އާރްޔަން އާއި ނަވްޔާ ގްރެޖުއޭޝަން ދުވަހު
23 މެއި 2016 - 11:35
ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން އާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު ނާވްޔާ ނަވޭލީ އެމީހުން ކިޔަވަމުންދިޔަ ލަންޑަންގެ ސްކޫލުން ގްރެޖުއޭޓް ވެއްޖެ އެވެ.
މި ދެކުދިން ވަނީ ގްރެޖުއޭޝަންގަ އާއި އޭގެ ފަހުން އޮތް ޕްރޮމްގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން އާރްޔަން އާއި ނަވްޔާ އަކީ އެންމެ ގިނަ ޒުވާން ކުދިންގެ މަގްބޫލުކަން ލިބިފައިވާ ކުދިބައެކެވެ.
ސޯޝަލް މީޑިއާގައި މިކުދިންގެ ފޭނުން ހާހުން ގުނާލެވެ އެވެ.
ގްރެޖުއޭޝަންގައި ބައިވެރިވި ޝާހްރުކް ޚާން ވަނީ ދަރިފުޅު ސްކޫލް ނިންމާލިކަމުގެ އުފާ ފާޅުކޮށް ޓުވީޓް ކޮށްފަ އެވެ.
Today the only negative is that my kids have grown up…now to wait till they start believing in fairy tales again… pic.twitter.com/XKJCWV4bd0
— Shah Rukh Khan (@iamsrk) May 21, 2016
ޝާހްރުކްގެ ޓުވީޓް
"މިއަދު ހިތްހަމަނުޖެހޭ އޮތީ އެންމެ ކަމެއް. އެއީ ދަރިން ބޮޑެތިވީމަ. ޕަރީންގެ ވާހަކަ އެކުދިން އަނެއްކާ ވެސް ގަބޫލުކުރަން ފަށާނެ ދުވަހަކަށް އިންތިޒާރުކުރަން،" ޝާހްރުކް ބުނެފައި ވެ އެވެ.
އާރްޔަން އާއި ނަވްޔާގެ ކިޔެވުން ނިމުމާއެކު ދެން މި ކުދިން ފިލްމު ކުޅެން ފަށަން މާގިނަ ދުވަހެއް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy