ދައުރުގެ ބޭރުން މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް
21 ފެބުރުއަރީ 2018 - 18:03
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ މެދު ސުޕްރީމް ކޯޓުން ލަފައެއް ދެވެންދެން، މަޖިލީހުގެ އެ ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ނެރުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޖަލްސާގެ ގާނޫނީ އަދަދާ މެދު އެ ކޯޓުގެ ލަފައަކަށް އެދި މަޖިލީހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެންނެވެ.
ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެގެން ކަމަށް ގާނޫނުއަސާސީގައި އޮތަސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން އެދުނީ ބައެއް މެމްބަރުން އެކަމާ މެދު ސުވާލު އުފައްދަމުންދާތީ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން އެކަމުގައި އެ ކޯޓުން މަޖިލީހަށް ލަފައެއް ދެންދެން، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށެވެ. އެގޮތަށް އަމުރުކުރީ ގާނޫނުއަސާސީ އާއި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ކަންކަމާއި މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު ކަމަށް އަމުރުގައި ވެ އެވެ.
މަޖިލީހުގެ ދެ ބައިކުޅަ އެއް ބައި ކަމަށްވާ 43 މެމްބަރުން ހާޒިރުވެ ނެތީސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އަހައި، އެ ގަރާރު ފާސްކުރި ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނާއި ބައެއް ވަކީލުން ވަނީ ބުނެފަ އެވެ.
އެކަމަކު މަޖިލީހުން އެގޮތަށް ވޯޓަށް އެހީ ގާނޫނުއަސާސީގައި ބުނާ ފަދައިން، ރައްޔިތުން އަމަލުކުރުން ލާޒިމްވާ ކަންކަން ބަޔާންކުރާ މަޖިލީހުގެ ގަވާއިދުގެ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ވާހަކަ ނެތުމުން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިއްޔެގެ ޖަލްސާގައި ވިދާޅުވި އެވެ. އެހެންވެ އެ ގަރާރަށް ވޯޓަށް އެހީ އާންމު ޖަލްސާއެކޭ އެއްފަދައިންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން އިއްޔެ ފާސްކުރީ އެ ގަރާރުން ހިފަހައްޓާފައިވާ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރުތައް އަނބުރާ ދިނުމަށް ފަހު އެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކި ކުރުމަށް މަޖިލީހަށް އޮންނަ ބާރާއި ވަޒީރުން ވަކިކުރަން އޮންނަ ބާރުގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް ވަކިކުރަން މަޖިލީހަށް ލިބިދޭ ބާރާއި ރައީސް ވަކި ކުރުމުގައި އުފެދޭ ޚިލާފުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ބާރު ލިބިދޭ މާއްދާ ވަނީ އެ ގަރާރުން އުނިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހަންޑޯ ޓޮލޭޑޯ
22 February 2018
އަވަށްޓެރިޔާގެ ގޭގައިހުރި ގަހެއް ކަނޑާލަން މަދިޔުމުން ތިކަންނުކުރެވޭނޭ ކިޔަކިޔާހުއްޓައި ގަސްކީހަން ފެށުމުން، އަވަށްޓެރިޔާ ކޯޓަށް ދިޔުމުން ކޯޓުން ވަގުތީ އަމުރެއް ނެރުނީ ގަސްކެނޑުން ކުރިޔަށް ގެންދިއުމަށް، މައްސަލަ ދިރާސާކޮށް ހުކުމް ކުރެވެންދެން.
އިބްރޭ ވައިދުރު
22 February 2018
އަހަރެން ޤަބޫލު ކުރާ ސްޕްރީމް ކޯޓެއް މިރާއްޖޭގައެއް ނެތް.. ވަރަށް ސަލާމް
falaku ain
22 February 2018
ކޮބާ ހީވި ކަމެއްހެން. އިދިކޮޅު އިއްތިޙާދުގެ ބަޔަކު ހުށަހެޅި އެއްވެސް ކަމެއް ލަފާދެންދެން ނުވަތަ ވަކިގޮތެއް ކަނޑައަޅަންދެން މަޑުކޮށްލަން ތީގެ ތަނަކުން އަމުރުކުރިތަ؟ 5 އަހަރު ދުވަހުގެ ތެރޭގައި ކުރީ އެންމެ ކަމެއް. އެކަންވެސް އެއޮތީ އަމިއްލައަށް ފައިން އަރާފައި. މިވަރުގެ ތަނަކުން ކޮށްފާނެ ކޮންމެކަމެއްވެސް.
