ޚަބަރު / އައިޖީއެމްއެޗު

މައި ހޮސްޕިޓަލަށް 70 އަހަރު، ޑޮކްޓަރުން އެންމެ ގިނަ އެއް ގައުމަކީ ރާއްޖެ!

އައިޖީއެމްއެޗަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމާއި ޖެންޑާ މިނިސްޓަރު ޒެނީޝާ އަދި ޑރ. އަޒީ އިތުރުން އެ ހޮސްޕިޓަލުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

ސަރުކާރުން ރާއްޖޭގައި މައި ހޮސްޕިޓަލެއް އެޅިތާ މިއަދަށް 70 އަހަރު ފުރިފައިވާއިރު އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ޑޮކްޓަރުން ގިނަ އެއް ގައުމަކީ ރާއްޖެ ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

"ޑޮކްޓަރުގޭގެ" ނަމުގައި 1948ގައި ދޭން ފެށި ސިއްހީ ހިދުމަތް، އެކި އަހަރުތަކުގައި އެކި ނަން ނަމަށް ބަދަލުވެ، މިހާރު އެ ހޮސްޕިޓަލް ހިންގަނީ އައިޖީއެމްއެޗުގެ ނަމުގަ އެވެ. އެ ހިދުމަތަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސިއްހީ ގޮތުން ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި އައިޖީއެމްއެޗުގެ ގަވަނިން ބޯޑުގެ ޗެއާމަން ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ ރާއްޖޭގައި 600 އަށް ވުރެ ގިނަ ޑޮކްޓަރުން މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ ކޮންމެ 700 މީހަކަށް ޑޮކްޓަރެއް ކަމަށާއި އާބާދީގެ ނިސްބަތަށް ބަލާއިރު، އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ޑޮކްޓަރުން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ޑޮކްޓަރު، އަޒީ ވިދާޅުވީ ސިއްހީ ގޮތުން އެންމެ ތަރައްގީ ވެފައިވާ ސިންގަޕޫރާއި އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ތިބެނީ ކޮންމެ 600-500 މީހަކަށް ޑޮކްޓަރެއް ކަމަށާއި މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ބަލާއިރު ކޮންމެ 2000-3000 މީހަކަށް ވެސް ޑޮކްޓަރުން ހުންނަ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ކޮންމެ 700 މީހަކަށް ޑޮކްޓަރަކު ހުރުމަކީ ސިއްހީ ދާއިރާއަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި 600 އަށް ވުރެ ގިނަ ޑޮކްޓަރުން ތިބޭއިރު އޭގެ ތެރެއިން 200އަށް ވުރެ މީހުންނަކީ ދިވެހިންނެވެ. އަދި އައިޖީއެމްއެޗުގައި 200 އަށް ވުރެ ގިނަ ޑޮކްޓަރުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 180 މީހުންނަކީ ސްޕެޝަލިސްޓުން ކަން ވެސް އަޒީ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ވޭތުވެދިޔަ 70 އަހަރަށް ބަލާއިރު ފުރަތަމަ 35 އަހަރުގެ ތެރޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އައީ ވަރަށް ހަނިކޮށް ކަމަށެވެ. އެގޮތުން މާލޭން ބޭރުގައި ހޮސްޕިޓަލެއް އަޅައި ޑޮކްޓަރުން ރަށްރަށަށް ފޮނުވަން ސަރުކާރުން ނިންމީ 1985ގައި ކަމަށާއި އެހާ ހަމައަށް ހުރިހާ ރަށެއްގައި ވެސް ހިދުމަތް ދެމުން އައީ ކޮމިއުނިޓީ ހެލްތު ވޯކަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭން ބޭރުގައި އެންމެ ފުރަތަމަ ސަރުކާރުން ހޮސްޕިޓަލެއް އަޅާފައިވަނީ ހދ. ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި އައްޑޫގަ އެވެ. އަދި މާލޭން ބޭރުގައި ހިދުމަތް ދޭ ފުރަތަމަ ޑޮކްޓަރެއްގެ ގޮތުން ކުޅުދުއްފުއްޓަށް ޑރ. އަބްދުﷲ ވަހީދު ފޮނުއްވި އިރު އުނގޫފާރަށް ފޮނުއްވީ މަރުހޫމް ޑރ. އަހުމަދު ރާޒީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އައްޑޫގައި ހިދުމަތް ދެއްވި ޑޮކްޓަރުގެ ހައިސިއްުޔަތުން ވާހަކަ ދައްކަވަމުން އަޒީ ވިދާޅުވީ ޑޮކްޓަރީ ފަރުވާއަށް އޭރު މީހުން އިތުބާރު ނުކުރާ ކަމަށާއި އެކްސްރޭ ނެގުމަށް ފަހު ވެސް އެނބުރި ޑޮކްޓަރަށް ދައްކަން ނާންނަ ކަމަށެވެ.

