ދުނިޔެ / އީރާން

އީރާން އުތުރި އަރަން ފެށީ ކީއްވެ؟

އީރާންގެ މައި ސަހަރުތަކުގައި މިހާރު ކުރަމުންދާ އިދިކޮޅު މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ފުލުހުންނާއި ސިފައިން މަގުތަކަށް ނުކުމެ ހަރަކާތްތެރިވަނީ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީރާނުން ފެންނަމުން އެ ދަނީ އެ ގައުމުން އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އެ ގައުމުގެ އެންމެ ބައި ބޯ ސަހަރުތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ، ގައުމުގެ ރޫހާނީ ލީޑަރާ ދެކޮޅު ޝިއާރުތައް ފައުޅުކޮށް އެއީ ޚުދުމުޚުތާރު ވެރިއެއް ކަމަށް ކުރާ ތުހުމަތުތަކެވެ.

އީރާނުގެ ރޫހާނީ ލީޑަރަކީ އެ ގައުމުގެ އެންމެ މަތީ ވެރިޔާ އަށް ވުމުގެ އިތުރުން، އާދަކާދައިގެ މަތިން މުޅި ގައުމު "އިހްތިރާމް ކުރަންޖެހޭ ބޭފުޅެއް"ގެ ގޮތުގައި ބެލެވެމުން އައި މަގާމެކެވެ. އާޔަތުﷲ ޚުމައިނީގެ އިންގިލާބަށް ފަހު، އީރާންގެ ދާޚިލީ އަދި ޚާރިޖީ ކަންކަމުގައި އެންމެ ފަހު ބަސް ވިދާޅުވުމުގެ ބާރު އޮންނަނީ ރޫޙާނީ ލީޑަރުގެ އަތްމަތީގަ އެވެ.

ވޭތުވެ ދިޔަ ގާތްގަނޑަކަށް ސާޅިހަކަށް އަހަރުގެ ތާރީޚުގައި ވެސް، އެ ގައުމުގައި މުޒާހަރާތައް ކޮށްފައި ވިޔަސް، ރޫހާނީ ލީޑަރާ ދެކޮޅަށް ފާޅުގައި އަޑު އުފުލައި އިހްތިރާމް ކުޑަވާ ފަދަ އިބާރާތްތަކުން މުޚާތަބު ކޮށްފައިވަނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެފަދަ ކަމެއް ނުހިނގަޔޭ ބުންޏަސް ރަނގަޅު ވާނެ އެވެ.

ނަމަވެސް މީގެ ހަފުތާއެެއްހާ ދުވަސް ކުރިން ފެށި މުޒާހަރާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަރުގަދަވަމުން އަންނަ އިރު އެންމެ ގިނަ ބަޔަކު ފާޅުގައި އަޑު އުފުލަމުންދަނީ ރޫހާނީ ލީޑަރާ ދެކޮޅަށެވެ. ނަމަވެސް "ގައުމުގެ ބައްޕަ"ގެ ގޮތުގައި ބަލައި އެންމެން އިހްތިރާމް ކުރަމުން އައި ބޭފުޅަކާ މެދު އެހާ ބޮޑު ނަފްރަތްތެރިކަމެއް އުފެއްދި ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟

އީރާންގައި މިހާރު ކުރަމުންދާ މުޒާހަރާގެ ބައިވެރިން ޔުނިވަސިޓީއެއްގެ ބޭރުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ

ގިނަ ބަޔަކު ދެކޭ ގޮތުގައި އީރާންގެ ވެރިން ހެދިހާ ގޮތެއް ހަދަން ދޫކޮށްލައިގެން ރައްޔިތުން ތިބުމުގެ ސަބަބުން، ރައްޔިތުންގެ އިހްސާސްތައް ވެރިންނަކަށް ނޭނގުނެވެ. ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލިގެން ގޮސް ހައިހޫނުކަން އުފެދޭ ދަރަޖަ އަށް ގައުމުގެ ހާލަތު ދިޔައީ، ރައްޔިތުންގެ ކިޔަމަންތެރިކަމުގެ ނާޖާއިޒު ފައިދާ ގައުމުގެ ވެރިން ނަގަން ފެށުމުންނެވެ.