ތައްތި
21 February 2018
ހެއްދެވި ފަރާތް ނޫން އެހެން ފަރާތެއް ދެކެ ބިރުގަންނާނީ އިމާންތެރިކަން ކުޑަ މީހުން.. ފުރާނަ އަޅުއްވައި ފުރާނަ ގެންދަވަނީ އެފަރާތުން.. ރިޒުގު ދެއްވަނީ އެފަރާތުން.. އެހެންވީމަ ފަނޑިޔާރު ބުރޯމެން ތަންކޮޅެއް ގަޓުވެފަ ޗިލް ވާން ވެއްޖެއެއްނު..
މުރިނގު
21 February 2018
މުޅި ޢުމުރަށް ކުއްލި ހާލަތު އިއުލާން ކުރަންވީނު.
ކެބަލޯ
21 February 2018
ތިޔަ ލަފާ ދެން ލިބޭނީ 30 ދުވަސް ފަހުން ދެތްތޯ!!!
ޙަސީނާ
21 February 2018
ކުއްލި ނުރައްކާ ދަމަހައްޓަން ވީމާ، އެއަށް ގޮތެއް ކަނޑައަޅަންދެން ކުރިއަށް ދާގޮތަށް. މަޖިލީހުގެ ބާރަ މެންބަރުންގެ ގޮނޑި ނުގެއްލޭ ޙާލުގައިވެސް މަޖިލީހަށް ވަނުން ކޯޓުން ފަސްކުރީ! ޢަޖައިބު އަންތަރީސް
މާޖިދު
22 February 2018
އަނިލްއަށް މިކަމުން އޮޅުން ބޮޅުމެއް ނުފެނޭދޯ. ދެންދާނީ ދުވަހެއް ދުވަހަކަށް އޮޅުން ބޮޅުންވަމުން. ދުވަސްކޮޅަކުން މުޅިސަރުކާރުން ކުރާނެ ކަމަކީ އޮޅުން ފިލުވުން.
ޢަލީމް
21 February 2018
ސުޕްރީމްކޯޓުގަ މަޖިލީހުން އެދުނު ކަންތަކަށް ލަފައެއްނުދޭ. ޢަމުރު ނެރުނީ ލަފައެއްދޭންދެކަށް ތިހެންދާށޭ. މިއަމުރުން މަޖިލީހުގެ ސުވާލަށް ޖަވާބެއްނުލިބޭ. ގާނޫނީގޮތުން ތިމައްސަލާގަ މަޖިލީސް ތަޅުއެޅުވުނީ. މިހާލަތު ކުއްލި ނުރައްކާ ހިންގާބަޔަކު ކުށްވެރި ވާނެ
ފޮތްކޮޅު
21 February 2018
ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލުން ކުރީގެ ޕީޖީން އަދި އުސްތާޛް ނަޝީދުވެސް ހިމެނިގެން އެބަ ވިދާޅުވޭ 43 ނެތި ޞައްޙަ ނުވާނެ ކަމަށް ސަރުކާރު ވެއްޓެނީ
ހަމްދަރުދީ
21 February 2018
މަޖިލީހުގެ ސީޖީ، މިހާރުގެ ޕީޖީ ކުރީގެ ޕީޖީ އަދި މަސްހޫރު އެތައް ގާނޫނީ ވަކީލުންނަށް މި ނިންމުން ގާނޫނީގޮތުން ސައްހަ ނޫންކަމަށް ފެންނައިރު ސްޕްރީމްކޯޓްގައި ތިއްބެވި ތިން ފަޑިޔާރުންނަށް އެހެން މަންޒަރެއް ފެންނަނީ ހަމަ ގައިމުވެސް ކޮންމެވެސް ކަމެއް ވީމާއެވެ. ބަދުރު ހަނގުރާމައިގައި އަބޫޖަހުލު ބުނި ވާހަކައެއް އޮވެއެވެ. ސްޕްރީމް ކޯޓް ..............!؟
falaku ain
22 February 2018
އެމީހުންނަށް ގާނޫނު ނޭގޭނޭޔޯ ނޫންތަ މިބުނަނީ. ނިހާނާއި އަދުރޭ އާއި މަސީހުނޫންތޯ އެތަނަށްވެސް ގާނޫނީ ލަފާދޭނީ. ފަހުން ބުނާނެ އަހަރެން ބޮލުގަ ބަޑިޖައްސާފަޔޭ، ރަހީނުކޮށްފަޔޭ ހުރީ. ދެން ހަމަ އޯކޭ.