އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޝަހީމް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
15 ޖުލައި 2016 - 10:29
އިސްލާމީ ޔުނިވާސިޓީން އަންނަ އަހަރުގެ ޖެނުއަރީގައި އިސްލާމީ އިގްތިސާދާ ބެހޭ އިލްމު ކިޔަވައިދޭން ފަށާނެ ކަމަށް އެ ޔުނިވާސިޓީން ރޭ ބުނެފި އެވެ.
އެ ޔުނިވާސިޓީގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހިދުމަތް ކުރާނެ މީހުން އުފެއްދުމަށް އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ކޯސްތައް ފަށަން ޖެހޭ ކަމަށެވެ.
"ސަރުކާރުގެ އަމާޒެއް އެއީ އިސްލާމިކް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ގާއިމްވުމަކީ. އެކަމަށް އިސްލާމީ ޔުނިވަސިޓީން އެބަޖެހޭ މަސައްކަތް ކޮށްދެއްވަން." ނައިބު ރައީސް ވިދާޅުވި އެވެ.
އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ އިގްތިސާދާ ބެހޭ އިލްމު ކިޔަވައިދޭން ފަށަނީ މެލޭޝިއާގެ ގްލޯބަލް ޔުނިވާސިޓީ އޮފް އިސްލާމިކް ފައިނޭންސްއާ ގުޅިގެންނެވެ.
ދެ ޔުނިވާސިޓީ ގުޅިގެން އިސްލާމީ ފައިނޭންސްގެ ފައުންޑޭޝަން ކޯސްތަކާއި، ޑިޕްލޮމާ އަދި ޑިގްރީ ކޯސްތަކުގެ ކަރިކިއުލަމް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސްޕޮންސާ ކުރުމަށް ރާއްޖޭގެ އިސްލާމީ ބޭންކާއެކު ވެސް މިދަނީ މަޝްވަރާ ކުރަމުން. އަންނަ ޖެނުއަރީ މަހު އިސްލާމިކް ފައިނޭންސްގެ އިސްލާމިކް އިންޝިއުރަންސް އާއި ތަކާފުލާ ބެހޭ ތައުލީމް ޔުނިވާސިޓީގެ ފަރާތުން ލިބެން ފަށާނެ." ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އުސޫލުލް ފިގުހުގެ މާސްޓާސް އާއި ޕީއެޗްޑީ އަށް ކިޔަވައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އިސްލާމީ ޔުނިވާސިޓީގެ އަމާޒަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު އިސްލާމީ ޔުނިވަސިޓީ އަށް ވުމެވެ.
އިސްލާމީ ޔުނިވާސިޓީން ހާސިލް ކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި ޑިގްރީ ފެންވަރަށް ކިޔަވާ ނިންމާ ދަރިވަރުންގެ އަދަދު އަހަރަކު 400 އަށް އިތުރުކޮށް މާސްޓާސް ހެދުމަށް ފަހު ދަސްވެނިވާ ދަރިވަރުންގެ އަދަދު 60 އަށް ހެދުން ހިމެނެ އެވެ. އަދި އަހަރަކު ދެ ދަރިވަރުން ޕީއެޗްޑީ ނިންމާ ދަސްވެނިވުން ވެސް ހިމެނެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޔޯ
16 July 2016
ޝަހީމް މިހާރު ސުރުހީތަކުން ނުފައިބައި މިއުޅެނީ ކޮންބޭނުމެއްގަތަ؟ ސިޔާސީ އެދުންތަކެއްގެ ކުރިމަގު ފެންނަފަދަ.
