ގެތަކަށް ފެނުގެ އަގު ހެޔޮވި ނަމަވެސް ވިޔަފާރިތަކުން ނަގާ އަގު ވަނީ ބޮޑުވެފައި.
އައްޑު އަށް ސަޕްލައި ފެން ދޫކުރަން ބަހައްޓާފައިވާ ޓޭންކެއް: ފެނުގެ ހިދުމަތް މިހާރު ވަނީ އަގުހެޔޮކޮށްފައި.
11 ޖެނުއަރީ 2018 - 18:47
އައްޑޫގައި ދެމުން އަންނަ ސަޕްލައި ފެނުގެ އަގު، މި މަހުން ފެށިގެން ހެޔޮކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
އެ ކުންފުނިން ފެނުގެ ޚިދުމަތުގެ އަގަށް ގެނައި ބަދަލުތަކާ އެކު، އައްޑޫގެ ގޭބިސީތަކަށް އެ ޚިދުމަތުން ޗާޖް ކުރާ އަގު ވަނީ ހެޔޮވެފަ އެވެ. އެގޮތުން ކޮޑިމީޓަރަކަށް ނަގާނީ ވެރިރަށް މާލޭގައި ވެސް ނަގާ ރޭޓުންނެވެ. އެއީ 22ރ. އެވެ. ކުރިން ނަގަމުން އައީ ކޮޑިމީޓަރަކަށް 65ރ. އެވެ.
ފެނުގެ އަގުހެޔޮ ކުރަން ނިންމާފައި ވަނީ އައްޑޫގެ ފެނުގެ ޚިދުމަތަށް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ބިލް ކުރަން ފެށިއިރު، ނަގަން ހަމަޖެއްސި އަގުތައް ބޮޑުވެގެން ގިނަ ބަޔަަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށެވެ. އަދި ޚިދުމަތް ދޭ އަގު ބޮޑުވެގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ، އެ ޚިދުމަތް ނުހޯދަން ވެސް މީގެ ކުރިން ގޮވާލައިފަ އެވެ.
އަގުތަކަށް އަލަށް ގެނައި ބަދަލާ ގުޅިގެން ގޭބިސީތަކަށް ދޭ ފެނުގެ އަގު ހެޔޮވި ނަމަވެސް، ވިޔަފާރިތަކުން ނަގާ އަގު ހެވެއް ނުވެ އެވެ.
* ގޭބިސީތަކުން 1-100 ލީޓަރަށްް ކުރިން 65ރ. ނެގި ނަމަވެސް ދެން ނަގާނީ 22ރ.
* ގޭބިސީތަކުން 101-200 ލީޓަރަށް ކުރިން 75ރ. ނެގި ނަމަވެސް ދެން ނަގާނީ 70ރ.
* ގޭބިސީތަކުން 200 ލީޓަރުން މައްޗަށް ކުރިން 100ރ. ނެގި ނަމަވެސް ދެން ނަގާނީ 95ރ.
ވިޔަފާރި ކުރާ ތަންތަން ކުރިން ތިން ބޭންޑްގައި ވެސް ކޮޑިމީޓަރަކަށް ނަގަމުން އައީ 100ރ. އެވެެ. ނަމަވެސް އަލަށް ގެނައި ބަދަލާ އެކު، 101-200 ލީޓަރަށް މި މަހުން ފެށިގެން ނަގާނީ 125ރ. އެވެ. އަދި 201 ލީޓަރުން މައްޗަށް ޗާޖް ކުރާނީ 135ރ. އެވެ.
އެކަމަކު 1-100 ލީޓަރަށް އަދިވެސް ނަގާނީ ހަމަ 100ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑްރިޗް
12 January 2018
ތެންކިޔު ފެނަކަ...ދެން ތިގޮތަށް އަގުހެޔޮ ނުކުރަން އަހަރުމެން އެދެނީ.....ލައްކަ ބޮޑުކަމެއް ހިތުން ތިކޮށްދެވުނީ...
ބަރުބާަދު
12 January 2018
މީހަކު އަޅެފަހެ މޮޔައެއްނުވާނެތަ؟. އަގުހެވެއްނޫން ތިކުރެވުނީކީ، ތިޔަކުރީ އަގުބޮޑު. ތިގޮތައް އަގުތައް ބަދަލުކުރީމަ މީހުންގެ ލޮލުގަ އަނދުންއަޅުވާފަ ފެނަކަޔައް ނެގޭލާރި ގިނަވާނެ. ތިޔަ ފެނަކައިގަ އެކަކުވެސް އެބަހުރިބާ މަހަކު 100 ލިޓަރ ފެނުން ފުދިގެން އުޅޭ؟.
ަސދަސދ
12 January 2018
1- 100ލ ތިއީ އޮޅުމެއްތަ ؟ 1- 10ލ ލިޔަން އުޅެގެން އުޅޮނީ ކަމަށް ވާނީ.
