ވެލާނާ އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވާހަކަ ދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
29 ޖެނުއަރީ 2018 - 18:33
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރާއިރު، އެއީ ފެހި ތަނަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ މުހިންމު މަޝްރޫއުތަކެއް މި އަހަރު ނިމޭއިރު، އެއީ ޒީނަތްތެރިކޮށް އަދި ފެހިކުރަން ޖެހޭ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް މި އެއާޕޯޓުގެ ތަރައްގީގައި، މި އެއާޕޯޓަކީ ވަރަށް ރީތި، ޒީނަތްތެރި ތަނަކަށް ވެސް ހެއްދެވުން. މިހާރު ވަރަށް ހީވާގި ކަމާއެކު ވަކި ޓީމެއް ނެގިގެން އެމްޑީގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރޭ އެއާޕޯޓު ފެހިކުރުމުގެ މަޝްރޫއަށް. އެކަން ކުރަން ޖެހޭ އެއާޕޯޓު ތަރައްގީ ވެގެން އަންނައިރު،" ވަޒީރުންގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކަންކަން ބެލެހެއްޓުމަށް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވިގޮތުގައި، ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ސީ ޕްލޭން ޓާމިނަލްގެ އޮޕަރޭޝަން މި އަހަރު ފަށާއިރު، ދެވަނަ ރަންވޭގެ މަސައްކަތް ނިމި މި އަހަރުގެ މެދެއްހާ ހިސާބުގައި ބޭނުންކުރަން ފެށޭނެ އެވެ.
"އަޅުގަނޑުމެންގެ ގައުމުން މި އެއާޕޯޓު ބޭނުންކުރާ ރައްޔިތުންނަށް އެއާޕޯޓުގެ މުވައްޒަފުން ފޯރުކޮށްދޭން ޖެހޭ ކޮންމެ ހިދުމަތަކީ އޯގާތެރިކަމާއެކު ރީތި، މި ޒަމާނުގެ ފެންވަރަށް ފޯރުކޮށްދެވޭ ހިދުމަތްތަކަށް ހެދުން އެއީ ކުރެވޭ ކުޑަ އިންވެސްޓްމަންޓެއް ނޫން. އެއާޕޯޓުގެ ރަންވޭ އެތައް ގުނައެއް ބޮޑުވެގެން ދަނީ، ޓާމިނަލް އެތައް ގުނައެއް ބޮޑުވެގެން ދަނީ. މި ހުރިހާ ވަސީލަތްތަކެއް މި އަންނަނީ ނިމެމުން،" އެއާޕޯޓުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ ކުރިމަގުގައި ބިޔަ ޓޫރިސްޓް އާބާދީއަކަށް މަރުހަބާ ކިޔާނެ ގައުމެއް ކަމަށެވެ. އެހެންވެ، ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މުވައްޒަފުން ތަމްރީން ކުރަން، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހުރި ތަމްރީނު ދޭ މަރުކަޒުތަކާއި ކޮލެޖް އަދި ޔުނިވަސިޓީތަކަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމްގެ ސްޕީޑް ކުރިއަށް އޮތްތަނުގައި އިތުރު ކުރަން ޖެހޭނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ވެލާނާ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެ ސީޕްލޭން އޮޕަރޭޝަނުގައި ދުވާލަކު ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ ހަރަކާތް ހިނގާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
31 January 2018
އެއަރޕޯރޓެއް ރީތިވާނީ ޑިޒައިން ރީތިވެގެންނެވެ. މިޒަމާނުގައި ހަދާ އެއަރޕޯރޓް ތަކަކީ ހައިރާން ކުރަނިވި ގޮތްގޮތަށް ޑިޒައިންކޮށް ވަރަށް ތަފާތު ރީތި ގޮތްގޮތަށް ހަދާ ތަންތަނެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައިވެސް ފަތުރުވެރިންގެ މެދުގައި މަޤުބޫލް ދިވެހިރާއްޖޭގެ މައި އެއަރޕޯރޓް ހެދެމުންދާއިރު އެފަދަ ރީތިކަމެއް ނުފެނެއެވެ. އެއަރޕޯރޓަށް އެހާބޮޑު ތަރައްޤީއެއް ގެންނައިރުވެސް އެއަރޕޯރޓް އެންމެ ގިނައިން ބޭނުންކުރާ ފަތުރުވެރިން ސީޕްލޭން ޓަރމިނަލް އާއި އެއަރޕޯރޓްގެ މައި ޓާމިނަލް އާއި ދެމެދު ވެހިކަލްގައި އިތުރު ދަތުރެއް ކުރަންޖެހުމަކީ ކަޑަކަމެކެވެ. އުންމީދު ކުރެވުނީ އެއަރޕޯރޓް ތަރައްޤީ ކުރެވިގެންދާއިރު، ޓާމިނަލް ރަންވޭގެ އިރުމަތީފަރާތަށް ބަދަލުކޮށްލާ އެއްގަމާއި ކަނޑުމަގުން އަންނަ މީހުންނަށްވެސް މައި ޓާމިނަލްއަށް ފަސޭހައިން ދެވޭނެފަދަގޮތަކަށް ވެގެންދާނެކަމަށެވެ. ނަމަވެސް އެކަމަށްވެސް ލުޔެއް ނެތްއިރު، އެއްފުރާޅަށް ހިޔާކޮށްފައިހުންނަ ގެއެކޭ އެއަރޕޯރޓްގެ އައު ޓަރމިނަލްއެކޭ ހުރީ ކޮން ތަފާތެއްތޯއެވެ.
