އަހހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
27 ފެބުރުއަރީ 2018 - 11:21
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތިދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔާރިވެރިންތަކެއް އެކުވެގެން 110 މިލިއަން ޑޮލަރު ހޭދަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރި ހޮސްޕިޓަލުން ސިއްހީ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ތަރައްގީކުރި ޓްރީ ޓޮޕް އިންވެސްޓްމަންޓްގައި ހިމެނެނީ ރާއްޖޭގެ މަހުޖަނުން ކަމަށް ވާ ޗަމްޕާ ހުސެން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްގަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާ އެވެ.
ކުންފުނީގެ ޗެއާމަނަކީ ލާސް އެވެ. މެނޭޖިން ޑިރެކްޓަރަކީ ނަޒީރެވެ.
އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެން މެނޭޖްކުރާ ހޮސްޕިޓަލްގައި 210 އެނދު ހުރެ އެވެ. އަދި 30 ގައުމެއްގެ މީހުންގެ ވަޒީފާ އަދާކުރާނެ ކަމަށް، ޓްރީ ޓޮޕުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސްވެރިން މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
ހޮސްޕިޓަލް ހުޅުވާ ދުވަސް އިއުލާންކުރަން އެ ހޮސްޕިޓަލްގައި، ނޫސްވެރިންނާ އެކު، ބޭއްވި ހަފުލާއެއްގައި އެޑަމް ވިދާޅުވީ އާސަންދަގެ ހިދުމަތް މި ވަގުތު ދެވޭނީ އެޑްމިޓްކޮށްގެން ފަރުވާ ހޯދަ ބަލި މީހުންނަށް އެކަނި ކަމަށެވެ.
"ހުޅުވާއިރު އިންޕޭޝެންޓުންނަށް އެކަނި އާސަންދަ ލިބިގެން މި ދަނީ. އަޅުގަނޑުމެން އެބަ މަޝްވަރާ ކުރަން [ޑޮކްޓަރަށް ދައްކާ] ފަރާތްތަކަށް ވެސް އާސަންދަ ހިދުމަތް ލިބޭގޮތް ހަމަޖެއްސުމަށް. އެލައިޑް ވެސް އަދި ބޭރުގެ އެހެން އިންޝުއަރެންސް ކުންފުނިތަކުގެ ހިދުމަތް ލިބޭނެ. "ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމާނާ ތަކާފުލްގެ އިންޝުއަރެންސުން ވެސް މިކޮޅުން ހިދުމަތް ލިބޭނެ،" ރަސްމިއްޔާތަށް ފަހު "މިހާރު" އަށް އެޑަމް ވިދާޅުވި އެވެ.
ހޮސްޕިޓަލުން ޑޮކްޓަަރަށް ދެއްކުން ފަދަ ހިދުމަތްތަކުގެ އަގުތައް އަދި ސާފެއް ނުވެ އެވެ. އެޑަމް ވިދާޅުވީ އެ މައުލޫމާތުތައް މެނޭޖުމަންޓުން ހާމަ ކުރާނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަށް ދާ މީހުންނަށް ހާއްސަކޮށްގެން ގަޑިއަކު އެއް ފަހަރު ހާއްސަ ފެރީއެއް އޮންނާނެ ކަމަށް ވެސް މިއަދު އިއުލާންކުރި އެވެ. ބްރިޖް ބޭނުންކުރަން ފަށަންދެން ގިނަ ޕޭޝެންޓުން އެ ފެރީ ބޭނުން ކުރާނެ ކަމަށް ޓްރީ ޓޮޕްގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގައި އުޅޭ މީހުން ފުރަތަމަ ޑޮކްޓަރަށް ދައްކާނީ، މާލޭގައި ހުޅުވާފައިވާ ކްލިނިކަށް ކަމަށާއި ހޮސްޕިޓަލަށް ގެންނާނީ އެތަނުން ބެލުމަށް ފަހު ކަމަށެވެ. އެ ކްލިނިކުގައި ޖެނަރަލް ޑޮކްޓަރުންގެ އިތުރުން ކޮންމެ ދުވަހަކު ވެސް ސްޕެޝަލިސްޓެއް އިންނަވާނެ އެވެ.
