މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ލޯންޗިން ހަފުލާގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
18 ޖެނުއަރީ 2018 - 11:10
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3ގެ އޮޑިޝަން ޝޯތައް އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރެއިން ފެށިގެން ޓީވީއެމުން ދައްކަން ނިންމައިފި އެވެ.
ކާމިޔާބު ދެ ސީޒަނަށް ފަހު، ތިން ވަނަ ސީޒަން ދައްކަން ތައްޔާރުވަމުން އަންނަ އިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަނީ އޮޑިޝަން ވެސް ބާއްވައިފަ އެވެ. އެއީ އައްޑު އާއި ރ. އުނގޫފާރާއި މާލޭގަ އެވެ.
ޓިވީއެމް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރެއިން ފެށިގެން އޮޑިޝަން ޝޯތައް ދައްކާ އިރު، ފުރަތަމަ ދައްކާނީ މާލޭގެ އޮޑިޝަން ކަމަށެވެ.
މޯލްޑިވިއަން އައިޑިލް ސީޒަން ތިނެއްގައި ވާދަ ކުރަން ލަވަ ކީ ބައިވެރިންގެ އޮޑިޝަން ހުށަހެޅުންތަކަށް ފަހު، ގޯލްޑަން ޓިކެޓް ހޯދާ ބައިވެރިންނާ އެކު ތިއޭޓަ ރައުންޑްގެ ޝޯތައް ގެނެސް ދޭނެ އެވެ. އަދި ޕިއާނޯ ރައުންޑް ނިންމައި، ގަދަ 12 ބައިވެރިންނާ އެކު ގާލާ ރައުންޑްގެ ޝޯތައް ފަށާނެ އެވެ.
މޯލްޑިއަން އައިޑޮލްއަކީ ގާތްގަނޑަށް ތިން މަސް ދުވަހަށް ދެމިގެންދާ ޝޯއެކެވެ.
ކުރީ ދެ ސީޒަނާ ހިލާފަށް މި ފަހަރުގެ ސީޒަންގައި ވަނީ ހަތަރު ޖަޖުން ހިމަނައިފަ އެވެ. ޖަޖުންގެ ޕެނެލާ އަލަށް ގުޅުނު ފަންނާނަކީ ޒާރާ މުޖުތަބާ އެވެ. ދެން ހިމެނޭ ޖަޖުންނަކީ ކުރީ ސީޒަންތަކުގައި ވެސް ޖަޖްކަންކޮށްފައިވާ އަހުމަދު އިބްރާހީމް (އައްމަޑޭ) އާއި މަރިޔަމް އުނޫޝާ (ކިޑީ) ގެ އިތުރުން އިސްމާއީލް އައްފާނެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ކާމިޔާބު ކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުއަލިފު2017
18 January 2018
އެންމެރަނގަޅީ ތިސޯނުބެލުން. މިއަހަރު ތިސޯވާނީ ސަރުކާރުގެ ޕްރޮޕެގަންޑާ ފަތރާ އެއްޗަކަށް 2018 ގެ ކެމްޕޭނުކުރަން. އެހެނވެ. މަގުސަދުންބޭރުވީމަ އެެއްޗަކާ ދުރުވުން ރަނގަޅުވާނީ
ރިޔާސީ
18 January 2018
ލަސްކޮށްލީ ރިޔާސީ ކެންޕޭނި ފޯރި ހިފާ ދުވަސް ކޮޅާ ޝޯގެ ފޯރި ހިފާ ދުވަސްކޮޅާ ދިމާކުރަން. އެއިރުންތާ އެންމެން ޝޯ ބަލަން ޗެނަލްކުރާ ގަޑިއަށް ރައީސް ބައިވެރިވާ ޖަލްސާ ދެއްކޭނީ. ޝޯ ފެށުން ގަޑިއެއްގެ އިރަށް ލަސްކޮށްލިޔަސް.