ނ. އެކުޅިވަރު: އެމްޓީޑީސީން ކުރިން އޮތީ އީއެންއޭ ކިޔާ ކުންފުންޏަކަށް ސަބް ލީސްކޮށް ދީފައި --
01 މާޗް 2018 - 11:50
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސަރުކާރުން ކުރިން ދޫކޮށްފައި އޮތް ނ. އެކުޅިވަރުގެ ކުލީގެ ގޮތުގައި 29.5 މިލިއަން ޑޮލަރު (454 މިލިއަން) ރުފިޔާ އެމްޓީޑީސީއަށް ދައްކަން، އެ ރަށް ތަރައްގީކުރަމުން އައި އީއެންއޭ ހޮޓެލް ހޯލްޑިންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ރިސޯޓެއްގެ ގޮތުގައި ނ. އެކުޅިވަރު ތަރައްގީކުރަން އެމްޓީޑީސީ އަށް ސަރުކާރުން އެތަން ދިނުމުން، އެ ކުންފުނިން ވަނީ އީއެންއޭ ހޯލްޑިން އަށް ސަބް ލީޒް އުސޫލުން އެރަށް ދޫކޮށްފަ އެވެ. އީއެންއޭއަކީ ބޭރުގެ ހޮޓެލް ޗެއިންއަކާ ގުޅިގެން އުފެއްދި ޖޮއިންޓްވެންޗާ ކުންފުންޏެކެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެމްޓީޑީސީއާ އެކު ހެދި ހެޑް ލީސް އެއްބަސްވުން އުވާލައި، އެރަށް އެމްޓީޑީސީ އަތުން އަތުލައިފަ އެވެ.
އެމްޓީޑީސީއަށް 29.5 މިލިއަން ޑޮލަރު ދައްކަން އީއެންއޭގެ މައްޗަށް ކޯޓުން އިއްޔެ ހުކުމްކުރީ އެމްޓީޑީސީއާ އެކު ސަރުކާރުން ހެދި އެއްބަސްވުން މެއި، 2016 ގައި އުވާލިއިރު އީއެންއޭ އިން އެމްޓީޑީސީ އަށް ނުދައްކާ ހުރި ފައިސާ އަނބުރާ ހޯދަން އެ ކުންފުނިން ދައުވާ ކުރަމުންނެވެ.
ކޯޓުގެ ހުކުމުގައިވަނީ ސަބް ލީޒް އެއްބަސްވުމުގެ ދަށުން އީއެންއޭ އިން 29.5 މިލިއަން ޑޮލަރު އެމްޓީޑީސީ އަށް ދައްކަންޖެހޭކަން ސާބިތުވާ ކަމަށެވެ. އެއީ އީއެންއޭ އިން ކޮންޓްރެކްޓް އެވޯޑުގެ ގޮތުގައި ކުރިން އެމްޓީޑީސީއަށް ދައްކާފައިވާ 7.8 މިލިއަން ޑޮލަރު އުނި ކުރުމުން ޖެހޭ އަދަދު ކަމަށް އެ ހުކުމުގައިވެ އެވެ. ހުކުމުގައި އީއެންއޭއަށް އަންގާފައިވަނީ އިއްޔެއިން ފެށިގެން އަށް މަސް ތެރޭގައި އެ ފައިސާ އެމްޓީޑީސީ އަށް ދައްކަައި ނިންމުމަށެވެ.
އެމްޓީޑީސީ އަތުން އެކުޅިވަރު އަތުލުމަށް ފަހު ސަރުކާރުން މިހާރު ނިންމާފައިވަނީ އެތަން ތަރައްގީކުރަން އެސްޓީއޯއާ ހަވާލު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅިވަރު
01 March 2018
އެކުޅިވަރު ނޫން ކޮންމެ ކުޅިވަރަކަށް ވެސް 29 މިލިއަނަކީ ކުޑައަދަދެއްނޫން...
ޕީކި
01 March 2018
އެސްޓީއޯ ތީ ހުޅުމާލޭގަ ހޮޓަލެއްނޭޅިގެން އުޅޭބަޔެއް. މިހާރުކިތައް އަހަރުމިވީ އެތަނެއް ނުނިމިގެން އުޅޭތާ؟ ތިމީހުނަށް ރަށެއްތަރައްގީކުރެވޭނެތަ؟
ހަސަން
01 March 2018
ބޭރު އިންވެސްޓަރުން ރާއްޖެޔަ ވައިވެސް ނޭޅޭނެ ... މުޅި ޤައުމު އެކި ހިސާބު ތަކު އެކި އަގުގަ ޓެގް އަޅުވާފަ ސޭލް އަޅުވާލީމަ ވެސް އަންނާނެ މީހަކު ނުވި. އެސް.އީ.ޒެޑް ތަކާއި އައި ހެވަން ތަށް ހިތަކަށް ދިނީމަވެސް އަންނާނެ މީހަކު ނުވި ... އިކޮނޮމިސްޓް ކައްޕި އަށް ދެން ކޮންމެވެސް ނުބަޔެއް އުޅޭކަން ވިސްނެން ވެއްޖެ އެންނު ދޯ .....
ދިނަށަ
01 March 2018
އެކުޅިވަރެއްނޫން . އިކުޅިވަރު. ދިވެހިރާއްޖޭގެ ދިވެހިޗާޓު ބައްލަވާ.
ޖޯންސަން
01 March 2018
ނޫން އެކުޅިވަރު އެއީ ރަނގަޅު ގޮތް.