މެންޓަލިސްޓް
29 January 2018
ކޮއްކޯސައީދޫ ،،،، ރީތި ތަނަކަށް ހަނދަން ބޭނުންވިނަމަ ދުނިޔޭގައި އެބަތިބި ވަރަށްސަޅި އެއަރޕޯޓްޑިޒައިންކުރާ އާރކިޓެކްޓުންނާއި އިންޖިނޭރުން ،،،، އެބޭފުޅުންލައްވާ ކީއްވެތޯ ނުކުރެހީ ،،،، ރާއްޖެއަކީ ލަގްޒަރީ ޓްރެވަލްމާރކެޓްގެ ކިންގެއް ،،، ދެން އެވަރުގައުމެއްގެ އެއަރޕޯޓަކީ ފަސްޓް އިމްޕްރެޝަން ،،، އެތަން ފެނިފައި އަޖައިބުވާފަދަ ރީތިވާންޖެހޭ ،،، ނަމަވެސް މިއޮތް ހުރިހާޒަމާން އެތަން އެއޮންނަނީ އެމްޕީއެލް ގުދަނެއްހެން ،،، މިހާރުވެސް ކުރަފާފައިހުރީކީ މާކަތާހިރުގޮތަކަށްނޫން ،،، އެވަރުގެ ބަޔަކުލައްވާއެއްވެސްނޫން ކުރީކީ ،،، މިސާލަކަށް "ފޮސްޓަރއެންޑްޕާރޓްނާސް " ޖެންސްލަރ " ހޮކް " ގުރިމްޝޯއާރކިޓެކްޓްސް " މިޒާތުގެ މީސްމީހުންލައްވާ ސަޅިއެއަރޕޯޓެއް ޓާރމިނަލްއެއް ޑިޒައިންކުރެވޭނީ ،،،، ވީމާ ސަރުކާރުގެ ނިޔަތް ރަގަޅެއްނޫން ،،، ރަގަޅުނަމަ ޑިޒައިންކޮންސެޕްޓްތަށް ސަޅިވީސް ،،، ޙަރަދުވެސް އެކަމަށް ކުރީސް ،،، މައައްސަލާމާ
ގޮންގް
30 January 2018
މޮޅު އާކިޓެކްޓުންގެ އަގު ހެސްކިޔާފަ ބޮޑުވާނެ 1200 އަކަފޫޓުގެ ތަންކޮޅެއް ޑިޒައިން ކުރަންވެސް. އެވަރުގެ ކަމެއް ކޮށްފިނަމަ އިދިކޮޅު މީހުން ނިކުންނާނެ ޖީބަށް އެޅީއޭ ކިޔައިގެން. ހީވޭތަ ސަލާމަތް ވާނެހެން؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
29 January 2018
މިވެރިކަން އައުމާއި އެކު “މާލެ” އަކީ ރާއްޖެ ކަމަށް ބަދަލުކޮށްލީތޯ ؟ މިހެން މިދެންނެވީ “ރާއްޖޭގައި” ބޮޑެތި އިންވެސްޓްމަންޓް ކުރަމުންދާ ވާހަކަ އާއި “ރާއްޖޭގެ” އެއަރޕޯޓް “ރާއްޖޭގެ” ބްރިޖް “ރާއްޖޭގެ” 25 ބުރީގެ ހޮސްޕިޓަލް “ރާއްޖޭގެ” ސީޕޯޓް “ރާއްޖޭގެ” ޑިސަލިނޭޝަންޕްލާންޓާއި “ރާއްޖޭގެ” ކަރަންޓް ފަދަހުރިހާކަމެއް “މުޤައްދަސް އެންމެ ރަށްގަނޑެއްގައި” ކުރާތަން ފެންނާތީ !!؟ މިހާރު ހަނިމާދޫ އެއޜޕޯޓާއި އައްޑޫ ގޭން އެއަރޕޯޓް “ރާއްޖޭގެ” ތަންތަނަށްނުވާތީތޯ އެއިން އެއްވެސް ތަނެއްގައި ކަމެއްނުކޮށް އިރުވާހުދު ޖައްސަން ދޫކޮށްލާފަ އޮތީ؟ އަދި “ހއ އަތޮޅު ނުވަތަ ހަމައެކަނި ހުވަދޫ އަތޮޅުގައި 200 ވަރަކަށް ފަޅުރަށްއޮތްއިރު އެރަށްރަށުގައި ފަތުރުވެރިކަން ހަރާމް”ވެފައިވާތީތޯ ނުވަތަ ފަތުރުވެރިން އެރަށްތަައް ބޮއިކޮޓް ކޮށްފައިވާތީތޯ އެހެން ނޫންނަމަ ރަށްތައް ހުސްވީމަތޯ “ރާއްޖޭގަ” ރިސޯޓް ތަރައްޤީ ކުރުމަށް މާލޭ ކަނޑު ފަޅު ހިއްކާން ޖެހިފައިވަނީ؟ “އަހަރުމެންނަކީ މާލޭ އަދި މާލެ އަކީ އަހަރުމެންގެ ރަށެއްނޫން” އިންސާފު ބޭނުން.
