އިދިކޮޅު މުޒާހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
05 މާޗް 2018 - 10:50
ފެބުރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހައްޔަރުކުރީ ޖުމްލަ ކިތައް މީހުން ކަމެއް އަދި މިހާރު ބަންދުގައި ތިބީ ކިތައް މީހުން ކަމެއް ވެސް ފުލުހުން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ. އިދިކޮޅު ޕާޓީތަކުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 110 މީހުންގެ ތެރެއިން ބަންދުގައި ތިބީ 31 މީހަކު ކަމަށެވެ.
އެކަމަކު، ގާނޫނީ ވަކީލް ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާއިރު، އޭގެ ތެރެއިން ދޫނިދޫގައި 34 މީހަކު ބަންދުކޮށްފައި އެބަތިބި ކަމަށެވެ. ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާއިރު، ގޭބަންދުގައި ވެސް އެކަކު ހުރި ކަމަށް ހިސާން ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތް ހިންގަން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހާލަތުގެ ދަށުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ވަކީލުން ވިދާޅުވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނާ ޚިލާފަށެވެ. އެހެންވެ މި ހާލަތުގެ ދަށުން މީހުން ހައްޔަރުކޮށްފައި ވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާސިމު
05 March 2018
މަދު ތަ? ތި މީހުން ހައްޔަރު ކުރަން ވެގެން ހެދި އެސްއޯއީ އެއް ތީ
އިއްސެ
05 March 2018
އެމީހުންގެ ވަނަވަރު އެނގޭނެ ލިޔުމެއް ލިބިދާނެތޯ؟
އުމަރު
05 March 2018
ތިޔައީ ވަރުގަދަ އެސްއޯއީއެއް، ރައީސުލް ޖުމްހޫރިއްޔާ ނެރުއްވާ ބަޔާނަކުން މުޅި ޤައުމު ސްޓޭޓް އޮފް އެމަޖެންސީއަކަށް، އަދި ހުރިހައި ކަމެއް ސަސްޕެންޑް، ފައްކާ ޤާނޫނު އަސާސީއެއް، އަދި ފައްކާ ޑިފެންސް ފޯސްއެއް، ޓެކުސްގެ ފައިސާއިން އެތަކެއް ބިލިއަން ހަރަދުކޮށްގެން ތަމްރީންކުރި ސިފައިންނާއި ފުލުހުންނަށް ޤާނޫނުގައިވާ ސްޓޭޓް އޮފް އެމަޖަންސީގެ މާނައާއި ހާލަތު ނެއެނގުމުން ޤައުމު މިހާލަތަށް ވެއްޓުނީ، ނާގާބިލު ނުކިޔަވައި ތަންދޮރު ނުދަންނަ ވެރިކަމަކީ ތިމާގެ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ދެކިގެން އުޅޭ މީހުން، އިދިކޮޅު މީހުންނަށް ގޮވާލަން ބޭނުންވަނީ ޤައުމު މިހާލަތަށް ވައްޓާލި ސިޔާސީ ބާރުގައިތިބި ހުރިހައި މީހުންގެ ދައުވާފޯމް ތައްޔަރުކުރުމަށް، އަދި އެމީހުންގެ މައްޗަށް އަންނާނެ ހުކުމްތަށްވެސް ޓެކުސް ޕޭޔަރުންނަށް މިހާރުން ފެށިގެން ބުނެދޭންފެށުން، އަހަރެން ދެކެން ބޭނުން އެހުރިހައި މީހުން ޖަލުގެ ޔުނިފޯމުގައި ކޯޓްތަކަށް ގެންދާ މަންޒަރުދެކެން
ލިވްއިން
05 March 2018
އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އެރި ނަމަވެސް އެއީ މަމެން ކެއަރ ކުރާ ކަމެއް ނޫނޭ އެމެން ހައްޔަރު ކުރީ އެއީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނުގެ ބޭރުން ވައްޓާލާނެ ކަމަށް އެމެން މަސައްކަތް ކުރީތީވެދޯ. ގާނޫނުގެ ބޭރުން ވެރިކަން ވައްޓާލަން ވެގެން ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނާއި ޚިލާފަށް އަދި އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފަށް އެމެން މާލޭގެ އެކިތަންތަނަށް އެއްވަނީ އެއީ ގާނޫނާއި ޚިލާފު. އެހެން ކަމަށްވާނަމަ އެމެން ހައްޔަރު ކުރެވޭނެއެވެ. މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހެދުމަށް ޓަކައި ހައްޔަރު ކުރަން ޖެހޭ ހުރިހާ ބަޔަކު ހައްޔަރުކުރާނަން މަމެންގެ ކޯސް އަށް އެމެން ހުރަސް އަޅާނަމަ. ރަންރީނދޫ ޓްވިޓަރޭ ބިއުޓީ ކްއީނޭ ސައިޑް ސައިޑް. މަމެން މީ ހާކިމާ އިންނޭ އިނގޭތޭ މަގުގެ އެއްފަރާތަށް ފެއްސޭ ތަމެން. މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް. ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން.
އިލޮށި
05 March 2018
36 މީހުން ރަހީނު ކޮށްފައޭ؟... ތީ ވ. ބޮޑު ޖަރީމާއެއް! ބައިނަލްއަގުވާމީ މުއާހަދާތަކަށްބެލިޔަސް! ވ.އަވަހަށް ތިކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަންޖެހޭނެ!
އޯކޭޑް
05 March 2018
އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާ ކަމަށް ތަމެން ބުނި ނަމަވެސް ފުލުހުން ބުނަނީ އެންމެ މީހެކޭ އެހެން ކަމުން މަމެން ގަބޫލުުކުރާނީ ފުލުހުން ދައްކާ ވާހަކަ ތަކޭ. ތިޔާއީ އަދި އެންމެ 30 އެއް ނޫން ދޯ އަދި 1000 އަށް ވެސް ނާރަ އެއް ނޫންތޭ. އެހެން ވީއިރުން އަދި މާ ބޮޑު މައްސަލަ އެއް ނެތެއް ނޫންތޭ ތިޔާގައި ދޯ. މިހާރު ވެސް އެމެރިކާ ގެ ޖަލު ތަކަށް ވުރެން އެތައް ގުނަ އެއް މަދެއް ނޫން ދޯ.
އިބުރޭ
05 March 2018
ފުލުހުން ކޮންމެ އެއްޗެކޭ ކިޔަސް، ރައްޔިތުންގެ ކުރިމަތީގަ ހައްޔަރުކުރި މީހުންގެ އަދަދުވެސް ފުލުހުން ބުނާ އަދަދަށް ވުރެން އިތުރު. ރައީސް މައުމޫން، އުއްތަމަ ފަނޑިޔާރު، ފަނޑިޔާރު އަލީ ހަމީދު، ފާރިސް މައުމޫން، ނަދީމް، އެމްޕީ ޝިނާން، އެމްޕީ އިލްހާމް، އެމްޕީ މަހުލޫފް، އެމްޕީ ރިޔާޒު...މިހެންގޮސް ކިތަންމެ ވަރަކަށްވެސް ނަން ކިއިދާނެ. އެހެންވީމަ ފުލުހުން ދައްކާ ވާހަކަ ޤަބޫލުކުރަން އުނދަގޫވަނީ. ރައްޔިތުން ކުރިމަތީ ހިނގާފަ ހުންނަ ކަންތައްތަކުގެވެސް ހަމަ ކަނޑައެޅިގެން ދޮގުހަދާތީ. ކޮން މަމެން ތަމެންނެކޭ ކިޔާކައްތަ އަދި.