އަޒަލް: މޯލްޑިވިއަން އައިޑޮލްގެ ކޮންމެ ސީޒަނެއްގައި އޮޑިޝަންގައި ބައިވެރިވި.
19 ފެބުރުއަރީ 2018 - 06:37
ކުރަން އުޅޭ ކަމެއް އެއް ބުރުން ކާމިޔާބު ނުވުމަކީ އެކަން ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. ދެވަނަ ފަހަރަށް އަދި ތިން ވަނަ ފަހަރަށް ވެސް އެކަން ހާސިލް ކުރެވޭތޯ މަސައްކަތް ކުރަންވީ އެވެ. މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަނަކާ ހަމައަށް އައިރު، އައިޝަތު އަޒަލް ޒާހިރު ދައްކައި ދިން މިސާލަކީ މިއީ އެވެ. ޓީވީއެމުން މޯލްޑިވިއަން އައިޑޮލް 2015 ގައި ގެނެސްދޭން ފެށުމާ އެކު، އަޒަލް އަންނަނީ އެ ޕްލެޓްފޯމްގައި ލަވަ ކިޔޭތޯ ލައްކަ މަސައްކަތް ކުރަމުންނެވެ.
އެހެންވެ އޭނާގެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އަމިއްލަ އަށް ގިޓާ ކުޅެމުން ލަވަކިޔާ، އައްޑޫ ފޭދު އަށް އުފަން އަޒަލް ޝޯގެ ފުރަތަމަ ސީޒަނުގައި އޮޑިޝަން ދީގެން ގޯލްޑެން ޓިކެޓް ވެސް ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ ދެން އޭނާގެ އަޒުމަކަށްވީ ފުރަތަމަ އޮޑިޝަނުން ހެދުނު ގޯސްތައް ރަނގަޅުކޮށްލައި، ދެވަނަ ސީޒަނަށް ވެސް އައުމެވެ. ނަސީބު ކަންދިމާކުރި ގޮތުން ދެވަނަ ސީޒަންގެ ތިއޭޓާ ރައުންޑާ ހަމައަށް ދެވުނެވެ.
އަޒަލް ގޯލްޑެން ޓިކެޓާ އެކު.
އެކަމަކު ގާލާ ރައުންޑަށް ދާނެ ފުރުސަތު ނުލިބި، އެ ސީޒަން ވެސް ނިންމާލައި ގެއަށް ދާން ޖެހުނީ އެވެ. އެ ދެ ސީޒަނުގައި ވެސް އޮޑިޝަން ހެދީ އާއިލާއާ އެކު ދިރިއުޅެމުން އަންނަ މާލޭގަ އެވެ.
އެކަމަކު މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަން އޭނާ ހެދީ އައްޑޫގަ އެވެ. އާއިލާގެ މީހުންނާ އެކު، އޮޑިޝަނަށް ގޮސް، މި ފަހަރު ވެސް އަަޒަލް ގޯލްޑެން ޓިކެޓް ހޯދައިފި އެވެ. ހޮނިހިރު ދުވަހުގެ ރޭ ދެއްކި، އައްޑޫ އޮޑިޝަންގައި އޭނާ އަށް ލިބުނު އުފާ ޝޯ ބެލި މީހުންނަށް ގައިމު ވެސް ފާހަގަކުރެވޭނެ އެވެ.
އަޒަލް އޮޑިޝަންގައި ލަވަ ކިޔަނީ.
އަނެއްކޮޅުން ހަތަރު ޖަޖުން ވެސް، އަޒަލް ގެނެސްފައި ހުރި ކުރިއެރުމަށް ތައުރީފު ކުރި އެވެ. ގިޓާ ކުޅެމުން އޭނާ ކީ ލަވަ، ޖަޖުންގެ ހިތްތައް އަތުލި އެވެ. ނަތީޖާއަކީ އަނެއްކާ ވެސް ތިއޭޓަ ރައުންޑުން ފުރުސަތު ލިބުމެވެ.
އެހެންވެ ސުވާލަކީ މި ފަހަރު ވާނީ ކިހިނެއް ހެއްޔެވެ؟ ގައިމު ވެސް ތިއޭޓަ ރައުންޑާ ހަމައިން އަނެއްކާ ވެސް އޭނާ ކަޓައިފި ނަމަ، ހިތް ހަލާކު ވާނެ އެވެ. ޝޯގެ ގާލާ ރައުންޑުން ފުރުސަތު ނުލިބި، ގަދަ 12 ގައި ވެސް ނުހިމެނި ގެއަށް ދާން ޖެހުމަކީ އަޒަލްގެ ހުވަފެން ބިލާހަކަށްވުމަށް ވެދާނެ އެވެ.
މޯލްޑިވިއަން އައިޑޮލްގެ ތިއޭޓަ ރައުންޑަށް އިންތިޒާރުކުރާ މީހުން ޔަގީނުން ވެސް އަޒަލް އަށް މި ފަހަރު ޖެހޭ ހާލެއް ބޭނުން ވާނެ އެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.