ބަލާތި
15 July 2016
އިގްތިސާދާއި ބެހޭ އިލްމަކީ އެއީ ހަމަ އުގެނެން ރަނގަޅު އިލްމެކެވެ. އެކަމަކު މީގެ އިން ވެސް އަދި އެބަޖެހޭ ރާއްޖޭގެ ޔުނިވަރސިޓީ ތަކުން ރާއްޖޭގެ ނީޑްސް ތަކަށް ސޫޓަބުލް އުސޫލަކުން ރާއްޖޭގެ ޔުނިވަރސިޓީ ތަކުގައި ކިޔަވާ ދެއްވަން. ރާއްޖޭގައި މިވަގުތަށް އެންމެ ބޮޑަށް ބޭނުންވަނީ މަނީ ޕްރިންޓިންގް މެޝިންސް ތަކެވެ. އެކަން ކުރެވޭނީ މަނީ ޕްރިންޓް ކުރާ ބާވަތުގެ ސަބްޖެކްޓްސް ތައް ކިޔަވާދީގެންނެވެ. އެގޮތުން ވަރަށް މުހިއްމު ކަމެއް ރާއްޖޭގައި އެގްރިކަލްޗްރަލް ސައެންސްގައި ހިމެނޭ އެޕްލައިޑް ލައިފް ސައެންސް އާއި އަދި އެންވަޔަރުމަންޓަލް ރިސޯސް ސައެންސް ގެ މާއްދާ ތަކާއި އަދި ވެޓެރިނަރީ މެޑިކަލް ސައެންސްގެ މާއްދާތައް އިސްލާމިކް ޔުނިވަރސިޓީން ކިޔަވާދޭ ގޮތަށް އެތަނުގެ ވިސްނުން ވެސް މީ ވަރަށް ބޭނުންތެރި ކަމެކެވެ.
އަހްމަދު
15 July 2016
މިރާއްޖޭގައި މިހާރު ތިކަމަށް އެންމެ ފުންނާބު ލެކްޗަރ އަކަށް ތިބި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ހުރީ ޖަލުގައި.
ޠރތ
15 July 2016
މިސަރުކާރުގެ ވެރިން ބައިވެރި ކުރޭ
އަޙްމަދު
15 July 2016
އަލްޙަމްދު ލިއްލާހި
ކޯންޓަމްމެކޭނިކްސް
15 July 2016
އިގްތިސާދު އިސްލާމިކް ޔުނިވަރސިޓީން ކިޔަވާ ދިނުން ހަމަ އޯކޭ އެވެ. އިސްލާމިކް ޔުނިވަރސިޓީން އެބަޖެހޭ ރާއްޖޭގައި ސައެންސް އޮރިއެންޓެޑް ކޮމިއުނިޓީ އެއް ވެސް އުފެދޭތޯ ބަލަން. ސައެންސް އޮރިއެންޓެޑް ކޮމިއުނިޓީ ބޮޑު ވާ ވަރަކަށް ރާއްޖޭގެ ޒުވާނުންގެ ތެރޭން ވައިލްޑް ކަންކަމަށް ލޯބި ކުރާ ޒުވާނުން މަދުވެ ދުނިޔެ އިމާރާތްކުރާ ޒުވާނުން ތައް އިތުރު ވެގެން ދާނެއެވެ. ކްއަންޓަމް މެކޭނިކްސް ދުނިޔޭގައި ނޭޗަރ އިން ލައްވަވާފައިވަނީ އެއީ އަޖައިބުން ފުރިގެންވާ ގޮތަށެވެ. އޭގެ ސަބަބުން ސެމީ ކޮންޑަކްޓަރ ޓެކްނޮލޮޖީ ތައާރަފްވެ އޭގެ ސަބަބުން ކޮމްޕިއުޓަރ ބޯންވެ މިއަދު ދުނިޔެ މިދެކޭ އިންފޯ ބޭސްޑް ކޮމިއުނިޓީ ބޯންވީ ދުނިޔެއަށް. ސައެންސް ޓީޗްސް ހައު މަޗް އިޓް އިޒް އިމްޕޯރޓެންޓް ފޯރ ހިއުމެންސް.. އެއިން ސޮސައިޓީގެ ސަލާމަތް ތެރިކަމަށް އިންތިހާ އަށް އެހީވެއެވެ. ފިގަރ އިޓް އައުޓް..
ދޮންދީދީ
15 July 2016
އެޔުނިވަރސީޓީން މިހާރު އެދަނީ ރާއްޖޭގައި ރިސާޗް ހެދުމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން. އެގޮތުން ޢަރަބި ބަހަށް ވަރަށް ބޮޑު އިސްކަމެއް އެބަދެއްވާ. ރަނގަޅު މިސްރާބަކަށް އައި.ޔޫ.އެމް ދަތުރުކުރާ ކަމަށް ފެންނަނީ.