13 ފެބުރުއަރީ 2018 - 14:02
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސްކުރި މައިލޯ ޗެރިޓީ ޝީލްޑް މެޗު ކެންސަލްކޮށްފައިވާ ކަމަށާއި އެކަން ކުރީ ކަލަންޑަރަށް ބަދަލެއް ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުންވެދާނެތީ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅެން ހަމަޖެހިފައި އޮތް އެ މެޗު އެފްއޭއެމުން ކެންސަލްކުރީ އެ މެޗު އަލުން ކުޅޭނެ ދުވަހެއް އާދީއްތަ ދުވަހު ނިންމާނެ ކަމަށް ބުނެފައިވަނިކޮށެވެ. މެޗު ކެންސަލްވިކަން ދެ ޓީމަށް ވަނީ އާދީއްތަ ދުވަހު ސިޓީއަކުން އަންގައިފަ އެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ "މައިލޯ ޗެރިޓީ ޝީލްޑް މެޗު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާއިރު އަލުން މި މެޗު ކުޅޭ ނަމަ އެފްއޭއެމްގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ" ކަމަށެވެ.
"އަދި އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުން ކުޅެމުންދާ ދަނޑިވަޅެއްގައި އެ މުބާރާތަށް ތައްޔާރުވުމަށް ދެ ކްލަބަށް އިތުރު ތަކުލީފަކަށް ވެދާނެ ކަމަށް ފެންނާތީއާ އެކު، 2018 ވަނަ އަހަރަކީ ގައުމީ ޓީމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަހަރެއް ކަމުން ކަލަންޑަރަށް ބަދަލު ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުން ވެދާނީތީވެ، 2018 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ނުބޭއްވުމަށް މި އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ." ބަޔާނުގައިވެ އެވެ.
މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި އޭގެ ތެރެއިން ބަޔެއް ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތަކަށް ހަދިޔާކުރަން ޖެހެ އެވެ.
ނިއު ރޭޑިއަންޓުން ވަނީ މެޗު ކެންސަލްވުމަކީ އެ ކްލަބަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ބުނެފަ އެވެ. އެ ކްލަބުން ބުނީ ތައިލެންޑް ކޭމްޕް ފަސްކުރަން ޖެހުނީ މެޗު ފަސްވުމުން ކަމަށާއި، އެހެން އެކަން އޮއްވާ މެޗު ކެންސަލްވުމަކީ ލިބުނު ގެއްލުމެއް ކަމަށެވެ.
މި މެޗު ކެންސަލްވުމާ އެކު އާ ސީޒަނުގެ ފުރަތަމަ މެޗަށް ވެގެންދާނީ މި މަހުގެ 25 ވަނަ ދުވަހު ފަށާ މާލޭ ލީގުގެ ފުރަތަމަ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
14 February 2018
އެފްއޭ އެމް އިން ތިބުނަނީ ތާކުންތާކުޖެހޭ ވާހަކައެއްނޫން. ކަލަންޑަރަށް އެއްވެސް ބަދަލެއް ނައިސް އެމެޗް ކުޅެވިދާނެ. އެއީކީ ބޮޑު މުބާރާތެއްގެ މެޗްތަކެއްނޫން. އެއީ ހަމަ އެންމެ މެޗެއް. މިދައްކަނީ އެންމެ މެޗެއްގެ ވާހަކަ. ބަޔަކު ވާހަކަ ދައްކަންވެއްޖިއްޔާ ވާހަކަ ދެއްކިދާނެ، އެކަމަކު ތިޔަ ރީޒަން ގަބޫލުކުރާނޭ މީހަކު މިހާރަކު ނުހުންނަނެ. އެއީ ތިވާހަކައަކީ ހޮޅިވާހަކައަކަށްވާތީ. ކީތްވެތަ ކަމުގެ އަސްލާ ހަމަޔަށްދާން ބޭނުން ނުވަނީ.
އަލީގ
13 February 2018
ތިވާނީ މިގައުމުގަ އެހެން ކަންތައްތައްވެސް ވާގޮތައް ބޮޑުމީހާ އެންގެވީކަމައް އެހިސާބުން އޮންނާނީ އަޑުއަހާ ކިޔަމަންގަތުން.
ސޮލާ
13 February 2018
ހަފްތާއެއް ފަހުންތަ މެޗު ކެންސަލުކުރަށް ތި އިގުނީ ކުރިންވެސް ތި ގޮތް އޮތެއްނު. ކަލަށްޑަރު ވެސް މޭޒްމަތީ އޮތެއްނު. ހަމަ ކުފޫ ހަމަ ނުވަނި. ނޫނީ ޓީމްތަށް ކުރިއަރާ ދާތަން ދެކެށް ބޭނުން ނުވަނި. ނިއުއަށް ތިވީ ގެންލުމުގެ ބަދަލު ދޭން ޖެހެނެ އެފްއޭއެމުން
ސަފޯޓަރ
13 February 2018
ކަލަންޑަރޭ ..އަހުން ހުވާކޮށްފަ ބުނަށް ކެރިދާނެ ކަލަށްޑަރުގަ އޮތް ގޮތަކަށް މެޗުތަކެއް ނުކުޅޭނެކަން. މީގެ ކުރިންވެސް ކަލަށްޑަރު އޮވޭ. ބަންސާމްއަށް ވަގުތު ވީ އިރަކުން މެޗު ކުޅެނި..
އާރީ
13 February 2018
ދެން ކީއްވެތަ ކުރިން ތި އެގުން ނޭންގީ ނިއު އަށް ކިހާބޮނޑް ގެންލުމެއްތޯ. ބަންސާމް ކަލޭ ބޭނުންހާ ގޮތަކަށް މޮޑެށް އޮތް ފުންގުޅައެއް ނޫނޭ މީ..