އެއް ބަޔަކު ސިފަ ކުރާ ގޮތުގައި މިހާރު އީރާންގައި ކުރަމުންދާ މުޒާހަރާތަކަކީ ހައިހޫނު ކަމުގެ އިންގިލާބެކެވެ. ވެރިން ކުޅެމުން އައި ސިޔާސީ ކުޅިގަނޑަށް ރައްޔިތުން ފާޑުކިޔައި ޚިޔާލު ފާޅުކުރާ ހިސާބަށް ދިޔައީ، އެ ކުޅިގަނޑުގެ އަސަރު އެ މީހުންގެ އަރުތެރެއަށް ފޯރަން ފެށުމުންނެވެ. ވޭތުވެ ދިޔަ ހައެއްކަ މަސް ތެރޭގައި ކާބޯތަކެތީގެ އަގުތައް 30-40 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު، އެކަން ހައްލު ކުރުމަށް ސަރުކާރުން ފިޔަވަޅެއް ނޭޅި އެވެ.

އީރާންގެ އިދިކޮޅު ސިޔާސީ ލީޑަރުން ވިދާޅުވާ ގޮތުން ސަރުކާރުން ގެންގުޅެމުން އައީ ރައްޔިތުން އޮބިއެޅުވުމާއި ތަފާތު ކުރުމުގެ ސިޔާސަތެކެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ހުޅުވައިލާ ކޮންމެ އަނގައެއް ގޮށްމުށުގެ ބާރުގައި ބަންދުކުރަމުން އައި އިރު، ގައުމުން ބޭރުގައި އުޅުނު އިދިކޮޅު ކިތަންމެ މީހަކު ވަނީ މަރާލައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ފާޑުކިޔަމުން އައި ނޫސް މަޖައްލާތަކާއި ވެބްސައިޓްތައް ހުއްޓުވާފައިވާ އިރު، ސަރުކާރާ ދެކޮޅު ހަރަކާތްތެރިން ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.

އެ ހުރިހާ ކަމަށް އީރާން ރައްޔިތުން ތިބީ މި ހުރިހާ ދުވަހު ވެސް ކެތް ކޮށްގެންނެވެ. ނަމަވެސް ހައިހޫނުކަމާ ހިސާބަށް ގައުމުގެ ހާލަތު ވެއްޓުމުން އޭގެ އަސަރު ކޮންމެ މީހަކަށް ފޯރަން ފެށީ އެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކެކޭ އެއްފަދައިން ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ވެސް އެކަމުގެ އަސަރު ފޯރަން ފެށުމުން ރައްޔިތުން އިޚްތިޔާރު ކުރީ މަގުތަކެވެ.

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

ތަކެތީގެ އަގުތައް އުފުލި ހައިހޫނުކަމާ ހަމައަށް ދިޔައިރު، އީރާންގެ މުދަލާއި ފައިސާތައް އެ ގައުމުގެ ރައްޔިތުންނަށް ފެންނަމުން ދިޔައީ، ސައޫދީގެ އެކި އަމާޒުތަކަށް ހަމަލާ ދިނުމަށް ފޮނުވައިލާ ބެލެސްޓިކް މިސައިލްތަކުންނެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވަމުންދާ އީރާން ސިފައިންނަށް ހޭދަކުރަމުންދާ މިލިއަން ޑޮލަރުގެ ފައިސާތަކުގެ ހަގީގީ ބޭނުމަކީ ކޮބައިތޯ އީރާން ރައްޔިތުން ސުވާލު ކުރެ އެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައިގައި އިދިކޮޅު ހޫތީ ހަނގުރާމަވެރިންނަށް އީރާނުން ދަނީ ފައިސާ އާއި ހަތިޔާރުގެ އެހީ ފޯރުކޮށްދެމުންނެވެ. ލުބްނާންގެ ހިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމަށް ހިޒްބުﷲ އިން ވަނީ އިއުތިރާފްވެފަ އެވެ. ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ ވިދާޅުވި ގޮތުގައި އީރާންގައި ފައިސާ ހުރިހާ ހިނދަކު ހިޒްބުﷲގައި ފައިސާ ހުންނާނެ އެވެ. އަދި އީރާންގައި ހަތިޔާރު ހުރިއްޔާ އެ ޖަމާއަތުގައި ވެސް ހަތިޔާރު ހުންނާނެ އެވެ.

