30 ޖެނުއަރީ 2018 - 14:30
އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް އަލީ އާދަމް، ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކޮންސުލްގެ މަގާމުގައި ހުންނެވި އަލީ އާދަމް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރެއްވިކަން އޭނާ އިއުލާން ކުރެއްވީ ފޭސްބުކްގައި އާއްމު ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އޭނާ ވިދާޅުވީ މި މަހު 21 އިން ފެށިގެން ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވާފައިވާ ކަމަށާއި އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ލިބުނު އެހީތެރި ކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިނބަޅިދޫ
30 January 2018
ބޭރު ބަސްބަސް ދަންނަ، ބޭރު ސަގާފަތްތަކަށްވެސް ފަރިތަ، ކިޔަވައިގެން ތިބި ޤާބިލް މީހުން ލާބަލަ ތަންތަނަށް! ހަމަ "ޑިފިކަލްޓް މޭން" އޭ ކިޔާފައި ވަކި ބަޔަކު މާގިނަދުވަހު ހަވާސާގައި ބޭނުންނުކޮށް ބައިތިއްބަން ފަށައިފިއްޔާ އެމީހުންވެސް ވަރަށް ބޮޑަށް އިދިކޮޅުވެ، ނޫނީ ޤައުމު ދޫކޮށްލާ ހަދާފާނޭ. އޭރުންނޭ އަސްލު ޑިފިކަލްޓު ވާނީ! މިހާރުވެސް ނޭނގެ ކަން އޮތްގޮތެއް، ދޯ؟
ޗިކުސް
30 January 2018
އަހަރެން ރައްޓެއްސެއް ވެސް ހުރޭ މިކަހަލަ ތުންބުޅިއަކާއި މަތިމަހެއް.
ސައީދުބެ
30 January 2018
މިކަމުގަ ޔާމީނައް ސުކުރު އެކަމަކު ކުޅުދުއްފުށީ ހޮސްޕިޓަލް ޑީލުން މިކަލޭގެޔައް ވީފައިދާއިން ތަހުގީގުކޮއް ކުއްވެރިވާނަމަ އަދަބުދޭންޖެހޭ
ހާމިދު ދާއީ
31 January 2018
އަލީ އާދަމް ވިދާޅުވެފައިވަނީ ފޭސްބުކް ޗެޓެއްގައި އެއްމެ ލޯލާރިއެއްގައިވެސް ޖެހިފައި ނޯންނާނެކަމަށާއި، އެފަދަ ބަޔަކު ހޯދާދޭން މަސައްކަތް ކޮށްދޭން އެދުމުން އެފުރުޞަތު ހޯދާދިނީކަމަށާއި، ހުރިހާ ކަމެއްގައި އުޅުއްވީ އުސައިދު ކަމަށް.
ނާހިދާ
30 January 2018
ކޮންސުލް އަލީ މީގެ 7 އަހަރު ކުރީން ދުންގަނދާންވޭ މާލޭގެ ބާޒާރު މަތީ ހޮޓަލެއްގެ ވެއިޓަރުކަމުން... އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިތިބީ އަސްލު ފިރިގެނުންނަކީ... އާދެ.!މިއަދު ކޮންސުލް އަލީ އަކީ ފޮރިން މިނިސްޓުރީގެ ކުޑަ މިނިސްޓަރެއް.. ސެލިއުޓު ކުރަން ކޮންސުލް އަލީއަށް..!!!
ފައިސް
30 January 2018
އަސްތާ. މިނިސްޓަރ ކަމަށް ނޫންތަ؟