ޚަބަރު / ކުރީގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ތެލެސީމިއާާގެ ކަންކަން ހަރުދަނާ ކުރަން ސައިޕްރަސްއާއެކު މަޝްވަރާ ކުރަނީ

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުދިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ތެލެސީމިއާ ބަލީގެ ފަރުވާ އާއި އެ ބަލި ކޮންޓްރޯލް ކުރުމުގެ ކަންކަން ހަރުދަނާ ކުރަން، ތެލެސީމިއާއާ ގުޅޭ ޚިދުމަތް ދިނުމުގައި ދުނިޔޭގައި އެންމެ ކާމިޔާބު ހޯދާފައިވާ ގައުމު، ސައިޕްރަސްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުގެ އެހީގައި މި އަހަރު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާ ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާއި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ފަސް ބޭފުޅުން ހިމެނޭ ކޮމެޓީއަކުން މިދިޔަ މަހުގެ ފަހުކޮޅު ސައިޕްރަސްއަށް ގޮސް ތަމްރީނުތަކެއް ހަދާފައިވާ ކަމަށެވެ.

ރާއްޖޭގެ ތެލެސީމިއާގެ ހާލަތު ބަލަން ސައިޕްރަސްގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނަން ހަމަޖައްސާފައިވާ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"ދުނިޔޭގައި އެކަން އެންމެ ރަނގަޅަށް ކުރަނީ ކޮން ގައުމުތަކެއްގައިތޯ ބަލައި، މިހާރު ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ދިއުމަށްޓަކައި ސަރުކާރުން މި ދަނީ ގިނަ މަސައްކަތެއް ކުރަން. އަޅުގަނޑުމެން ބެލި ބެލުމުން އެނގުނީ، ދުނިޔޭގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގައުމަކީ ސައިޕްރަސްކަން. އެ ގައުމާއެކު ކަނޑައެޅިފައިވާ އެމްއޯޔޫއެއްގެ ދަށުން، މިކަން ހަރުދަނާ ކުރުމަށްޓަކައި އިތުރަށް ދިރާސާކޮށް މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރާއްޖޭގެ އަތޮޅުތަކުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފިލްޓަރާއި ބޭސް ލިބެނޭ އިންތިޒާމް ހަމަޖައްސާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ބައްޔަށް ސްކްރީން ކުރެވޭނެ އިންތިޒާމް 13 އަތޮޅެއްގައި ހަމަަޖައްސާފައިވާ ކަމަށާއި، ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވެސް ހިދުމަތް ފުޅާ ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުއްޖަކަށް، ފަސްޓް ލޭޑީ ފާތުން މިއަދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެމުން އަންނަނީ އައިޖީއެމްއެޗްގެ އެމްއާރުއައި މެޝިނަށް ސޮފްޓްވެއާއެއް އިތުރުކޮށް، ތެލެސީމިއާ ކުދިންގެ އިތުރު ޓެސްޓުތައް ހެދޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ. އެ މަސައްކަތަށް ވެސް ސައިޕްރަސްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ބަލިތަކުގައި އެންމެ މުހިއްމު ކަމަކީ މުޅި މުޖުތަމައު މިކަަމަށް ހޭލުންތެރިކުރުވުން. ބެލެނިވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޒިންމާ އަދާކުރަމުން ގެންދިއުން. ވުމާއެކު ތެލެސީމިއާއަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތާއި ތެލެސީމިއާ އަށް މީހުން ސްކްރީން ކުރުމުގެ މަސައްކަތް ބްލަޑް ސާވިސްއިން ދަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.

މި ބަލި ޖެހިގެން މިހާތަނަށް 861 ކުއްޖަކު ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. އަދި މިދިޔަ އަހަރު އަލަށް 12 ކުއްޖަކު ރަޖިސްޓަރީކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްބީއެސްގައި ރަޖިސްޓަރީވެފައިވާ ކުދިންނަށް އެކަނި ވެސް ހަފުތާއެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޕައިންޓް ލޭ ބޭނުންވާ ކަމަށެވެ. އެހެންވެ ހުރިހާ އެންމެން ވެސް ޒިންމާ އަދާކޮށް ލޭ ހަދިޔާކުރަން މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

4 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސAli

16 January 2018

ބުނަން މީ ގަމާރު ބައެއް

The name is already taken The name is available. Register?