އީރާން ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ބަޔަކީ އެ ގައުމުގެ އާންމުު ރައްޔިތުންނެވެ. އިސްލާމީ އިންގިލާބުގެ ކުރިން އީރާންގެ ޕާސްޕޯޓަކީ ވިސާއާ ނުލައި ގިނަ ގައުމުތަކަށް ދަތުރުކުރެވޭ އެއްޗެކެވެ. ނަމަވެސް 1979ގެ އިންގިލާބަށް ފަހު، އީރާންގެ ސިޔާސަތަށް އައި ބޮޑު ބަދަލުގެ ސަބަބުން، ބައިނަލްއަގުވާމީ ޕާސްޕޯޓްތަކުގެ ލިސްޓުގެ އެންމެ ފުލުގައި މިހާރު އޮތީ އީރާން ޕާސްޕޯޓެވެ.

އެހެން ކަމުން އީރާންގެ ޕާސްޕޯޓްގައި ދަތުރުކުރާ މީހަކަށް ވިލާތުގެ ގައުމުތަކާއި އެމެރިކާ އަދި އެމެރިކާއާ ގުޅުން ބަދަހި ގައުމުތަކަށް ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މި ކަމުގެ އުނދަގުލާއި ދަތިކަން އެންމެ ބޮޑަށް އުފުލަންޖެހޭ ބަޔަކީ އެހެން ގައުމުތަކުގައި ތައުލީމް ހާސިލްކުރާ އީރާންގެ ދަރިވަރުންނާއި އެހެން ގައުމުތަކުގައި ވަޒީފާ އަދާކުރާ އީރާން ރައްޔިތުންނެވެ. އެންމެ ފަހުން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެގައުމަށް އީރާން ރައްޔިތުން ވަނުން މުޅިން މަނާ ކޮށްފަ އެވެ.

އީރާންގެ އަންހެނުންނާއި ޒުވާނުންގެ ބޮޑު ތާއީދަކާ އެކު ރިއާސީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ރައީސް ހަސަން ރޫހާނީ

އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޅާފައިވާ މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ސީދާ ގޮތުން ކުރަނީ އީރާންގެ އިގްތިސާދަށާއި ވިޔަފާރި އަށެވެ. އެމެރިކާ އާއި އިޒްރޭލަށް ފާޅުގައި ބަސްބުނަން ކެރޭ އިސްލާމީ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އީރާންގެ ނަން ފާހަގަކޮށްލެވޭ އިރު، އެ ގައުމުގެ ރައްޔިތުން ގައުމުގެ ތެރޭގައި ދިރިއުޅެނީ ކޮން ހާލަތެއްގައި ކަން ދުނިޔޭގެ ލޯތަކަށް ނުފެނެ އެވެ.