އެކަމަކު މިހާރު ސިއްހީ ހިދުމަތަށް މީހުން ހޭލުންތެރިވެފައިވާއިރު، ފައިލޭރިޔާ އާއި ޓީބީ އަދި މީސަލްސް ފަދަ ބަލިތައް ރާއްޖޭން ނައްތާލައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އަޒީ ވިދާޅުވި އެވެ.

މި ރަސްްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް އެ ހޮސްޕިޓަލުން 400،000 އެއްހާ މީހުން ފަރުވާ ހޯދި އިރު 14،000 މީހުން އެޑްމިޓް ކޮށްގެން އަދި 200،000 އަށް ވުރެ ގިނަ މީހުން ލެބޯޓަރީގެ ހިދުމަތް ހޯދި ކަމަށެވެ.

މި އަދަދުތަކަށް ބަލާލުމުން ވެސް އެތަނުގެ މުވައްޒަފުން ކުރަަމުން އަންނަ މަސައްކަތް އެނގޭ ކަމަށާއި އެއީ އާއިލާއާ ދުރުގައި ތިބެ، އުޖޫޫރައަކަށް ބެލުމަށް ނެތި އިންސާނީ ހިދުމަތެއްގެ ގޮތުން ކުރަމުން މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެތަނުން ހިދުމަތް ދިނުމުގައި އިސްކޮށް ފެންނަނީ ޑޮކްޓަރުންނާއި ނަރުހުން ނަމަވެސް، އެ ހިދުމަތުގައި އެ ތަނުގެ މެކޭނިކުންނާއި އެއްޗެހި ދޮންނަ މީހުން ފެށިގެން އެންމެ ސީނިއާ މީހުން ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެއް ޓީމެއްގެ ގޮތުގައި. މިއީ އައިޖީއެމްއެޗު ވަން ޓީމް. 24 ގަޑިއިރު ނުނިދާ އެހެން މީހުންނަށް ހިދުމަތް ދިނުމަކީ އެ މީހުންގެ އުފަލެއްކަން، އަޅުގަނޑު މިތަނުގައި ހޭދަ ކުރި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ވަނީ ފެނިފައި،" ފަރުހަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗަކީ އެންމެ ފުރިހަމަ ތަން ނޫން ކަމަށާއި އެތަނުން ދޭ ހިދުމަތްތައް ވެސް އެންމެ ފުރިހަމަ ނުވެދާނެ ކަމަށެވެ. އެކަމަކު އެކަންކަން ރަނގަޅު ކުރުމަށް، އާއްމުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި އެ ދަތިތައް ހިއްސާ ކުރުމުން، އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާން އަދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތް ހިސާބުން ދެން ސުވާލު ކުރަންވީ، ލިބިފައިވާ ވަސީލަތްތަކުގެ އަދަދާއި ހަރަދު ކުރާނެ ފައިސާގެ މިންވަރަށް ވުރެ، އެ ވަސީލަތްތަކުން ދެވޭނެ ހިދުމަތްތަކާ ގުޅޭގޮތުން ކަމަށެވެ. އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ސިސްޓަމް ވަރުގަދަ ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ދައުލަތުން ހަރަދުކޮށް، މިހާރު ވެސް މީހުން ތަމްރީނު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗު ހިންގަމުން އަންނަނީ މުއައްސަސާއެއް ހިންގުމަށް ބޭނުންވާ އެންމެ މުހިއްމު ބަހާތަކާއި އަސާސްތައް ރަނގަޅަށް ތަރުތީބުކޮށްގެން ކަމަށާއި އެތަން ކުރިއަށް ގެންދިޔުމުގައި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން ފާހަގަ ކޮށްލެވޭ ކަމަށެވެ.

އެ ތިން ބޭފުޅުންގެ ވާހަކައިގައި ވެސް ވަނީ ރާއްޖޭގައި އަލަށް އަޅާ މެޑިކަލް ކޮލެޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އަދި އެއީ ސިއްހީ ދާއިރާއަށް އަންނާނެ އިންގިލާބެއް ކަމަށް ވެސް ވިދާޅުވި އެވެ.