ފަސް ރުފިޔާ
12 January 2018
1-100 ލީޓަރު ބޭނުން ކުރާ މީހުން ވަރަށް މަދުވާނެހެން ހީވަނީ. މާލޭގަ ހުންނަހެން ކުދި ކުދި އެއް އެޕާޓްމެންޓްގެ ގެތަކެއް އައްޑޫއަކު ނުހުރޭ. ގިނަ ގެތަކުން ޖެހޭނީ ދެންހުރި ދެބޭންޑުން ކުރެ އެއްޗަކަށް ފައިސާ ދައްކަން. އެހެންވީމަ އަގު ހެޔޮވީ އެންމެ ފަސް ރުފިޔާ. އެއީ ކޯޗެއް؟ ކައުންސިލުން އަންގައިގެން މީހުން މިފެން ބޭނުންނުކުރާތީ ހަދާލި ހެޑްލައިނެއް.
އަލީ.
12 January 2018
އިންތިހާބައް މަޅިފަތި ޖަހަނީ ވޯޓު އަތުލަން
އިސްމާއިލް ނާސިދު
12 January 2018
ފެލާލާފަ ނުވަތަ ފެލާނެ ވަރަކަށް ފެލާފަ ކުޑަ ދުލެއް މި ދެނީ މި ބައިމީހުންގެ އެދުމެއް އޮތީމަ. ދެން އެދުން ފުދިއްޖެއްޔާ އަނެއްކާ ވެސް ވާނެ ގޮތް ހިތަށް ގެންނަވާ، ތިޔަ ހެޔޮވުމަކީ މަޅިއެއްކަން ހަނދުމަ ފުޅު ބަހައްޓަވާ
ހައްސާ
12 January 2018
މިވެސް ބޮޑު އޮޅުވާލުމެއް. 1-100 ލީޓަރާއި ދެމެދު މާލޭގެ އަގަށް ހެދިއިރު 100 ލީޓަރުން ފެށިގެން މައްޗަށް ވެސް މާލޭގެ އަގުހެދިނަމަ މިކަން ބަލައިގަނެވުނީސް. 100 ލީޓަރ ފެން އެންމެ މީހަކަށް ވެސް ދުވާލަކަށް މަދުވާނެ. އޭގެ މާނައަކީ އަދިވެސް ބޮޑު އަގުގައޭ ފެން މިލިބެނީ. އޮޅުވާނުލާ!
ހާމަ333
11 January 2018
އައްޑޫއަކީ އާބާދީ އިތުރުވަމުން ތަރައްގީވަމުން އަންނަ ތަނެއް....ވީމަ ފެނަކައަށް އިލްތިމާސްކުރަން ބޭނުންވަނީ ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ހައިސިއްޔަތުން އައްޑޫން ލިބޭ އެއްޗަކުން އޯވަލޯޑް ވެގެން މައްސަލަ ޖެހުމުގެ ކުރިން ކެޕެސިޓީ އިތުރުކުރަން އިންވެސްޓްކުރަން ވިސްނައިގެން ޕްލޭނެއް ހަދައިގެން ތިބުމަށް....ރައްޔިތުން ބައިިވަރު ފައިސާ ކަރަންޓު ބިލްތަކަށް ދޭއިރު ހިދުމަތުގެ ފެންވަރު ދަށްވުމަކީ ދެކެންބޭނުންވާ މަންޒަރެއްނޫން
ހާމަ333
11 January 2018
ތީތި އާންމުންނަށް އެގޭގޮތަށް ކިޔާބަލަ...އެއްފަހަރު ކޮޑިމީޓަރެއް 22ރ އަށް....އަނެއްފަހަރު 1-100ލީޓަރަށް 22ރ ގަ? މިވާނުވާއެއް ނޭގެ...ދެން ހުރި ބޭންޑްވިޑްތް ތަކުން އެހެރީ އެންމެ 5ރ އަގުހެޔޮކޮށްފަ...ސަހަރޯހީވޭ...ލައްކަ ބޮޑުތަން ހިތުން އަގުހެޔޮކުރެވިއްޖެތާ އެހެންވީމަ...އަގުތިރިކޮށްފަ އެހެރީ 100ލީޓަރާ ހަމަޔަށް....އެއްޗެކޭ ކިޔާފަ ރައްޔިތުން ފެން ބޭނުންނުކުރާތީ ބޮލުގެ އެއްޗެއް ފެނަކައިން ހަދާލީތާ.....
ބެއްޔާ އައްޑޫ
11 January 2018
އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކުރި ކަމެއް. ނިކަމެތި ރައްޔިތުމީހާ އޮޅުވާލާނަމޭ ހިތާކުރި ކަމެއް. މީގެ ޢާޙިރު ނަތީޖާ އަކީ ހަމަ ކުރިއެކޭ އެއްވަރުގެ ބިލެއް ދައްކަން ޖެހުން
ޔުނައިޓެޑް އައްޑޫ
11 January 2018
1 ލީޓަރު ފެން ވިއްކަނީ 22 ރުފިޔާއަށް؟
ބޯބޯ
12 January 2018
މިނެރަލް ވޯޓަރ ފުޅިން ވެންވެރިޔަސް މާ އަގު ހެޔޮ
ޏަވިއަނި
12 January 2018
ބުރޯ ކޮޑި މީޓަރު