މައުމޫނު، ނަޖުމާއާ ސަލާމް ކުރައްވަނީ.
01 ފެބުރުއަރީ 2018 - 18:44
ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ނަޖުމާ އިބްރާހީމް، ޝަރީއަތް ނިމެންދެން ގޭގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުޑައިރުކޮޅެއް ކުރިން އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ ރޭ ހައްޔަރުކުރުމަށް ފަހު، އޭނާއަކީ އަށް މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރުދޭން ޖެހޭ މީހަކަށް ވާތީ ފުލުހުން ރޭ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކްރިމިނަލް ކޯޓުން އަމުރު ކުރީ ޝަރީއަތް ނިމެންދެން ނަޖުމާ ގޭބަންދުގައި ބެހެއްޓުމަށެވެ.
ފުލުހުން ރޭ ވަނީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އާއިލާގެ ބައެެއް ބޭފުޅުން އުޅުއްވާ އެންދެރިގަސް ވެސް ފާސްކޮށް، އެ ގޭގައި ގެންގުޅޭ ބިދޭސީ ޑްރައިވަރަކު ހައްޔަރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އަމުރުކުރީ ޑްރައިވަރުގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދެން ހައްޔަރުކުރި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ ބަންދާ ގުޅޭގޮތުން އަދި ގޮތެއް ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާލެވެންޑަރ
01 February 2018
އެކަމަކުވާ ކުޅަދާނަ!
އެއްލޯ
01 February 2018
ޔާމީނު ދެވަނަ ދައުރަކަށް ވެރިކަން ކުރާތަން ފެންނާނީ "ޔަހުޔާ"އަށެވެ.
ޕަހެލޭ ކިތާބު
01 February 2018
ވަކި ސަހަލަ ޤާޒީ އެެއް ނެތެވެ.
މަޖާ ބަސް
01 February 2018
"ބުޅަލަަށް ލަޑު ދެެވެން ނެތީތީ ބުޅަލުގެ ނަޖިހަށް ލަޑު ދެނީ" ތާއެވެ؟
ހުސޭނުބެ
01 February 2018
ކޮން ނަޖުމާއެއްތަ!! ގާނޫނާ ޚިލާފުވިކަމަށް ތުހުމަތުކުރެވޭނަމަ އެމައްސަލައެއް ތަޙްގީގުކޮށް ބަލާނެ!! ނަޖުމާވެސް ގާނޫނީ އިމުން ބޭރުނުވެ ކަންތައްތައް ކުރެވޭތޯބަލާ!! އަހަރެމެނެ މިތިބީ ވަރަށް ފާރަވެރިވެގެން!! އަވަށްޓެރި ގައުމަކުން އިދިކޯޅު ބައެއް މީހުންނަށް ފައިސާ ޕަންޕުކުރާކަންވެސް އެބައެގޭ!! އެފައިސާތަކުގަ ހިފައިގެން ނިކަން ވަގުވަގަށް އުޅޭ މީހުންވެސް ދަމައިގަންނާނަން!! ޔާމީންގެ ވެރިކަން ވައްޓަން ކުރާ މަސައްކަތް ނާކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ!!
އައިއެފް
01 February 2018
ތިޔަހެން އަނިޔާނުދީ ހެޔޮނުވާނެ. އަންހެނުން ބާރުވެރިކުރުވާ ގޮތްތަ މިއީ. މާސިންގާ ބޮޑެތި ދޮގުތުހުމަތު އަޅޫވައިގެން.
ކުނި
01 February 2018
ނުފަށާ ޝަރީއަތަކަށް ނުފެންނަ ހެއްކަކަށް ޝަރަިއަތް ނިމެންދެން ބަންދު ކޯޓުތައް ހަމަގަދައީ މިވެރިންނަށް އަޅެ އިނާމެއް ނުދޭތަ ހިތްވަރުދިނުމުގެ ނަމަވެސް
ސުނޯވާ
01 February 2018
ރާއްޖޭގެ އަންހެނުންގެ ހައްގުތަކައް ހުރުމަތްތެރީކޮއްހީތާ ހެޔޮއެދޭ އެކަކުވެސް މީސަރުކާރަކައް ތާއީދެއްނުކުރާނެ..
ބިގަރޭ
01 February 2018
އިންސާފުގެ ދަތުރު އޮތީ ކުރިއަށް......ފަޑިޔާރުގެ ވެސް އިސްލާހު ކުރެވޭނެ.
ރަންރީދޫ ޓުވިޓަރޭ
01 February 2018
ފައިސާ ގޯނި ބެހި ކަލޭގެ ހަމަ ހެވިފަ....ބީތާވަދާނެ.