ހާބަރު ސަރަހައްދުގައި އަޅާ ފުޓްކޯޓުގެ ބައެއް ކެފޭތައް-- ފޮޓޯ: ހައުސިން މިނިސްޓްރީ
28 ފެބުރުއަރީ 2018 - 19:36
މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހަދާ ފުޑް ކޯޓުގެ ބައެއް ކެފޭތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯއިން ތަރައްގީ ކުރާ ފުޑް ކޯޓުގެ އަމީނީމަގާވީ ފަޅި އަންނަ އޭޕްރީލް މަހު ހުޅުވާއިރު، އިއްޒުއްދީން މަގާވީ ފަޅި، އަންނަ ރޯދަ މަހުގެ ކުރިން މޭ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.
ހާބަރު ސަރަހައްދުގައި އަޅާ ފުޑް ކޯޓުގެ ކެފޭއެއް-- ފޮޓޯ: ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވަނީ އެތަނުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ފުޑްކޯޓުގައި ހިމެނޭ ކެފޭތައް ކުއްޔަށް ދޭން ދެ ވަނަ ފަހަރަށް އެސްޓީއޯއިން ހުޅުވާލުމުން 29 ފަރާތަކުން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ.
Male ge hulhangu dhekunu faraathugai tharaggee kurevey food court thah: Ameenee Magaavee falhi April mahu hulhuveyne IA; Izzuddeen Magaavee falhi May mahu (Ramazan mahuge kurin) hulhuveyne IA. pic.twitter.com/qcIg1L89xO
— Dr.Mohamed Muizzu (@MMuizzu) February 28, 2018
ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ.
ހާބަރު ސަރަހައްދުގައި ހަދާ ކެފޭތަކުގެ މަސައްކަތްކުރަނީ ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެ ތަނުގެ 13 ކެފޭއެއްގެ މަސައްކަތެވެ.
ފުޑްކޯޓުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ
ކުރިން އަމިއްލަ މީހުން ހިންގި ކެފޭތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ހުޅުވާ ގޮތަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެ ނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮހޮލު
01 March 2018
ވަޓް އަ ވޭސްޓް އޮފް ލޭނޑް އެންޑް ސްޕޭސް. ތިޔަ ބިޔަ ބިން .. ކޮން ކަހަލަ ބޮޑު ވޭސްޓެއް.. ބުރިބިރި އަށް ނެގުނީސް ދޯ.. ޕާކިން ޕާކް، ބޯލިނގް އެލީ. ވަޓް ނޮޓް.. ވަޓް އަ ވޭސްޓް.. ވަޓް އަ ވޭސްޓް ބްރޯ.
ޖޭމްސް
01 March 2018
މިނިސްޓާސް ލިސްޓް ގަ ކަންނޭގެ މަގޭ ނަން އޮންނާނީ
ވަރިހަމަ ޅިޔަނު
01 March 2018
ސަރުކާރު ނޭވާހޮޅިއަށްއެޅުނީމަ، ދެން ހަމައެކަނި އޮތީ ތިޔަ މަކަރުވެރި ހީލަތްތެރި ގޮތް. ދެން އިސްލާމީ މަރުކަޒު ކުއްޔަށް ދޫކުރަން އިއުލާނުކުރަންފެނޭ. އޭރުން ގިނަބަޔަކު ތިޔަ ތެޔޮޕާޓީއަށް ވަންނާނެ.
މުރާސިލު
01 March 2018
ތިމާމެންގެ ޕާޓީމީހުންނަށްއެކަނިތޯ ލިބޭނީ؟. ވަރިހަމަ ނުވަންނާނަން ތިޔަ ކުރަޕްޓް ޕާޓީއަކަށް. ދިނަސް ނުދިނަސް ހެޔޮ.?
ކުރިކީލަ
01 March 2018
މުއިއްޒު މިނިސްޓަރސް ލިސްޓު؟
ޔާމިން
01 March 2018
ދުނިޔޭގެ އެހެން އެއްވެސް ގައުމެެއްގަ ސިފައިން ވިޔަފާރިކޮއް ކޮންސްޓްރަކްޝަން ކުންފުނި ހަދައިގެން މަސައްކަތް ކުރޭބާ؟
ސަވަރު
01 March 2018
އާއެކެވެ. ޕާކިސްތާން. އެމެރިކާ. އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ. ސިންގަޕޯރ. ގްރެއިންޓް ބްރިޓެއިން.
ރޮބިން
28 February 2018
ނިކަމެތި ރައްޔިތު މީހާއަށް ތިތަނުން ވިޔަފާރި ކުރަން ލިބޭނީ ޕިންކީ އާލާތުން ނަށް ބަހާ ނިމުނީމަ.. ދައްކަން ޖެހޭ ކުލި އޮތީ ކިހާ ހިސާބުގައި ބާ؟؟
ޔަގީން18
28 February 2018
ކޯޓު ކިޔަންޏާ ތިއަށް އަތް ބާނާނެ މީހަކު އެބްއުޅޭ.
ދޮޅަސް
28 February 2018
ފުލެޓު ތަކައް ކިހިނެއްވީ؟ އެއައް އެއްޗެއްބޭނިތަ؟
ހާމިދު ދާއީ
01 March 2018
ފުލެޓާ ބެހޭ އާޓިކަލެއް ނޫން މީކީ. މިއީ އަދި އެހެން ތަރައްގީއަކާ ބެހޭ އާޓިކަލެއް. ލިޔެފަ އޮންނަ އެއްޗެއް ރަނގަޅަށް ދޭހަ ނުވާނަމަ ކޮމެންޓް ކުރަން އުޅުމަކީ ހުތުރު ކަމެއް. ފުލެޓް ވެސް އެދަނީ އަޅަމުން. ކުންފުނިތަކާއި ސިވިލް ސަރވަންޓް މުވައްޒަފުންނަށްވެސް ފުލެޓް ލިބޭނެ. އަދި މާލޭގެ ކުލީގެ އަގުވެސް %50 އިންސައްތައާ ހަމައަށް ދައްވާނެ. ޝުކުރިއްޔާ ރައީސް ޔާމީން !