ރާއްޖޭގެ މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ އަދި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ސަލީމް ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ މަސައްކަތަކީ އޭނާގެ ހަޔާތުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އަދި އެންމެ އުނދަގޫ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް އުނދަގޫކަން އެނގިވަޑައިގަތީ ހޮސްޕިޓަލަކީ ރިސޯޓެއް ހަދާ ގޮތެއް ހަދާ ނިންމޭނެ ތަނަކަށް ނުވުމާއި އެ ތަޖުރިބާ ވެސް ނެތުމުން ކަމަށެވެ. އަދި ތުރުކީގެ ޓާމާކްސް ކުންފުންޏާ ހޮސްޕިޓަލް އިމާރާތްކުރުން ހަވާލުކުރީ ރާއްޖޭގައި އެ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރާނެ ތަޖުރިބާ ހުރި ކުންފުންޏެއް ނެތުމުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސްވެރިން މިއަދު ބޭއްވި ނިއުސް ބްރީފިންގައި، ބައިވެރިވި އެތަނުގެ ބައެއް މުވައްޒަފުން.---ފޮޓޯ: މިހާރު
"އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖެއަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ތައާރަފުކުރުން. މަގުސަދު ވަރަށް ފަސޭހަ. [އެކަމަކު] ހަގީގަތަކީ ހޮސްޕިޓަލަކީ ވަރަށް ބައިވަރު ހިދުމަތްތަކެއް ހިމެނޭ ތަނެއް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރީ ޓޮޕްގައި ހަރުކޮށްފައިވާ އޭސީ ސިސްޓަމަކީ ރާއްޖެ އަށް މުޅިން އަލަށް ގެނައި ނިޒާމެއް ކަމަށެވެ. އަދި މާޗު 1 ގައި ހޮސްޕިޓަލް ހުޅުވި ނަމަވެސް އެ ދުވަހުން ފެށިގެން ހުރިހާ ހިދުމަތެއް ނުލިބޭނެ ކަމަށާއި ނަމަވެސް ފަހަރަކު ހިދުމަތެއް ތައާރަފުކުރަމުން ގޮސް، ޖޫން ނިމޭ އިރު ހުރިހާ ހިދުމަތްތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ފަށައިގަންނަ އިރު ހޮސްޕިޓަލްގެ 70 ޕަސެންޓް ހިދުމަތް ފޯރުކޮށްދެވޭނެ،" ސަލީމް ވިދާޅުވި އެވެ.
ބޮޑެތި ބައެއް ފަރުވާތައް އެކި ދުވަސްވަރު ތައާރަފުކުރަން ނިންމީ، ސަލީމް ވިދާޅުވި ގޮތުގައި، ހުރިހާ ކަމެއް ބަރާބަރަށް، މައްސަލައެއް ނުޖެހި ގެންދިއުމުގެ ގޮތުންނެވެ.
ހޮސްޕިޓަލްގެ މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުއްވި ސަލީމް ވިދާޅުވީ އަންނަ ހުކުރުދުވަސް ވާނީ "އަޅުގަނޑުގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް" ކަމަށެވެ.
"ވަރަށް އުނދަގޫ މަސައްކަތްތަކަށް ފަހު މި ހިސާބަށް މި އާދެވުނީ...ވަރަށް ބޮޑު އުއްމީދެއް މިއީ،" ސަލީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ،
27 February 2018
އަޅުގަނޑު އެދެނީ ޗަންޕާގެ ފަރާތުން އުތުރާ ދެކުނުގަވެސް ތީގެހޮސްޕިޓާ ތަރައްގީކުރުން ސަރުކާރަކައްނުވި ރައްޔިތުން ރާއްޖޭގަ ދިރިއުޅޭތާ މިހުރިހާ ޒަމާންވީ އިރުވެސް ތިވަރެއް ކުޅުދުއްފުއްޓާ އައްޑޫގަ ނަމެއްގަ މިހާރުވެސް ޓާޝެރީ ހޮސްޕިޓާ އެބަހުރި ހަރާމުން ހަރާމް ވާކަމެއް
ސޮކްތެރެޕީ
27 February 2018
އިންޑިޔާ ލަންކާއައް ދާމީހުން ހުއްޓުނީ.