އެހެންކަމުން އީރާން ރައްޔިތުން އިޚްތިޔާރު ކުރީ މަގުތަކެވެ؛ "ރޫހާނީ އަށް މަރު"، "ޑިކްޓޭޓަރަށް މަރު"، "ސީރިޔާ އިން އީރާނު ސިފައިން ބާލައި އަހަރެމެންނާ މެދު ވިސްނަ ބަލަ"، "ޣައްޒާ އާއި ލުބްނާންގެ ކަންކަމަށް ނުވަދޭ"، އީރާންގެ ކަންކަމާ އުޅޭ"، "ހިޒްބުﷲ އަށް މަރު"، އީރާންގެ މައި ސަހަރުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާގައި އެންމެ ގިނަ ބަޔަކު އެންމެ ބާރަށް އުފުލަމުންދާ އަޑުތަކަކީ މި އެވެ.

އީރާންގެ ރައީސަކީ ހަސަން ރޫހާނީ އެވެ. ޑިކްޓޭޓަރުގެ ނަމުން އީރާންގެ އިދިކޮޅު ފަރާތްތަކުން މުޚާތަބު ކުރަނީ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަށެވެ.

21 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 64%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

31 December 2017

އީރާން ރައްޔިތުންނަށް ތާއީދު....

The name is already taken The name is available. Register?

falaku ain

31 December 2017

ފަލަސްޠީނުގެ ޖަމާޢަތްތަކަށް ފައިސާއާއި ހަތިޔާރުދީގެން އިސްރާޢިލާ ދެކޮޅަށް ޙަމަލާދެނީ އީރާނުން އެކަމަށް ހިތްވަރުދޭތީ. ޙިޒްބުﷲ ޖަމާޢަތަށްވެސް ހަތިޔާރާއި ފައިސާ ފޮނުވައި އިސްރާއީލަށް ނުރައްކާ ކުރުވަނީ އީރާނުން. އެހެންކަމުން އީރާނުގެ ރައްޔިތުން ބޭނުންވަނީ އަރަބީން ދެމެހެއްޓުމަށް ކުރާ ބޮޑު ހޭދަ ހުއްޓާލައި އެގައުމުގެ ރައްޔިތުންނަށް އެފައިސާ ހޭދަކޮށް ދިރިއުޅުން ފަސޭހަކުރުމަށް. ފަލަސްޔީނުގެ މައްސަލައަށް އީރާނުން އިސްކޮށް އުޅުމަކީ އިރާނުން ހަދާ އެންމެ ބޮޑު ގޯސް. ސައޫދީން ގޮތަށް ޔަހޫދީންނާ ގުޅިގެން އުޅޭނަމަ މާބޮޑަށް އީރާނު ތަނަވަސްވެގެންދާނެ.

The name is already taken The name is available. Register?

ހުސައިން

31 December 2017

ގައުމެއް އިސްލާމް ނުވާނެ. ﷲ އަށް ޖަވާބުދާރީވާންޖެހޭ ދުވަސް ގަބޫލުކޮށް , ރަނގަޅު އަމަލްކުރާ މީހުންނަށް އިސްލާމް ކިޔޭނީ. ގައުމެއް އިސްލާމްއޭ ކިޔާ ކިތަށްމެ ލިޔުމެއް އިޝްތިހާރުކުރިއަސް , އެގައުމެއްގައި އުޅޭ ރައްޔިތުން , ހެޔޮ ސޯލިހު ބަޔަކަށަ ނުވަންޏާ އެއީ ދުލުކޮޅުން ތިމަންނާ އަކީ އިސްލާމެކޭ ބުނާ މީހެއް.

The name is already taken The name is available. Register?

ރޫހާނީ

31 December 2017

ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ގޮސް އޭގެ ނަތީޖާ ނިކުންނަން ފަށަނީހެން ހީވަނީ. އިގްތިސާދު ފުނޑާލާފަ ސޯޝަލް މީޑިޔާ މެދުވެރިކޮށް "ރިވޮލިއުޝަން" ގެނެސް ވެރިކަން ވައްޓާލުމަކީ އަރަބް ސްޕްރިންގްގަވެސް ހުޅަނގުން ބޭނުންކުރި އުކުޅު. ހަނގުރާމައެއް ފެށުމުގެ ކުރިން ގައުމުގެ ތެރޭ ހަމަޖެހުން ނަގާލެވިއްޖެއްޔާ އެމީހުންނަށް ފަސޭހަވާނެ.

