ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ އަށް ބަޔަކު ވަންނަނީ: މި އަހަރުގެ ކުރީކޮޅު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު
07 ޖެނުއަރީ 2018 - 13:41
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ކަމާ ގުޅޭ އިދާރާތަކުން މަޝްވަރާކުރަން ފަށައިފި އެވެ.
މުސާރަ ބޮޑު ނުކޮށްގެން ސިވިލް ސާވަންޓުން ޝަކުވާކުރާތާ އެތައް އަހަރެއް ފަހުން، މި އަހަރުގެ ކުރީކޮޅު މުސާރަ ބޮޑުކުރަން ނިންމައި ބަޖެޓުގައި ވަނީ 234 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
މި ފައިސާ އިން މުސާރަ ބޮޑުކުރާނެ ގިންތިތަކެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުން އަންނަނީ ސިވިލް ސާވިސް ކޮމިޝަނާއި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މުސާރަ ބޮޑުކުރުމުގެ މަޝްވަރާ އިން ގޮތެއް ނިމުމުން، ތަފްސީލުތައް އެ ކޮމިޝަނުން ފަހުން ހިއްސާކުރާނެ ކަމަށެވެ.
"ކަމާ ގުޅޭ އިދާރާތަކުން މަޝްވަރާ އެބަ ކުރިއަށް ގެންދޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސިވިލް ސާވަންޓުންގެ މުސާރައާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި، ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ އެވެ. އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
"ސިވިލް ސާވިސްގެ ތިން ބައިކުޅަ ދެބައި މީހުންގެ މުސާރަ މަތިވެގެން މިދަނީ. އެންމެ ދަށުގެ ގިންތިތަކުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން، އެންމެ ބޮޑު އަޅާލުންތެރިކަމެއް ބޭނުންވާ މީހުން، އެންމެ ކުޑަ މުސާރައިގައި ތިބި މީހުންގެ މުސާރަ ވެސް އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން 100 އަކުން 37 ޕަސެންޓަށް ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.
ބާކީ ތިބި މީހުންނަށް، ރައީސް ވިދާޅުވެފައިވާ ގޮތުގައި، މުސާރައިގެ ހަތަރު ބައިކުޅަ އެއްބައި ބޮޑުވާނެ އެވެ.
ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާ އިރު އެ މީހުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންއަދާ
08 January 2018
ބޮޑެތި މީހުންނަށް ބައިއަޅަން
ފޫޅު
08 January 2018
ތިޔަ މަޝްވަރާކުރާއިރު ދަތް ނެތް ކޮމިޝަންތަކާއި ޖުޑީޝަރީގައި ޚިދުމަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތަކާ އަޅާ ބަލާތި. ދައުލަތުގެ ކޮންމެ ތަނެއްގައި ވަޒީފާއަދާކުރިއަސް އެއްމަސައްކަތެއްކުރާނަމަ ލިބެންޖެހޭނީ އެއް މުސާރައަކާއި އެއް އެލަވަންސެއް. އެނޫންގޮތަކަށް ހަދާނަމަ އެ ކުރެވެނީ ތަފާތު. ނިކަން ވިސްނާލާ މަހަކު ޝަރީއަތެއްވެސް ނުހިނގާ މެޖިސްޓްރޭޓް ކޯޓެއްގެ ވޮޗަރަށް 8000 ރުފިޔާ ލިބޭ. އެޑްމިން އޮފިސަރަށް 10000 ރުފިޔާ ލިބޭ. މިއީ ވިސްނާވިސްނާވެސް ސިކުޑިއަށް ނުވިސްނުނު ކަމެއް. އެހެންވީމާ މިކަން ޕޭ ކޮމިޝަންގެ ސަމާލުކަށް މި ގެނައީ.
އާޝް
08 January 2018
މިއަހަރު ނިމުމުގެ ކުރިން މުސާރަ ބޮޑުކުރުމުގެ މަޝްވަރާތަކަށް ވަކިގޮތެއް ނިންމޭވަރުވާނެބާ!!!! އަވަސް ފުރުޟަތެއްގެ ތެރޭގައި ތިކަންވާނެކަމަށް އުއްމީދުކުރަން..
