފާފު އަތޮޅަށްވެސް ލިބިގެންދިޔަ އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގެ ނޮހޮރުއްޕާނާހުރެ އެފުރުސަތު ގެއްލިގެން ދިޔަކަމީ ފާފު އަތޮޅުގެ ރައްޔިތުންނާ އެ އަތޮޅުގެ ތަރައްޤީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ދެރައެއް. ސިޔާސީ މަޤްސަދެއް ހާސިލްކުރަންވިޔަސް ރައްޔިތުންގެ ލާބަޔާއި މަންފާޔަށް ކުރެވޭކަންކަން ހުއްޓުވާފަ ސިޔާސީ މެޑެލްޖެހިޔަސް އޭގެން އެއްވެސް ފައިދާއެއް ރިޔާސީ އިންތިހާބްގައި ނުކުރާނެކަން އިދިކޮޅު ފަރާތްތަކަށް ނޭންގެނީބާ....
ސޯފާރ
26 December 2017
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި އަބޫދާބީ ފަންޑާއެކު ސޮއިކޮށްފި ނަމަ އެއީ އުފާވެރިކަން ހިތަށް ގެނެސްދޭ ކަމެކެވެ. މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގައި އެކަނިއޭ މަމެންގެ ގައުމަށް ގަލްފް ގައި ހުރި މުއްސަނދި ގައުމު ތަކުން ލާރޖް ކޮށް ހިލޭ އެހީއާއި އަދި ލާރޖް ކޮށް ލޯން އެހީ ލިބެމުން ދަނީ. އެމެން އެމްޑީޕީ ވެރިކަން ކުރިއިރު ފަޑުއްކަ ބީރު ބޮލު ބޮޑޭ މެންނާއި ގުޅިގެން އުޅުމުން ބީރު ބޮލު ބޮޑޭ މެންނަށް ދެވުނު އެހީއެއްވެސް ނެތް އަދި ލޯން އެހީ އެއްވެސް ނެތް. އެއީ ރޭޕް ކެޕިޓަލް ދޯ. އެމެން ރަންރީނދޫ ބޮޑޭ މެން މިއަދު އެތިބީ ވަރަށް ދުރަށް އެއްލާލެވިފައޭ 13 އަހަރު ދުވަހަށް. ދެން އެމެންނަށް ނާދެވޭނެއޭ ރާއްޖެ އަށް ދުވަހަކު ވެސް. ނައު ވެއަރ އާރ ޔޫ ވެން އެއިޓީން މޫން ސީންގް ރޭސް ސްޓާރޓެޑް. ޔޫއާރ ސޯ ފާރ އަވޭ ފްރޮމް މީ ސޯ ފާރ އަވޭ ފްރޮމް މީ. އައި އޭމް ޓަޔަރޑް އޮފް ހިއަރިންގް ދަ ހޯކްސް ސްޓޯރީ އޮފް ކްރިޓިކްސް. ދޭއާރ ސޯ ފާރ އަވޭ.
ޟަވިތަ
26 December 2017
މިކަލަ މަޝްރޫއައް ސޮއި ކުރާއިރު އަހަރެން ވަނީ ދެރަ އެއީ އަޅުގަނޑައް އެބަ ވިސްނޭ މިކަހަލަ ވެރިންނާ ހެދި ގައުމައް ލިބޭ ގެއްލުން....
އިޙްސަ
26 December 2017
މަ ރައީސް ޔާމީނަކަށް ވޯޓެއް ނުދެން. އެހެނަސް މިހާރު ރައީސް ނ.އަތޮޅު ތަރައްގީ ކުރައްވަން ވ.ބޭނުންވާކަމީ ނުހަނު އުފާކުރާކަމެއް. މިކަމުގަ ކުލަޖެހޭތީ ވެސް އުފާކުރަން. ރައީސްއަށް ދަންނަވަން އޮތީ ނ.ފޮއްދޫގައި ކިތަންމެ މީހުން މަދަސް ލަފާފުރާނެ ފަސޭހަގޮތެއް ހައްދަވައި ދެއްވާށެވެ. އަޅަމުންދާ ފާލަންވެސް އަވަހަށް ނިންމަވާދެއްވާށެވެ. އޭރުން މަގޭ ވޯޓުވެސް ރައީސްއަށްކަން ޔަގީނެވެ.
ޖަމީ
26 December 2017
މިދިޔަ ފަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް އައިހެވަންއާ ތެޔޮނަގާތަނާ ތަންތަން 3 ޑީ ކޮށްފެނުނު މިފަހަރު 3 ޑީ ހަދާލަދޭނެކުއްޖެއްނެތްތައަޅެ
މަނަދޫ މީހާ
26 December 2017
އަލްޓްރާ ލަގްޒަރީ ޓޫރިޒަމް. މިއީ އަނެއްކާ ކިހާވަރެއްގެ ޓޫރިޒަމެއްބާ. އަދި ނޭނގޭ ހަމަ މި ވަނީ ކިހިނެއް ކަމެއްވެސް. ސޮއި ކުރުން މިއޮތީ. އަލްޓްރާ ލަގްޒަރީ ޓޫރިޒަމަކީ ޓޫރިޒަމުގެ ކުންނު ތޯއްޗެ. ތިޔަފަދަ ކަންކަން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. ކުރިންވެސް އެތައް ބައެއް ސޮއި ކުރުވީމަ އިތުބާރު ގެއްލިފަ މިތިބީ. މިފަހަރުވެސް ބަލަމާ.