އާއާއާއާ
29 January 2018
ވެލާނާ އެއާޕޯޓު ތަރައްގީ ވެގެން އަންނައިރު ރީތި، ފެހި ތަނަކަށް ހަދަންޖެހޭ ކަމަށް ރާއްޖޭގެ ތާރީޚް ގައި ވެސް ފުރަތަމަ ފަހަރަށް މިބުނަނީ އެއީ މަމެން ޕިންކީން ނޭ ކެނެރީގެ ނަޝީދަށް ނޭގުނޭ މިވަރު ވެސް ކޮށްލަން ދޯ ނުވާނެ ތާ އޭނާ އަކީ އަތުން ފައިން މަސައްކަތެއް ކޮށްގެން ކައިގެން ބޮއިގެން އުޅުނު އަދި އުޅޭ ވެސް މީހެއް ނޫން ވިއްޔާ ދުވަހަކު ވެސް އޭނާގެ މުޅި އުމުރުގައި ވެސް. އައި އޭމް ވޮންޑަރިންގް އޭނާ އަށް މިރާއްޖޭގައި ވެރިކަން ކުރެވޭނެ ކެޕޭސިޓީ ހުރި ކަމަށް ކޭން ހީ ބީ ކޭޕެބުލް އާއާ ކޭން ހީ ބީ ކޭޕެބުލް އާއާ ކޭން ހީބީ އާއާ ކޭން ހީބީ އާއާ ކޭން ހީބީ އާއާއާއާ އާއާއާއާ އާއާއާއާ...
ޢަބްދުﷲނާފިޒު
30 January 2018
އާނ ތިވާހަކަ މިދައްކަނީ، 2012ވަނަ އަހަރު ޖުމްހޫރީ މައިދާނުގަ ޕިކަޕަށް އަރާހުރި މީހެއްވެސް ތިޒާތުގެ ގޮވެލި ފައްޗެއް ގޮވި ހަނދާނެއް އެބަވޭ، ބުނަން ވާހަކައެއް ނުދޭނަން ވޯޓެއް ވަރަށް ސަލާމް.
އިންސާފް
29 January 2018
ސައީދޫ، ތިބޭފުޅާ ފުޑްކޯޓްގެ ކަންތައް ކުރިކޮގޮށް އެއަރޕޯޓްގެ ތަރައްގީގެ މަޝްރޫއްތައް ހިންގާނަމަ ދައުލަތައަ ވަރައް ބޮޑެތި ގެއްލުންވެ ބޭނުން ނުކުރެވޭ ތަންތަނަށް ވެގެންދާނެ. މިހުރިހާ މައްސަލަ ވަރަށް އަވަހަށް ފެންމަތިކޮށް ބެލޭނެ! އިރާދަކުރެއްވިޔާ ހުކުމްވެސް ކުރެވޭނެ! މިއީ ލައްކަ ވާހަކަ.
ސަލީމާއްތަ
30 January 2018
ހުކުމާއިގެން އުޅެވޭތޯ ބަލާ
ފެނޭދޯ
29 January 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ނެހެދޭނެއޭ ބުނި އެއާރޕޯރޓް ލާރޖް ކޮށް ހަދަމުން މިދަނީ ދެން ތަމެން ދެފައި ދަނޑި އަށް ރޭން ޖެހޭނީ ދޯ މިކަން ހުއްޓުވަން ބޭނުން ނަމަ.
ޢަބްދުﷲނާފިޒު
30 January 2018
އެއަރޕޯޓާ ދެންވެސް ހުރި ތަންތަން ޖެހޭނީ ހަދަންށޭ، ރައްޔިތުން ޓެކުސް ދައްކަނީ ތިފަދަ ކަންކަން ކުރަންށޭ، ކިހިނެއް ވެފަ ތިހުންނަނީ، އެކަމަކު ވޯޓު ދޭކަށް ނުޖެހޭނެތާ، އެހެންވީމަ ވޯޓެއް ނުދޭނަން، ރައްޔިތުންގެ ތިޖޫރި ހުރިތާ ހުރީ ވަޅުގަނޑު.