ލިންކް ރޯޑްގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލަންސަށް އަރުވަނީ. ފޮޓޯ: ފޭސްބުކް
26 ޑިސެމްބަރ 2017 - 17:45
އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި އުމުރުން 13 އަހަރުގެ ކުއްޖާ މަރުވެއްޖެ އެވެ.
މި އެކްސިޑެންޓްގައި ލިބުނު އަނިޔާގައި މަރުވީ ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމް އެވެ. އެ ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހަވީރު 4:50 ހާއިރެވެ.
އޭނާގެ އިތުރުން މި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނީ ސ. މަރަދޫ، ހިރުނދުގަސްދޮށުގޭ ހުސެއިން އަނަސް އަށެވެ.
މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓްވީ މަގުގެ އެއްކޮޅަކަށް ދުއްވާފައި ދިޔަ ދެ ވެހިކަލްގެ ތެރެއިން ކުރީގައި އިން ސައިކަލްގެ ފަހަތުގައި ޕިކަޕް ޖެހިގެން ކަމަށެވެ. މި ހާދިސާ ހިނގިއިރު، ސައިކަލްގައި ތިބީ މަރުވި ކުއްޖާ އާއި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ޒުވާނާ އެވެ.
އެ އެކްސިޑެންޓްވި ޕިކަޕަކީ އެންވަޔަރުމެންޓް މިނިސްޓްރީން އައްޑޫގައި ބޭނުން ކުރާ އުޅަނދެކެވެ. މި ހާދިސާގައި އޭގެ ކުރިކޮޅަށް ގެއްލުންތަކެއްވެފައިވާ އިރު، ސައިކަލަށް ވެސް ގެއްލުންވި އެވެ. އެ އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެ މީހުން ތިބީ ހެލްމެޓް ވެސް އަޅައިގެން ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
28 December 2017
ސަރުކާރު ޕިކަޕެއްގައިވެސް އިންނަނީ މީހެއް އެއީ އޭނާގެ ވަޒީފާ. އޭގެ މާނަޔަކީ ސަރުކާރު އޭގަ ޒިންމާ ނަގަންޖެހޭނެ އެކޭ ނޫްން.
ވަޖީހް
27 December 2017
ތީގަ ޕިކަޕް ޑުރައިވަރައް ދައުވާ ކުރެވެން ޖެހޭނެ. ފަހަތުން އައިސް ޖެއްސީ. ގަވައިދުން ދުއްވަން ވާ ސްޕީޑް ލިމިޓް ގަ 10 ފޫޓް ދުރުން ދުއްވާފަ އައިނަމަ ތިވަރެއް ނުވީސް.
ހެހެ
27 December 2017
ދަންވަރު ކީއްކުރަން. މެންދުރުދަޅައިގަ އިސްކަންދަރު ކޮށި ކުރިމަތިން ދިޔަޔަސް އަޅާލާނެ މީހަކު ނުހުންނާނެ.
ކޮލެޖް ބޯއީ
27 December 2017
ކޮމެންޓް ތައް ލިޔެވެނީ ސައިކަލް ކުއްވެރިކޮށްފަހެން ހީވަނީ. ހަގީގަތަކީ ސައިކަލްގެ ފަހަތުން އައި ސަރުކާރުގެ ޕިކަޕެއް ސައިކަލްގެ ފަހަތުގައި ޖެއްސީ. ދުއްވާފައި ދާ ދެ އުޅަނދެއްގެ ދޭތެރޭ ވަކި ދުރުމިނެއް ހުންނަން ގަވައިދު ހަދާބަލަ
ހައިސަމް
27 December 2017
ކޮލެޖް ބޯއީ އަތުގަ ލައިސަން އޮވޭތަ. ގަވައިދުގަ އޮންނާނެ ފަހަތުން އަންނަ އުޅަނދު ދުއްވަން ވާނީ 10 ފޫޓް ދުރުމިނުގަ ކަމައް.
ސަކިންތަ
26 December 2017
ބާރު ސްޕީޑްގައި ދުއްވުން ހުއްޓުވުމަކީ ކުރެވިދާނެ ކަމެއް އެކަން ކުރެވޭނެ ވަރުގެ ޤާބިލުކަން ސާވް އެންޑް ޕޮރޮޓެކްޓު ކުދިން ގައިގަ ހުންނާނެ!
އަލީ.
26 December 2017
އަޅޭ ކިހާދެރަ ޕިކަޕު ސައިކަލުގަ ޖެހުނު ސަބަބު ހޯދަންޖެހޭ ފަހަތުން ދާއިރު ވަކިވަރަކައް ދުރުމިން ހުންނަންޖެހޭނީ
ޯކޖޖވ
26 December 2017
200 ކިލޯ މީޓަރު ބާރު މިނުގަ ތި ވެހިކަލް ދުއްވާފަ ގޮސް އެކުދިން ގައިގަ ޖެއްސި ކަމަކީ ހަގީގަތް.. ސަރުކާރު ވެހިކަލަކައް ވިސް މިވާހަކަ ދައްކަން ޖެހޭ.. އިންސާފު ލިބެންޖެހޭ!!!
ސުވާލެއް
26 December 2017
އެއްކޮޅަށް ދުއްވާފަ ދިޔައިރު ސައިކަލުގެ ފަހަތުން އައިސް ޕިކަޕް ޖެހުނީމަ ޕިކަޕް ދޯ ބާރަށް ދުއްވިކަމަށް ވާނީ؟ އޯވަޓޭކް ކުރަން އުޅެނިކޮށްތަ؟
އަލިބެސި
26 December 2017
ތި ފަހަތުން އައިސް ޖެއްސި އެތި ދުވަން އިންމީހާ މީހަކު މެރި ކަމުގެ ދައުވާ ކުރަން ޖެހޭ ތީ އެކްސިޑެންޓެއް ތޯ ނުވަތަ ގަސްތުގަ ކުރިކަމެށްތޯ ބަލަން ފުލުހުން ނަށް ގޮވާލަން މިހެން މިބުނީ އެއްކޮޅަށް ދުއްވާފަ ދިޔަ ދޭތި ފަހަތުން ގޮސް ޖެހުމަކީ ވަރަށް ނާދިރު ކަމެށް
އަލީބެ
26 December 2017
މާލޭގަ ދަންވަރު ކަންމަތީ ގްރޫޕްގެ ޒުވާނުން ބާރަށް ސައިކަލް ދުއްވުމަކީ އާއްމު ކަމެއްކަން ނޭނގޭ މީހަކު މަދުވާނެއެވެ. ސުވާލެއް ނުކުރެއެވެ.