ައަލީ

15 January 2018

އެއީ މުޅިން ބަލި ރަގަޅުކުރެވޭ ބޭހެއްނުން. އެބޭސް ބޭނުންކުރީމަ ހިމަގްލޮބިން އުފަައްދާ މިންވަކޮށްދެނީ.އެހެންވީމަ އެކުދިންގެ އެޗްބީ އެހާ ދަށްނުވާތީ ލޭއަޅަން ނުޖެހެނީ. އެބޭހަކީރު މަތި އަބަދު ކާން ޖެހޭ އެއްޗެއް.ދާްއިމީ ފަރުވާޔަކީ ބޯންމެރޯ ޓްރާންސްޕްލާންޓް.

The name is already taken The name is available. Register?

މެންޓަލިސްޓް

15 January 2018

މިނިސްޓަރއަށް ވަރަށް ސަލާމް ... މިހާރު އިންޑިޔާގެ ހިސާބެއްގެ ޑަކްޓަރެއް ތެލެސީމިއާ ރަގަޅުކުރޭ ބޭސްގުޅަތަކަކުން ،،، އެއީ ކުރީގައި ބޯންމެރޯ ހަދަން އުޅުއްވި ޑަކްޓަރެއް ،،، އޭނާ ބޮޑުރިސާޗެއްކުރުމަށް ފަހު ބޭސްގުޅަތަކެށް ދުވަސްގަނޑެއް ވަންދެން ދީގެން އެކަން ރަގަޅުކުރަމުންދަނީ ،،،، އެކަމުން ދާއިރު ލޭއަޅާކަށްވެސް ނުޖެހޭ ،،، އަޅުގަނޑު އަތަކުމިހާރަކުނެތް އެޑްރެހެއް ،،، އެކަމް އެކަންދަންނަ ރާއްޖޭގެ ޑަކްޓަރުންވެސް ތިއްބަވާނެކަން ޔަގީން ،،، މައައްސަލާމާ

The name is already taken The name is available. Register?

އެމް.ޖޭ

16 January 2018

މަށަކީ ލޭ އަޅާމީހެއް. ތި ކިޔަނީ ޑރ. ވިޖޭ ރަމަނަންގެ ވާހަކަ. އެބޭސްތަށް ކައިގެން ލޭ އެޅުން އެއްކޮށް ރަނގަޅު ވަނީކީނޫން. ލޭ އަޅަން ޖެހޭ މުއްދަތު އިތުރުކޮށްދެނީ. އަދި އެ ބޭހަކީ ހުރިހާ އެއްމެންނަކަށް އެއްގޮތަކަށް ވޯކް ކުރާ ބޭހެއް ނޫން. ސިކުލް ސެލް ނުވަތަ ތެލަސީމިއާ އިންޓަމީޑިއާ ކަހަލަ ވޭރިއަންޓް އަށް މިބޭސް ވަރަށް އެފެކްޓިވް ވެދާނެ. އެކަމު ބީޓާ ތެލަސީމިއާ އަށް މީގެން ލިބޭ ފައިދާ އަށް ވުރެ ބޮޑަށް، އެޗް.ބީ ދައްކޮށް ބެހެއްޓުމުން ލިބޭ ގެއްލުން މާ ބޮޑުވެދާނެ. އަސްލު މީ އަދިވެސް އޮންގޮއިން އެކްސްޕެރިމެންޓް އެއް. މި ބޭހުން ފައިދާ ކުރާ މީހުންވެސް، ނުކުރާ މީހުންވެސް ހަމަ އެބަތިބި. ކުރުކޮށް ބުނާނަމަ މީކީ އަދި ހައްލެއްނޫން. ވަރަށް ކޮމްޕްލިކޭޓަޑް ކަމެއް. އަދި މިހާރު ޑރ. ގެ ރިސާރޗް ޕަބްލިޝް ކުރިޔަސް، އިންޓަނޭޝަނަލް ތެލަސީމިއާ ފެޑެރޭޝަން އިންވެސް އަދި ޑަބްލިއު.އެޗް.އޯ އިންވެސް އެޕްރޫވް ނުކުރާ މެތޮޑެއް އެއީ. ޕޭޝަންޓް އެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ، މަޑުކޮއްލާށޭ އަދި. ބެޓާ ތިންގްސް އާ ކަމިންގް. :)

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454