ފަލަޑޭ
27 February 2018
ޓްރީޓޮޕް މިކިޔަނީ މިއީ ބްރޭންޑެއްތަ ނުނީ މިތަން ހުންނަނީ ގަހެއްގެ މަތީގަތަ؟
އެކޮއެ
27 February 2018
ކޮމެންޓް ކޮއްފަ މިތިބީ މިކިއާ ރޯނު އެދުރުން .. އެއްބަޔަކު މިހާރު ހޮސްޕިޓަލް ހިންގަނީ .. ދެން ތިބީ އާސަންދަ ދޭ މީހުނާ ޑޮކްޓަރުން ނާ ނަރުހުންނާ މަސައްކަތު މީހުނާ .. އިނަޖީނޭރުންނާ .. ދެން މިހެން ގޮސް ކިއާނެ ކަމެއް ނެއް
އަފޫ ލެވަޓަން
27 February 2018
ދިވެހިންގެ އެތަަައް އުންމީދު ތަކެއް ރައީސް ޔާމިން އާއިގުޅިފައި..2018 ގައިވެސް ބޫނުމީ ރައީސް ޔާމިން ހޮވަން.. ސުކުރިއްޔާ ރައީސް....
1234
27 February 2018
ތިތަނަށް ފެންވަރު ރަނގަޅު މޮޅެތު ބޭރުގެ ޑޮކްޓަރުން ގެންނަނިކޮށް ރާއްޖޭން ބޭރަށް ދާދިއުން ހުއްޓިދާނެ.
ސާބަހޭ
27 February 2018
ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކެނީ 700 ރުފިޔާއަށް. އާސަންދައިން ދެނީ 200 ރުފިޔާ. އަމިއްލަ ޖީބުން 500 ރުފިޔާ. ބުނާއަޑުއިވެ.
ފެނޭތޭ
27 February 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ޒާނޫ ޕީއެފް
27 February 2018
އުންމީދަކީ ރައްޔަތުމީހާ އަތްފޯރާފަށުގަ ޚިދުމަތްތަށް ލިބެންހުރުން. ބޭސް ފަތުރުވެރިކަމަށް ހުޅުވާލެވޭ އަގާ، އާންމު މީހާ އަށް ދެވޭ އަގު އެކައްޗަކަށްވެއްޖެ ހާލަތެއްގަ، މިފަދަ މަރުކަޒުގެ ފައިދާ ރައްޔަތުމީހާ އަށް ފުރިހަމައަށް ލިބިގެންދާނެ ކަމަކަށް ނުއެއް ފެނޭ.
މަ މިއު މަ
27 February 2018
ބޭސް ފަރުވާގެ ބޭނުމުގަ އަހަރުމެން ވެސް ވަރަށް ބޭރަށް ގޮސް އުޅެން، ދަނީ ދާ ހިތަކުން ނޫން، ހިތްހަމަ ޖެހޭ ފެންވަރުގަ ރާއްޖޭން ބޭސް ކުރެވޭނެކަމުގެ ޔަގީން ކަން އޮއްވަ އެއް ނުދާނަން. އަދި ތިތަން އެޅިޔަކަސް އެ ޔަގީން ކަމެއް ނުލިބޭ، ތިއީ އެވަރުގެ ތަނެއްކަން ސާބިތު ކޮށްދިނުމަކީ އަހަރުމެންވެސް ބޭނުންވާ ގޮތް، އެހެންވީމަ އޯލް ދަ ބެސްޓް