ރާއްޖެއަށް މުދާ އުފުލާ ކޮންޓެއިނަރުތަކެއް މާލޭގެ ވިޔަފާރި ބަނދަރުގަައި. މިދިޔަ މަހު ބަޖެޓް ވަނީ ކުޑަތަންކޮޅެއް ސާޕްލަސްވެފައި - ފޮޓޯ: މިހާރު
28 ޑިސެމްބަރ 2017 - 13:58
މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް މިއަހަރުގެ ތެރޭގައި ކުރި ޚަރަދާއި ލިބުނު އާމްދަނީ އަށް ބަލާއިރު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ ކުޑަ ތަންކޮޅެއް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި، މިދިޔަ މަހު ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހަރަދު ވެފައިވަނީ 18.01 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް 277.6 މިލިއަން ރުފިޔާ އިން ބަޖެޓް އަރަނިވެރިވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓް ވަނީ 6.7 ބިލިއަން ރުފިޔާ އިން ދަރަނިވެ އެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅި މި އަހަރުގެ ބަޖެޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 22.2 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓާ ބެހޭ ގޮތުން މަހަކު އެއް ފަހަރު އާއްމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނީ 17.9 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ރިކަރަންޓް ހަރަދަށެވެ. ރިކަރަންޓް ހަރަދަށް 13.03 ބިލިއަން ރުފިޔާ ހޭދަ ކުރި އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެ މިނިސްޓްރީން މިއަހަރަށް ހުށަހެޅި ބަޖެޓްގައިވާ ގޮތުން ބަޖެޓް ދަރަނިވެރިވާނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިންނެވެ. ނަމަވެސް ރިވައިސްކުރި ބަޖެޓްގައިވާ ގޮތުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާއިން މިއަހަރުގެ ބަޖެޓް ދަރަނިވެރިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ފިނޭންސް އިން ބުނީ ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދައްކަން ޖެހުމެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.15 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 1.22 ބިލިއަން ރުފިޔާ އެވެ. އަދި 1.50 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދު ކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ_
29 December 2017
އެމީހުން އާންމުކުރާ މައުލޫމާތު ގަބޫލުކުރަން ހެޔޮނުވާނެ.
ޢަބްދުﷲނާފިޒު
29 December 2017
ޓުއަރިޒަމުން ލިބުނު ކުރިއެރުމެއްބާ! ނޫނީ ހިކިމަހާ ވެށިރޯނާ ކުފުރާ ބޭރުކުރިވަރު އިތުރުވީބާ!
ލުކްވެލް
29 December 2017
ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ ކުޑަކޮށް އިތުރުވެއްޖެ ނަމަ މީ ހެޔޮ ފާލެކޭ ރާއްޖޭގެ ތާރީޚް އިން ފާހަގަ ކޮށްލެވޭ. މިމިންވަރު ބޮޑު މިންވަރަށް ބަދަލު ކޮށްލާނެ އީކްއޭޝަން އެއް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ޑިސްކަވަރ ކުރަންވީ. އެގޮތަކީ އެއީ ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓްސްތައް ސަރުކާރުގެ ކުންފުނިތަކާއި ޗައިނާގެ ކުންފުނިތަކާއި އަދި ޖަޕާނު ކުންފުނިތަކާއި އަދި ސިންގަޕޯރގެ ކުންފުނިތަކާއި ގުޅިގެން ކުރިއަށް އޮތް 100 އަހަރު ދުވަހަށް ކުރާނެ ސްޓްރެޓެޖީއެއް އެކުލަވާލާ ވަޒީރުންގެ މަޖްލީހުން އެގޮތަށް ހަމަޖެއްސި ކަން އިއުލާން ކުރުމަށް ފަހު އެމަގުން ސަރުކާރުން މަސައްކަތް ކޮށްފި ނަމަ އެ ގައުމުތަކުގެ މުއްސަނދި ބޭންކްސް ތަކުން ރާއްޖެ އަށް ލޯން އެހީ ދޭނެއެވެ. އަދި އޭގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ޓަކައި އެއިން ކޮންމެ ގައުމަކުން އަހަރަކު 100 މިލިއަން ޑޮލަރުގެ ލޯން ނަގައިގެން ދިވެހި ދަރިން އެގައުމުތަކަށް ފޮނުވައިގެން ކުރިއަށް އޮތް 100 އަހަރު މެދުނުކެނޑި ބިލްޑް ކުރާނީ.
