މިނިސްޓަރު ނާޒިމް މިދިޔަ އަހަރުގެ ޖުލައިގައި ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލައްވަން ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ/ ހެލްތު މިނިސްޓްރީ
13 ޖެނުއަރީ 2018 - 09:49
އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މަސައްކަތް ކުރިއަށް ދަނީ ތާވަލާ ވެސް އެއްގޮތަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމައިލެވޭނެ ކަމަށެވެ. އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާ 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލު ކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ލަސްވެގެން މެއި 8، 2018 ގައި ހަވާލު ކުރާ ގޮތަށެވެ.
ނާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ހޮސްޕިޓަލްގެ މަސައްކަތް އެއްކޮށް ނިންމައި މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށާނެ އެވެ.
Addu aa hospital anna July gai nimeyne: Nazim
The most trusted news source in the Maldives
Mihaaru
އައްޑޫ އާ ހޮސްޕިޓަލް މި އަހަރުގެ ޖުލައިގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނޭ.
"އަޅުގަނޑު އުއްމީދު ކުރަނީ ތާވަލާ އެއްގޮތަށް މިކަންކަން ގޮސް، މި އަހަރުގެ ތެރޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އައްޑޫގައި ގާއިމުވެގެން ދާނެ ކަމަށް. މިއީ ވަރަށް ގިނަ ސަރުކާރުތަކަކުން ކުރަން އުޅެ، ނުވެފައި އޮތް ކަމެއް. އެހެން ނަމަވެސް މިއަދު އައްޑޫގެ ރައްޔިތުން ވަރަށް ޝުކުރުވެރިކަމާ އެކު ބަލައި ގަނެ، ފާހަގަ ކުރަނީ މި ހޮސްޕިޓަލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑަށް ވަރަށް ކަށަވަރުކަމާ އެކު ދަންނަވަން ކެރިދާނެ މި ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެތަނުގެ ޚިދުމަތް މި އަހަރުގެ ތެރޭގައި، އައްޑު އާއި ދެކުނުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެކަން."
Addu aa hospoitalah thakethi supplykoh dheyne bayaku hoadhany
The most trusted news source in the Maldives
Mihaaru
އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ހޯދަން ބީލަމަށްލީ މިދިޔަ އޮކްޓޯބަރުގައި.
އައްޑޫ އާ ހޮސްޕިޓަލަކީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. އަދި މުޅި ޕްރޮޖެކްޓަށް 21 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.
Aa hospital hulhvumun Male in nulibey sihhee faruvaa Addu in libeyne: Dr. Muizzu
The most trusted news source in the Maldives
Mihaaru
މާލޭން ނުލިބޭ ސިއްހީ ފަރުވާ އައްޑޫ އާ ހޮސްޕިޓަލުން ލިބޭނެ.
އެގޮތުން އެ ހޮސްޕިޓަލަށް ބޭނުންވާ އިކްޕްމެންޓާއި މެޝިނަރީތަކާއި ފަރުނީޗަރުތައް ހޯދަން ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ބީލަމަށް ލައިފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އައްޑޫ އާ ހޮސްޕިޓަލްވެގެން ދާނީ މާލޭން ވެސް ނުލިބޭ ސިއްހީ ގިނަ ހިދުމަތްތަކެއް ލިބޭ ތަނަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީ
14 January 2018
އައްޑޫގަ ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭނީ ވަރަށް ލަސްލަހުން ފަރުވާތެރިކަމާއެކު. ޗޮއްކިޔާފަ ބްރިޖެއްހެން ނިންމައެއްނުލެވޭނެ. މިއަދު ވިހޭ ކުއްޖާއަށްވެސް އެކަންކުރަނީ ކާކުކަން އެނގޭނެހެން އެކަން ކުރަންޖެހޭނީ
އަލީ.
