ރޭގެ މުޒާހަރާގައި މީޑިޔާ ދުރުކުރުމަށް ފުލުހުން މަސައްކަތް ކުރަނީ: ބައެއް ނޫސްވެރިންނަށް ރޭ ވަނީ އަނިޔާވެފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
17 ފެބުރުއަރީ 2018 - 19:25
މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސް އަޅައި، ނޫސްވެރިންނަށް އަނިޔާ ކުރުމުން އެނގިގެންދަނީ މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރު ބިރުގަންނަ މިންވަރު ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކުން އިއްޔެ އާއި ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުޒާހަރާގައި ފުލުހުން ނޫސްވެރިންނަށް ހުރަސް އަޅައި، ބައެއް ނޫސްވެރިންނަށް އަނިޔާ ކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިނގަމުންދާ މުޒާހަރާތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ތިބި ނޫސްވެރިންނަށް ހުރަސް އަޅައި، އަނިޔާ ކުރުމަކީ އެ ޕާޓީތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅަމުން ދިއުމުގެ އިތުރުން، ނޫސްވެރިންނަށް އަނިޔާ ކުރުމުން އެނގިގެންދަނީ މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރު ބިރުގަންނަ މިންވަރު ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ފުލުހުންނާއި ސިފައިންނަށް ގޮވާލާފައިވަނީ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށާއި ނޫސްވެރިންގެ ވާޖިބު އަދާ ކުރަން މަގު ފަހިކޮށް ދިނުމަށެވެ.
"ބޮޑެތި އަނިޔާތަކާއި ގޮންޖެހުންތަކާ އެކު ވެސް ގައުމީ ޚިދުމަތެއް ކަމުގައި ދެކިގެން ރައްޔިތުންނާ ހަމައަށް ހަގީގީ މައުލޫމާތު ފޯރު ކޮށްދިނުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށާއި މީޑިއާތަކަށް ޝުކުރު އަދާކޮށް، އަނިޔާ ލިބިފައިވާ ނޫސްވެރިންނާއި އެންމެހައި ދިވެހި ރައްޔިތުންނަށް އަވަސް ޝިފާއަކަށް އެދެމެވެ،" އެ ބަޔާނުގައިވެ އެވެ.
ނޫސްވެރިންނަށް ލިބުނު އަނިޔާތަކާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅު ކުރިއިރު، ވެރިކަންކުރާ ޕީޕީއެމުން ބުނެފައިވަނީ ބައެއް މީޑިއާތަކުން ރޭ މަސައްކަތް ކުރީ މުޒާހަރާ ރާވައި، ހިންގުމަށް ކަމަށާއި ފުލުހުންނާ ކުރިމަތިލާން ވެސް ބައެއް ނޫސްވެރިން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ނޫސްވެރިން ކުޅުނީ ފިލްމީ މަންޒަރުތަކެއް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ރޭގެ އެއްވުމުގައި ފުލުހުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް، ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އަނިޔާވެ ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ ބައެއް ނޫސްވެރިންގެ އަމަލުތައް ރޭ ހުރީ އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށާއި ބައެއް މީޑިއާތަކުން ދޮގު މައުލޫމާތު ފެތުރި ކަމަށް ވެސް ފުލުހުންގެ ބަޔާނެއްގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
18 February 2018
ހުރިހާ މުވައްސަސާއެއްވެސް މިނިވަން ވީމަ ރަގަނޅު ވާނެ
ދެންދޯ
18 February 2018
އަޅުގަނޑު މެއްނަށް މިފެނިގެންދަނީ ދީނީއިލްމްވެރިންގެ ނަމުގަ ބަޔަކު އަވަދިނެތި ވިޔަފާރި ކުރަން އުޅޭތަން، ނަމުގެ ފަހަތައް ނޫނީ މެދުތެރެޔައް އަރަބި ތަންކޮޅެއް އިތުރުކޮއްގެންނަމަވެސް ކުރަންއުޅޭ ވިޔަފާރި ކުރެވޭތޯ ބަލާތަން، ހަމައެގޮތައް އަމިއްލަ ގައުމު އިސްލާހުކުރުން އެއްފަޅީގަ ބާއްވާލާފަ ސުވަރުގެޔައްދާން ޟޯޓްކަޓެއް ނަގާލާ ތަން، މީގަ މޮޅު ކަމަކީ މިކަހަލަ ޟޭހުން ކުރާވިޔަފާރި އަގުވެސްބޮޑުވޭ، އެކަމްވެސް ވަރައްދީލަތި، މިކަހަލަ ޟޭހުން ނަގާ ކުލިވެސް ވަކި ކުޑަ ނުވޭ،
ސޮކްތެރެޕީ
18 February 2018
މިތާ މިއޮތީ މިނިވަންނޫސް ވެރިކަމޭކިޔާގެން ދޮގުހަބަރު ފަތުރާ މީސްމީހުންގެ އަބުރުކަތިލުން.