މިލަދެކުނޭ
01 March 2018
އެކުޅިވަރޭ އަބަދުވެސް އަޑުއަހަނީ
ހަހަ
01 March 2018
މީ ރަނގަޅު ކުޅިވަރެއް
އުމަރު
01 March 2018
"އެކަމަކު ފަހުން ސަރުކާރުން ވަނީ އެމްޓީޑީސީއާ އެކު ހެދި ހެޑް ލީސް އެއްބަސްވުން އުވާލައި، އެރަށް އެމްޓީޑީސީ އަތުން އަތުލައިފަ އެވެ" މިއީ ސަރުކާރުން ހިންގާ ޖަރީމާ، ފަޅުރަށެއް ދީފައި 3 އަހަރު އެތަން ހަދަންދީފައި ދެން ޖުރިމައިނާއިން ބަލަނީ ސަރުކާރު ހިންގަން، މުޅިންވެސް ގޭސް އެނބުރުން އޮތީ، ކާކުތޯ ނުހަދާ އޮތް ފަޅުރަށަކަށް 29 މިިއަން ޑޮލަރުދޭނީ، އަދި ސަރުކާރުން ނުޖެހޭ ރަށްނަގާފައި އެސްޓީއޯއަށް ދޭކަށެއް، އެސްޓީއޯއިން ފުރަތަމަ ހުޅުމާލޭގައި ހަދާފައިވާ ރިސޯޓް ހަދާ ނިންމަބަލަ
މާސްޓަރ
01 March 2018
ކޮމެންޓް ކުރައްވާ ފަރާތްތަކުން ކަމުގެ އަސްލު އެއްވެސް ވަރަކަށް ސާފްނުވާކަމަށް ފެންނަނީ. އެމްޓީޑީސީ އިން އެރަށް ތިޔަ ކުންފުންޔަށް ކުއްޔަށް ދީގެން އެތައް އަހަރަކު މަސައްކަތް ފަށާތޯ ތިބި. އެތައް އަހަރެއް ފާއިތުވީއިރުވެސް އެރަށުގައި ފައިވެސް ޖައްސާނުލާ. ދެން ރައްއަތުލައިގެން އެގްރިމެންޓް ބާތިލްވެގެން، ސަރުކާރުން ރައްއަތުލައިގެން އެވާހަކަ ދެއްކުމެއް ނެތްކައްނޭގެ. ވަރަށް ކެރިގެން މިބުނަނީ، ތިޔަކުންފުނިން މ=އެ ހުރިހާ އަހަރުގެ ތެރޭގައި އެރަށުގައި ރިސޯޓެއް ހެދުމަށް ރަށަށް ކޮށްފައި ހުރި މަސައްކަތެއް ދައްކަބަލަ. އެ ހެޔޮ ކޮންމެ ކަމެއްވިޔަސް.
ބަލާތި
01 March 2018
އެމްޓީޑީސީ އަކީ އެއީ ރައީސް މައުމޫނު އުފެއްދި ބޮޑު ފެއިލިއަރ އެކޭ ކަން މިހެން ހުރުމުން ދެން މި ކުންފުނީގެ ވިޔަފާރި ތައް ސްޓްރީމް ލައިން ކުރަންވީއޭ. ދެން ބައްލަވަންވީ ލާމު އަތޮޅުގައި ހުރި ބޮޑެތި ފަޅު ތަކާއި ރަށް ތައް ކުއްޔަށް ޗައިނާ ގެ އިންވެސްޓަރުންނަށް ދީގެން އަވަހަށް ލާމު އަތޮޅަކީ އެއީ މާލެ ސަރަހައްދު ފިޔަވައި ދެން އެންމެ ގިނަ ބެޑްސް ހުންނަ އަތޮޅަށް ހެދޭތޯއެވެ. މިކަން ކުރެވޭތޯ ބަލަންވީ އެއިރުން އަދުރޭ ކުރާ މަސައްކަތް ވެލިއު ކުރި ކަމަށް ބެލެވޭނީ.
ތެދުތެދު
01 March 2018
އެއްބަޔަކަށް އަނެއް ބަޔަކު ލަޑުދޭ ވިޔަފާރި އެވެ. އެމީހުން އަތުން ރަށް ވަކި ކުރުމުން ވެސް ރިޒޯޓެއް ގަންނަހާ ލާރި އެމްޓީޑީސީ އަށް ދޭން އެބަ ޖެހެއެވެ. ޢަނެއްކާ ހެޑްލީޒް އެގްތީމެންޓް ބާތިލް ކޮށް ފިއެވެ..މިއީ ކޮންކަހަލަ ވިޔަފާރި އެއް ބާއެވެ.އެކަމަކު މަށަކީ އެމްޓީޑީސީގެ ހިއްސާ ދާރެކެވެ. އެކަމަކު ހައްޤައް ލޯބި ކުރާ މީހެކެވެމ
އަލީ - ޕީޕީއެމް
01 March 2018
މިއަދި މާ މޮޅުގޮތެއް ފެލަން. ހަވާލު ކުރިމީހާ އެހެން ބަޔަކާ ހަވާލު ކުރާތަނުން ސަރުކާރުން ރަށް އަތުލާނީ. އަދި އޭގެ ފަހުން ސަބްލީސްއަށް ނެގި މީހާއަށް އެއްކަމެއް ވެސް ނުކުރެވުނީމާ އޭނަ ދަވާލާނީ... ކާކު ކުށެއް ރަށް އަތުލުން؟