ވިޔަފާރި / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އިކޮނޮމިކް މިނިސްޓަރު ސައީދު(ވ2)އާއި އެމްއޭސީއެލްގެ އެމްޑީ އާދިލް (ކ1) އަދި ޗައިނާ ސަފީރު (ކ2) އަދި ބީޔޫސީޖީގެ ސިއީއޯ އަޅުއްވައިދެއްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ވެލާނާ އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ ފަޅު ހިއްކައިގެން ހަދާ، އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާއި ޓާމިނަލް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ބީޔޫސީޖީ އަކީ ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލެއް ހެދުމަށް ހިންގާ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގަނީ ވެލާނާ އެއާޕޯޓުގައި ކަމަށާއި މިކަމުގައި ރާއްޖޭގެ ތަޖުރިބާ އެހެން ގައުމެއްގައި ހުންނާނެހެން ހީ ނުވާ ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވެސް ވަރަށް ބޮޑު މަޝްރޫއުތަކެއް އަންނަނީ ހިންގަމުން. އަދި އެ މަސައްކަތްތައް ކުރިއަށް ދަނީ މާސްޓާ ޕްލޭނެއްގެ ދަށުން. މި ސީ ޕްލޭން ޓާމިނަލަކީ އެ ޕްލޭންގައި ހިމެނޭ ވަރަށް މުހިންމު ވަރަށް މަޝްރޫއެއް،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި، އާ ސީ ޕްލޭން ޓާމިނަލަކީ، ކުރީގެ ޓާމިނަލަށް ވުރެ ދެ ގުނަ ބޮޑު ތަނަކަށް ވާނެ އެވެ. އަދި އެއާއެކު އޮޕަރޭޝަން ހިންގަން ފަސޭހަވެ، ޚިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޓާމިނަލަކީ ފަހުން ބޮޑު ކުރެވޭ ގޮތަށް ހަދާ ތަނެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި އެއާޕޯޓު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރަން،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ވެލާނާ އެއާޕޯޓަކީ ހުއްޓުމެއް ނެތި 24 ގަޑިއިރު ހިންގަމުންދާ ތަނަކަށް ވާތީ، އަލަށް ހަދާ ރަންވޭގެ މަސައްކަތް ހުރިހާ ވަގުތަކު ކުރިއަށް ގެންދަން ދަތިވާ ކަމަށާއި ނަމަވެސް މި އަހަރުގެ ތެރޭގައި އެ މަސައްކަތް ވެސް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެއާޕޯޓުގެ އާ ފިއުލް ފާމާއި ވީއައިޕީ ކޮމްޕްލެކްސް ފަދަ އިމާރާތްތަކުގެ މަސައްކަތް ވެސް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން ހުރި މަސައްކަތްތައް ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ. އަދި އެ މަސައްކަތްތައް ފެށުމަކީ އެއާޕޯޓަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ މަސައްކަތްތަކެއް،" އާދިލް ވިދާޅުވި އެވެ.

އާ ސީ ޕްލޭން ޓާމިނަލް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ހިއްކާފައި ވަނީ އާ ޓާމިނަލް ހެދުމަށް 18،000 އަކަމީޓަރުގެ ބިމާއި ސީ ޕްލޭންގެ ހެނގަރު ހެދުމަށް 14،000 އަކަމީޓަރު ބިން ކަމަށް ވެސް ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން ބުންޏެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ސީޕްލޭންގެ ޑޮކިން އާއި އެ ސަރަހައްދުގެ މަގުތައް ހެދުމާއި ޓާމިނަލް ބިލްޑިން އަދި ހެނގަރު ވެސް ހެދުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ހަތަރު ބުރިއަށް ހަދާ ޓާމިނަލްގައި ފަސިންޖަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމް ކުރާނެ ކަމަށެވެ. އެގޮތުން ރެސްޓޯރަންޓާއި ލައުންޖްތައް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި، އާ ޓާމިނަލްގައި ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާނެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އޭގެ އިތުރުން އެ ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. މިއީ މިހާރު ބޭނުން ކުރާ ސީ ޕްލޭން ޓާމިނަލްގައި ލިބެން ނެތް ހިދުމަތްތަކެކެވެ.

3 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޭންވީބީ

29 January 2018

އެއާރޕޯރޓްގެ އާ ސީޕްލޭން ޓާރމިނަލް ވެސް މަސައްކަތް އެ ފެށީއޭ މީ ކެނެރީގެ ނަޝީދަށް ނެހެދުނު އަދި އޭނާ ކަރުގެ ނާރު ތަކަށް ފުއްޕާފައި އޭނާ ޖީއެމްއާރު އަތުން ކަޓް ކާން ވެގެން ދިވެހިން ނަށް ނެހެދޭނެއޭ ބުނި އެއާރޕޯރޓް އޭ މަމެން މި ހަދަނީ. މީ އޭ އުފާވެރި ކަމަކީ. ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ. ޓެލް މީ ވަޓް ޔޫ ވޮނާ އޭޒް އަ ނީޑް. ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ..

The name is already taken The name is available. Register?

މަހަށްދޭ

29 January 2018

ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. އިންޑިއާގެ ޖީއެމްއާރު އަތުން ކަޓް ނަގައިގެން މަމެން ކަނޑު ފައްތާ ފިލްމެއް ނުުކުޅެން ދޯ އާންމު ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަން ދޯ. ތަމެން ބުނި ނޯވޭ އަޑިއަށް ދާނެއޭ ދޯ އެފިލްމް ގައި. އޮއޮއޯ ޔޫއާރ ކްރޭޒީ އޭ މަމެން ބުނަން ނެތީމު ދޯ. ޔޫނޯ ތަމެން ދަގަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން.

The name is already taken The name is available. Register?

ސީޕްލޭން

29 January 2018

އެމްޑީ އަށް އޮޅެފަ ތިއޮތީ، މިހާރުވެސް ދެމުންގެންދާ ހިދުމަތް ތަކެއްގެވާހަކަ ތިޔަދަށްކަވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454