ޚަބަރު / އައިޖީއެމްއެޗު

އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

އަިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހަދާ ދަރިވަރަކަށް، މިނިސްޓަރު ނާޒިމް (ކ) އެކަމުގެ ލިޔުން ހަވާލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އައިޖީއެމްއެޗުން ފުރަތަމަ ފަހަރަށް ފަށައިފި އެވެ.

މެޑިސިން ކިޔަވާ ކުދިންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބެނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ، އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު، ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އަދި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެެރިވި ހަ ދަރިވަރަކަށް މިއަދު އެކަމުގެ ލިޔުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި މެލޭޝިޔާ އާއި ޗައިނާ އާއި އަޔަލެންޑާއި ޔޫކްރެއިނާއި ނައިޖީރިއާއިން ޑޮކްޓަރުކަން ކިޔެވި ދަރިވަރުން ހިމެނެ އެވެ.

މީގެ ތެރޭގައި ނައިޖީރިއާގެ ދަރިވަރަކު ވެސް ހިމެނެ އެވެ.

އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހަދާ ދަރިވަރަކަށް، މިނިސްޓަރު ނާޒިމް (ކ) އެކަމުގެ ލިޔުން ހަވާލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ މެޑިކަލް ސާވިސްގެ ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ކޮންމެ އަހަރަކު ވެސް ޑޮކްޓަރުކަން ކިޔަވަން ބޭރު ގައުމުތަކަށް ދިޔަ ނަމަވެސް، މެޑިކަލް އިންޓާންޝިޕްގެ ފުރުސަތު ލިބެނީ އުނދަގުލުން ކަމަށެވެ. އަދި ބައެއް ޔުނިވަސިޓީތަކުން އެ ފުރުސަތު ލިބެން ނުހުންނާތީ، ދިވެހި ދަރިވަރުން ރާއްޖެ އައިސް، ފުރުސަތެއް ހޯދައިގެން އެހެން ގައުމަކަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ރާއްޖޭގައި މި ޕްރޮގްރާމް ފެށުން ވާނީ އެ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކުން ވެސް މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު އާއްމުކޮށް، ދެނީ އެ ގައުމެއްގެ ދަރިވަރުންނަށެވެ. އެހެންވެ، ކިޔެވުން ފުރިހަމަ ކުރުމަށް ފަހު، މެޑިކަލް އިންޓާންޝިޕްގެ ފުރުސަތު ހޯދުމަކީ ދަރިވަރުންނަށް އުނދަގޫކަމެއް ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އަލަށް ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމާ ގުޅޭގޮތުން ޑރ. ނަޒީމް މިއަދު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

"ކިޔެވުން ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައިސް، އިންޓާންޝިޕަށް އެހެން ގައުމަކަށް ދިއުމަކީ ވެސް ވަރަށް ބޮޑު ތަކުލީފެއް. އެކަމަށް ގިނަ ފައިސާ އާއި ވަގުތު ވެސް ހޭދަވޭ. އެހެންވެ، އެއްވެސް ފީއެއް ނުނަގާ ގޮތަށް އައިޖީއެމްއެޗުން މިއަދު މި ފެށީ ވަރަށް މުހިއްމު ހިދުމަތެއް،" ނަޒީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އިންޓާންޝިޕް ހަދާ ބައެއް ދަރިވަރުން ބުނީ އަމިއްލަ ގައުމުގައި ތިބެ، ތަމްރީނު ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރަސްމީކޮށް ހިދުމަތް ދޭން ފެށުމުގެ ކުރިން، ދިވެހިންގެ ތެރޭގައި މަސައްކަތްކޮށް، އާއްމުކޮށް ޖެހޭ ބަލިތައް ދެނެގަނެވުމަކީ އެ މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ރާއްޖޭގައި މި އަހަރު މެޑިކަލް ކޮލެޖުގެ ޚިދުމަތް ފަށާއިރު، އައިޖީއެމްއެޗުގައި އިންޓާންޝިޕް ފެށުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ވަނީ ވިދާޅުވެފަ އެވެ.

މެޑިކަލް ކޮލެޖް ހިންގުމަށް، ދަރުމަވަންތަ ހޮސްޕިޓަލުން ދެ ބުރި ވަނީ ހަމަޖައްސާފަ އެވެ.

9 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 4%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކުޓަރު

13 June 2018

ޢެމް.ބީ.ބީ.އެސް 1 އަހަރުދުވަހު އިންޓާން ޝިޕް ހަދާއިރު ކޮންމެ ގައުމެއްގަވެސް އެ ކުދިން ނަށް މުސާރަ ނުވަތަ ސްޓައިޕެންޑެއް ދޭ.އިންޑިއާގަ އިންޓާން ހަދާއިރު މަހަކު -/000 18 ހާސް ރުޕީސް ދޭ.3 އަހަރުގެ ސްޕެސަލިސްޓް ޕްރޮގްރާމް ހަދާއިރު މަހަކު -/000 22 ރުޕީސް ދޭ.ހަގީގަތުގަ އިންޑިއާގަ މެޑިކަލް ކޮލެޖެއްގަ ބަލިމީހުން ބެލުމުގެ %70 މަސައްކަތް ކުރަނީ އިންޓާނުން ނާއި ޕީޖީ ދަރިވަރުން.ދުނިޔޭގަ އެއްވެސް ތަނެއްގަ އިންޓާން ސިޕް ހަދަން ފައިސާ ދޭކަށް ނުޖެހޭ.ދިވެހިދަރިވަރުނައް ބޭރުގަ ދިމާވާ މައްސަލައަކީ އެގައުމުތަކުގަ މީހުން ދައްކާބަސް ނުއެގުން.އިންޑިއާގެ ހިންދޫ ސަރަހައްދެއްގެ ހޮސްޕިޓަލުގަ ހިންދީބަސް ނުއެގި ބަލިމީހުން ނާވާހަކަދައްކާ ހިސްޓްރީ ހޯދާނީ ކިހިނެއް.އައިޖީއެމްގެ އިންތާނުންނަށް މަހަކު-/000 15 ވަރުދޭން ޖެހޭނެ.އޮޅުވާ ނުލާ!

