އިސްކަންދަރު ސްކޫލު ދަރިވަރުންތަކެއް، އޯ ލެވެލް އިމްތިހާނު ހެދުމަށް އެ ސްކޫލު ކައިރީގައި މަޑުކޮށްލައިގެން: އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ނަތީޖާ ދޫކުރާނެ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 ޖެނުއަރީ 2018 - 10:01
މިދިޔަ އަހަރުގެ އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމަ އަށް ނަތީޖާ ދޫކުރާނެ އެވެ. އަދި އިމްތިހާނު ހެދި ސެންޓަރުތަކުން ހެނދުނު 8:30 އިން މެންދުރު 1:30 އާ ހަމައަށް އިމްތިހާނުގެ ނަތީޖާ ޝީޓު ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ނަތީޖާގައި އެއްވެސް މައްސަލައެއް އޮތް ނަމަ، އަންނަ މަހުގެ ހަތެއްގެ ކުރިން ޑީޕީއީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި ރީޗެކްކުރަން ބޭނުންވާ ނަމަ، އެ ކަމަށް އެދޭ ފޯމް ފުރުމަށް ފަހު އެކަން ހުށަހެޅުމަށް އިއުލާނުގައި އެދިފައި ވެ އެވެ.
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި 7،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. އެއީ ސްކޫލުތަކުން 5،500 އަށް ވުރެ ގިނަ ދަރިވަރުންނާއި އަމިއްލަ 52 ސެންޓަރަކުން 1،538 ދަރިވަރުންނެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި އޯލެވެލްގެ ގަދަ 10ގެ ނަތީޖާ އަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާ ނެރެފައިވަނީ 2016 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތީ
18 January 2018
ދުނިޔޭގެނިސްބަތުން ރާއްޖޭންބައިވެރިވި ދަރިވަރުން ކިތަންމެމޮޅުނަތީޖާއެއްނެރުނަސް ފަހުރުވެވޭކަށްނެތް. ގިނަދަރިވަރުންއުޅެނީ ކޮންމެވެސް ގޭންގަކަށް ނިސްބަތްވެގެން. ސްކޫލުން ގެއަށްދެވޭނެކަމުގެ ޔަގީންކަމެއްނެތް. މަގުމަތީގައި ވަޅިހަރާމެރުމަކީ އާންމުކަމަކަށްވެއްޖެ. ހަގީގަތުގައި މިގައުމަކު މިހާރުކިއެވުމުގެބޭނުމެއްނެތޭބުންޏަސް ރަނގަޅުވާނެ. ގައުމަށް އަމާންކަން ނުގެނެވެސްދެވެންޏާ ރައީސުލްޖުމްހޫރިއްޔާއެއްގެ ބޭނުމެއްވެސްނެތް.
ދުސްރާ
18 January 2018
ތަރުބިއްޔަތާ ނުލާ ލިބޭ ތަޢުލީމްގެ އެއްވެސް އަގެއްނެތް.