ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން.
12 ފެބުރުއަރީ 2018 - 14:33
ހދ. ކުޅުދުއްފުށީގައި ހަދާ އެއާޕޯޓުގެ ރަންވޭ މަސައްކަތްތައް، 53.9 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރަންވޭ މަސައްކަތުގެ އިތުރުން، ޑިޒައިން އަދި ކޮންސަލްޓެންސީ ސާވިސް އާއި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ފަހު ސާމީ އަގީލް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގައި ހަދާ ރަންވޭގެ ދިގުމިނުގައި 1.2 ކިލޯމީޓަރު ހުންނެ ކަމަށެވެ. އަދި ރަންވޭގެ މަސައްކަތް އެމްޓީސީސީން 160 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީން ނެވެ. އެ ކުންފުނިން ބަނދެގެން ގެނައި ކޮންނަ ބޯޓު "މަހާ ޖައްރާފް"ގެ ފުރަތަމަ މަސައްކަތުގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 53.4 މިލިޔަން ރުފިޔާ އަށެވެ.
ކުޅުދުއްފުށީ އެއާޕޯޓު ރަންވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރިއިރު، ސަރުކާރުން ވަނީ އެ ކަން އެމްއާރުޑީސީއާ ހަވާލު ކުރުމަށް ވެސް މަޝްވަރާ ކޮށްފަ އެވެ. އަދި ރީޖަނަލް އެއާޕޯޓްސް އިން ވަނީ އެ މަސައްކަތް ހަވާލު ކުރާނީ، އެމްޓީސީސީ އާއި އެމްއާރުޑީސީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ކުންފުންޏަކާ ކަމަށް ވެސް ކުރިން ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފު
13 February 2018
އެމް ޓީސީސީ އިން ށ.ފުނަދޫ މަގު ހަދާތާމިހާރު 4އަހަރު ވެއްޖެ އެއްމެ މަގެއްވެސް އަދި ނުނިމޭ...ބެސްޓް އޮފް ލަކް
މަ މިއު މަ
13 February 2018
ކުޅުދުއްފުށީ އެއާޕޯޓް ނާޅާ ހަނިމާދޫ އެއާޕޯޓް އިތުރައް ތަރައްގީ ކުރުން މާ މުހިންމެވެ. ދެއްކުންތެރިކަން ބާއްވާފަ ގައުމަށް އެޔޮ އެދިގެން ގައުމު ކުރިއެރުވޭތޯ ބަލާބަލަ. މީ ޖެއްސުމަށް ބުނާ އެއްޗެއް ނޫން
ދުއްލިސާ
13 February 2018
މިސަރުކާރު ވެރިކަމަށްއައިދުވަހުން ފެށިގެން ކޮންމެދުވަހަކުހެން މިއިވެނީ މިކަހަލައަޑުތައް .ފަށައިފި .ނިންމައިފި . ހުޅުވައިފި .
މަހާ ޖައްރާފު
13 February 2018
ވޯޓަށް އަޑު ފަތުރަނީ ދެން އަތްޖަހާ އެއްމެން އަތްޖަހާ ތިއޮތީ ވޯޓް ލިބިފަ
އާމިނާ ދައިތާ
12 February 2018
ކަލެމެން އިދިކޮޅށް ބާލަން ފަށާ .. ތިޔާކަމެއް ކުރެވޭނެ ބަޔެއްނޫން ތިޔާ ބުނާ އެމް ޓީ ސީ ސީ އަކީ.!$
ޑޭންޖުރެސް
12 February 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ކަމެއް ނުކުރެވޭނެއޭ ބުނާ އެމްޓީސީސީ އަށް ދޯ އެދިނީ ކުޅުދުއްފުށީގެ އެއާރޕޯރޓް އަޅަން އެދިނީ ތަމެން ބަލައްޗޭ ޖުލައި 26 އަށް މަމެން ކުޅުދުއްފުށީ އެއާރޕޯރޓް ނިންމާލާނަމޭ ތަމެން ވެސް ހުޅުދޫ ގައި އެއާރޕޯރޓް އެއް އަޅަން ބޭނުން ނަމަ މަމެން ޕިންކީން އަތުގައި ހިފަންވީއޭ ރަންރީނދޫ ބޮޑޭ ފަދަ ގައުމަށް ގައްދާރުވެފައިވާ މީހުންނާއި އެކު އުޅުމުގެ ބަދަލުގައި. މިހާރު ތަމެން އޭނާ އާއި ގުޅިގެން ތިޔާ ކުރާ ކަމަކީ އެއީ ގައުމަށް ގައްދާރުވުމޭ އިޓްސް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ އިޓްސް ޑޭންޖުރެެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..
މަ މިއު މަ
13 February 2018
ކުޅުދުއްފުށީގަ އެއާޕޯޓް އެޅުމަކީ ރަނގަޅު ކަމެއް ނޫން. އޭގެ ސަބަބުން ރީޖަނަލް އެއާޕޯޓްސް އަށް ލިބޭނީ ގެއްލުން، ހަނިމާދޫ އެއާޕޯޓްގެ ޑިމާންޑްވެސް ދަށަށް ދާނެ. ތަރައްގީ އަކީ ފެންނަންހުންނަ ބޮޑެތި އެއްޗިހި ހެދުމެއް ނޫން. ޕޭޕަރ ވާރކް އަކުންވެސް އެއައްވުރެ މާ ބޮޑު ތަރައްގީ ގެނެވޭނެ. މިސާލަކަށް ހަނިމާދޫ އިންޓަނޭޝަނަލް ފެންވަރުގަ ކުރިއެރުވިދާނެ ދެވޭ ހުއްދަ ތަކެއްގެ ސަބަބުން ވެސް. އެކަމަކު ކޮންމެ ރައީސެއް ވެސް ބޭނުން ވަނީ ދެއްކުންތެރިވާން.
ޖުހާ
12 February 2018
160 ދުވަހުން އެއާޕޯޓަށް ބޭނުންވާ ބިންހިއްކުނަސް ސާބަސް. އަދި ކުރިޔަށް އޮތް 12 އަހަރުތެރޭ އެމްޓީސީސީއަކަށް ތިބުނާ އެއާޕޯޓެއްނޭޅޭނެ. ކުޅުދުއްފުށީ އެއަރޕޯރޓް އެއީ ރައީސް ޔާމީންވެރިކަމުގެ ''ފުރަތަމަ 2 އަހަރު ތެރޭ ހުޅުވަން ވީވައުދެއް'' ވަކިމުއްދަތެއް ބުނެ ކުރާވައުދު އެމުއްދަތު ތެރޭ ނުނިންމުމުން، އެވައުދު ފުއްދުން ކަމަކަށްނުވާނެ.
ޅިޔަންބޭ
12 February 2018
ޕުލާސްޓިކު ކޮންކުރީޓު ކުޅިދުއްފުށީ. މަމެންވެސް ބޭނުމީ މާލެވާށޯ.. ދެން ހުރިހާ ކުދިން އަތްޖަހާ... ހެހެހެހެހ
ކަޓު
12 February 2018
ހިތުން ވޯޓުލިބޭނެކަމައް ލޮލް