26 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 18%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

16 January 2018

ރާއްޖޭގެ އާބާދީ އަށް ބަލާއިރު ޑޮކްޓަރުން މާގިނަ .އެކަމަކު އެޑޮކްޓަރުންގެ ހިދުމަތް އޭގެ ފުރިހަމަ ގޮތުގާ ލިބެމުން ނުދަނީ ކުދިކުދި އާބާދީ ތަކަކަށް ބެހިފައިވާ ގިނަ ރަށްތަކެއްގާ މީހުން އުޅެމުން ދާތީ .ހެކަން ހައްލުވާނީ އާބާދީ އެއްފަސްވެގެން.ތަފާތު ސަރަހައްދު ތަކުގާ ވިޔަސް މިހާރުގެ ޕޮޕިއުލޭސަނަށް ބަލާއިރު 5 ނުވަތަ 6 ރަށުގާ ދިރި އުޅެން ފެށުމުން. އޭރުން ހުރިހާޑޮކްޓަރުންނާ ނަރހުންގެ ހިދުމަތް ފުރިހަމަޔަށް ލިބެން ފަށާނެ.

The name is already taken The name is available. Register?

ޑރ އެއް

15 January 2018

ޜާއްޖޭގައި 200 އަށްވުރެ ގިނަ ޑޮކްޓަރުން ރަޖިސްޓްރީކޮށްފައި ތިބޭނެ! މިބުނީ ދިވެހި ޑޮކްޓަރުން! އެންމެ ފަހުން ހީވާގޮތުން އުޅޭނީ ނަންބަރު 400 ގެ ތެރޭގައި! ވަރަށް ގިނަ ދިވެހިން ޑޮކްޓަރީކަން ކިޔަވައިގެން އޮސްޓްރޭލިޔާ، އެމެރިކާ، ޔޫކޭ ފަދަ ތަންތަނުގައި ެވސް އެބައުޅޭ! ހަމަ ދިވެހިން!

The name is already taken The name is available. Register?

އިސްކީޕަރު

12 January 2018

ކޮންމެސް ގޮތެއް ހަދައިގެން މެޑިކަލް ޑިގްރީ ސެޓްފިކެޓެއް ހާސިލްކޮށްގެން "ޑޮކްޓަރު" ގެ ލަގަބު ހޯދައިގެން ތިބި މީހުން ގިނަ ކުރުމުން ވާނޭކަމެއް ނުއޮންނާނޭކަމުގެ އަލިގަދަ މިސާލެއް ރާއްޖެއަކީ.. ގައަުމަކަށް ބޭނުންވަނީ ކޮލިޓީ ރަނގަޅު، ތަޢުލީމީ އަދި ޕްރޮފެޝަނަލް މެޑިކަލް ޑޮކްޓަރުން!

The name is already taken The name is available. Register?

ބެއްޔާ އައްޑޫ

11 January 2018

ތެކަހަލެއި ފުރެއި ރިކޯޑު ރާއްދެއަށް ލިބޭހެއް. 1. ނިސްބަތުން އެއްމެ ގިނަ ޑްރަގް އެޑިކްޓުން 2. ނިސްބަތުން އެއްމެ ގިނަ ޑްރަގް ވިއްކާ މީހުން 3. ނިސްބަތުން އެއްމެ ގިނަ ވަގުން 4. ނިސްބަތުން އެއްމެ ގިނަ ކުދުކުދީންނާއި ބެހޭ މީހުން 5. ނިސްބަތުން އެއްމެ ގިނަ ސިޔާސީ މީހުން 6. ނިސްބަތުން އެއްމެ ގިނަ ޝޭހުން 7. ނިސްބަތުން އެއްމެ ގިނަ ކޮރަޕްޓް އޮފިޝަލުން 8. ނިސްބަތުން އެއްމެ ގިނަ ދައުލަތި ފައިސާ ވަގަށް ނަގާ މީހުން 9. ނިސްބަތުން އެއްމެ ގިނަ ތިޖޫރީ ވަގަށް ނެގުން 10. ނިސްބަތުން އެއްމެ ގިނަ ރުހުން ނެތް ވެރިން 11. ނިސްބަތުން އެއްމެ ގިނަ ތަހުގީގު ނިކެރާ މަރަ 12. ނިސްބަތުން އެއްމެ ގިނަ ފެންފުވައްރުށް ކެނޑުން.

The name is already taken The name is available. Register?

ހަގީގަތް

12 January 2018

ތިހުރިހާ އެއްޗެއްގެ އެންމެ ގިނަ މޭސްތިރިންނަކީ އައްޑޫ މީހުން ދޯ..! :ޕީ

The name is already taken The name is available. Register?

ީފާތުމަ

11 January 2018

އެހެންއެވީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ކޮންމެ އާއިލާއަކަށް ޑަކުޓަރެއް ހޯއްދަވާދެއްވީމަ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

11 January 2018

އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ޑޮކްޓަރުން ގިނަ އެއް ގައުމަކީ ރާއްޖެ ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ. ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓް ހައްދައިގެން ކިއުގަ ތިންހަފްތާވަންދެން މަޑުކުރަންޖެހޭ ދެވަނަ ޤައުމެއްވެސް ދުނިޔޭގެ ނިސްބަތުން މިނޫނީ ނޯންނާނެ.

