ވިލާގެ ރިސޯޓެއްގައި މުވައްޒަފުންތަކެއް މަސައްކަތުގައި: ވިލާގެ ހަތަރު ރިސޯޓަކުން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ވަނީ ދައްކާފައި --ފޮޓޯ/މިހާރު
20 ފެބުރުއަރީ 2018 - 14:43
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން ކުންފުނިން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 56 މިލިއަން ރުފިޔާ ދެއްކުމުން، އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ވިލާ ޝިޕިންއާ ދެކޮޅަށް މީރާ އިން ތިން ދައުވާއެއް ކުރީ މިދިޔަ މަހު އެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި ހިމެނޭ 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިލާ އިން ދެއްކުމުން އެ ދައުވާ މީރާ އިން ކުރިން އޮތީ އަނބުރާ ގެންގޮސްފަ އެވެ.
އަނެއް ދެ މައްސަލައިގައި ހިމެނޭ 3.2 މިލިއަން ޑޮލަރު (49 މިލިއަން ރުފިޔާ) އާއި 7.4 މިލިއަން ރުފިޔާ ވިލާ އިން މީރާ އަށް ދައްކާފައިވާ ކަމަށް މީރާ އިން ސިވިލް ކޯޓަށް އެންގީ އިއްޔެ އެވެ. އެހެންވެ އެ ދެ މައްސަލަ ވެސް މިހާރު ހައްލުވެފައިވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ވިލާ އިން ފަހުން ދެއްކި 3.2 މިލިއަން ޑޮލަރަކީ ވިލާގެ ހަތަރު ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެވެ. އަދި 7.4 މިލިއަން ޑޮލަރަކީ ވިލާ ޝިޕިން އިން ދައްކަންޖެހޭ ޖީއެސްޓީ އެވެ.
ވިލާ އިން ދައްކަންޖެހޭ ޓެކްސް ފައިސާތައް ދެއްކުމުން އެ މައްސަލަތައް އަނބުރާ ގެންދިޔަސް ވިލާގެ އެކި ކުންފުނިތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހޯދަން ދައުލަތުން ދައުވާކުރާ މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު ވިލާ އިން ބުނެފައިވަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.
ވިލާ އިން ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެ ކުންފުނީގެ ރިސޯޓްތަކަށް ދޫކުރި އޫރުމަހާއި ރާ އެތެރެ ކުރުމުގެ ހުއްދަ ސަރުކާރުން މިދިޔަ މަހު ވަނީ ހިފަހައްޓައިފަ އެވެ. އެކަމަކު ފަހުން އެކަމަށް ވަގުތީ ހުއްދައެއް ސަރުކާރުން ދިނެވެ. ފަހުން ދިން އެ ހުއްދައިގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެގެ ހުތާ
20 February 2018
ވިޔަފާރިކުރަންޏާ ޓެކްސް ދެއްކުމާ, ލަސްކުރުމާ, ފައިދާވުމާ, ދަރަނިވެރިވުން ހިނގާނެއެވެ. އެކަމު ދައްކަންޖެހޭ އެއްޗެއް ދެއްކީމާ އެކުންފުންޏެއްގެ ކިބައިން އެކަންތައް ނިމުނީއެވެ. މި ފައިސާދެއްކުމުންވެސް ލޮލަށް ނިދިނާންނަ މީހުން އުޅޭނެއެވެ. އެހެނީ އެބައިމީހުންނަށް ދައްކާނެ ވާހަކަ މަދުވީމައެވެ.
އަންބާރާ
20 February 2018
ސިޔާސީ ގތުން ތަފާތުވީމާ, އިހުލާސްތެރިކަމެއްނެތޭ ނިޔަތެއްނެތޭ ކިޔައިގެން މީހުންގެ ބޮލުގަ ނުހައްގު ބޮޑެތި ދަރަނި އަޅުވައިގެންނުވާނެއެވެ. އެއަކީ ވަރަށްދެރަކަމެކެވެ. ތިމާއަށް ސަޕޯޓްކުރިއިރު ނެތް ދަރަނި ހަމަ ހުރެފަ ކުއްލިއަކަށް ވިހަނީ ކިހިނެތްހެއްޔެވެ. ޓެކްސް ފައިސާ ދައްކަންޖެހޭނެއެވެ. އެކަމަކު އެެހެނިހެން އަންނަ ސާބިތުނުވާ, ކޯޓު މަރުހަލާ އެއްކޮށް ނުނިމޭ ދަރަންޏޭ ކިޔައިގެން އަނެކާގެ އަގުވައްޓާލާ މީހާއަކީ ހާދަހާވާ ނުބައި މީހެކެވެ.