މުޒާރު
18 February 2018
ރޭގެ މުޒާހަރާގައި ފުލުހުން ކަންކުރީ އެއްގޮތަކައްވެސް ރަނގަޅަކައްނޫން އެކަމަކު ހުސެއިން ގެ ވާހަކަ ތަންކޮޅެއްބޮޑުކޮއްފަ ކަންނޭގެ ދޯ ލިޔެފައޮތީ. ފޮޓޮޔާ ވާހަކަޔާ މީގެ ފަހުން މިކަމާގުޅޭ ގޮތުން ހުރި ހަބަރާ ދިމާނުވާހެން ހީވާތީ. މިގައުމުގަ މިހުރިހާ ނޫސް ތަކާ ޓީވީ ހުރިއިރި އެއްކަމެއް އެއްގޮތަކައް ނުގެނެސްދެވޭ އެއްބަޔަކައްވެސް. ހުރިހާނޫހެއް ކިޔަސް ހަގީގަތް ނޭގޭ. ގައުމުގައި ހުސް ތެދުވެރިން އޮތަ؟
ހަގީގަތް
18 February 2018
މިގައުމުގަ މިހުރިހާ ނޫސް ތަކާ ޓީވީ ހުރިއިރި އެއްކަމެއް އެއްގޮތަކައް ނުގެނެސްދެވޭ އެއްބަޔަކައް. ހުރިހާނޫހެއް ކިޔަސް ހަގީގަތް ނޭގޭ. ގައުމުގައި ހުސް ތެދުވެރިން އޮތަ؟ ހަގީގަތަކީ ތެދު ވަކިފަރާތަކައް ނުޖެހި ހަބަރެއް ގެނެސް ދޭ ނޫހެއް މިއަދު އަދިނެތް. ހަވީރު ރަގަޅައްކުރި ދުވަސްކޮޅެއް ދިޔަ ތޯއްޗެ. މީހިތާމަ ހުރި ހަގީގަތެއް.
ހާމިދު ދާއީ
17 February 2018
ކޮބައިތޯ މިނިވަން ނޫސްވެރިކަމަކީ. ނޫސްވެރިކަން ކިޔަވައިގެން ރަނގަޅަށް އިންޕާޝިއަލްކޮށް ރިޕޯޓް ކޮށްލުުމުގެ ހިތްވަރު ލިބިގެންވާ ހަމަ އެކަކުވެސް ރާއްޖެއަކު ނެތް. އަލުން ނޫސްވެރިކަން ދަސްކުރަން ޖެހޭނީ. ނޫސްވެރިންނަކީވެސް އަމުރަށް ކިޔަމަންވާންޖެހޭ ބައެއް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް
ހާންބެ 5757
17 February 2018
މާ ބޮނޑަށް ވެސް ބިރުގަނޭ. ދައުލަތުގެ މީޑިޔާ މީ ފީފީއެމް އަދުރޭ މެން މޮޑޭ ފުށްގަޑެއް ހެން ހީވަނި.
ޝަފީ
17 February 2018
މާބޮޑަށް ވެސް ބިރުގަނޭ.. އަދުރޭ މީ ހަލާކު
ހަސަނު
17 February 2018
ގަނޫނާނާ ހިލާފު ކުށެއް ކުރާމީހާ ޖެހިލުންވެ ބިރުގަންނާނެ އެހެން މީހަކު ބަލަން ހުންނަ ނަމަ....