މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، އިމާރާތް ކުރުމުގެ ދާއިރާއިން މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހް އަށް ރައީސް ޔާމީން އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ޖެނުއަރީ 2018 - 17:16
މި އަހަރުގެ ގައުމީ އިނާމު، މިނިވަން ދުވަހު ބާއްވާ ރަސްމިއްޔާތުގައި ދޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
އާންމު ގޮތެއްގައި ގައުމީ އިނާމު ދެމުން އަންނަނީ ކޮންމެ އަހަރަކު ވެސް ޖުމްހޫރީ ދުވަހުގެ ހަފުލާގައި ކަމަށް ވިޔަސް، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން މި އަހަރު އެ އިނާމު ދޭނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.
އެގޮތަށް ބަދަލު ގެނައި ސަބަބެއް ސަރުކާރުން ހާމަނުކުރި ނަމަވެސް ބެލެވޭ ގޮތުގައި އެ ނިންމުން އައީ މިއީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރު ކަމަށް ވުމުންނެވެ. އެންމެ ފަހުން 2013 ގައި ރިޔާސީ އިންތިޚާބު ބޭއްވިއިރު ވެސް ގައުމީ އިނާމު ދީފައި ވަނީ އެ އަހަރުގެ މިނިވަން ދުވަހުގެ ހަފުލާގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް މިއަދު ވިދާޅުވީ ގައުމީ އިނާމު ދޭ ދުވަހަށް ބަދަލު ގެނައީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށެވެ.
ދިވެހި ޖުމްހޫރިއްޔަތަށް މި އަހަރު 50 އަހަރު ފުރޭއިރު އެ މުނާސަބަތު ވެސް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީ
08 January 2018
އަހަރަކު އެއްފަހަރު އިނާމު ދެންނާ ނިމުނީނު.
ހަނީ
08 January 2018
ޤައުމީ އިނާމު ދެނީ ރެކޯޑަށް ވަރަށް ރަނގަޅަށް ބަލާފަކަން ސަތޭކަ ޕަސެންޓް ޔަޤީން. މީސްމީހުން ލައްވާ ،މަސައްކަތް ކުރުވާފަ ފިލައިގެން އުޅޭނަމަ އެކަން ދައުލަތުގެ ކަމާބެހޭ ފަރާތަށް އަންގަންޖެހޭނެ. ރެކޯޑުން އޭރުން އެކަން އެނގޭނެ. ލިބިފައިވާ މަޢުލޫމާތު ކުށްކަމުގަިއ ނުވަނީނަމަ ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ނުވަތަ ސާބިތު ދަރަންޏެއް އޮވެގެން ކޮމިޓީން އިނާމު ނުދިން މީހުން އެބަތިބި. އެމީހުންނަށް އެެކަން ކޮމިޓީން އެންގިވެސްމެ.
ހޮރިބުލް
08 January 2018
ގައުމީ އިނާމު މިހާރު ދޭ ބިއުރޮކްރަޓިކް ސިސްޓަމް އެއްގޮތަަކަށް ވެސް މަމެންނަށް ކަމުނުދެއޭ އެމެން ރައީސް އޮފީހުގައި ތިއްބާ ފޯރމް ސެޓެއް ފުރައިގެން ގޮސް އެމެންނަށް ހުށައެޅުމުން ގައުމީ އިނާމު ދޭ ގޮތް އެއީ އޭގެ ވެލިޑިޓީ އާއި މެދު ސުވާލު އުފެދޭ ކަމޭ މިސާލަކަށް މީސް މީހުން ލައްވާ މަސައްކަތް ކުރުވާފައި މީހުންނަށް ފައިސާ ނުދީ ފިލައިގެން އުޅޭ މީހުންގެ ބޮސް އަށް ގައުމީ އިނާމު ލިބުމުން ދެން ތިޔާގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ކަން ދިޔާއީއޭ. ލުކިންގް ލައިކް އަ ހޮރިބުލް އެން ޓެރިބުލް އެވޯރޑް.
ޙަސަން
08 January 2018
ވެރިކަން ނުލިބޭނެ ކަން ޔަޤީންވާތީ ޖުމްހޫރީ ދުވަހާ މަސްވެރިންގެ ދުވަހާ ޤައުމީ ދުވަހުގެ ހުރިހާ އައިޓަމްސް ތަކެއް ކުރިއާލާ ނިންމާލަނީ..