އަޒަލް އޮޑިޝަނަށް ފަހު ޖަޖުންނާ އެކު.
ޖަޖުން ފާހަގަކުރި ގޮތަށް އޭނާގެ ލަވަ ކިޔުމަށް ގެނެސްފައި ހުރި ކުރިއެރުން ދޭހަކޮށް ދެނީ ކުރިއަށް ދެވިދާނެ ފެންވަރު އެބަ ހުރި ކަމެވެ. އަނެއްކޮޅުން އަމިއްލަ އަތޮޅުގައި އޮޑިޝަން ހަދައިގެން، މޯލްޑިވިއަންގެ ތިން ވަނަ ސީޒަންގެ ސްޓޭޖުން އޭނާ އަށް ފުރުސަތު ލިބުމަކީ އެއްގޮތަކުން ނަސީބަކަށް ވެސް ވެދާނެ އެވެ. އެ ނަސީބު ލިބޭތޯ ބަލަން ތިބެމާ ހިނގާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމުންދޫ އަލީ
13 March 2018
އަޒަލް ވެސް ދެން ތިބި ހުރިހާ ކުދިން ވެސް މޮޅު. ހާއްސަކޮށް ޖަޖުންވެސް ފާހަގަ ކޮށްލެވޭ ވަރަށް ފެންވަރު ރަނގަޅު މިފަހަރު. ޒާރާ އިމްޕްރެސް ކުރަން ކުދިންނަށް އެންމެ އުނދަގޫ ވަނީ... ގުޑްލަކް
ހިތް
04 March 2018
އަޒަލް ވަރަށް ފޮނިގޮތެއްހުރޭ
ބަދޫރާ
03 March 2018
ކުއްޖަކު "އެންކަރޭޖް" ކުރަން ރަނގަޅު ކޮމެންޓް އެއް ނުދެވޭތާ، އެކުއްޖަކު "ލެޓްޑައުން" ކުރަން ކޮމެންޓް ކުރަން ފޯރި ހުންނަ މީހުން ފެނިފައި ހަމަ އަޖައިބުވެ އަންތަރީސްވޭ!!!!!!
ޝަލަބީ
28 February 2018
ސޮރީ، އެކަމް އަޒަލް ކަޓައިގެން ދާނެ ވަރަށް އަވަހަށް... ޝީ ކާންޓް ސިންގް ލައިކް ސައިނާ!!!
މާނު
20 February 2018
މާދުރަކަށްނުދެވޭނެ
ދޮންކަމަނަ
19 February 2018
މިދިޔަ ސީޒަންގަވެސް ޝީ ޑިޒާވްޑް ޓު ބީ އިން ޓޮޕް 12.. ވ.ޝޮކް ވި މިދިޔަ ފަހަރު ޓޮޕް 12 އަށް ނުދިޔައިމަ.. އަޒަލްއަށްވުރެ ކަޑަކޮށް ޕާފޯމް ކުރި ކުދިންވެސް ސެލެކްޓް ކުރި އެބުރު.. އައި ސެލިއުޓް ޔުއަރ ޑިޓަރމިނޭޝަން އެންޑް ކޮމިޓްމަންޓް.. އޯލް ދަ ބެސްޓް ގާރލް..
ޟާއި
19 February 2018
މި ފަހަރު ސައިނާގެ ފަހަރު. ޢައްޑޫ އަށް ތަށިގެންދަން ލިބޭ ރަނުގެ ފުރުސަތެއް
ފްރޮމް ފޭދޫ، ވިތް ލަވް
19 February 2018
"މޯލްޑިވިއަން އައިޑޮލްގެ ތިއޭޓަ ރައުންޑަށް އިންތިޒާރުކުރާ މީހުން ޔަގީނުން ވެސް އަޒަލް އަށް މި ފަހަރު ޖެހޭ ހާލެއް ބޭނުން ވާނެ އެވެ." މައިންޑް ޔުއަރ ލެންގުއޭޖް މިހާރު. ތިޔަ އައިޑަލް އަކުން ކެޓިޔަސް އަޒަލް އެއްވެސް ހާލެއްގަ ނުޖެހޭނެ. އެއީ އެއަށްވުރެ ހުނަރުވެރި ކުއްޖެއް. އެނގިއްޖެ؟
ނޭނގޭ މީހާ
19 February 2018
ރައީސް އަޒަލު ކުރަން އުޅޭ ވާހަކަ އަޑު އިވުނު. އޭރު ނޭނގޭ 'އަޒަލު' ގެ މާނައެއް. މިހާރު މި އެނގުނީ އަޒަލް އެއީ އަންހެން ކުއްޖެއްގެ ނަމެއްކަން.
މާނަ ނޭގޭ މީހާ
19 February 2018
އަދިވެސް މާނައެއް ނޭގުނު!!!