The name is already taken The name is available. Register?

އަލިހޮއްކޮ

31 December 2017

"ޑިމޮކްރެސީ" ގެންނާކަށްނު އެއުޅެނީ. އެގަނައިމަ އިރާގާ ލީބިޔާގެ ރައްޔިތުންނަށް މިހާރު ލިބިފަ އޮތް ކަހަލަ އުފާވެރި ފާގަތި ދިރިއުޅުމެއް އިރާން ރައްޔިތުންނަށްވެސް ލިބޭނެ. ޔާﷲ ކާފިރުންގެ ނުބައިކަމުން އިސްލާމީ އުއްމަތް ރައްކާތެރި ކުރައްވާނދޭވެ.

The name is already taken The name is available. Register?

ސަޅިބައިސާ

31 December 2017

މިއަދު މިބިންމަތީ ޔަހޫދީންނާއި ނަޞާރާއިންނަށް ތަބާނުވެ އޮތް އިސްލާމީ ޤައުމުގެ ދުވަސް ދުއްވާލުމުގެ ކޮޅުމަތި. މާތް ﷲ އިރާނުގެ ރައްޔިތުންނަށް ހެއު ވިސްނުން ދެއްވައި މުނާފިގުންނާއި ޢަދުއްވުންގެ ކިބައިން އިރާނު ސަލާމްތްކުރައްވާށި. އާމީން.

The name is already taken The name is available. Register?

ވައި

31 December 2017

ހަމަ މިރާއްޖޭގެވެސް ހާލަތު މިލިއުމުގެ ކުރީކޮޅުން ފެންނަން އެއޮތީ

The name is already taken The name is available. Register?

އުތުރި

31 December 2017

ކާބޯތަކެތީގެ އަގު އީރާނުގައި އުފުލުނީ 30-40 ޕަސަންޓަށް. މިގައުމުގައި އުފުލުނީ %100 އަށް. ކުރިން ހަކުރު ކިލޯއެއް -/4ރ އަށް މިހާރު -/8ރ ކުރިން ހނޑޫ ކިލޫއެއް -/4ރ މިހާރު -/8ރ ކުރިން ފުށް ކިލޯ އެއް 3/50ރ މިހާރު -/7ރ. އެކަމަކު ރައްޔިތުން އުތުރިއެއް ނާރާ. ފަހުން ވާނެގޮތެއް ނޭނގޭ.

The name is already taken The name is available. Register?

ކްރޯޑް

31 December 2017

ޢެކަަމު ރައްޔިތުންގެ ކަރުބުޑަށް އަސަރެއް ނުކުރޭ ރެސްތޯރެންޓްތައްފުރިފަ ކެފޭތައް ފުލްވެފަ އަގުބޮޑުފޯންތައް ބޭނުން ކުރަނީ އަޅަނީ ފެންވަުރު ރަގަޅު ހެދުން ދުއްވަނީ އަގުބޮޑު ސައިކަލްތައް

The name is already taken The name is available. Register?

ޢަލީމް

31 December 2017

އިސްލާމީ ގައުމުތަކުތެރެއިން މުސްލިމުންގެ ހައްގުގަ ބަސްބުނާ ހަމައެކަނި ގައުމަށްވާތީ އީރާން ބަލިކަށި ކުރުމަށް ސައުދީގެ ކޯލިޝަނުން ހިންގާ ކަމެއް.

The name is already taken The name is available. Register?

އިސްލާމް

31 December 2017

އިސްލާމީ ވަނީ އަދަދު މަތިކުރަންވީމަ؟ ދެން އެހެންނޫނީ ޝިޔައީން؟

The name is already taken The name is available. Register?

ރައުންޑު

31 December 2017

ރާއްޖޭގައިވެސް ތަކެތީގެ އެތައްގުނައެއް ބޮޑު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454