ލޯފާރު
29 December 2017
ޢެމްއެމްޕީއާޜުސީގެ ލާރިގަނޑު ވަގަށް ނަގާ އެ ނުބެހިނަމަ އަދި މާ ބޮޑަށް އަރަނިވެރިވީސް
އަގު
29 December 2017
ދައުލަތު އާމްދަނީ އިތުރުވުމަކުން ރައްޔިތުންނަށްވީ ލުޔެއްނެތް ރައްޔިތުން އުޅެނީ ދިރިއުޅުމުގެ އަގުތައް ބޮޑުކަމުން ނުތަނަވަސްކަން މަތީގަ އެހެނެއް ނޫނެވެ ދަްުލަތުގެ ފައިސާއިން ވައްކަންކޮށްގެން ނަހަލާލު މުއްސަނދިކަން ހޯދައިގެން އުޅޭމީހުން ވަރަށް ތަނަވަސް ތިޔާގިކަންމަތީ އުދުހެނީ އެވެ
ލުކްވެލް
29 December 2017
ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ ކުޑަކޮށް އިތުރުވެއްޖެ ނަމަ އެއީ ވެސް ހެޔޮ ފާލެކޭ އެފެންވަރަށް ދައުލަތުގެ ކަންކަން ރަނގަޅު މިކުރަނީ އެއީ މަމެން ޕިންކީން އެކަނިއޭ. ކަން މިހެން ހުރުމުން ސަރުކާރުން އަދިވެސް ބައްލަވަންވީ މިރާއްޖެ އަށް އޯޕަން ވިސާގައި ކޮންމެ ދުވަހަކު ވެސް އިތުރުވާ ބަންގާޅުން ތަކަށް ހުއްޓުމެއް ގެނެވޭތޯއެވެ. އެގޮތުން އިމިގްރޭޝަން އޮފިސަރުން ގަވާއިދާއި ޚިލާފަށް އެތެރެވާ ކޮންމެ ބަންގާޅެއްގެ އަތުން 20 ހާސް ރުފިޔާ އަތުލައިގެން އިމިގްރޭޝަން ތެރޭން އެމެންނަށް ޑޮކިއުމެންޓްސް ތައް ދީފައި އަދި ގަވާއިދާއި އެއް ގޮތަށް ބަންގާޅުން ގެންނަން މަސައްކަތް ކުރާ މީހުންނަށް 4 މަސް ދުވަސްވާއިރު ވެސް އެކަން ނުވާނެ ހުރިހާ ގޮތް ތަކެއް އިމިގްރޭޝަންގެ ބޮޑުން ތައް ތަނަވަސް ކުރަމުން ދާތީވެ މިކަމަށް ހުއްޓުން ގެނެސްފިނަމަ އަދިވެސް ދިވެހިން ހީވާގިވެފައި އަދި ދިވެހިން ގިނައިން މަސައްކަތުގައި އުޅެވޭނެ ގޮތް ވެފައި ރިސޯރޓްސް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބޭރު މީހުން ލައްވާ މަސައްކަތް ކުރުވުން ނިމޭނެއެވެ.
އައްޑޫ ސިޓީ
28 December 2017
ދޮގުވަސް މުޅި ތާނގަ!!!!
ޢަހްމަދު
28 December 2017
ޢަރަނި ވާނެދޯ ތަންތަނަށް ލާރިނުދީ ހުންނަންޔާ. މީހުންނަށަ ސަރުކާރުން ދޭންހުރި ލާރި އަވަހަށް ދިނުން އެދެން.
ފޫހި
28 December 2017
މިއީ ޔާމީން މޮޅުކަމަކުންނޫން. މިއީ ނަޝީދުގެ ޖީއެސްޓީގެ ސަބަބުން ރައްޔިތުން އަތުން ލިބޭ އެއްޗެއް. އިތުރު އާމްދަނީއެއްނުލިބޭ.
ހެހެހެ
28 December 2017
މޮޔައިން ގަބޫލު ކުރާނެހެން ހީވޭ...ހެހެހެހެ
ނިހާނު
28 December 2017
ދަރަނީގެ އެއްބައި ބޮޑުންގެ އެކައުންޓްތަކައް ޖަމާވީ ރިސޯޓުހިއްސާ ދެވުނީކީނޫން ހދ ހޮސްޕިޓާ އޮތީ ބަނގުރޫޓުކޮއްލާފަ ބޭރައްދާ ދިރިއުޅޭ އެއްވެސް ދިވެއްސަކައް އާސަނދައެއްނުދޭ މިވާހަކަ ބުނީމަ އެބުނީ ކަންފަތްބީރޯ މިވަރު މީހަކު 2018 ގަނިކުތީމަ ވޯޓުނުލާތި މަވެސް މިހުންނަނީ ފިތިފަ