The name is already taken The name is available. Register?

އައްޑޫ ކޮއްޔާ

11 January 2018

" ކެތުލެބުން 8000 މީހުން ފަރުވާ ހޯދައިފި." މި މައުޞޫގެ ދަށުން ލިޔެފ އެއިން އާޓިކަލްގަ މިނިސްޓަރު ވިދާޅުވެފަ އެބައިން ކޮންމެ 430 މީހަކަށް ޑޮކްޓަރަކު ރާއްޖޭގަ އެބަތިއްބޭ. އެހެންވީމާ ސިންގަޕޫރާއި އެމެރިކާ އަށްވުރެ ރަނގަޅުތާ! އެކަމުން މިތަނުން އިތުރުފުޅު ހައްދަވަނީ ކާކުބާ ؟

The name is already taken The name is available. Register?

ްށޏ1

11 January 2018

ނިސްބަތުން ޑޮކްޓަރުން ގިނަ، މި ގިނަމީހުން ކިޔަވަނީ ސަރުކާރު ހަރަދުގައި، ކިޔަވައިނިމިގެން ސަރުކާރަށް ހިދުމަތް ކުރުމުގެ ބަދަލުގައި ނިކުންނަނީ މާލޭގެ ޕްރައިވެޓް ކުލިނިކްތަކުގައި މަސައްކަތް ކުރަން، ދިވެހި ރައްޔިތުންގެ ފައިސާއިން ކިޔަވައި މިމީހުންގެ ހިދުމަތް ލިބެނީ ގްރޭޓަރ މާލޭ އޭރިއާއަށް، ބަދަލުގައި މީމީހުން ރާއްޖެތެރޭގެ ހޮސްޕިޓަލްތަކަށް ފޮނުވޭނެ ނިޒާމެއް ވ.މުހިއްމު

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

11 January 2018

1940’ގައި އައްޑޫ ގޭން ހޮސްޕިޓަލުގައި އިޤިރޭސި ސާޖަނުން ދިވެހިންނަށް އެންމެޒަމާނީ ފަރުވާދިންކަން ތާރީހުންސާބިތުވޭ. އިގިރޭސި ދައުލަތުގެ ރާނީ ގަމުން މާލެ އަށް ކުރެއްވި ރަސްމީ ދަތުރު ފުޅާއި ވިދިގެން މާލޭ ސަރުކާރަށް ހަދިޔާކުރި “ސެންޓްރަލް ހޮސްޕިޓަލް (މިހާރު އޭޑީކޭ ހުރި އިމާރާތް) އަކީ އެއްވެސް ހާލެއްގައި މާލޭ ސަރުކާރުން ބިނާކުރި ތަނެއްނޫން” ކަން އަހަރުމެންނަށް އިގޭ. ތަފާތު ހިސާބު ހާމަ ކުރާގޮތަކުން “ބޮޑު އޮޅުންގަނޑެއްގެ ތެރެއަށް” ރައްޔިތުން ހިގައިދާނެ. މިސާލަކަށް ކިއުބާގެ ޑޮކްޓަރުންގެ އަދަދާއި އާބާދީ އަޅާ ކިއުމާއި އިންޑިޔާ އާއި އެއްވަރު ނުވާނެ. ނިއުޔޯކް ، މޮސްކޯ ، ބޮމްބޭ ފަދަ ސަރާސަރު ސަހަރު ތަކާއި ރިމޯޓް އައިލެންޑްސް ތަކެއްގެ ގޮތުގައި ކަނޑު ހުރަސްކޮށް ހުރި ރައްތަކެއްގެ ވާހަކަ “އޮޅޭގޮތަށް” ގެނެސް ދިނުމަކީ ވެސް ރައްޔިތުންގެ ނިކަމެތިކަމުގައި ފައިދާ ނެގުން. ދުޅަހެޔޮ ސިއްހަތެއް ރައްޔިތުންނަށް ލިބޭނީ “އެކި ސިފަސިފޢިގެ ކުރާ އަނިޔާ” ތައްވެސް ހުއްޓާލައި ހަޤީގަތާއި ކުރިމަތިލާން ވެރިންނަށް ދަސްވެގެން.

The name is already taken The name is available. Register?

ވަގުކަލޭގެ

11 January 2018

އާބާދީގެ ނިސްބަތުން ވަގުންވެސް އެންމެ ގިނައީ ރާއްޖޭގައި..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454