މުޖޭ
20 February 2018
އޮޅުވާނުލައްވާށެވެ. ސިޔާސީ ދައުވާއެކޭ ކިޔަނީ ކެންސަލޮކޮށް އަތުލި ފަޅުތަކުން ދައްކަންޖެހޭ ކަމަށްބުނާ ބުހުތާނު 2.5 ބިލިއަނަށެވެ. އެއަކީ ޓެކްސްއެއްނޫނެވެ.
ގެރިމޮދީ
20 February 2018
އެހެންވީމަ އެބައެނގޭތާ އެއީ ސިޔާސީ ދައުވާއެއްނޫންކަން!
ދޮންބެ
20 February 2018
ގާސިމް އަތުން ނަގައިފަ އޮތް ފަޅުރަށްތަކަކަށް އެކިޔަނި 2.8 ބިލިޔަން ދައްކާށޭ. އަދުރޭއެ އެހެން މިކަޔަނީވެސް. ބަޔަކު މޮޔަނުވާނެތަ.
އަޖީތު
20 February 2018
ކޮންމެ ކުންފުންޏަކުންވެސް ޒިންމާވާންޖެހޭނީ ހަމަ އެކަނި އެކުންފުންޏެއްގެ ދަށުގައިވާ ކަންތައްތަކާ. ކުންފުނިތަކުގެ ނަމުގައި "ލިމިޓެޑް" އޮންނަނީ ސަބަބެއް އޮވެގެން. ގާސިމްގެ މަސްލަހަތު އޮތޭ ކިޔާފައި ގާސިމްގެ ހިއްސާވާ ހުރިހާ ކުންފުންޏަކުން އެއް ކުންފުނި އަނެއް ކުންފުނީގެ މައްޗަށް ޒިންމާވާކަށް ނުޖެހޭނެ.
އިސްތިއުފާދެއްވި ރައީސް ނަޝީދު
20 February 2018
ސަރުކާރުން ވިލާއަށް ދައްކަންޖެހޭ ލާރިއޭ ނުކިޔާ ތަމެން ދެން ދާންވީނު ކޯޓަށް؟ ރައްޔިތުންގެ ލާރި ނަގައިގެން، އެނުދައްކަންވެގެން އެލާރިން ކޯޓުތައް ގަނެގެން މޮޅުތަކެއް ވެއްޖެނު؟
ސޭކުބެ
20 February 2018
މިމައްސަލަ ސްޕްރީމް-ކޯޓަށް ހުށައަޅާފަވާކަން ހަމަނޭގޭ ގަމާރެއްތަ ކަލޭތީ. މިމައްސަލަވެސް ނުނިމި އެވަނީ ސަރުކާރުގެ ނުފޫޒާހެދި. މުޅި ސިސްޓަމް މިއޮތީ ހިސާރު ކޮއްފަކަމަށް އަދިވެސް ޤަބޫލުނުކުރަންދޯ.
އެޑްމުންޑޯ
20 February 2018
އެކަމަކު އަޑަށްބާރުލާފައި ޖުމްހުޜިޕާރޓިން ގޮވަމުންދިޔައީ ދައްކަންޖެހޭ ފައިސާއެއް ނޯންނާނެޔޭ ، ދޮގާއި މަކަރު ހެދުމުގެވެސް ޗާރޓުން ބޭރުގައި
ޅިޔަންބޭ
20 February 2018
ދެން އެންމެފަހު ކަމަކައް ގާސިމު މާލެއައިސް، ރައީސް ޔާމީނު ވަރެއްނެތޭ ބުނެލާފަ، ޕީޕީއެމައް ސޮއިކޮއްލާ. އޭރުން ހުރިހާކަމެއް ހަމަވީ.
ސޭކުބެ
20 February 2018
ސަރުކާރުން ވިލާއަށްދޭން އޮތް ފައިސާ އަޅާކަޑާލީމާ އަދިވެސް ސަރުކާރު އޮތީ ވިލާއަށް ދަރާފަ. އެހެންވީމާ އެބުނަނީ ސަރުކާރަށް ދައްކަންޖެހޭ ލޯލާރިއެއްވެސް ނޯންނާނޭ. ސާފުވެއްޖެ ކަމަށް ހީކުރަން.
އިސްތިއުފާދެއްވި ރައީސް ނަޝީދު
20 February 2018
ސަރުކާރުން ދައްކަން އޮތް ކޮން ލާރިއެއްތޯ؟