The name is already taken The name is available. Register?

ޜިޒާ

11 January 2018

730 ދުވަހުގެ ތެރޭ ކޮންމެ 11 މިނިޓަކުން އެމް އާރު އައިއެއް

The name is already taken The name is available. Register?

ގުޑް

11 January 2018

ދެޓްސް ރިއަލީ ގުޑް

The name is already taken The name is available. Register?

ޚާދީ

11 January 2018

ޢާދޭ ތިންމަސްފަހުން ފައިގެ ފިޒިއޯހަދަން. ޅަދުންބޯހަލަލާކު.

The name is already taken The name is available. Register?

ޝިފާގު

11 January 2018

ސާބަހޭ ހެލްތު މިނިސްޓަރު. ޝުކުރިއްޔާ ރައީސް ޔާމީނޫ.

The name is already taken The name is available. Register?

ހެންޑެލި

11 January 2018

އާބާދީގެ ނިސްބަތުން ޑޮކްޓަރުން އެންމެ ގިނައީ ދިވެހިރާއްޖޭގައިކަން އެބައެގޭ ޑޮކްޓަރަށް ދަށްކަން އެޕޮއިންޓްމަންޓެއް މިލިބެނީ ތިން ހަތަރު މަސްދުވަހުގަ ކިއުގަ މަޑުކޮއްގެން، އެޕޮއިންޓްމަން ހަމަޖެހި މެމޯހައްދާފަހުން ޑޮކްޓަރުގެ ޑިއުޓީ ކެންސަލް ވެގެން އެހާ ދުވަހު އިންތިޒާރުކޮށްގެން ހޯދި އެޕޮއިންޓަށް ޑޮކްޓަރަށް ނުދެއްކި މާޔޫސްވެގެން ގެޔަށްދާންޖެހެނީ މަދެއްކޮށެއްނޫން. ބޭސް ސިޓީގަ ޑޮކްޓަރު 2ބޭސް ލިޔެދިނަސް އެތަނުން 1ބޭސް ނުލިބިގެން މާލޭގަ ހުންނަ ހުރިހާ ފާމަސީއަކަށް ހިނގަންޖެހޭނެ. ގިނަފަހަރަށް ރަނގަޅަށް ބެލުމެއް އެގްޒާމިންކުރުމެއްނެތި ބޮޑު ބޭސްފުނިވަރެއް ލިޔެދޭނެ. އައި.ޖީ.އެމް.އެޗްގަ މަސައްކަތްކުރާ ޑޮކްޓަރުން ނުބަލާ ކްލިނިކެއް މާލޭގަ ނުހުރޭ، އައި.ޖީ.އެމް.އެޗްގަ ވަޒީފާ އަދާކުރާ ޑޮކްޓަރުން އެތަނުގެ ޑިއުޓީ ތަކަށް މާބޮޑު ސަމާލުކަމެއްނުދީ ކޮންމެ ކްލިނިކަކަށް ދޮޅުގަޑިއިރުގެ މަގުން ބޮޑުމުސާރައަށް މަސައްކަތްކުރާކަން ފާހަގަވޭ. ރާއްޖޭގެ ސިއްހީނިޒާމަށް ވަރަށް ސަލާމް. މީދެން ފުކެއް ބޮޑުވަރު

The name is already taken The name is available. Register?

ޑޮކެއް

11 January 2018

ފޮޓޯއިން ފެންނަ ގޮތުގައި އެކުދިންގެ ސެޓިފިކެޓުގައި އެހެރީ ޑރ. ލަގަބު ޖަހާފަ. ޑރ. ޓައިޓަލް ލިބޭނީ އެމްބީބީއެސް ނިންމާފަ، 1 އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރީމަ، މެޑިކަލް ކައުންސިލުން ދޭ ލައިސަންސިން އެގަޒޭމުން ފާސްވީމަ.

The name is already taken The name is available. Register?

އަފްޒަލް ކުޅުދުއްފުށި

11 January 2018

މިއީ ބޮޑު އޮޅުވާލުމެއް. ބޭރުގަ އަހަރެން ހަދަނީ ހަމަ އެއްވެސް ފީއެއްނުނަގާ. ދިރިއުޅެން މައިންބަފައިން ލާރި ފޮނުވަނީ. ހަމަގައިމުވެސް ދިރިއުޅުން ކުލީ މާލެއަށްވުރެން ކުޑަ. ރާއްޖެއިން އެކުދިންނަށް ލާރި ނުދެންޔާ ތިއީ ބޭކާރުކަމެއް ތިތާ ތިހެދުން.

The name is already taken The name is available. Register?

ޢަލިބޭބެ

12 January 2018

ދެން ކޮންމެ ކަމެއް މާ އެނގިގެން ނޫޅެބަލަ. އަދި އަމުދުން ނޭނގޭ ހާލުގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454