14 January 2018
ތާވަލާ އެއްގޮތަށޯ ލަދުންބޯހަލާކު މިހާރުވެސް މިއުޅެނީ ނިމްސްހޮސްޕިޓަލުގެ ކަންތަކުން ސަލާމަތް ނުވެވިގެން މިސަރުކާރަކީ އަމަލާ ބަހާ ދިމާވާބައެއްނޫން
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
13 January 2018
ވެރިކަމުގެ 5 އަހަރުދުވަހުގައި 5 ހާސް އެނދުގެ ސިޓީ ހޮޓާ، ސޮފްޓްވެއަރއިންޖިނޭރުން އުފެއްދުމަށްއަޅާދޭންބުނި އައިޓީޕާރކް، ސާފްބޯފެނާއިނަރުދަމާ، ކަރަންޓް، ބަންކަރިންގ ހިދުމަތާއިއެކުތަރައްޤީކުރާންބުނި ސީޕޯރޓް. އައްޑުއަށް ބޭނުންވާފަދަފައްކާއެއަރޕޯޓް، މައުންޓްއެލިޒަވަތު ފަޑުކޮށްލާނެ ތިޔަވަރުގަދަ ހޮސްޕިޓަލް ފަދަހުރިހާވާހަކަތަކަކީބިލާހެއް ކަން އޭރުވެސް އައްޑޫ މީހުންނަށް އިގޭ. އެހެން ކަމުން “2013 ގެ އިންތިހާބުގެ އެއްވެސް ބުރެއްގައި ޔާމީން އަބުދުލް ޤައްޔޫމް ކިޔާމީހަކަށް އައްޑޫ މީހުން ވޯޓް ދީފައިނުވޭ” އަދި އޭގެ ފަހުން ބޭއްވި “މަޖިލިސް ، ކައުންސިލް އިންތިހާބުގެ ނަތީޖާ އަކީ އައްޑޫ މީހުން މިސަރުކާރާއި މެދު ދެކޭގޮތް”ކަން ޔާމިންގެ ހެލްތް މިނިސްޓަރަށް ފަހުމް ނުވާތީ “ 3 ވަނަ ޕެރެގްރާފް ގައި ހުރި ކޮސް ގޮވާފައި އެވަނީ” އައްޑޫ ރައްޔިތުންގެ ކުރިމަތީގައި “ތިބޭފުޅުންގެ ޕާޓީ އާއި ޕާޓީގެ ލީޑަރު ގެ މަޤުބޫލު ކަމެއްނެތް” ކަން އިންތިހާބްގެ ވޯޓްގެ މާކުރިން ފެންނާނެ. އަދި އީސީސީ ވެސް ލޭޑް މާކެއްގެ ގޮތުގައި ބަހައްޓާނެ.
ައައްލީ
13 January 2018
ލަދުގެ ކަންފުޅެއްވެސް ނެތީއޭ. އާ ހޮސްޕިޓަލޯ. ކޮންތާކު އަޅާ އާ ހޮސްޕިޓަލެއްތަ. އީސީސީ ހަލާކު ކުރުން ތާވަލާ އެއްގޮތައް ކުރިޔަށް ދާވާހަކަ ބުނެބަލަ. 2013 އިން 2018 އަށް އައްޑޫގެ ބަޔަކު ވެގެން މުޅި އައްޑު އަށް ވަރަށް ބޮޑު ގެއްލުމެއް ދީފި. އަދި ދެމުން ގެންދަނީ.
އިއީސީ
13 January 2018
އީއީސީ އަކީ އައްޑުއަތޮޅު ރައްޔިތުންނަށް ކޮން ފައިދާއެއް ވީ ތަނެއް ބާ؟ ހުދު ނީލަގެރިއެތެއްގެ ގޮތުގައި ފަނާވާން ދޫކޮށްލާފަ ބޭއްވުމުގެ ބަދަލްގައި އެތަނީ ތި އައްޑޫ ރައްޔިތުންނަށް އެތަނަކަުން ޚިދުމަތެއް ލިބޭނެގޮތް ވެގެންދާތީ ޝުކުރުވެރިވެބަލަ. އައްޑު ހަލާކު ކުރާ ބަޔަކީ ތިހެން އަބަދުވެސް އެއޮންނަ ސަރުކާރަކާއި ޖައްސާލައިގެން ޖެއްސުން ކޮށް އަތޮލަށް ތަރައްގީ ގެނައުމަށް ހުރަސް އަޅާ، ތިމާމެން އެދުން ފުއްދުމަށްޓަކައި ރައްޔިތުން ގެ ތެރެއިން ބޮޑުބައެއް ޅޮސް އުދޯއްޔަށް އަރުވައިގެން ތިބޭ މީހުން. އައްޑޫގެ ހަލާކަކީ އަބަދުވެސް އެފަދަ މީހުން
ސިންތިލީ ވޫމް
13 January 2018
ދެ އަހަރުން 95،000 އެމްއާރުއައި ހެދި ވާހަ ބުނި ބަޔަކު ދައްކާ ވާހަ ދިމާ ނުވެސް ނުވެހިގައި ދާނެ!