ހައްޤުބަސް18
08 January 2018
މަޝްވަރާ ނިމިގެން ތިޔަ ދެވެންފަށާނި އޭޕްރީލްގެ ފަހުން.. އިންތިހާބުގެ ކަންކަން ފެށުނީމަ.. ބަލަ ހެޔޮނިޔަތެއްގަ ކުރާކަމެއްނަމަ މިއަހަރަށް ބޮޑުކުރި މުސާރައެއްވިއްޔާ މަޝްވަރާތަކާ އެހެނިހެންކަންކަން ނިމި ޖެނުއަރީގަ އެ ބޮޑުކުރި މުސާރަ ލިބެންވާނެ.. ތިހެން ގުނބޯ ނުހެއްދޭނެ މިހާރަކު މޮޔަކަމެއް އެގޮތަށއ ވިސްނުމަކީ
އާދަމްފުޅު
08 January 2018
އަބަދު ހުސް މަޝްވަރާހެއްޔެވެ؟ ޕޭ ކޮމިޝަނެއް ހަދައިގެންވެސް މަޝްވަރާކުރާތާ ކިހާ ދުވަހެއް ހެއްޔެވެ. މި ބޮޑުކުރަނީ ، ވަރަށް އަވަހަށް ބޮޑުވާނެ، ދެން މާލަހެއްނުވާނެ، ޖެނުއަރީގަ ބޮޑުވާނެ މިކަހަލަ ވާހަކަތަކެކެވެ. މިހާރު މުސާރަ ބޮޑުނުރާތާ އެތައް އަހަރެއް ވެއްޖެއެވެ. ދަށް މުސާރައިގާ 5000ރ ވެސް ހަމަ ނުވާ މުސާރައިގާ ތިބޭތާ މިހާރު ކިހާ ދުވަހެއްޔެވެ؟ މުސްކުޅީން 5000ރ އިން ގިނަކޮށް ހައްޖާއި ޢުމުރާއަށް އަދި ކާފަ މާމަދަރިންނަށް ރީތި އަންނައުނާއި މޮޅު ކާނާ ލޯބިން ގަންދޭއިރު މުވައްޒަފު މީހާ އަތާ އަނގަޔާ ދިމާނުވެ ޒަރޫރީ ބޭނުންތައް ނުފުދި އުޅޭތާ ކިހާ ދުވަހެއްހެއްޔެވެ؟ ބުރަމަސައްކަތް ކުރާ މުވައްޒަފަށް ނުދޭ ވަރެއް ރީއްޗަށް ތިބޭ ބަޔަކަށް ދޭންޖެހޭނެކަމަކަށް އަދިވެސް މަމެންގެ ސިކުނޑިއަކަށް ޤަބޫލެއް ނުކުރެވެ. ގާޒީއަކަށް އުޅުނީތީ ރިޓަޔަރ ކުރުމުންވެސް ނިޔާވަންދެން 17000ރ ދޭ އިރު އޮފީހެއްގެ ޑިރެކްޓަރަކަށްވެސް އެވަރަކަށް ނުލިބެއެވެ. މިއީ އިންސާފުހެއްޔެވެ؟
އައިޖޭ
08 January 2018
އިލެކްޝަން އަހަރު -- ވަރަށް ވަހަކަ
އިދިޖޮޅު
08 January 2018
ތިޔަ މަޝްވަރާ ނިމޭނީ ރިޔާސީ އިންތިހާބަށްފަހު... މިހާރުގެ ރައީސް ހޮވިއްޖެއްޔާ.. ނުހޮވިއްޖެއްޔާ ހަމަ ކުރީގެ މުސާރަ ކުރިއަށް.. ވޯޓަށް ތައްޔާރީތަށް ވަނީ.. ވޯޓް ހޯދޭނެ ގޮތެއް އިތުރުކުރަނީ ދޯ..
ބުއްދި
08 January 2018
އަދި ބުނެލަން ބޭނުންވަނީ މުސާރަ ބޮޑުކުރިޔަސް އެފައިސާ ސަރުކާރަށް ލިބޭ ގޮތަށް ބަޖެޓް އޮތީ ސައިކަލޮ ސްޓިކަރ އިން ހީވަނީ މުއަޒައްފުން ގަޑީ ލާރިވެސް ހިމެނިހެން ޕާކް ކުރާ އިރށް ސޮޓިކަރ އޮފީހަށް ދާ ގަޑީގަ މަގުބަންދު ކޮށްގެން މަސަކަތް
އިންސާފް
08 January 2018
ހަ ހަހާ މިދިޔަ އަހަރު ނިމި ދިޔައީ 2018 ވަނަ އަހަރު ޖެނުއަރީގައި ބޮޑު މުސާރަ ދޭނެ ކަމުގެ ފޮނި ހުވަފެން ދައްކަމުން އެކަމަކު 2018 ވަނަ އަހަރު ފެށި ޖެނުއަރީ މަހު މުސާރަދޭންޖެހޭއިރު އަނެއްކާ އަނެއް އާ ވާހަކައެއް ފެށީ ކިހާ ދެރަކަމެއް! މިދިޔަ އަހަރު ރައީސް އެވައުދު ވީންސުރެ މިއަދާ ހަމަޔަށް އެއްވެސް ކަމެއް ނުކޮށް ތިބީ ތިޔަ ކަމިޝަންތަކުން ސާބަސް ރައްޔަތުންގެ ލޮލުގައި އަނދުން އަޅުވަން ތީ ފުކެއް ބޮޑުވަރު މަށަށް ހީވެއްޖެ ވޯޓް ޔަގީންވެއްޖެހެން އިދިކޮލަށް ހެ ހެ
ޚިކި
08 January 2018
މަސްވަރާއަކަށް ފެށިއްޖޭ ވޭތޯޚިޔާލު ބަދަލް އަސްތަ އަސްތާ ނެތޭ ވާކަށް ޚިޔާލު ބަދަލް ފެންނަ ތަނުން މަންޒަރު ސާފޭ ނިކަން ފެންނަމުން ދާކަންތަކުން އިގޭ ހުވަފެންކަން