-މަލާ
13 January 2018
ތީ ހަމަ ދައްކާނެ ވާހަކައެއް ނެތީމަ. މީހަކަށް ތަނެއްގަ އޮޅިގެން 0 އިތުރަށް ޖެހުނީމަ، އަގަތަޅަނީ. މާރީތިވާނެ، 11.8 މިލިއަން ރުފިޔާ، ދިވެހި ނިކަމެތި ރައްޔިތުންގެ ބޭސް ފަރުވާޔަށް ތަކެތި ހޯދުމުގެ ނަމުގަ އެއްކަމެއް ނުކޮށް ޕްރި ޕެއްިޑަކަށް ދިން ވާހަކަ ދެއްކިއްޔާ. 3 އަހަރުވިއިރު ދިވެހި ސިއްހީ ދާއިރާ ފުޑާލި ގޮތުގެ ވާހަކަ ދެއްކިއްޔާ
ރަމީދް
13 January 2018
އިދިކޮޅު މީހުން ނުދައްކާ އަދި ނުވެސް ދައްކާނެ ވާހަކަ އަކީ އައްޑޫ ހޮޮސްޕިޓަލު ދީފައިވަނީ އައްނިގެ އާއިލީ ކުންފުންޏަށް.. އެލިއާ... އެއޮށް ބޮޑު ފައިދާ އެމީހުން ނަގާ ނަގަނީ.. ހަބޭސް.... ތިޔަށްވުރެ އަގުހެޔޮޮށް ތިކަންވާނެ... ކުރިން ހަދާފައި ހުރި އިމާރާތެއް ބަދަލު ކުރަން މަރާމާތު ކުރަން 165 މިލިޔަން.. ބޯ ހަލާކު... މިވާހަކަ ދައްކާބަލަ މައުމޫނާ...
ދޮން އާމިރު
13 January 2018
ތާވަލޯ...........ހެހެހެހެހެހެހެހެހެހެ. އައްޑޫ މީހުން ދެން އަތްޖަހާ.
ޔުނައިޓެޑް އައްޑޫ
13 January 2018
އައްޑޫ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިއަށްދަނީ ހުޅުމާލޭ ހޮސްޕިޓަލުގެ ބިޒްނަސްޕްލޭނާއި އެއްގޮތަށް.
އެކްސް
13 January 2018
"މިނިސްޓަރުގެ ތާވަލާ" އެއްގޮތަށް ކުރިއަށް ދަންޏާ ދެން އިތުރަށް ބުނާނެ އެއްޗެއްނެތް.
ހަސަންބެގެ
13 January 2018
ﷲ އިރާދަފުޅާއި އެކުމި އަހަރު ޖޫން/ޖުލައިގަ ތަނުގެ މަސައްކަތް ނިމި އޯގަސްޓްގައި ޚިދުމަތް ދެވެން ފަށާނެ. ފާޑުފާޑަށް ނުކުޅެދޭމީހުން މަލާމާތް ކޮށްލަ ކޮއްލާ ތިބޭ. ތިމީހުންނާއި ތިމީހުންގެ އާއިލާ އެތަނުން ޚިދުމަތް ހޯދާއިރު ލަދު ގަންނަން ޖެހޭނެ. އެކަމަކު ލަދުގަންނާނީ ވެސް ލަދެއް ވާމީހުން ތާ؟